މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ހަނިމާދޫގައި ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް އިފްތިތާހްކޮށްފި

ހަނިމާދޫގައި ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް އިފްތިތާހްކޮށްފި

ފުލުހުންގެ ޚިދުމަތުގެ ރޯޑް ޕޮލިސްގެ ފަރާތުން ކުރިއަށްގެންދަވާ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ހދ. ހަނިމާދޫގައި އިފްތިތާހްކޮށްފިއެވެ. ޓްރެފިކް މޮނިޓަރސް ޕްރޮގުރާމް އިފްތިތާހް ކުރުމަށް މި މަހު 19 ވަނަ ދުވަހު އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވާފައި ވަނީ، ހެޑް އޮފް ރޯޑް ޕޮލިސް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އަޒްހާން އެވެ. މި ރަސްމިއްޔާތުގައި ޓްރެފިކް މޮނީޓަރސް ޕުރޮގްރާމް ފުރިހަމަކުރި 31 ދަރިވަރުންނަށް ޓްރެފިކް މޮނިޓަރ ޓެގް އަދި ސެޓްފިކެޓް ހަވާލުކުރެވިފައިވާ ކަމަށް ރޯޑް ޕޮލިސް...

ޝިއުނާ އާދަމް
ހަނިމާދޫ ސްކޫލް ވަށާފާރުގައި "އިންޑިއަން އައުޓް" ލިޔެފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ސްކޫލް ވަށާފާރުގައި "އިންޑިއަން އައުޓް" ލިޔެފި

ހދ. ހަނިމާދޫ ސްކޫލްގެ ވަށާފާރުގައި “އިންޑިއަން އައުޓް” ލިޔެފިއެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްވެ އޮވެ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ހަރަކާތަށް “އިންޑިއާ އައުޓް” އަދި “އިންޑިއާ މިލިޓަރީ އައުޓް” ބޭނުން ކުރިނަމަވެސް ހަނިމާދޫ ސްކޫލްގެ ވަށާފާރުގައި ލިޔެފައި ވަނީ “އިންޑިއަން އައުޓް” އެވެ. މި އިބާރާތް ހަނިމާދޫ ސްކޫލް ފާރުގައި ލިޔެފައި ވަނީ ހަނިމާދޫގައި އިމާރާތްކުރާ މިސްކިތެއްގެ ބިންގާ އެޅުމަށް މިއަދު އިސްލާމިކް މިނިސްޓަރު ޑރ. އަހްމާދު ޒާހިރު ޢަލީ އާއި […]

އަލީ އާދިލް
ފިނޭ ގޮނޑުދޮށުން އަކިރި އާއި ދޮންވެލި އަދި ކަށިވެލި ނުނެގުމަށް އިލްތިމާސްކޮށްފި 📍 ހދ. ފިނޭ

ފިނޭ ގޮނޑުދޮށުން އަކިރި އާއި ދޮންވެލި އަދި ކަށިވެލި ނުނެގުމަށް އިލްތިމާސްކޮށްފި

ހދ. ފިނޭގެ ގޮނޑުދޮށުން ދޮންވެލި، އަކިރި އަދި ކަށިވެލި ނުނެގުމަށް އެދި އެރަށު ކައުންސިލުން އިލްތިމާސްކޮށްފިއެވެ. ފިނޭ ގޮނޑުދޮށުން ދޮންވެލި، އަކިރި އަދި ކަށިވެލި ނުނެގުމަށް އެދި އިލްތިމާސްކުރަމުން ފިނޭ ކައުންސިލުން ވިދާޅުވީ، އެ ރަށުގެ ގޮނޑުދޮށުން ދޮންވެލި، އަކިރި އަދި ކަށިވެލި ނަގަމުންދާކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ. މިތަކެތި ނެގުމަކީ ތިމާވެށި ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން މަނާކޮށްފައިވާ ކަމަކަށްވާތީ، އެރަށު ގޮނޑުދޮށުން އިއްޔެއިން ފެށިގެން ދޮންވެލި، އަކިރި އަދި ކަށިވެލި ނުނެގ...

ޔުމްނާ ޢަލީ
ބިލެތްފަހީ ކައުންސިލުން ބައިނަލްއަގްވާމީ ދިރޭތަކެތީގެ ދުވަހާއި ގުޅުވައިގެން ފޮޓޯ މުބާރާތެއް 📍 ށ. ބިލެތްފަހި

ބިލެތްފަހީ ކައުންސިލުން ބައިނަލްއަގްވާމީ ދިރޭތަކެތީގެ ދުވަހާއި ގުޅުވައިގެން ފޮޓޯ މުބާރާތެއް

ށ. ބިލެތްފަހީ ކައުންސިލުން، ބައިނަލްއަގްވާމީ ދިރޭތަކެތީގެ ދުވަހާއި ގުޅުވައިގެން ފޮޓޯ މުބާރާތެއް ބާއްވަން ނިންމައި ފޮޓޯ ހުށަހަޅަން ހުޅުވާލައިފިއެވެ. އެ ކައުންސިލުން ވަނީ މި ފޮޓޯ ޗެލެންޖް މުބާރާތުގައި ފޮޓޯ ހުށަހެޅުމުގެ ފުރުޞަޠު އަންނަ އާދީއްތަ ދުވަހުގެ ރޭ 00:00 އާއި ހަމައަށް ހުޅުވާލާފައެވެ. ފޮޓޯ ހުށަހަޅަން ޖެހެނީ biodiversityDay22May# ޖެހުމަށްފަހު ބިލެތްފަހީ ކައުންސިލް އިދާރާ ފޭސްބުކް ޕޭޖް މެންޝަންކޮށްފައެވެ. މި މުބާރާތުގައި ވަނަތައް ކަނޑައެޅުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ބިލެތްފަހީގެ ގުދު...

ޙުސައިން ޝަހުދީ
ޒުވާން ލީޑަރުން އުފެއްދުމަށް “ޔޫތު ފޯރަމް 2022” މިލަންދޫގައި ފަށައިފި 📍 ށ. މިލަންދޫ

ޒުވާން ލީޑަރުން އުފެއްދުމަށް “ޔޫތު ފޯރަމް 2022” މިލަންދޫގައި ފަށައިފި

ޒުވާން ލީޑަރުންތަކެއް ހެޔޮގޮތުގައި ތަމްރީނު ކުރުމުގެ މަގުޞަދުގައި ބޭއްވޭ “ޔޫތު ފޯރަމް 2022“ ށ. މިލަންދޫގައި ފަށައިފިއެވެ. ކީރިތި ގުރުއާނުގެ ބަރަކާތުން މިފޯރަމް ފައްޓަވައިދެއްވީ މިލަންދޫގެ ފަޚްރުވެރި ޒުވާން ކަނބަލެއް ކަމުގައިވާ އަލް ޙާފިޛާ ޢާއިޝަތު ތޫލާ ޢަންވަރެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ މިނިސްޓަރ އޮނަރަބަލް ޢިމްރާން ޢަބްދުالله އެވެ. މި ރަސްމިއްޔާތު ޚާއްޞަކޮށްފައިވަނީ މަރުހަބާ ދެންނެވުމާއި އެކިގޮތްގޮތުން މިފޯރަމް ފުރިހަމަ ކުރެއްވުމަށްޓަކައި މަސައްކަތ...

މުޙައްމަދު ސާޖިދު
މަކުނުދޫ ކައުންސިލާއި ގުޅިގެން ބޮޑު ޢީދު ފާހަގަކުރަން ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު 📍 ހދ. މަކުނުދޫ

މަކުނުދޫ ކައުންސިލާއި ގުޅިގެން ބޮޑު ޢީދު ފާހަގަކުރަން ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު

ހދ. މަކުނުދޫ ކައުންސިލާއި ގުޅިގެން އެރަށުގައި އަންނަ ބޮޑު ޢީދު (އަޟްޙާ ޢީދު) ފާހަގަކުރަން ޝަޢުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މަކުނުދޫ ކައުންސިލުން ކުރި ޢިއުލާނެއްގައި ވިދާޅުވެފައިވާ ގޮތުގައި އަންނަ ބޮޑު ޢީދު، މަކުނުދޫގެ ޖަމިއްޔާ ޖަމާޢަތްތަކާއެކު ބައިވެރިވެގެން ފާހަގަކުރަން އެއުންސިލުން ވަނީ ނިންމާފައެވެ. އެހެންކަމުން މި އަހަރުގެ ބޮޑު ޢީދު މަކުނުދޫ ކައުންސިލާއި ގުޅިގެން ފާހަގަކުރުމަށް ޝަޢުޤުވެރިވާ ފަރާތްތައް އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅު...

ޔުމްނާ ޢަލީ
އަހަރެއް ފުރުން ފާހަގަ ކުރަން، ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުލަގަދަ ރަސްމިއްޔާތެއް 📍 ހދ. ކުޅުދުއްފުށި

އަހަރެއް ފުރުން ފާހަގަ ކުރަން، ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުލަގަދަ ރަސްމިއްޔާތެއް

ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލަށް 1 އަހަރު ފުރުމުގެ މުނާސަބާގައި ވަރަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިފި އެވެ. މި ރަސްމިއްޔާތު ބޭއްވީ މިއަދު މެންދުރު 13:30 ގައި އަފީފުއްދީން ސްކޫލު ހޯލުގައެވެ. ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާޞިޙާ އިދްރީސް އެވެ. މި ރަސްމިއްޔާތުގައި ވޭތުވެދިޔަ އަހަރު އެކި ގޮތްގޮތުން ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކަށް އެކައުންސިލުން ވަނީ ހަނދާލިޔުން އަރުވާފައެވެ. އިތުރުން އިމާމުނ...

އަލީ އާދިލް
މިނިސްޓަރ ޢިމްރާން މިލަންދޫއަށް ވަޑައިގެންފި 📍 ށ. މިލަންދޫ

މިނިސްޓަރ ޢިމްރާން މިލަންދޫއަށް ވަޑައިގެންފި

ހޯމް މިނިސްޓަރ އައްޝައިޚު ޢިމްރާން ޢަބްދުالله މިއަދު ށ.މިލަންދޫއަށް ވަޑައިގެންފިއެވެ. މިނިސްޓަރ އިމްރާންގެ މިދަތުރުފުޅުގައި އެމިނިސްޓްރީގެ ބައެއް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މީގެއިތުރުން އެދާއިރާގެ މެންބަރު އަލީ ރިޒާގެ އިތުރުން ބައެއް ޔުނިވަރސިޓީތަކުގެ ލެކްޗަރައިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިނިސްޓަރ ޢިމްރާން މިލަންދޫއަށް ވަޑައިގެންނެވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި  ޔޫތު ލީޑާރސް ނެޓްވޯކުގެ ފަރާތުން މިލަންދޫގައި ބާއްވާ “ ޒުވާން ލީޑަރުންގެ ފޯރަމް 2022 “ ހުޅުވުމުގެ ރަ...

މުޙައްމަދު ސާޖިދު
ޑީޖޭޖޭ ގެ ފަރާތުން މިލަންދޫގައި މުހިންމު ސެޝަންތަކެއް 📍 ށ. މިލަންދޫ

ޑީޖޭޖޭ ގެ ފަރާތުން މިލަންދޫގައި މުހިންމު ސެޝަންތަކެއް

ޑިޕާޓުމެންޓު އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) ގެ ފަރާތުން ށ. މިލަންދޫ ގައި މުހިންމު ސެޝަން ތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަންތައް އަމާޒުކޮށްފައިވަނީ މިލަންދޫ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށެވެ. ވަކިވަކިން ކުރިއަށް ގެންދިޔަ މި ސެޝަން ތަކުގައި މުހިންމު ގިނަ މައުލޫމާތުތަކެއް ވަނީ ހިއްސާކުރައްވާފައެވެ. ދަރިވަރުންނަށް ޚާއްޞަކުރެވުނު ސެޝަނުގައި ރައްކާތެރި ޢަބުރިވެރި ނަފުސެއް ބިނާކުރުމަށް ކުރަންޖެހޭ ކަންކަމާއި ގުޅޭގޮތުން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ. އަދި ސައިބަރ ކްރައިމްތަކާއި އެހެ...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށި ދޮށި ބޯޓު ނައިފަރު ކަނޑުތޮށީގައި ޖެހި ފަޅައިގެން 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ދޮށި ބޯޓު ނައިފަރު ކަނޑުތޮށީގައި ޖެހި ފަޅައިގެން

ހދ. ކުޅުދުއްފުށި ސިޓީ އާއި މާލެއާއި ދެމެދު ދަތުރުކުރާ ދޮށި ބޯޓު ނައިފަރުން ނިކުންނަނިކޮށް ކަނޑުތޮށީގައި ޖެހި ފަޅައިގެން ގޮސްފި އެވެ. އެބޯޓުން “ތިލަދުން” އާއި ވާހަކަ ދައްކަމުން ބުނެފައިވަނީ ބޯޓަށް ގެއްލުން ލިބުނީ ނައިފަރަށް މުދާބާލާފައި އެރަށުން ނިކުންނަނިކޮށް ގަލެއްގައި ޖެހިގެން ކަމަށެވެ. މިހާރު ނައިފަރު ބަނދަރަށް ބޯޓު ކައިރިކޮށް ބޯޓުގެ ދިޔަގަނޑު ހިއްކާފައިވާކަމަށް ބުންޏެވެ. މިކަމުގައި އެމްއެންޑީއެފް އާއި ނައިފަރު ރައްޔިތުން އެހީތެރިކަން ލިބިފައިވާކަމަށް ބުންޏެވެ. މި ބޯޓުގައި 30 މީހުންނަށްވުރެ ގ...

އަލީ އާދިލް
ރައީސް މައުމޫންގެ ޒަޢާމަތުގައި ފުނަދޫގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކަށް ޝުކުރު 📍 ށ. ފުނަދޫ

ރައީސް މައުމޫންގެ ޒަޢާމަތުގައި ފުނަދޫގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކަށް ޝުކުރު

ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމްގެ ޒަޢާމަތުގައި ށ. ފުނަދޫގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކަށް ޝުކުރު ދަންނަވައިފި އެވެ. ފުނަދޫ ކައުންސިލުން މިއަދު ބުނީ ރައީސް މައުމޫނަށް ޝުކުރު ދަންނަވާފައިވަނީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމްގެ އަރިހަށް ފުނަދޫ ކައުންސިލްގެ މުވައްޒަފުންނާއި ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާކޮމެޓީން ކުރި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިންކަމަށޭވެ. މިބައްދަލުވުމުގެ ފޮޓޯތައް ހިއްސާ ކުރައްވަމުން ރައީސް މައުމ...

އިބްރާހިމް އަސްވާޤް
މޮޅަދޫ ސްކޫލުގައި 3 ކްލާސްރޫމް އަޅަން އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހއ. މޮޅަދޫ

މޮޅަދޫ ސްކޫލުގައި 3 ކްލާސްރޫމް އަޅަން އެއްބަސްވުމުގައި ސޮއިކޮށްފި

‏ހއ. މޮޅަދޫ ސްކޫލުގައި 3 ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ، 4،779،049.14 ރުފިޔާއަށް، 118 ދުވަސް ތެރޭ ނިންމާގޮތަށެވެ. މި މަސައްކަތް ހަވާލުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގައި މާރަންދޫ ތަމްސީލް ކުރައްވާ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވެސް ބައިވެރިވެރިވެ ވަޑައިގެންނެވިއެވެ. މޮޅަދޫ ސްކ...

ޔުމްނާ ޢަލީ
މާރަންދޫ ސްކޫލްގައި ދެ ފަންގިފިލާގެ އިމާރާތެއް އަޅަން ހަވާލުކޮށްފި 📍 ހއ. މާރަންދޫ

މާރަންދޫ ސްކޫލްގައި ދެ ފަންގިފިލާގެ އިމާރާތެއް އަޅަން ހަވާލުކޮށްފި

ހއ. މާރަންދޫ ސްކޫލުގެ ދެ ފަންގިފިލާގެ އިމާރާތް އަޅަން މިއަދު ކޮންޓެކްޓަރާއި ހަވާލު ކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގައި މާރަންދޫ ތަމްސީލް ކުރައްވާ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވެސް ބައިވެރިވެރިވެ ވަޑައިގެންނެވިއެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ، ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި ދެބުރީގެ އިމާރާތުގައި ހިމެނެނީ ސްޓާފް ރޫމަކާއި، ސައިންސް ލެބެއްގެ އިތުރުން ދެ ކިލާސް ރޫމެވެ. މި...

ޔުމްނާ ޢަލީ
މިލަންދޫގައި ދަރިވަރުން ރަށުތެރޭގައި ހަރަކާތްތެރިވާގޮތް މޮނީޓާ ކުރަނީ 📍 ށ. މިލަންދޫ

މިލަންދޫގައި ދަރިވަރުން ރަށުތެރޭގައި ހަރަކާތްތެރިވާގޮތް މޮނީޓާ ކުރަނީ

ށ. މިލަންދޫގައި ދަރިވަރުންނަށް ރައްކާތެރި މާޙައުލެއް ކަށަވަރު ކޮށްދިނުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައި ސްކޫލު ދަރިވަރުން ރަށުތެރޭގައި ޙަރަކާތްތެރިވާގޮތް މޮނީޓާ ކުރުމަށް ނިންމައިފިއެވެ. މިކަން ބަޔާންކޮށް މިލަންދޫ ކައުންސިލުން އާންމުކުރެއްވި ޢިއުލާނެއްގައި ވިދާޅުވެފައި ވަނީ، މިހާރަކަށް އައިސް އެރަށުގައި ސްކޫލު ދަރިވަރުންގެ މެދުގައި ބުލީ ކުރުމުގެ ޢަމަލުތައް އިތުރުވެ، މުހިންމު ބޭނުމެއްނެތި ދަރިވަރުން ރަށުތެރޭގައި ގްރޫޕް ހަދައިގެން އުޅޭ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ. އެހެންކަމުން މިފަދަ ޢަމަ...

ޔުމްނާ ޢަލީ
ވޭތުވި އަހަރު ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހުނު: ދިއްދޫ ރައީސް 📍 ހއ. ދިއްދޫ

ވޭތުވި އަހަރު ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހުނު: ދިއްދޫ ރައީސް

ހއ. ދިއްދޫ ކައުންސިލް ރައީސްގެ ގޮތުގައި ހޭދަކުރި ފުރަތަމަ އެއް އަހަރު ދުވަހަކީ ވަރަށް ބޮޑެތި އުދަގޫތަކާ ގޮންޖެހުން ތަކާ ކުރިމަތި ލާންޖެހުނު އަހަރެއް ކަމަށް ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދު ﷲ ރަޝީދު ވިދާޅުވެއްޖެއެވެ. ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ކައުންސިލްތަކަށް ލިބިދޭ ބާރާއެކު އާ ކައުންސިލްތަކުގެ މެންބަރުން ހުވާކޮށް މަގާމާއި ހަވާލުވިތާ މިއަދަކީ އެއް އަހަރު ފުރޭ ދުވަހެވެ. ދިއްދޫ ކައުންސިލް ރައީސް އޭނާގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިއަދުގެ […]

އަލީ އާދިލް