ށ. ބިލެތްފަހީ ކައުންސިލުން، ބައިނަލްއަގްވާމީ ދިރޭތަކެތީގެ ދުވަހާއި ގުޅުވައިގެން ފޮޓޯ މުބާރާތެއް ބާއްވަން ނިންމައި ފޮޓޯ ހުށަހަޅަން ހުޅުވާލައިފިއެވެ.

އެ ކައުންސިލުން ވަނީ މި ފޮޓޯ ޗެލެންޖް މުބާރާތުގައި ފޮޓޯ ހުށަހެޅުމުގެ ފުރުޞަޠު އަންނަ އާދީއްތަ ދުވަހުގެ ރޭ 00:00 އާއި ހަމައަށް ހުޅުވާލާފައެވެ.

Ad
rt

ފޮޓޯ ހުށަހަޅަން ޖެހެނީ biodiversityDay22May# ޖެހުމަށްފަހު ބިލެތްފަހީ ކައުންސިލް އިދާރާ ފޭސްބުކް ޕޭޖް މެންޝަންކޮށްފައެވެ.

މި މުބާރާތުގައި ވަނަތައް ކަނޑައެޅުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ބިލެތްފަހީގެ ގުދުރަތީ ރީތިކަން ދައްކުވައި ދިނުމާއި، ހުށަހަޅާ ފޮޓޯއަކީ ތަފާތު ފޮޓޯއަކަށް ވުމާއި، އެއީ އަސްލު ފޮޓޯއެއް ކަމަށްވުމާއި، އުފެއްންތެރިކަމާއި، ގުދުރަތީ ރީތިކަން ޝާމިލުކޮށްފައިވާ މިންވަރަށާއި އަދި ގުދުރަތީ ރީތިކަން ހާމަކޮށްދޭ މިންވަރު ހިމެނެއެވެ.

މިގޮތުން ބަލާ އިތުރުކަންކަން

  • ޝައުގުވެރިވާ ސިފަތައް ހުރި މިންވަރު
  • ފެންނަ ފެނުން ފުރިހަމަވެފައި ހުރި މިންވަރު
  • ފޮޓޯ އެކުލެވިގެންވާ ގޮތާއި، ރީތިކަމާއި ސާފުކަން، ކުލަ އަދި އަލިމިން
  • ބެލުންތެރިން ޝައުޤުވެރިވާ މިންވަރު

މި ފޮޓޯ ޗެލެންޖް މުބާރާތް ބާއްވަން ހުޅުވާލުމަށްފަހު ބިލެތްފަހީ ކައުންސިލުން ވިދާޅުވީ، މި ޤައުމުގެ އިޤްތިސާދު ތިމާވެށީގެ މައްޗަށް ބިނާވެފައިވާއިރު ދިރޭ ތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް ފަރުދީ ޒިންމާ އަދާކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ބައިނަލްއަގްވާމީ ދިރޭތަކެތީގެ ދުވަހަކީ މި މަހުގެ 22 ވާ އާދީއްތަ ދުވަހެވެ.