މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ބޮޑުތިލަދުންމަތީގައި ކްރޫޒް ޓޫރިޒަމް ފެށޭތޯ ދަނީ މަސައްކަތްކުރަމުން: މައުސޫމް

ބޮޑުތިލަދުންމަތީގައި ކްރޫޒް ޓޫރިޒަމް ފެށޭތޯ ދަނީ މަސައްކަތްކުރަމުން: މައުސޫމް

އަންނަ 2023 ވަނަ އަހަރު ބޮޑުތިލަދުންމަތީގައި ކްރޫޒް ޓޫރިޒަމް ފެށޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު، ޑރ. ޢަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. ވަޒީރު މައުސޫމް މިހެން ވިދާޅުވީ، މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވަޒީރާއި ސުވާލު ކުރުމުގެ ވަގުތުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިއަދުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު (ހަސަންޓޭ) ވަނީ ރާއްޖެއަކީ ރީތި ޓޫރިޒަމް މަންޒިލަކަށްވީއިރު، ރާއްޖޭގެ އިޤްތިޞާދު އެނ...

އަލީ އާދިލް
މިލަންދޫގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ކުޅިވަރު ފެސްޓިވަލް ފަށައިފި 📍 ށ. މިލަންދޫ

މިލަންދޫގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ކުޅިވަރު ފެސްޓިވަލް ފަށައިފި

މިލަންދޫ ކޮމިއުނިޓީ ސެންޓަރުގެ ފަރާތުން އިންތިޒާމުކޮށްގެން މިލަންދޫ މުއައްސަސާތަކުގެ މެދުގައި ކުޅިވަރު ފެސްޓިވަލެއް ފަށައިފިއެވެ.  މިލަންދޫ އިންޓަރ އޮފީސް ސްޕޯޓްސް ފެސްޓިވަލް 2022ގެ ނަމުގައި ކުރިއަށްގެންދާ މި ފެސްޓިވަލުގައި މިލަންދޫގެ ހުރިހާ މުއައްސަސާއަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން  ޕޮލިސް، ފެނަކަ، ހެލްތު ސެންޓަރ، އާރުޑީސީ މިލަންދޫ، ކައުންސިލް، ކޯޓު، މީގެ އިތުރުން ސުކޫލުގެ ފަރާތުންވެސް ވަނީ ބައިވެރިވެފައެވެ. ފެސްޓިވަލް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ހުރިހާ މުއައްސަސާތަކުގެ ވެރ...

މުޙައްމަދު ސާޖިދު
ފޯކައިދޫ ނެރުމައްޗަށް ހުރަސްވި ބާޖު ފުންކޮށްފި 📍 ށ. ފޯކައިދޫ

ފޯކައިދޫ ނެރުމައްޗަށް ހުރަސްވި ބާޖު ފުންކޮށްފި

ށ. ފޯކައިދޫ ނެރުމައްޗަށް ހުރަސްވި ބާޖު ފުންކޮށްފިއެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ފޯކައިދޫ ކައުންސިލުގެ ނައިބު ރައީސް މުޙައްމަދު ސަލީމް ވިދާޅުވީ ރޭ މެންދަމު އައި ކޮޅިގަނޑެއްގައި ފޯކައިދޫ ބަނދަރު ހެދުމަށް ބޮޑު ހިލަ ހިފައިގެން އައިސް ފަޅުންބޭރުގައި އަޅާފައި އޮތް ބާޖެއް ރަށުގެ ނެރުމައްޗަށް ހުރަސްވެ ބަނދަރަށް ވަދެނިކުމެ އުޅުމަށް ދަތިވި ކަމަށެވެ. އެހެންނަމަވެސް މިއަދު ހެނދުނު 10 ޖަހާކަންހާއިރު އެ ބާޖު ފުންކޮށްފައި ވާކަމަށާއި އެ މައްސަލަ މިހާރު ޙައްލުވެފައި ވާކަމަށް ކައުންސިލުގެ ނައިބު […]

ސަނިއްޔާ އަބޫބަކުރު
ށ. އަތޮޅުގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޑެސްކެއް ގާއިމުކުރަން އެއްބަސްވެއްޖެ

ށ. އަތޮޅުގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޑެސްކެއް ގާއިމުކުރަން އެއްބަސްވެއްޖެ

މިލަދުންމަޑުލު އުތުރުބުރި (ށ. އަތޮޅު) ގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލް.އާރް.އޭ)ގެ ޑެސްކެއް ގާއިމުކުރުމުގެ އެއްބަސްވުމެއްގައި އެ އޮތޯރިޓީއާއި، ށ. އަތޮޅު ކައުންސިލާ ދެމެދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ، އެލް.އާރް.އޭއަށް ހުށަހަޅޭ މައްސަލަތައް ގާތުން ބަލައި، އަވަސް ފިޔަވަޅުތައް އެޅޭނެ ނިޒާމެއް ޤާއިމްކުރުމުގެ ގޮތުން، އެލް.އާރް.އޭގެ ވަޒީފާއާބެހޭ އޮފިސަރުން އެ އަތޮޅުގައި ބޭތިއްބުމަށް، ށ. އަތޮޅު ކައުންސިލާއެކުވެވުނު އެއްބަސްވުމެއްކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ. އަތޮޅު ކައުންސިލުގައި ބޭއްވުނު...

ޔުމްނާ ޢަލީ
ރާއްޖޭގެ އެންމެ އުތުރު ފާހަގަ: ތިލަދުންމަތީ ތުރާކުނު ބައްތިވެސް ނެތިދަނީ؟ 📍 ހއ. ތުރާކުނު

ރާއްޖޭގެ އެންމެ އުތުރު ފާހަގަ: ތިލަދުންމަތީ ތުރާކުނު ބައްތިވެސް ނެތިދަނީ؟

ތިލަދުންމަތީ އުތުރުބުރީ ތުރާކުނަކީ ދިވެހިރާއްޖޭގެ އެންމެ އުތުރުގައި އޮންނަ މީހުން ދިރިއުޅޭ ރަށެވެ. މިއީ ހއ. އަތޮޅުގެ މީހުން ދިރިއުޅޭ ސާދަ ރަށުގެ ތެރެއިން ވެސް ފުރަތަމަ ރަށެވެ. ޖިއޮގްރަފީގޮތުންވެސް ތުރާކުނަކީ އިހަވަންދިއްޕޮޅު އަތޮޅުގެ ފުރަތަމަ ރަށެވެ. ތުރާކުނަކީ އިހުގައި ދިވެހިންގެ ނަމަވެސް ފަހުގައި އިންޑިއާގެ މަލިކާއި އެންމެ ކައިރީގައި އޮންނަ ދިވެހިރާއްޖޭގެ ހިކިފަސްބިމެވެ. ކުރިން ދިވެހިރާއްޖޭގެ ރަށެއްގެ ގޮތުގައި މަލިކު އޮތްއިރު ދެރަށުގެ މެދުގައި ސީދާ ވިޔަފާރިކަމުގެ ގުޅުމާއި އުޚުއްވަތްތެރިކަމުގެ...

ސަނިއްޔާ އަބޫބަކުރު
ބިލެއްފަހި ކައުންސިލް ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ށ. ބިލެތްފަހި

ބިލެއްފަހި ކައުންސިލް ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ށ. ބިލެއްފަހި ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ބިލެއްފަހު ކައުންސިލް ފުޓްސަލް ކަޕް 2022” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ޒުވާނުންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް އެންމެންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އެ ރަށުގައު ހުނަރުވެރި ފުޓްސަލް ކުޅުންތެރިންތަކެއް އުފެއްދުމެވެ. އަދި މީގެ އިތުރުން އެ ރަށުގެ އާބާދީއަކީ ދުޅަހެޔޮ އާބާދީއަކަށް...

އިބްރާހިމް ޚަލީލް
ފުނަދޫ ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަށް އެރަށު ކައުންސިލުން ދޭ އިނާމް ހަވާލުކޮށްފި 📍 ށ. ފުނަދޫ

ފުނަދޫ ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަށް އެރަށު ކައުންސިލުން ދޭ އިނާމް ހަވާލުކޮށްފި

ށ. ފުނަދޫ ސްކޫލްގެ 2019 އަދި 2020 ވަނަ އަހަރުގެ ސާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް އެރަަށު ކައުންސިލުންދޭ އިނާމް ފުނަދޫ ސްކޫލާއި ހަވާލުކޮށްފިއެވެ. ފުނަދޫ ސްކޫލްގެ ދަރިވަރުން ރަނގަޅު ނަތީޖާ ހޯދުމަށް ބާރުއަޅައި، ހިތްވަރު ދިނުމުގެ ގޮތުން ފުނަދޫ ކައުންސިލުން ފުނަދޫ ސްކޫލްގެ ސާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު (ބެސްޓް އޯލްރައުންޑު ސްޓޫޑަންޓް) އަށް ކޮންމެ އަހަރަކު ދެމުން އަންނަނީ ލެޕްޓޮޕެކެވެ. މިގޮތުން 2019 އަދި 2020 […]

ޔުމްނާ ޢަލީ
ނޭކުރެންދޫ ބަނދަރުގެ އަޕްގްރޭޑްކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެ: އަސްލަމް 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ބަނދަރުގެ އަޕްގްރޭޑްކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެ: އަސްލަމް

ހދ. ނޭކުރެންދޫ ބަނދަރުގެ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވަނީ ނޭކުރެންދޫ ބަނދަރުގެ މަސައްކަތް ފޭށޭނީ ކޮން އިރަކުންތޯ ވަޒީރާއި ސުވާލު ކުރައްވާފައެވެ. ސުވާލުގެ ޖަވާބު ދެއްވަމުން ވަޒީރު، އަސްލަމް ވިދާޅުވީ، އެ މަސައްކަތް މިއަހަރުގ...

އަލީ އާދިލް
ށ. އަތޮޅުން އެންމެ ރަނގަޅު ތިން ޖަމިއްޔާ ހޮވާ އެ ކޮންމެ ޖަމިއްޔާއަކަށް 75 ހާސް ރުފިޔާގެ އެހީ ދެނީ

ށ. އަތޮޅުން އެންމެ ރަނގަޅު ތިން ޖަމިއްޔާ ހޮވާ އެ ކޮންމެ ޖަމިއްޔާއަކަށް 75 ހާސް ރުފިޔާގެ އެހީ ދެނީ

ށ. އަތޮޅުގެ ރަށްރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމިއްޔާތަކުން ރާވާ ހިންގާ އިޖްތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތައް ހިންގުމަށް، މާލީ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައިވާއިރު، އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ތިން ޖަމިއްޔާގެ ތެރެއިން ކޮންމެ ޖަމިއްޔާއަކަށް 75000 (ހަތްދިހަ ފަސްހާސް) ރުފިޔާ ދިނުމަށް ށ. އަތޮޅު ކައުންސިލުން ނިންމައިފިއެވެ. އެ އަތޮޅުގައި ހިންގަމުން އަންނަ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ މުޖްތަމަޢު ބާރު...

އިބްރާހިމް ޚަލީލް
އެންމަޑީގެ ބިޔަ އާބާދީއާއި އެކު މާމަކުނުދޫ އަތޮޅު ދުނިޔޭގެ ސަމާލުކަމަށް! 📍 ހދ. މަކުނުދޫ

އެންމަޑީގެ ބިޔަ އާބާދީއާއި އެކު މާމަކުނުދޫ އަތޮޅު ދުނިޔޭގެ ސަމާލުކަމަށް!

އެންމަޑީގެ ބިޔަ އާބާދީއާއި އެކު މާމަކުނުދޫ އަތޮޅަށް ދުނިޔޭގެ ސަމާލުކަން ލިބެން ފަށައިފިއެވެ. މަންޓާ ޓްރަސްޓްގެ ޓީމުން މި އަހަރުގެ މާޗްމަހު ހދ. މަކުނުދޫގައި އެއް މަސްދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ ސާރވޭއަކަށްފަހު މުޅިން އަލަށް ސަތޭކައަށްވުރެ ގިނަ މަންތާ ނުވަތަ އެންމަޑި ރާއްޖޭގެ އެންމަޑީގެ ރަޖިސްޓްރީއަށް އިތުރު ކުރެވިފައިވާކަމަށް އެ ޖަމާޢަތުން ހާމަ ކުރެއެވެ. މުޅި ދުނިޔޭގައިވެސް ފަރުތަކުގެ ކައިރީގައި ދިރިއުޅޭ އެންމަޑީގެ ބާވަތް އެންމެ ގިނައީ ދިވެހިރާއްޖޭގައި ކަމަށް ބައިނަލް އަޤްވާމީ ޖަމިއްޔާއ...

ސަނިއްޔާ އަބޫބަކުރު
މާއުނގޫދޫ ކައުންސިލާ ގުޅިގެން އިޖުތިމާޢީ ޙަރަކާތްތައް ހިންގައިދޭނެ ފަރާތެއް ހޯދަނީ

މާއުނގޫދޫ ކައުންސިލާ ގުޅިގެން އިޖުތިމާޢީ ޙަރަކާތްތައް ހިންގައިދޭނެ ފަރާތެއް ހޯދަނީ

ށ. މާއުނގޫދޫ ކައުންސިލާ ގުޅިގެން އިޖުތިމާޢީ ޙަރަކާތްތައް ހިންގައިދޭނެ ފަރާތެއް އެރަށު ކައުންސިލުން ހޯދަން ފަށައިފިއެވެ. މިކަމަށްޓަކާ މާއުނގޫދޫ ކައުންސިލުން ކުރެއްވި އިޢުލާނެއްގައި ވިދާޅުވީ، ތަޢުލީމީ ދާއިރާއާއި، ސިއްޙީ ދާއިރާއާއި، ތިމާވެށީގެ ދާއިރާއާއި، ބޮޑެތި މީހުންގެ ތަޢުލީމާއި ކުރިއެރުމުގެ އިތުރުން ކުޑަކުދިންނަށް ކުރާއަނިޔާއާއި ގެވެށިއަނިޔާ ހުއްޓުވުމަށް ހިންގާ ޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމަށް ޝައުޤުވެރިވާ ޖަމިއްޔާ ޖަމާޢަތްތަކާއި، ރަށުގެ މުއައްސަސާތަކަށް ފުރުޞަތު ހުޅުވާލާ ކަމަށެވެ. މިކަމަށް...

ސަނިއްޔާ އަބޫބަކުރު
ފަސް ރަށެއްގެ އަންހެނުންގެ ކޮމެޓީގެ ބައި-އިލެކްޝަނަށް ކުރިމަތިލާން ހުޅުވާލައިފި

ފަސް ރަށެއްގެ އަންހެނުންގެ ކޮމެޓީގެ ބައި-އިލެކްޝަނަށް ކުރިމަތިލާން ހުޅުވާލައިފި

ބޮޑުތިލަދުންމަތީގެ ތިންރަށެއް ހިމެނޭހެން ފަސް ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރަން ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަނެއް ބޭއްވުމަށް ނިންމަވާފައިވާ ބޮޑުތިލަދުންމަތީގެ ތިންރަށަކީ ހއ. ވަށަފަރާއި، ށ. ޅައިމަގުގެ އިތުރުން ށ. ކޮމަންޑޫއެވެ.  މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ކުރެއްވި އި...

ސަނިއްޔާ އަބޫބަކުރު
ދިއްދޫ އެއްގަމުތޮށި ލާން ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި 📍 ހއ. ދިއްދޫ

ދިއްދޫ އެއްގަމުތޮށި ލާން ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި

ހއ. ދިއްދޫ ބަނދަރު ބޮޑުކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް ޓަރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ޝިޕްމަންޓް ދިއްދުއަށް ގެންދިޔައޫ އިއްޔެއެވެ. އަދި މިހާރު ކުރިއަށްދަނީ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ […]

އަޙްމަދު ވަހީދު
ށ. ފޭދޫގައި އިމާމުން އުފެއްދުމަށް ހިންގާ ޕްރޮގްރާމްގައި ބައިވެރިވި ފަރާތާއެކު ސޮއިކޮށްފި 📍 ށ. ފޭދޫ

ށ. ފޭދޫގައި އިމާމުން އުފެއްދުމަށް ހިންގާ ޕްރޮގްރާމްގައި ބައިވެރިވި ފަރާތާއެކު ސޮއިކޮށްފި

ށ. ފޭދޫ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި އިމާމުން އުފެއްދުމަށް ހިންގާ ޕްރޮގްރާމުގައި ބައިވެރިވި ފަރާތާއިއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ފޭދޫ ކައުންސިލުން އަންނަނީ އެ ރަށުގައި ފަންނީ މީހުން މަދު ދާއިރާތަކުން މީހުން ބިނާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން އިމާމުން ތަމްރީން ކުރުމަކީ ވެސް އެ ކައުންސިލުގެ މަސައްކަތު ތާވަލުގައި ހިމެނިފައިވާ ފަންނީ މީހުން ބިނާ ކުރުމުގެ ޕްރޮގްރާމުގެ ދަށުން ކައުންސިލުން ސްޕޮންސަކޮށްގެން ބައިވެރިންނަށް އިމާމް ލެވެލް 3 ގެ ކޯސް ފުރިހަމަ ކުރުމަށް ދެވޭ […...

އިބްރާހިމް ޚަލީލް
ތިން ސަތޭކަ އަހަރުވީ ތަކުލީފަށް މޮޅަދޫން އަލްވަދާޢު ކިޔައިފި 📍 ހއ. މޮޅަދޫ

ތިން ސަތޭކަ އަހަރުވީ ތަކުލީފަށް މޮޅަދޫން އަލްވަދާޢު ކިޔައިފި

ތިލަދުންމަތީ އުތުރުބުރީ މޮޅަދޫއަކީ ހއ. އަތޮޅުގެ ބިންބޮޑެތި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. ޤުދުރަތީގޮތުން އިހަވަންދިއްޕޮޅު އަތޮޅުގެ ރަށެކެވެ. ދިވެހިރާއްޖޭގެ އެންމެ އުތުރުން މީހުން އާބާދުވެފައިވާ ރަށްތަކަށް ބަލާނަމަ، ތިންވަނައަށް މީހުން ދިރިއުޅޭ ރަށެވެ. އެންމެ ކައިރީގައި އޮންނަނީ މޮޅަދޫއާއި އެއްފަޅެއްގައި އޮންނަ ފަޅުރަށެއްކަމަށްވާ ގާމަތިކުޅުދޫއެވެ. މީހުންދިރިއުޅޭ ރަށްތަކުގެ ތެރެއިން މޮޅަދޫއާއި އެންމެ ކައިރީގައިވަނީ މޮޅަދޫގެ އުތުރުން ހއ. އުލިގަމެވެ. އަދި ހުޅަނގު ދެކުނުން ހއ. އިހަވަންދޫ އެވެ....

ސަނިއްޔާ އަބޫބަކުރު