މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
މުރައިދޫ ފެނަކަ ބްރާޗުން އެރަށު ސިއްހީ މަރުކަޒަށް އެހީތެރިވެއްޖެ 📍 ހއ. މުރައިދޫ

މުރައިދޫ ފެނަކަ ބްރާޗުން އެރަށު ސިއްހީ މަރުކަޒަށް އެހީތެރިވެއްޖެ

ހއ. މުރައިދޫ ފެނަކަ ބްރާޗްގެ ފަރާތުން އެރަށު ސިއްހީ މަރުކަޒަށް އެހީތެރިވެއްޖެއެވެ. މުރައިދޫ ސިއްހީ މަރުކަޒުން ވިދާޅުވި ގޮތުގައި އެ މަރުކަޒަށް ލިބުނު އެންބިއުލާންސް ބާއްވަން ނިންމާފައިވާ ގަރާޖުގެ ތަޅުން އެޅުމުގައި ފެނަކަ ކޯޕަރޭޝަން މުރައިދޫ ބްރާންޗްގެ އެހީތެރިކަމަށް އެ މަރުކަޒުން އެދުނެވެ. އެ މަރުކަޒުގެ އެދުމަށް މުރައިދޫ ފެނަކަ ބްރާންޗްގެ މުވައްޒަފުން ދެއްވީ ވަރަށް ފުރިހަމަ އެއްބާރުލުމެއްކަމަށް ސިއްހީ މަރުކަޒުން ފާހަގަ ކުރައްވާފަވެއެވެ. އެ މަސައްކަތް ކޮށްދީފައި ވަނީ މުރައިދޫ ފެނަކަ ބްރާންޗްގެ މުވ...

ޔުމްނާ ޢަލީ
ކުރިނބީ އަންހެނުންގެ ކޮމިޓީން ފަސްޓްއެއިޑް ޕްރޮގްރާމެއް ހިންގަނީ 📍 ހދ. ކުރިނބީ

ކުރިނބީ އަންހެނުންގެ ކޮމިޓީން ފަސްޓްއެއިޑް ޕްރޮގްރާމެއް ހިންގަނީ

ކުރިނބީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ފަސްޓްއެއިޑް ޕްރޮގްރާމެއް ހިންގަން ނިންމައިފިއެވެ. މިއީ ކުރިނބީ ސިއްޙީމަރުކަޒާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 1400 ޖެހުމުގެ ކުރިން އެރަށުގެ ފޯކަލްޕޮއިންޓަށް ގުޅުއްވައިގެން ނަންނޯޓުކުރަން ޖެހެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ ހަމައެކަނި 18 އަހަރ...

ސަނިއްޔާ އަބޫބަކުރު
ބާރަށު ހާބަ ބޭސިން ފުން ކުރުމުގެ މަސައްކަތް ނިމެނީ

ބާރަށު ހާބަ ބޭސިން ފުން ކުރުމުގެ މަސައްކަތް ނިމެނީ

ހއ. ބާރަށް ނެރު އަދި ބަނދަރު ސަރަޙައްދު ފުންކުރުމުގެ މަޝްރޫޢުގެ ދަށުން، ކުރިން ފުންކޮށްފައިވާ ހާބަ ބޭސިން އަލުން ފުންކުރުމުގެ މަސައްކަތް ނިމުމަކާ ގާތް ވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތުގެ 75 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން، 28،101 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 12.17 މިލިއަން ރުފިޔާގެ […]

އަޙްމަދު ވަހީދު
ކޮމަންޑޫ އަންހެނުންގެ ކޮމެޓީން ފަހާ ކޯހަކާއި، ކޭކުއަޅަން ދަސްކޮށްދޭ ކޯހެއް ފަށަނީ 📍 ށ. ކޮމަންޑޫ

ކޮމަންޑޫ އަންހެނުންގެ ކޮމެޓީން ފަހާ ކޯހަކާއި، ކޭކުއަޅަން ދަސްކޮށްދޭ ކޯހެއް ފަށަނީ

ށ. ކޮމަންޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެރަށުގައި ފަހަން ދަސްކޮށްދޭ ކޯހަކާއި ކޭކުއަޅަން ދަސްކޮށްދޭ ކޯހެއްގައި ހިންގަން ނިންމައި، ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ. މި ކޯސްތަކުގައި ކިޔަވައި ދެއްވާނީ މި ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ކަމަށް ކޮމަންޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވިދާޅުވެއެވެ. މިއިން ކޮންމެ ކޯހަކަށްވެސް ނެގޭނީ ގިނަވެގެން ވިހި ބައިވެރިން ކަމަށާއި، މިއިން ކޮންމެ ކޯހެއްގެވެސް ކޯސްފީއަކީ...

ސަނިއްޔާ އަބޫބަކުރު
ފިއްލަދޫ ކައުންސިލްކަޕް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫ ކައުންސިލްކަޕް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ފިއްލަދޫ ކައުންސިލްކަޕް 2022 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ފިއްލަދޫ ކައުންސިލުން ކުރެއްވި އިޢުލާނެއްގައި ވިދާޅުވެފައިވަނީ މި މުބާރާތުގެ މަޤްޞަދަކީ ފިއްލަދޫ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުން ކަމުގައެވެ. ފިއްލަދޫ ކައުންސިލްކަޕް 2022ގެ ނަމުގައި ފިރިހެނުންނަށް ޚާއްޞަ ކޮށްގެން ފުޓްބޯޅަ މުބާރާތެއް ބާއްވާއިރު، އަންހެނުންނަށް ޚާއްޞަކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވަނީ ހޭންޑްބޯޅަ މުބާރާތެކެވެ. ފުޓްބޯޅަ މުބާރާތް ފަށަން ނ...

ސަނިއްޔާ އަބޫބަކުރު
ހޯރަފުށި ރަމްޒު ކޮށްދޭ ގޮތަށް އެންމެ ރީތި މޮނިއުމެންޓެއް ފަރުމާކުރާ ފަރާތަކަށް ދިހަހާސް ރުފިޔާ 📍 ހއ. ހޯރަފުށި

ހޯރަފުށި ރަމްޒު ކޮށްދޭ ގޮތަށް އެންމެ ރީތި މޮނިއުމެންޓެއް ފަރުމާކުރާ ފަރާތަކަށް ދިހަހާސް ރުފިޔާ

ހއ. ހޯރަފުށި ރަމްޒު ކޮށްދޭ ގޮތަށް އެންމެ ރީތި މޮނިއުމެންޓެއް ފަރުމާކުރާ ފަރާތަކަށް ދިހަހާސް ރުފިޔާގެ އިނާމެއް ހޯރަފުށީ ކައުންސިލުން ހުށަހަޅައިފިއެވެ. މި މޮނިޔުމަންޓް ފަރުމާ ކުރުމުގައި ސަމާލުކަން ދޭންވީ ކަންތައް ތަކެއްވެސް ހޯރަފުށީ ކައުންސިލުން ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން ހުށަހަޅާ ޑިޒައިން ވާން ޖެހޭނީ އޮރިޖިނަލް ޑިޒައިންއަކަށް ކަމަށާއި، މޮނިއުމެންޓެއްގެ ކޮޕީއަކަށް ނުވަތަ މޮނިއުމެންޓެއްގެ ބައެއްގެ ކޮޕީއެއް ހިމަނައިގެން ނުވާނެ ކަމަށް ބަޔާން ކުރައްވާފައި ވެއެވެ. މީގެ އިތުރުން މީގެކުރިން އެހ...

ސަނިއްޔާ އަބޫބަކުރު
ފުޓްސަލްދަނޑު ވޮލީ ކޯޓަކަށް ބަދަލުކުރާކަށް ނުނިންމަން: އިހަވަންދޫ ކައުންސިލް 📍 ހއ. އިހަވަންދޫ

ފުޓްސަލްދަނޑު ވޮލީ ކޯޓަކަށް ބަދަލުކުރާކަށް ނުނިންމަން: އިހަވަންދޫ ކައުންސިލް

ހއ. އިހަވަންދޫ ފުޓްސަލްދަނޑު ވޮލީ ކޯޓަކަށް ބަދަލު ކުރަން ނިންމާފައި ނުވާކަމަށް އިހަވަންދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. ފުޓްސަލް ދަނޑާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ޙަޤީޤަތް އޮޅޭގޮތަށް މަޢުލޫމާތު ފަތުރަމުން ގެންދާކަމަށް ބުނެ ކަމުގެ ޙަޤީޤަތް ސާފުކޮށްދިނުމަށް އިހަވަންދޫ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ފުޓްސަލް ދަނޑުގައި އަޅާފައިހުރި ޓާރފްތައް ހަލާކުވެ ގިނަދުވަސް ތަކެއްވެފައި ވާކަމަށެވެ. އެހެންކަމުން ހަލާކުވެފައިވާ ޓާރފްތައް ނެގުމަށްފަހު ފުޓްސެލް ދަނޑުގައި ކުރިން އަޅާއިހުރި ޕްލާސްޓ...

ސަނިއްޔާ އަބޫބަކުރު
ކުޅުދުއްފުށީ ހިރަފުސް ދަނޑުގައި ކުޅެން ހުއްޓައި ވެއްޓުނު މީހަކު ނިޔާވެއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ހިރަފުސް ދަނޑުގައި ކުޅެން ހުއްޓައި ވެއްޓުނު މީހަކު ނިޔާވެއްޖެ

ހދ. ކުޅުދުއްފުށި ސިޓީގެ ހިރަފުސް ދަނޑުގައި ކުޅެން ހުއްޓައި ވެއްޓުނު މީހަކު ނިޔާވެއްޖެ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ ޑީސީއީއޯ އަހުމަދު ދާއޫދު “ތިލަދުން” އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ، ހިރަފުސް ދަނޑުގައި ކުޅެން ހުއްޓައި ވެއްޓުނު މީހަކު އެހޮސްޕިޓަލަށް ގެނެސް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާކަމަށެވެ. 49 އަހަރުގެ ފިރިހެނަކު އެހޮސްޕިޓަލަށް ގެނެސް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާކަމަށް ޑޮކްޓަރުން ޔަގީން ކޮށްދެއްވާފައިވާ ކަމަށެވެ. އެރަށުން ވާހަކަ ދެއްކި މީހަ...

އިބްރާހިމް އަސްވާޤް
ކުމުންދޫ ބަނދަރުގެ ހާބަ ބޭސިން ފުން ކުރުމުގެ މަސައްކަތް ނިންމާލައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ބަނދަރުގެ ހާބަ ބޭސިން ފުން ކުރުމުގެ މަސައްކަތް ނިންމާލައިފި

ހދ. ކުމުންދޫ ނެރު ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން، ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި ހާބަ ބޭސިން ފުން ކުރުމުގެ މަސައްކަތް ނިމިފައިވާއިރު ނެރު ފުންކުރުމުގެ މަސައްކަތް ވެސް ވަނީ ނިމުމަކާ ގާތްވެފައެވެ. އެގޮތުން ނެރު ފުން ކުރުމުގެ 75 އިންސައްތަ ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 9346.56 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ […]

އަޙްމަދު ވަހީދު
އިހަވަންދޫގެ ކަރަންޓް ނެޓްވޯކު ބަދަލުކުރުމަށް ބޭނުންވާ ކޭބަލް އެރަށަށް ގެންގޮސްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގެ ކަރަންޓް ނެޓްވޯކު ބަދަލުކުރުމަށް ބޭނުންވާ ކޭބަލް އެރަށަށް ގެންގޮސްފި

ހއ. އިހަވަންދޫގެ މުޅި ކަރަންޓް ނެޓްވޯކު ބަދަލުކުރުމަށް ބޭނުންވާ ކޭބަލް އެރަށަށް ގެންގޮސްފިއެވެ. ސަރުކާރުން ވަނީ އެރަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓްގެ ޚިދުމަތް ވީހާވެސް ފުރިހަމަކުރުމަށްޓަކައި އެރަށުގެ ކަރަންޓް ނެޓްވޯރކު ހައިވޯލްޓޭޖް ނެޓްވޯކަކަށް ބަދަލުކޮށް ޓްރާންސްފޯމަރު ބެހެއްޓުމަށް ނިންމާފައެވެ. ހަވަންދޫގެ މުޅި ކަރަންޓް ނެޓްވޯކު ބަދަލުކުރުމަށް ބޭނުންވާ ކޭބަލް އެރަށަށް ގެންދިޔުމާއި ގުޅިގެން އެކަން ފާހަގަކުރައްވައި އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެފައި ވަނީ، އެރަށަކީ...

ޔުމްނާ ޢަލީ
ތުރާކުނާއި، އުލިގަމުގައި ސައިބަރ ސެކިޔުރިޓީއާއި ބެލެނިވެރިކަމުގެ ހުނަރު ދަސްކޮށްދޭ ސެޝަންތަކެއް

ތުރާކުނާއި، އުލިގަމުގައި ސައިބަރ ސެކިޔުރިޓީއާއި ބެލެނިވެރިކަމުގެ ހުނަރު ދަސްކޮށްދޭ ސެޝަންތަކެއް

ތުރާކުނާއި، އުލިގަމުގައި ސައިބަރ ސެކިޔުރިޓީއާއި ބެލެނިވެރިކަމުގެ ހުނަރު ދަސްކޮށްދޭ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ. ހއ. ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި ހއ. އުލިގަމު ޕޮލިސް ޑެސްކާއި ހއ. އުލިގަމު ކައުންސިލް އިދާރާ, އުލިގަމު ސުކޫލު އާއި އުލިގަމު އެސޯސިއޭޝަން ފޯރ ސޯޝަލް އެވެޔަރނެސް (އަސާ) އަދި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒާއި ސައިބަރ ޕޮލިސް ސެންޓަރުގެ ގުޅިގެން، އިއްޔެ ހެނދުނު، ހއ. އުލިގަމު ސުކޫލުގެ ބެލެނިވެރިންނަށް ކުރިއަށް ގެންދެވުނު ސައިބަރ ކްރައިމް ޕްރިވެންޝަން ސެޝަންގެ އިތުރުން،...

ސަނިއްޔާ އަބޫބަކުރު
ހަތަރު އަހަރުގެ އަންހެން ދަރިފުޅު މަރާލިކަން މަންމަގެ މައްޗަށް ސާބިތުވެއްޖެ 📍 ށ. ނޫމަރާ

ހަތަރު އަހަރުގެ އަންހެން ދަރިފުޅު މަރާލިކަން މަންމަގެ މައްޗަށް ސާބިތުވެއްޖެ

ށ. ނޫމަރާގައި ހަތަރު އަހަރުގެ އަންހެން ދަރިފުޅަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މަންމަގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ. 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު ނޫމަރާގައި ދިނަށަ، އައިމިނަތު ޝާހިދާ އޭނާގެ ދަރިފުޅަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލީ އެ ކުއްޖާ ނިދާފައި އޮއްވަ އެވެ. މަރާލި ސަބަބެއް ފުލުހުންނަކަށް ވެސް ނޭނގުނެވެ. އޭރު އޭނާ ދިޔައީ ނަފްސާނީ ކަންކަމަށް ފަރުވާ ހޯދަމުންނެވެ. އެއީ މުޅި ރާއްޖެ އާއި […]

ހުސައިން ހަބީބް
ހަނިމާދޫގައި 500 މީހުންގެ ޖާގައި މިސްކިތެއްގެ ބިންގާ އަޅައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި 500 މީހުންގެ ޖާގައި މިސްކިތެއްގެ ބިންގާ އަޅައިފި

ހދ.ހަނިމާދޫގައި އަލަށް އިމާރާތްކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ އަޅައިފިއެވެ. މިކަމަށްޓަކައި ހަނިމާދޫގައި ހުކުރު ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވައި ރަސްމީކޮށް މި މަސައްކަތް ފައްޓަވައި ދެއްވާފައި ވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީއާއި ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަންއެވެ. މި މަސައްކަތަށް 11.9 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމުގައި އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާއިރު، މިސްކިތް އިމާރާތްކުރުމު...

އިބްރާހިމް ޚަލީލް
ފިއްލަދޫ ކައުންސިލްގެ ހޭންޑްބޯޅަ މުބާރާތާއި ފުޓްބޯޅަ މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ފިއްލަދޫ

ފިއްލަދޫ ކައުންސިލްގެ ހޭންޑްބޯޅަ މުބާރާތާއި ފުޓްބޯޅަ މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދަނީ

ހއ. ފިއްލަދޫ ކައުންސިލްގެ ހޭންޑްބޯޅަ މުބާރާތާއި ފުޓްބޯޅަ މުބާރާތް އިންތިޒާމްކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ފިއްލަދޫ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި އަހަރުގެ ޖުލައި މަހު ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މި މުބާރާތްތައް ހިންގައިދިނުމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނި ތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު ގެދަށުން މިނިސްޓްރީ...

އިބްރާހިމް ޚަލީލް
ހަނިމާދޫ ސްކޫލް ބޭރު ފާރުގައި "އިންޑިއަން އައުޓް" ލިޔުމުން އެކަން ކުއްވެރިކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ސްކޫލް ބޭރު ފާރުގައި "އިންޑިއަން އައުޓް" ލިޔުމުން އެކަން ކުއްވެރިކޮށްފި

ހދ. ހަނިމާދޫ ސްކޫލްގެ ވަށާފާރުގައި ބަޔަކު “އިންޑިއަން އައުޓް” ލިޔެފައިވާތީ ހަނިމާދޫ ކައުންސިލުން އެކަން ހަރުކަށި އިބާރާތުން ކުއްވެރިކޮށްފިއެވެ. މިހެން ހަނިމާދޫ ސްކޫލް ފާރުގައި ލިޔެފައި ވަނީ ހަނިމާދޫގައި އިމާރާތްކުރާ މިސްކިތެއްގެ ބިންގާ އެޅުމަށް އިއްޔެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމާދު ޒާހިރު ޢަލީ އާއި އެ މިނިސްޓްރީގެ ޓީމެއް އެރަށަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނިކޮށް އިއްޔެރޭގެ ވަގުތެއްގައެވެ. މިކަމާއި ގުޅިގެން ހަނިމާދޫ ކައުންސިލްގެ ފަސް މެންބަރުން ސޮއިކުރަށްވާ ރޭ އާންމު ކުރެއްވި ނޫސްބަޔާނު...

އަލީ އާދިލް