މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ނޮޅިވަރަންފަރުގައި ކުރިއަށް ގެންދިޔަ "މޫދު ކަސްރަތުން އުފާވެރިކަން" ޕްރޮގްރާމް ނިއްމާލައިފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގައި ކުރިއަށް ގެންދިޔަ "މޫދު ކަސްރަތުން އުފާވެރިކަން" ޕްރޮގްރާމް ނިއްމާލައިފި

ހދ. ނޮޅިވަރަންފަރުގައި “މޫދު ކަސްރަތުން އުފާވެރިކަން” ނަމުގައި ނޮޅިވަރަންފަރު އަންހެނުންގެ މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން އެރަށުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމް ހިންގާފައި ވަނީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގުޅިގެންނެވެ. މި ކަސްރަތު ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ރަށުގެ އާބާދީއަކީ ދުޅަހެޔޮ ހަށިހެޔޮ ބަޔަކަށް ހެދުމުގެ...

ޙުސައިން ޝަހުދީ
"އުތީމު ކޮންމެ ގެއަކަށް ރުކެއް" ޕްރޮގްރާމް ފަށައިފި 📍 ހއ. އުތީމު

"އުތީމު ކޮންމެ ގެއަކަށް ރުކެއް" ޕްރޮގްރާމް ފަށައިފި

ހއ. އުތީމުގައި އެރަށު ކައުންސިލުން “އުތީމު މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ރުކެއް” ނަމުގައި ޕްރޮގްރާމް ފަށައިފިއެވެ. އުތީމު ކައުންސިލުން ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން އެރަށުގައި ވެސް ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ކަމަށެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކީ “އުތީމު މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ރުކެއް” ނަމުގައި ފެށުނު ޕްރޮގްރާމް ކަމަށް ވިދާޅުވިއެވެ. އުތީމު ކައުންސިލް ރައީސް ޢަބުދުﷲ ރަޝީދު “ތިލަދުން” އަށް ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން އިފްތި...

ޙުސައިން ޝަހުދީ
ވަށަފަރު ރައްޔިތުންގެ އުންމީދުތަކާއި ގުޅޭ "ސިޓީ ހޮޓާ" ކުލަނުވެ 8 އަހަރު! 📍 ހއ. ވަށަފަރު

ވަށަފަރު ރައްޔިތުންގެ އުންމީދުތަކާއި ގުޅޭ "ސިޓީ ހޮޓާ" ކުލަނުވެ 8 އަހަރު!

ހއ. ވަށަފަރު ތުނޑީގައި ސިޓީ ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ވަށަފަރު ކައުންސިލާއި އެކު ހެދިފައިވާ އެއްބަސްވުމާއި އެއްގޮތައް މަސައްކަތް ކުރިއަށް ނުދާތީ އެކަމާއިމެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ވަށަފަރު ރައްޔިތުންނާއި އަދި ވަށަފަރަށް ނިސްބަތްވާ ފަރާތްތަކުން ޝުއޫރު ފާޅުކުރަން ފަށައިފި އެވެ. ވަށަފަރު ތުނޑީގައި ސިޓީ ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ވަށަފަރު ކައުންސިލުން އެއްބަސްވެ ޙަވާލުކޮށްފައިވަނީ 50 އަހަރު ދުވަހަށެވެ. ވޭތުވެދިޔަ 08 އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ކަށިގެންވާ މަސައްކަތެއް...

އަލީ އާދިލް
ފެނަކައިން މިލަންދޫ ސްކޫލަށް ސައުންޑް ސިސްޓަމެއް ހަދިޔާ ކޮށްފި 📍 ށ. މިލަންދޫ

ފެނަކައިން މިލަންދޫ ސްކޫލަށް ސައުންޑް ސިސްޓަމެއް ހަދިޔާ ކޮށްފި

ފެނަކަ ކޯޕަރޭޝަނުން ށ. މިލަންދޫ ސްކޫލަށް ސައުންޑް ސިސްޓަމެއް ހަދިޔާ ކޮށްފިއެވެ. އެ ކުންފުނިން މި ސިސްޓަމް ހަދިޔާ ކުރީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިއީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހަދިޔާ ކުރި ސިސްޓަމެކެވެ. ސައުންޑް ސިސްޓަމް ހަދިޔާ ކުރުމުން މިލަންދޫ ސްކޫލުން ވަނީ ފެނަކައަށް ޝުކުރު އަދާ ކޮށްފައެވެ. ފެނަކަ ކޯޕަރޭޝަންގެ ސީ.އެސް.އާރުގެ ދަށުން މިލަންދޫ ސްކޫލަށް ސައުންޑް ސިސްޓަމެއް ހަދިޔާކުރެއްވުން. މި ފަދަ އެހީ އެއް ސުކޫލަށް ވެދެއްވީތީ ފެނަކަ […]

އަޙްމަދު ވަހީދު
ރަސޫލާއަށް ފުރައްސާރަ ކުރުމުން އިހަވަންދޫ ކައުންސިލުން ކުށްވެރިކޮށްފި 📍 ހއ. އިހަވަންދޫ

ރަސޫލާއަށް ފުރައްސާރަ ކުރުމުން އިހަވަންދޫ ކައުންސިލުން ކުށްވެރިކޮށްފި

އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ އިސް ދެ އޮފިޝަލަކު ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރި މައްސަލަ ހއ. އިހަވަންދޫ ކައުންސިލުގެ އިއްތިފާގުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރަސޫލާ ﷺ އަށް ފުރައްސާރަކޮށް، އެކަލޭގެފާނަށް ހުތުރުވާ ގޮތަށް ބައުނަލް އަޤްވާމީ ހަމަތަކާ އުސޫލުތަކާ ޚިލާފަށް ބީޖޭޕީގެ އިސް އޮފިޝަލުން ދެއްކި ވާހަކަ އެ ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި […]

ސަނިއްޔާ އަބޫބަކުރު
ރާއްޖޭގެ އެހެން ކައުންސިލުތަކާ ޚިލާފަށް ދިއްދޫ ކައުންސިލު ރައީސަށް ވޯޓުލުމުގެ ފުރުޞަތު ހަނިކޮށްފި 📍 ހއ. ދިއްދޫ

ރާއްޖޭގެ އެހެން ކައުންސިލުތަކާ ޚިލާފަށް ދިއްދޫ ކައުންސިލު ރައީސަށް ވޯޓުލުމުގެ ފުރުޞަތު ހަނިކޮށްފި

ރާއްޖޭގެ އެހެން ހުރިހާ ކައުންސިލުތަކާ ޚިލާފަށް ހއ. ދިއްދޫ ކައުންސިލު ރައީސަށް ވޯޓުލުމުގެ ފުރުޞަތު އެލްޖީއޭއިން ހަނިކޮށްފި އެވެ. މިކަން ހާމަކުރައްވައި އެލްޖީއޭއިން ދިއްދޫ ކައުންސިލަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިޖުރާޢީ ޤަވާޢިދުގެ 101ވަނަ މާއްދާގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، ނުވަތަ ޤަވާޢިދުގައި ބުނާއެއްޗެއް މާނަކުރުމުގައި ޚިލާފު އުފެދިއްޖެނަމަ، އެކަމުގައި ގޮތްނިންމާނީ އެލްޖީއޭގެ ބޯޑުންކަން ބަޔާންކޮށްފައި ވާކަމަށެވެ. އަދި މިފަދަ ޙާލަތެއްގައި އެލްޖީއޭގެ ބޯޑ...

ސަނިއްޔާ އަބޫބަކުރު
އަރިއަޅާލާފައިވާ ތުރާކުނު ނޯތު ޕޮއިންޓް ބައްތި ރިލޮކޭޓްކޮށް ރަނގަޅުކޮށްފި 📍 ހއ. ތުރާކުނު

އަރިއަޅާލާފައިވާ ތުރާކުނު ނޯތު ޕޮއިންޓް ބައްތި ރިލޮކޭޓްކޮށް ރަނގަޅުކޮށްފި

އަރިއަޅާލާފައިވާ ތުރާކުނު ނޯތު ޕޮއިންޓް ބައްތި ރިލޮކޭޓްކޮށް ރަނގަޅު ކޮށްފިއެވެ. ތުރާކުނު ކައުންސިލުން ވިދާޅުވީ، އަރިއަޅާލާފައިވާ ތުރާކުނު ނޯތު ޕޮއިންޓް ބައްތި ރިލޮކޭޓްކޮށް ރަނގަޅު ކޮށްފައިވަނީ ތުރާކުނު ކައުންސިލާއި ފެނަކަ ތުރާކުނު ބްރާންޗްގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ، އެމްޓީސީސީ ގުޅިގެން ކަމަށެވެ. މި މަސައްކަތުގައި އެހީތެރިކަން ދެއްވި ފަރާތްތަކަށް ތުރާކުނު ކައުންސިލުން ޝުކުރު އަދާކުރައްވާފައި ވާއިރު، ވަކިން ޚާއްޞަކޮށް އެމް.ޓީ.ސީ.ސީގެ ޗީފް އެގްޒެކެޓިވް އޮފ...

ސަނިއްޔާ އަބޫބަކުރު
ކުމުންދޫ ނޭޗަރ ޕާކް "ވެހިސަރާ" ގައި އަލިފާން ރޯކޮށްލައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ނޭޗަރ ޕާކް "ވެހިސަރާ" ގައި އަލިފާން ރޯކޮށްލައިފި

ހދ. ކުމުންދޫގެ އެންމެ މަޤުބޫލު އެއް މަންޒިލެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ނޭޗަރ ޕާކް “ވެހިސަރާ” ގައި ބަޔަކު އަލިފާން ރޯކޮށްލައިފި އެވެ. ކުމުންދޫ ކައުންސިލުން ބުނީ މި ހާދިސާ ހިނގާފައިވާ ކަމަށް ބެލެވެނީ ރޭގެ ފަތިހުގެ ވަގުތުގައިކަމަށެވެ. މިމައްސަލަ މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތައް ހުށަހެޅިފައިކަމަށް އެކައުންސިލުން ބުނެއެވެ. “ވެހިސަރާގައި ބަޔަކު މީހުން އަލިފާން ރޯކޮށްލުމީ ވަރަށް ނާތަހުޒީބު އަމަލެއް. މިއީ މި ޖަމިއްޔާއިން އެތައް ފައިސާއެއް އަދި އެތައް ވަގުތެއް ހޭދަކޮށްގެން ރަށުގެ ރައީތުންނ...

މުޙައްމަދު ވަސީމް
ކުނބުރުދޫގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ހަދަން އެމްޓީސީސީއަށް

ކުނބުރުދޫގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ހަދަން އެމްޓީސީސީއަށް

ހދ. ކުނބުރުދޫގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގް އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސަރެވެ. ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ ކުނި ޖަމާކޮށް ނައްތާލުމުގެ ނިޒާމުގައި ވަރަށް މުހިންމު ދަ...

އަޙްމަދު ވަހީދު
ބޮޑުތިލަދުންމަތި އެދި ގޮވަނީ ކާކަށް ހެއްޔެވެ؟

ބޮޑުތިލަދުންމަތި އެދި ގޮވަނީ ކާކަށް ހެއްޔެވެ؟

ބޮޑުތިލަދުންމައްޗަކީ ކޮބައިކަން މިހާރުގެ ފަހުގެ ޖީލަށް ފަހަރުގައި ނުއެނގިދާނެއެވެ. ބޮޑުތިލަދުންމައްޗަކީ ހއ، ހދ، ށ، ނ. މި ހަތަރު އަތޮޅު ކަމުގައި ބެލެވޭ ޤުދުރަތީ އަތޮޅަށް އިހުއްސުރެ ދިވެހިން ކިޔާ އުޅޭ ނަމެކެވެ. ބޮޑު ތިލަދުންމައްޗަކީ މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ބޮޑުއެއް ގުދުރަތީ އަތޮޅެވެ. ހަތްވަނައަށް ދުނިޔޭގެ އެންމެ ބޮޑު އަތޮޅެވެ. އެހެންކަމުން ދުނިޔޭގެ ތާރީޚުގައި ވެސް ބޮޑު ތިލަދުންމައްޗަށް ޚާއްސަ އަހަންމިއްޔަތެއް ލިއްބައިދެއެވެ. މީގެ އިތުރުން ބޮޑު ތިލަދުންމައްޗަށް ޚާއްސަ އަހަންމިއްޔަތެއް ދިވެ...

ސަނިއްޔާ އަބޫބަކުރު
ކުޅުދުއްފުށީގައި 900 ގަސް އިންދައި، 25 ޓަނު ކުނި ނަގައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި 900 ގަސް އިންދައި، 25 ޓަނު ކުނި ނަގައިފި

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް މިއަދު ކުޅުފުށީ ސިޓިގައި ހާއްސަ ހަރަކާތްތަކެއް ހިންގައި، އެ ހަރަކާތްތަކުގެ ތެރެއިން 900 ގަސް އިންދައި، 25 ޓަނު ކުނި ނަގައިފިއެވެ. ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް އެސިޓީގައި ކުރިއަށް ގެންދިޔައީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އެއްބާރުލުމާއިއެކު އެރަށުގެ މުއައްސަސާތައް ގުޅިގެންނެވެ. “ފިނިފެހި ސިޓީ” ޝިއާރުގެ ދަށުން ކުރިއަށްގެންދިޔަ މި ހަރަކާތުގެ ތެރެއިން އެ ސިޓީގެ އިރުމަތި ފަރާތު ހޭޅި އަދި ފުއްޓަރު ސާފުކުރުމުގެ ހަރަކާތެއް މިއަދު ކުރިއަށްގެންގޮ...

ޝިއުނާ އާދަމް
ހުއްދަނަގައިގެން މަގުތަކުގައި އިންދާފައި ހުންނަ ގަސްތަކަށް ގެއްލުންދޭނަމަ ފިޔަވަޅުއަޅާނަން: ކުޅުދުއްފުށީ ސިޓީ ކައުންސިލް 📍 ހދ. ކުޅުދުއްފުށި

ހުއްދަނަގައިގެން މަގުތަކުގައި އިންދާފައި ހުންނަ ގަސްތަކަށް ގެއްލުންދޭނަމަ ފިޔަވަޅުއަޅާނަން: ކުޅުދުއްފުށީ ސިޓީ ކައުންސިލް

މަގުތަކުގައި އެކަމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުތަކުގައި ގަސްއިންދުމަށް ނަގަންޖެހޭ ހުއްދަ ނަގައިގެން އިންދާ ގަސްތަކަށް ގެއްލުންދޭ ފަރާތްތަކުގެ މައްސަލަ ކުރިއަށް އޮތްތަނުގައި ބަލައި އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅުއަޅާނެކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، ކުޅުދުއްފުށި ސިޓީއަކީ ފެހި ސާފު އަދި ހިތްފަސޭހަ ސިޓީއަކަށް ހެދުމުގެ ގޮތުން އެކައުންސިލާއި އެކި މުއައްސަސާތައް އަދި އަމިއްލަ ފަރުދުން އަންނަނީ މަގުތައް އަދި އާންމު ސ...

ޔުމްނާ ޢަލީ
އިންތިޚާބަކަށް ދާންނުޖެހި، ވަށަފަރު އަންހެނުން ކޮމެޓީ ގޮނޑި ޕީޕީއެމަށް 📍 ހއ. ވަށަފަރު

އިންތިޚާބަކަށް ދާންނުޖެހި، ވަށަފަރު އަންހެނުން ކޮމެޓީ ގޮނޑި ޕީޕީއެމަށް

ހއ. ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރަކު އިންތިޚާބު ކުރުމަށް ހުޅުވާލި ބައި-އިލެކްޝަންގައި ވާދަކުރުމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، ކުރިމަތިލާފައި ވަނީ ހަމައެކަނި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓެއްކަމުން އިންތިޚާބަކަށް ދާންނުޖެހި، އެ ގޮނޑި އަށް ޕީޕީއެމްގެ ކެންޑިޑޭޓް ހޮވިއްޖެއެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ، އަންނަ ޖުލައި މަހުގެ 02 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އެ ކޮމިޝަނުން ޢިއުލާންކުރި ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައ...

ސަނިއްޔާ އަބޫބަކުރު
މަކުނުދޫން ވަގުތީ ގޮތުން ހިލޭ ދަނޑުބިން ދޫކުރަނީ 📍 ހދ. މަކުނުދޫ

މަކުނުދޫން ވަގުތީ ގޮތުން ހިލޭ ދަނޑުބިން ދޫކުރަނީ

ހދ. މަކުނުދޫން ވަގުތީ ގޮތުން ދަނޑުބިން ދޫކުރަން އެރަށު ކައުންސިލުން ނިންމަވައިފިއެވެ. މަކުނުދޫ ކައުންސިލުން ވިދާޅުވީ މި ދަނޑުބިން ތައް ދޫކުރަން ނިންމެވީ ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރު ކުރެއްވުމަށް ކަމުގައެވެ. އެއް އަހަރު ދުވަހުގެ މުހުލަތަށް މި ބިންތައް ދޫކުރައްވަނީ ކޮންްމެ ގޭބިސީއަކަށް ދަނޑެއްގެ އުސޫލުން ކަމަށް އެރަށު ކައުންސިލުން ހާމަކޮށްފައި ވެއެވެ. މި ބިންތަކަކީ ހިލޭ ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަކަށް ވާއިރު، މިހާރު ދަނޑުބިން ގެންގުޅޭ ފަރާތްތަކަށް ވެސް ވަނީ ރި ރެޖިސްޓްރީ ކުރުމަށް ފ...

ސަނިއްޔާ އަބޫބަކުރު
ށ. ފޭދޫގައި ފިރިމީހާ އަނބިމީހާގެ ބަނޑަށް ވަޅި ހަރައިފި 📍 ށ. ފޭދޫ

ށ. ފޭދޫގައި ފިރިމީހާ އަނބިމީހާގެ ބަނޑަށް ވަޅި ހަރައިފި

ށ. ފޭދޫގައި ފިރިމީހާ، އަނބިމީހާ އަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުން ވިދާޅުވީ ރޭ 21:30 ހާއިރު ށ. ފޭދޫގައި ދެމަފިރިއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އަނބިމީހާއަށް ވަޅިން ހަމަލާދިނުމާ ގުޅިގެން 37 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ފޭދޫ ކައުންސިލްގެ ރައީސް އަހުމަދު ރައިޝަމް “ތިލަދުން” އަށް ވިދާޅުވީ، ރޭ 21:30 ހާއިރު އެ މައްސަލާގައި ޝާމިލްވާ ފިރިހެން މީހާގެ މަންމަ ގުޅާފައި އެގޭދޮށަށް އައިސްދިނުމަށް އޭނާ ގާތުގައި […]

ސަނިއްޔާ އަބޫބަކުރު