މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
އިހަވަންދޫ ލޭންޑް ޔޫސް ޕްލޭން ރިވިއުކޮށް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ލޭންޑް ޔޫސް ޕްލޭން ރިވިއުކޮށް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި

ހއ. އިހަވަންދޫ ލޭންޑް ޔޫޒް ޕްލޭން ރިވިއުކޮށް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިހަވަންދޫ ކައުންސިލުން އިޢުލާނު ކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ހއ. އިހަވަންދޫ ލޭންޑް ޔޫޒް ޕްލޭން ރިވިއުކޮށް (ފަޅު ހިމެނޭހެން) ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލާ ދަޢުވަތު އަރުވާ ކަމަށެވެ. މިކަމަށްއެދޭ ފަރާތްތަކުން ބީލަން ހުށަހެޅުން އޮންނާނީ މިމަހުގެ 29 ވަނަ...

ސަނިއްޔާ އަބޫބަކުރު
ނޫމަރާ ކައުންސިލް އިދާރާގެ އާ އިމާރާތް އަޅައިދޭނެ ފަރާތެއް ހޯދަނީ 📍 ށ. ނޫމަރާ

ނޫމަރާ ކައުންސިލް އިދާރާގެ އާ އިމާރާތް އަޅައިދޭނެ ފަރާތެއް ހޯދަނީ

ށ. ނޫމަރާ ކައުންސިލް އިދާރާގެ އާ އިމާރާތް އަޅައިދޭނެ ފަރާތެއް ހޯދަން އިޢުލާނު ކޮށްފިއެވެ. މިކަމަށްޓަކާ ނޫމަރާ ކައުންސިލުން ކުރެއްވި އިޢުލާނެއްގައިވަނީ ނޫމަރާ ކައުންސިލުގެ އާ ޢިމާރާތް އަޅަން ޖެހޭނީ އެ ކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް އަމިއްލަ ޚަރަދުގައި ކަމަށެވެ. އެހެންކަމުން މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް 1000.00ރ (އެއްހާސް ރުފިޔާ) ގެ ނަން-ރިފަންޑެބަލް ރަޖިސްޓުރޭޝަން ފީ އެއް ދައްކަން ޖެހޭނެ ކަމަށާއި، 15 ޖޫން 2022 ވާ ބުދަ ދުވ...

ސަނިއްޔާ އަބޫބަކުރު
ހޯރަފުށީގެ ޚިދުމަތްތެރީންގެ އަގު ވަޒަންކޮށް އެވޯޑު ދީފި 📍 ހއ. ހޯރަފުށި

ހޯރަފުށީގެ ޚިދުމަތްތެރީންގެ އަގު ވަޒަންކޮށް އެވޯޑު ދީފި

ހޯރަފުއްޓަށް އެކިދާއިރާތަކުން ފާހަގަ ކޮށްލެވޭފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އެރަށު ކައުންސިލުން ބާއްވާ “ހޯރަފުށީ ދުވަސް 2022 އެވޯޑް” ދިނުމުގެ ހަފްލާ ބާއްވައިފިއެވެ. މި ދުވަސް ފާހަގަ ކުރުމަށް އެ ކައުންސިލުން ނިންމާފައި ވަނީ މި އަހަރުގެ މެއި މަހުގެ 17 ވާ އަންގާރަ ދުވަހުއެވެ. އަދި “ހޯރަފުށީ ދުވަސް 2022 އެވޯޑް” ދިނުމުގެ ހަފްލާ ބާއްވާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ރެއެވެ. ހޯރަފުށީ ދުވަހުގެ މިޚާއްސަ ޖަލްސާގެ […]

ޝިއުނާ އާދަމް
ށ.އަތޮޅު ކައުންސިލުން އެ އަތޮޅުގައި ހޭންޑްބޯލް ކޯޗުން ތަމްރީނުކޮށްފި

ށ.އަތޮޅު ކައުންސިލުން އެ އަތޮޅުގައި ހޭންޑްބޯލް ކޯޗުން ތަމްރީނުކޮށްފި

ށ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އެ އަތޮޅު ވެރިރަށް ފުނަދޫގައި ކުރިއަށް ގެންދިޔަ ހޭންޑް ބޯލް ކޯޗިންގ ކޯސް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. މި ކޯހަކީ ށ. އަތޮޅު ކައުންސިލުގެ މި އަހަރުގެ ބަޖެޓްގައި ހިމަނައިގެން ށ. އަތޮޅުކައުންސިލާއި، ހޭންޑްބޯލް މޯލްޑިވްސް އާއި، މޯލްޑިވްސް އިންސްޓިޓިއުޑް އޮފް ސްޕޯޓްސް އާއި، ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެކެވެ. މިކޯހުގައި އެ އަތޮޅުގެ 11 ރަށަކުން 24 ބައިވެރިން ކޯސް ފުރިހަމަކޮށްފައިވާއިރު 20 ބައިވެރިންވަނީ ސެޓްފިކެޓް ޙާޞިލުކޮށްފައެވެ. މިމަހުގެ...

ޝިއުނާ އާދަމް
"ހދ. އަތޮޅު ލީގު ބަށި މުބާރާތް 2022" އިން ނެއްލައިދޫއަށް ފަޚުރުވެރި ވަނަތަކެއް 📍 ހދ. ނެއްލައިދޫ

"ހދ. އަތޮޅު ލީގު ބަށި މުބާރާތް 2022" އިން ނެއްލައިދޫއަށް ފަޚުރުވެރި ވަނަތަކެއް

ހދ. އަތޮޅު ލީގު، ބަށިބޯޅަ މުބާރާތް 2022 ގެ ރަނަރަޕްކަން ލިބުނު ޓީމް ނެއްލައިދޫ އިން އެ މުބާރާތުން ފަޚުރުވެރި ވަނަތަކެއް ވެސް ހޯދައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، އބަށިބޯލް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް ގުޅިގެން ބޭއްވި މި މުބާރާތުގެ ފައިނަލް މެޗްގައި މި މަހުގެ 11 ވަނަ ދުވަހު ބައްދަލުކުރީ ކުޅުދުއްފުށީ ކޮރަލްސް އާއި ޓީމް ނެއްލައިދޫ އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ކޮރަލްސް ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ 28-25 ލަނޑުން ނެއްލައިދޫގެ މައްޗަށް ކުރި […]

ސަނިއްޔާ އަބޫބަކުރު
ނަރުދޫ ރައްޔިތުންގެ ކަށިކެޔޮ ގަސްތައް ވަރުވާއަށް ނެގުމުގެ ފުރުސަތު ހުޅުވާލައިފި 📍 ށ. ނަރުދޫ

ނަރުދޫ ރައްޔިތުންގެ ކަށިކެޔޮ ގަސްތައް ވަރުވާއަށް ނެގުމުގެ ފުރުސަތު ހުޅުވާލައިފި

ށ. ނަރުދޫ ކަށިކެޔޮވައު ވަރުވާއަށް ނެގުމުގެ ފުރުސަތު ޢާއްމުކޮށް ހުޅުވާލައިފިއެވެ. މި ގަސްތައް ވަރުވާއަށް ލިޔެދެއްވަނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ. މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ނަރުދޫ ކައުންސިލް އިދާރާގައި ބާއްވާ ބައްދަލުވުން އޮންނާނީ 16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 1130 ގައެވެ. ރަށުގެ ހުރިހާ ސަރަހައްދު ތަކެއްގައި ހުރި ރައްޔިތުންގެ ހުރިހާ ކަށިކެޔޮ ގަސްތަކެއް ލިބޭ މި ބީލަމަށް އަގު ހުށަހެޅުމުގެ ތާރީޚަކީ 21 ޖޫން 2022 ވާ އަންގާރަ […]

ސަނިއްޔާ އަބޫބަކުރު
ފޯކައިދޫގައި ފުޓްސަލް ދަނޑެއް އަޅައިދޭނެ ފަރާތެއް ހޯދަނީ 📍 ށ. ފޯކައިދޫ

ފޯކައިދޫގައި ފުޓްސަލް ދަނޑެއް އަޅައިދޭނެ ފަރާތެއް ހޯދަނީ

ށ. ފޯކައިދޫގައި ޓާރފް ފުޓްސެލް ދަނޑެއް އަޅަން އެރަށު ކައުންސިލުން އިޢުލާނު ކޮށްފިއެވެ. މިކަމާ ގުޅޭ ގޮތުން ފޯކައިދޫ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ މުޅި ރާއްޖެއަށް މި ފުރުޞަތު ހުޅުވާލާފައެވެ. މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން 500 ރުފިޔާގެ ނަން ރިފަންޑަބަލް ފީއެއް ދެއްކުމަށް ފަހު 15 ޖޫންގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ. މިކަމަށް އެދޭ ފަރާތްތަކަށް މިމަހުގެ 16 ވަނަ ދުވަހު ފޯކައިދޫ ކައުންސިލު އިދާރާގައި މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ފަހު […]

ސަނިއްޔާ އަބޫބަކުރު
"ހދ. އަތޮޅު ލީގު ބަށި މުބާރާތް 2022"ގެ ޗެމްޕިއަންކަން ކުޅުދުއްފުށި ކޮރަލްސް އަށް 📍 ހދ. ކުޅުދުއްފުށި

"ހދ. އަތޮޅު ލީގު ބަށި މުބާރާތް 2022"ގެ ޗެމްޕިއަންކަން ކުޅުދުއްފުށި ކޮރަލްސް އަށް

“ހދ. އަތޮޅު ލީގު ބަށި މުބާރާތް 2022″ގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ކޮރަލްސް ހޯދައިފި އެވެ. މި މުބާރާތަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، އަދި ބަށިބޯލް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް ގުޅިގެން ބޭއްވި މުބާރާތެކެވެ. 9 ޖޫން އިން 11 އަށް ކުރި ދިޔަ މި މުބާރާތުގެ ފައިނަލް މެޗްގައި ކުޅުދުއްފުށީ ކޮރަލްސް އާއި ބައްދަލުކުރީ ޓީމް ނެއްލައިދޫ އެވެ. މި މެޗް ކޮރަލްސް ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ 28-25 ލަނޑުން ނެއްލައިދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި […]

ޔުމްނާ ޢަލީ
ނެއްލައިދޫގެ ރައްޔިތުންނަށް، ހިރިނައިދޫ ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދިއްޖެ 📍 ހދ. ނެއްލައިދޫ

ނެއްލައިދޫގެ ރައްޔިތުންނަށް، ހިރިނައިދޫ ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދިއްޖެ

އިޤުތިޞާދީ އަދި ސިނާއީ މަސައްކަތްތައް ކުރުމަށް، ހދ. ހިރިނައިދޫ، ނެއްލައިދޫގެ ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް ނެއްލައިދޫ ކައުންސިލުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ހުށަހަޅުއްވައިފިއެވެ. އެކައުންސިލުން މިފަދައިން އެދިފައިވަނީ މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ބައްދަލުވުމުގަ އެވެ. މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދާއި، ނެއްލައިދޫ ކައުންސިލް މެމްބަރުންނާއި ނެއްލައިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސ...

އަލީ އާދިލް
އިހަވަންދޫގައި ޓާފް އަޅައަޅައިގެން ތަރައްގީ ކުރި ދަނޑު ބޭނުން ކުރަންފަށައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ޓާފް އަޅައަޅައިގެން ތަރައްގީ ކުރި ދަނޑު ބޭނުން ކުރަންފަށައިފި

ހއ. އިވަންދޫގައި ޓާފް އަޅައިގެން ތަރައްގީ ކުރި ފުޓްބޯޅަ ދަނޑު ބޭނުން ކުރަން ފަށައިފިއެވެ. އެ ދަނޑު ބޭނުން ކުރަން ފެށީ އިއްޔެއެވެ. ދަނޑު ބޭނުން ކުރަން ފެށުމުގެ ގޮތުން ރަށުގެ ފިރިހެން ޒުވާނުންގެ ތެރެއިން ހޮވާލެވުނު ދެ ޓީމެއްގެ މެޗުގައި އެކުވެރިކަމުގެ ފުޓް ބޯޅަ މެޗެއް އިއްޔެ ވަނީ ކުޅެފައެވެ. އިހަވަންދޫ ޔޫތު އެސޯސިއޭޓް، ޢަލީ ރަމީޒް “ތިލަދުން” އަށް ވިދާޅުވީ، ޓާފް ދަނޑު އިއްޔެއިން ފެށިގެން ޒުވާނުން ބޭނުން ކުރުމަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި […]

ޔުމްނާ ޢަލީ
އާރްޓީއެލް ފެރީ ނިޒާމަކީ، އަޅުގަނޑުމެން އެދޭ ލާމަރުކަޒީ ތަރައްޤީގެ މައިބަދަ: ރައީސް

އާރްޓީއެލް ފެރީ ނިޒާމަކީ، އަޅުގަނޑުމެން އެދޭ ލާމަރުކަޒީ ތަރައްޤީގެ މައިބަދަ: ރައީސް

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އަކީ ލާމަރުކަޒީ ތަރައްގީގެ މައިބަދަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރައީސް ސޯލިޙް މިހެން ވިދާޅުވީ، “އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން “ރާއްޖެ ޓްރާންސްޕޯޓް ލިންކް”ގެ ޚިދުމަތް މިއަދު ފެށުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ. މިޓްވީޓުގައި ރައީސް ވިދާޅުވީ މި ޖަޒީރާތަކުގެ އެއް ރަށް އަނެއް ރަށާއި ގުޅި، އިޖްތިމާޢީ އަދި އިޤްތިޞާދީ އެކަހެރިކަން ފިލައި، ހުރިހާ ރަށެއްގެ […]

އަލީ އާދިލް
ދިއްދޫ ޖޫނިއަރ ކޮލެޖު އަޅާ ސައިޓް ކޮންޓްރެކްޓަރާ ހަވާލުކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ ޖޫނިއަރ ކޮލެޖު އަޅާ ސައިޓް ކޮންޓްރެކްޓަރާ ހަވާލުކޮށްފި

ހއ.ދިއްދޫގައި ގާއިމުކުރަން ސަރުކާރުން ނިންމާފައިވާ ޖޫނިއަރ ކޮލެޖުގެ ޕްރޮޖެކްޓް ސައިޓް ކޮންޓްރެކްޓަރާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި މިސައްކަތް ހަވާލު ކޮށްފައިވަނީ ކޮންޓްރެކްޓްކުރެވިފައިވާ ފަރާތް ކަމުގައިވާ ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. މިކަމަށްޓަކައި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖަރާއި ކޮންޓްރެކްޓަރ އަދި ރަށު ކައުންސިލްގެ މެމްބަރުންނާއި ސްޓާފުން ހިމެނޭހެން ‘ސައިޓް ހޭންޑް-އޯވަރ މީޓިންގ’ އެއް ދިއްދޫގެ ކައުންސިލް އިދާރާގައިވަނީ ބާއްވާފަ އެވެ. އަދި ޕްރޮޖެކްޓް ސައިޓަށް ޒިޔާރަތްކ...

އިބްރާހިމް އަސްވާޤް
އާރުޓީއެލް ދަތުރުތައް ހއ. އަތޮޅުގައި މި މަހު ފަހުކޮޅު ފަށަނީ

އާރުޓީއެލް ދަތުރުތައް ހއ. އަތޮޅުގައި މި މަހު ފަހުކޮޅު ފަށަނީ

ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރުފަތުރުގެ ނިޒާމު “އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް”ގެ ދަށުން “ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތް ހއ. އަތޮޅުގައި މި މަހު ފަހުކޮޅުފަށައި، ށ. އަތޮޅުގައި ޖުލައިގެ ނިޔަލަށް ފަށަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަޙްމަދު ހަމްދާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ‏ޖޫން މަހުގެ ފަހުކޮޅު ހއ. އަތޮޅުގައި އާރްޓީއެލް ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާކަމަށެވ...

ޝިއުނާ އާދަމް
އާރުޓީއެލް ދަތުރުތައް ރަސްމީކޮށް މާދަމާ ފަށަނީ

އާރުޓީއެލް ދަތުރުތައް ރަސްމީކޮށް މާދަމާ ފަށަނީ

ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރުފަތުރުގެ ނިޒާމު “އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް”ގެ ދަށުން “ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތް ރަސްމީކޮށް މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ. އާރްޓީއެލްގެ ހިދުމަތް އެންމެ ފުރަތަަމަ ފަށަނީ ޒޯން އެކެއްގައި ހިމެނޭ ހދ. އަތޮޅުގެ ރަށްތަކަށެވެ. ހދ. އަތޮޅުގެ ރަށްތަކަށް ލޯންޗް ފެރީގެ އަގުތައް އުޅެނީ ދެކޮޅަށް، 65 ރުފިޔާ އާއި 200 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. މި ހިދުމަތުގައި ބޭނުންކުރާ ފެރީތަކަކީ ފަސިންޖަރުންގެ ރައްކާތެރިކަމާއި ސަލާމަތާއ...

އަޙްމަދު ވަހީދު
ވެލާ ރިސޯޓްގެ "ފެހިކުރަމާ" ޕްރޮގްރާމުގައި ނޫނު އަތޮޅު ކައުންސިލު ބައިވެރިވެއްޖެ

ވެލާ ރިސޯޓްގެ "ފެހިކުރަމާ" ޕްރޮގްރާމުގައި ނޫނު އަތޮޅު ކައުންސިލު ބައިވެރިވެއްޖެ

ވެލާ ރިސޯޓްގެ “ފެހިކުރަމާ” ޕްރޮގްރާމުގައި ނޫނު އަތޮޅު ކައުންސިލު ބައިވެރިވެއްޖެއެވެ. މިކަމާ ގުޅޭ ގޮތުން ނޫނު އަތޮޅު ކައުންސިލުން ވިދާޅުވީ މި ޕްރޮގްރާމްގައި ބައިވެރިވާން ނިންމީ ނޫނު އަތޮޅުގައި އިސްރާފު ކުޑަކޮށް އިގްތިސާދު ހިފެހެއްޓުމުގެ ޕްރޮގްރާމް ތަންފީޒު ކުރުމަށް ވާގިދީ އެހީތެރިވުމަށް ކަމުގައެވެ. ނ. އަތޮޅުގައި ހިންގަމުން އަންނަ ވެލާ ރިސޯޓްގެ “ފެހިކުރަމާ” ޕްރޮގްރާމާއެކު ނޫނު އަތޮޅު ކައުންސިލުން ސޮއިކޮށްފައިވާ އެއްބަސްވުމުގައި ނޫނު އަތޮޅު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް މު...

ސަނިއްޔާ އަބޫބަކުރު