މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ބޮޑުތިލަދުންމަތީގެ ސަރަހައްދީ ދަނޑުވެރި ވިޔަފާރީގެ މައުރަޒު މިއަދު ހަނިމާދޫގައި ބާއްވައިފި

ބޮޑުތިލަދުންމަތީގެ ސަރަހައްދީ ދަނޑުވެރި ވިޔަފާރީގެ މައުރަޒު މިއަދު ހަނިމާދޫގައި ބާއްވައިފި

‏މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ބޮޑު ތިލަދުންމައްޗަށް އަމާޒު ކޮށްގެން ހއ. ހދ. އަދި ށ. އަތޮޅަށް ކުރިއަށް ގެންދާ މޯލްޑިވްސް އެގްރި ބިޒްނަސް މަޝްރޫޢުގެ “ސަރަހައްދީ ދަނޑުވެރި ވިޔަފާރީގެ މައުރަޒު” ހަނިމާދޫގައި މިއަދު ކުރިއަށް ގެންގޮސްފި އެވެ. ‏މި މަޢުރަޒުގައި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ އަދި ދަނޑުވެރިކަމުގެ ސާމާނު ވިއްކާ ފަރާތްތަކާއި ދަނޑުވެރިކަމުގެ ބާވަތްތައް ގަންނަ ފަރާތްތަކުން މައުލޫމާތު ދިނުމުގެ ތަފާތު ސެޝަންތައްވެސް ވަނީ ބާއްވާފަ އެވެ. މި މައުރަޒުގައި […]

ސަނިއްޔާ އަބޫބަކުރު
މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ކުޅުދުއްފުށީގައި ފަށައިފި

މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ކުޅުދުއްފުށީގައި ފަށައިފި

ބޮޑުތިލަދުންމަތީގެ ކޯޓުތަކުގެ މުވައްޒަފުން މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ކުޅުދުއްފުށީ ސިޓީގައި މިއަދު ފަށައިފިއެވެ. ހދ. ކުޅުދުއްފުށި ސިޓީގައި މިއަދު ފެށުނު މި ޕްރޮގްރާމްގައި ބޮޑު ތިލަދުންމަތިން ހއ، ހދ އަދި ށ އަތޮޅަށް ނިސްބަތްވާ 8 މެޖިސްޓްރޭޓުންނާއި 38 މުވައްޒަފުން ބައިވެރިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ. މި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ އު...

ސަނިއްޔާ އަބޫބަކުރު
ފުނަދޫ ބިން ހިއްކުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނަން: ރައީސް 📍 ށ. ފުނަދޫ

ފުނަދޫ ބިން ހިއްކުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނަން: ރައީސް

ބިންހިއްކާ ރަށްރަށުގެ ލިސްޓުގައި މިލަދުން މަޑުލު އުތުރުބުރީ ފުނަދޫ ހިމަނައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެމަސައްކަތް ކުރިޔަށްގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ފުނަދޫ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ރަށު ކައުންސިލާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންތައްތައް ކަމުގައިވާ ބ...

ޝިއުނާ އާދަމް
"ފުނަދޫ ސްކޫލުން ބިނާކޮށްދިން އިންސާނީ ވަޞީލަތްތަކަކީ މުޖުތަމަޢަށް ދޫކުރި އަގުހުރި ހަދިޔާއެއް" 📍 ށ. ފުނަދޫ

"ފުނަދޫ ސްކޫލުން ބިނާކޮށްދިން އިންސާނީ ވަޞީލަތްތަކަކީ މުޖުތަމަޢަށް ދޫކުރި އަގުހުރި ހަދިޔާއެއް"

ށ. ފުނަދޫ ސްކޫލުން ބިނާކޮށްދިން އިންސާނީ ވަޞީލަތްތަކަކީ އެ ސްކޫލުން މުޖުތަމަޢަށް ދޫކުރި ވަރަށް އަގުހުރި ހަދިޔާއެއް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ ފުނަދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް މުނާޞަބާ ފާހަގަކުރުމަށް ރޭ އެ ސްކޫލުގައި ބޭއްވި ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރޭގެ ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ފުނަދޫ ސްކޫލްގައި ފާހަގަކުރާ ރަންޔޫބީލްގެ ޙަޤީޤަތަކީ، އެ ރަށުގެ އަލިވާގޭ އަލްމަރްޙޫމް ޢަބްދުﷲ ޢަބްދުލ...

ޔުމްނާ ޢަލީ
ރައީސަށް ފުނަދޫން ހޫނު މަރުޙަބާއެއް 📍 ށ. ފުނަދޫ

ރައީސަށް ފުނަދޫން ހޫނު މަރުޙަބާއެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ށ. ފުނަދޫ އަށް ވަޑައުގެންފިއެވެ. އެމަނިކުފާނު ފުނަދުއަށް ވަައިގެންނެވީ ދާދި ދެންމެ އަކުއެވެ. އެމަނިކުފާނު އެރަށަށް ވަޑައިގެންފައި މިވަނީ މި ހަފްތާ ބަންދުގައި ށ. ފުނަދޫ އާއި، ނ. ހޮޅުދޫއަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅަކީ ދެ ރަށުގެ ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާތަކުގައި ބައިވެރިވުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި މިއަދު ފުނަދޫ ކައުންސިލް މެމްބަރުންނާއި އ...

މުޙައްމަދު ވަސީމް
ރައީސް، ހޮޅުދޫ އަށާއި ފުނަދޫ އަށް ކުރަށްވާ ދަތުރުފުޅު ފައްޓަަވައިފި 📍 ށ. ފުނަދޫ

ރައީސް، ހޮޅުދޫ އަށާއި ފުނަދޫ އަށް ކުރަށްވާ ދަތުރުފުޅު ފައްޓަަވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ އަށާއި، މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ އަށް ކުރަށްވާ ދަތުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ މޭނާސްކޫލުގެ އަލިމަސް ޔޫބީލް ފާހަގަކުރުމަށް ބާއްވާ ޚާއްޞަ ޖަލްސާ އާއި މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ، ސްކޫލުގެ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ ޚާއްޞަ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރަށްވާ ދަތުރުފުޅެކެވެ. އެމަނިކުފާނު މިދަތުރ...

ޔުމްނާ ޢަލީ
ށ. ފޭދޫ ކައުންސިލުން ބޭއްވި ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތް ނިންމާލައިފި 📍 ށ. ފޭދޫ

ށ. ފޭދޫ ކައުންސިލުން ބޭއްވި ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތް ނިންމާލައިފި

ށ. ފޭދޫ ކައުންސިލުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ކުޅިވަރު ޙަރަކާތްތައް ނިންމާލައިފިއެވެ. ފޭދޫ ކައުންސިލުން އިންތިޒާމު ކޮށްގެން މުޅިން އަލަށް ބޭއްވި ކުޅިވަރު ތަކުގެ ތެރޭގައި ކަނބަލުންނަށް ޚާއްސަކޮށް ބޭއްވި ހޭންޑްބޯލް މުބާރާތަކާއި ފިރިހެނުންނަށް ޚާއްސަކޮށް ބޭއްވި ފުޓްސެލް މުބާރާތް ހިމެނެއެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ފޭދޫ ކައުންސިލްގެ ރައީސް އަހުމަދު ރައިސަމް ވިދާޅުވީ، މިކުޅިވަރުތަކުގެ ތެރެއިން ހޭންޑް ބޯލް މުބާރާތް ބާއްވާފައިވަނީ އެރަށުގެ މުއައްސަސާތަކަށް ހުޅުވާލައިގެ...

ސަނިއްޔާ އަބޫބަކުރު
ހދ. އަމާންހިޔާ ކުދިންނަށާއި މުވައްޒަފުންނަށް ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރަން ސެޝަންތަކެއް 📍 ހދ. ކުޅުދުއްފުށި

ހދ. އަމާންހިޔާ ކުދިންނަށާއި މުވައްޒަފުންނަށް ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރަން ސެޝަންތަކެއް

ހދ. އަމާންހިޔާ ކުދިންނަށާއި ހދ. ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ މުވައްޒަފުންނަށް، ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ. މިސެޝެންތައް ކުރިއަށް ގެންގޮސްފައިވަނީ، މިމަހުގެ 15 ވަނަ ދުވަހު އެވެ. އެ ސެޝަންތަކަކީ ކުޅުދުއްފުށީ ސިޓީ ޕޮލިސް، ޑިޖިޓަލް އެވިޑެންސް ލެބޯޓްރީ، އަދި ހދ. ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރު ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ. މިކަމާއި ގުޅޭ މަޢުލޫމާތު ހިއްސާ ކުރަމުން ދިވެހި ފުލުހުންގެ ޚިދ...

އަލީ އާދިލް
ބޮޑުތިލަދުންމައްޗަށް އަމާޒުކޮށްގެން ދަނޑުވެރިކަމުގެ މައުރަޒެއް ބާއްވަނީ

ބޮޑުތިލަދުންމައްޗަށް އަމާޒުކޮށްގެން ދަނޑުވެރިކަމުގެ މައުރަޒެއް ބާއްވަނީ

އުތުރުގެ 3 އަތޮޅަށް އަމާޒުކޮށްގެން ދަނޑުވެރިކަމުގެ މައުރަޒެއް ބޭއްވުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ހާމަ ކޮށްފިއެވެ. ރީޖަނަލް އެގްރި ބިޒްނަސް އެގްޒިބިޝަންގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މައުރަޒު އޮންނާނީ މިމަހުގެ 18 ވަނަ ދުވަހު ހދ. ހަނިމާދޫގައެވެ. މިއީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ޙަރަކާތެކެވެ. މި މައުރަޒުގައި ހއ އަތޮޅާއި ހދ، އަތޮޅުގެ އިތުރުން ށ އަތ...

ސަނިއްޔާ އަބޫބަކުރު
ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އަންހެނުންގެ ބާޒާރު ބާއްވަނީ 📍 ށ. ނަރުދޫ

ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އަންހެނުންގެ ބާޒާރު ބާއްވަނީ

ށ. ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އަންހެނުންގެ ބާޒާރު ބާއްވަން ނިންމައިފިއެވެ. މިގޮތުން ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މިހާރު ވަނީ ނަރުދޫ އަންހެނުންގެ ބާޒާރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލާފައެވެ. ނަރުދޫ އަންހެނުންގެ ބާޒާރު ބާއްވަން ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހުއެވެ. މި ބާޒާރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 27 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ. މީ...

ސަނިއްޔާ އަބޫބަކުރު
ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކުރުން ވަށަފަރު ކައުންސިލުގެ އިއްތިފާގުން ކުށްވެރި ކޮށްފި 📍 ހއ. ވަށަފަރު

ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކުރުން ވަށަފަރު ކައުންސިލުގެ އިއްތިފާގުން ކުށްވެރި ކޮށްފި

އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ އިސް ދެ އޮފިޝަލަކު ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރި މައްސަލަ ހއ. ވަށަފަރު ކައުންސިލުގެ އިއްތިފާގުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ. މިކަމާ ގުޅޭ ގޮތުން ވަށަފަރު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ރަސޫލާ ﷺ އަށް ފުރައްސާރަކޮށް، އެކަލޭގެފާނަށް ހުތުރުވާ ގޮތަށް ބައިނަލް އަޤްވާމީ ހަމަތަކާ އުސޫލުތަކާ ޚިލާފަށް ބީޖޭޕީގެ އިސް އޮފިޝަލުން ދެއްކި ވާހަކަ އެ ކައުންސިލުން އެންމެ ހަރުކަށި […]

ސަނިއްޔާ އަބޫބަކުރު
ނޮޅިވަރަންފަރު އަންހެނުންނަށް ހާއްސަކޮށްގެން ކަރަންޓުން ދިމާވާ ކަންކަން ހައްލުކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު އަންހެނުންނަށް ހާއްސަކޮށްގެން ކަރަންޓުން ދިމާވާ ކަންކަން ހައްލުކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް

ހދ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އެރަށުގައި ކަރަންޓުން ދިމާވާ މައްސަލަތައް ހައްލުކުރަން ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމެއް ހިންގަން ނިންމައިފިއެވެ. މިއީ ގޭތެރޭގައި ކަރަންޓުން ދިމާވާ ކުދިކުދި މައްސަލަތައް ޙައްލު ކުރުމަށް ދަސްކޮށްދޭ ކޯހެކެވެ. މި ޕްރޮގްރާމަކީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފުރުޞަތު ލިބޭނީ ހަމަ އެކ...

ސަނިއްޔާ އަބޫބަކުރު
ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ މަކުނުދޫ ކައުންސިލުން ކުށްވެރިކޮށްފި 📍 ހދ. މަކުނުދޫ

ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ މަކުނުދޫ ކައުންސިލުން ކުށްވެރިކޮށްފި

އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާ ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރި މައްސަލަ މަކުނުދޫ ކައުންސިލުން ކުށްވެރިކޮށްފިއެވެ. އެކަން ކުށްވެރިކޮށް މަކުނުދޫ ކައުންސިލުން މިދިޔަ ހޯމަ ދުވަހު ބަޔާނެއް ނެރެފައިވާއިރު އެ ބަޔާނަށް ތާއީދު ކުރަށްވާފައި ވަނީ، މަކުނުދޫ ކައުންސިލް ނައިބު ރައީސް ފާތިމަތ ޝިފާޒާ އާއި، އާދަމް ޝަރީފް، މުޙައްމަދު ޝައްމާޚްގެ އިތުރުން ތާހިރާ އަބޫބަކުރެވެ. މި ބަޔާނުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ޝަރުމާގެ އެ ވާހަކަ […]

ސަނިއްޔާ އަބޫބަކުރު
ބިލެތްފަހީ ސްކޫލް ބެލެނިވެރިންގެ މަސައްކަތު ދުވަހުން 50،000 ހާހަށްވުރެ ގިނަ ރުފިޔާ ހޯދައިފި 📍 ށ. ބިލެތްފަހި

ބިލެތްފަހީ ސްކޫލް ބެލެނިވެރިންގެ މަސައްކަތު ދުވަހުން 50،000 ހާހަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ބިލެތްފަހީ ސްކޫލްގެ އިތުރު ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން އެ ސްކޫލްގެ ބެލެނިވެރިން ފާހަގަކުރި މަސައްކަތު ދުވަހުން ފަންސާސް ހާހަށް ވުރެ ގިނަ ރުފިޔާ ހޯދައި ސްކޫލަށް ހަދިޔާކޮށްފިއެވެ. ބިލެތްފަހީ ސްކޫލުން ފާހަގަ ކުރެއްވި ގޮތުގައި މިއީ ބިލެތްފަހީގައި މާޒީވެ ދިޔަ 10 އަހަރުގެ ތާރީޚްގައިވެސް ހޯދުނު ބޮޑުކާމިޔާބެކެވެ. ބިލެތްފަހީ ސްކޫލަށް އެހީތެރިވުމަށް ބެލެނިވެރިން މަސައްކަތު ދުވަސް ފާހަގަކޮށްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. 83 ބެލެނިވެރިން ބައިވެރިވި މި ހަރަކާތް ކުރިއަށް ގެންދިޔައީ ހަތަރު […...

ޔުމްނާ ޢަލީ
ށ.އަތޮޅުގައި ބާއްވާ "ވިޔަވަތި" ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ށ.އަތޮޅުގައި ބާއްވާ "ވިޔަވަތި" ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ށ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ވިޔަވަތި ޤުރުއާން މުބާރާތުގެ މި އަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ ށ. އަތޮޅު ކައުންސިލާއި، ރަށު ކައުންސިލްތަކާއި އަދި ސްކޫލްތައް ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ، ށ. އަތޮޅު ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި ޤައުމީ ފެންވަރުގެ މުބާރާތްތަކުގައި އަތޮޅު ތަމްސީލުކުރާނެ ޤާބިލު ޖީލެއް ބިނާކުރުމ...

ސަނިއްޔާ އަބޫބަކުރު