މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ކުޅުދުއްފުއްޓާއި ހޯރަފުއްޓަށް އިތުރު ފްލައިޓުތަކެއް

ކުޅުދުއްފުއްޓާއި ހޯރަފުއްޓަށް އިތުރު ފްލައިޓުތަކެއް

ޑިމާންޑު އިތުރުވެ ހދ. ކުޅުދުއްފުއްޓާއި ހއ. ހޯރަފުއްޓަށް އިތުރު ފްލައިޓުތައް ބާއްވަން މޯލްޑިވިއަނުން ނިންމައިފިއެވެ. ގައުމީ އެއާލައިނުން ކުރި ޓްވީޓެއްގައި ބުނީ މާދަމާއަށް އިތުރު ފްލަައިޓުތަކެއް ޝެޑިއުލް ކޮށްފައިވާ ކަމަށެވެ. އެގޮތުން، މާލެއިން ކުޅުދުފުއްޓަށް، ކުޅުދުފުށިން ހޯރަފުއްޓަށް އަދި ހޯރަފުށިން މާލެއަށް ދަތުރުތައް އޮންނާނެ ކަމަށަ އެ އެއާލައިނުން ބުންޏެވެ. މީގެ އިތުރުން އިއްޔެއިން ފެށިގެން ޖުލައި 16 ގެ ނިޔަލަށް ޑިމާންޑަށް ބަލައި ްިތުރު ފްލައިޓުތަކެއް ބާއްވަން ނިންމާފައިވާ ކަމަށް ވެސް މޯލްޑިވި...

އަޙްމަދު ވަހީދު
ފެނަކައިން ޖަލާލުއްދީން ސްކޫލަށް ފަސް ކޮމްޕިއުޓަރ ހަދިޔާ ކޮށްފި

ފެނަކައިން ޖަލާލުއްދީން ސްކޫލަށް ފަސް ކޮމްޕިއުޓަރ ހަދިޔާ ކޮށްފި

ފެނަކަ ކޯޕަރޭޝަން އިން ހދ. ކުޅުދުއްފުށި ސިޓީގައި ހުންނަ ޖަލާލުއްދީން ސްކޫލަށް ފަސް ކޮމްޕިއުޓަރ ސިސްޓަމް ހަދިޔާ ކޮށްފިއެވެ. ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ މިއީ އެ ކުންފުނީގެ ސީ.އެސް.އާރުގެ ދަށުން ފޯރުކޮށް ދެވުނު އެހީތެރިކަމެއް ކަމަށެެވެ. ފެނަކައިން ހިލޭ އެހީގެ ގޮތުގައި ފަސް ކޮމްޕިއުޓަރ ޖަލާލުއްދީން ސްކޫލަށް ހަދިޔާ ކުރެއްވުމާއި ގުޅިގެން، އެ ސުކޫލްގެ ސީނިޔަރ މެނޭޖްމެންޓާއި މުވައްޒަފުން އަދި ބެލެނިވެރިންނާއި ދަރިވަރުންގެ ނަމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖްމަންޓަށް އެ ސްކޫލުން ވަނީ ޝުކުރު އަދާ...

ސަނިއްޔާ އަބޫބަކުރު
ރަސޫލާ ﷺ އަށް ފުރައްސާރަ ކުރި މައްސަލަ ފިއްލަދޫ ކައުންސިލުން ކުށްވެރިކޮށްފި 📍 ހއ. ފިއްލަދޫ

ރަސޫލާ ﷺ އަށް ފުރައްސާރަ ކުރި މައްސަލަ ފިއްލަދޫ ކައުންސިލުން ކުށްވެރިކޮށްފި

އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ އިސް ދެ އޮފިޝަލަކު ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރި މައްސަލަ ހއ. ފިއްލަދޫ ކައުންސިލުގެ އިއްތިފާގުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ. މިކަމާ ގުޅޭ ގޮތުން ފިއްލަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ރަސޫލާ ﷺ އަށް ފުރައްސާރަކޮށް، އެކަލޭގެފާނަށް ހުތުރުވާ ގޮތަށް ބައިނަލް އަޤްވާމީ ހަމަތަކާ އުސޫލުތަކާ ޚިލާފަށް ބީޖޭޕީގެ އިސް އޮފިޝަލުން ދެއްކި ވާހަކަ އެ ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން […]

ސަނިއްޔާ އަބޫބަކުރު
ވަރަށް އަވަހަށް ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން ބަޔަކާ ހަވާލު ކުރެވޭނެ: އަޙްމަދު 📍 ހދ. ހަނިމާދޫ

ވަރަށް އަވަހަށް ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން ބަޔަކާ ހަވާލު ކުރެވޭނެ: އަޙްމަދު

ވަރަށް ކައިރި ތާރީޚެއްގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމަށް ބަޔަކާއި ހަވާލު ކުރެވޭނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދު ﷲ ވިދާޅުވެއްޖެއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ޙަޤީޤީ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަކީ ރައީސް އިބްރާާޙީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދު ފުޅެކެވެ. ހަނިމާދޫ އިންޓަނޭޝަން އެއާޕޯޓް ތަރައްގީ ކުރަން ހަތަރު ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ މިދިޔަ މާރިޗް މަހުގެ 3 ވަނަ ދުވަހު ބުނެފ...

އަލީ އާދިލް
މުރައިދޫ އާ ހާބަ ބޭސިން ފުން ކުރުމުގެ 80 އިންސައްތަ ނިމިއްޖެ 📍 ހއ. މުރައިދޫ

މުރައިދޫ އާ ހާބަ ބޭސިން ފުން ކުރުމުގެ 80 އިންސައްތަ ނިމިއްޖެ

ހއ. މުރައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އާ ހާބަރު ބޭސިން ފުންކުރުމުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މުޅި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފުރަތަމަ ޝިޕްމަންޓް މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. މަޝްރޫއުގެ ދަށުން 212 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 407 މީޓަރުގެ ބޭރުތޮށި ލުމާއި 107 މީޓަރުގެ ބޭރުތޮށި މަރާމާތު ކުރުމާއި 105 މީޓަރުގެ ސަރަހައްދެއްގައި […]

އަޙްމަދު ވަހީދު
ހއ. އަތޮޅުގައި އާރުޓީއެލް ސްޕީޑް ފެރީގެ ހިދުމަތް ރަސްމީކޮން ފަށައިފި

ހއ. އަތޮޅުގައި އާރުޓީއެލް ސްޕީޑް ފެރީގެ ހިދުމަތް ރަސްމީކޮން ފަށައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން ހއ. އަތޮޅުގެ ލޯންޗް ޕެރީގެ ހިދުމަތް މިއަދު ހެނދުނު ރަސްމީކޮށް ފަށައިފިއެވެ. ހއ. ގެ ދަތުރުތައް މިއަދު ފަށާފައި ވަނީ ހއ. ތުރާކުނުން ފަތިހު 05:45 ގައެވެ. މި ދަތުރުތަކުގައި ބޭނުން ކުރާ ލޯންޗުތައް އިއްޔެ ވަނީ މާލެއިން ހއ. އަތޮޅަށް އައިސްފައެވެ. މި މަހު ހދ. އަތޮޅިގެ ފެރީގެ ހިދުމަތް ވެސް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ފަށައިފައެވެ. މި ހިދުމަތް ހއ. […]

ސަނިއްޔާ އަބޫބަކުރު
ކުރިޔަށް އޮތް ތިން ދުވަހު, ރާއްޖޭގެ އުތުރަށް މޫސުން ގޯސް

ކުރިޔަށް އޮތް ތިން ދުވަހު, ރާއްޖޭގެ އުތުރަށް މޫސުން ގޯސް

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް މޫސުން ގޯސްވެ ވިއްސާރަ ވާނޭކަމަށް މޫސުމާބެހޭ ގައުމީ އިދާރާ އިން ލަފާ ކުރައްވައިފިއެވެ. މެޓް އޮފީހުން ވިދާޅުވީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އުތުރަށް އިތުރަށް މޫސުން ގޯސްވެ ވިއްސާރަ ކުރާނެ ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ވިއްސާރަ ކުރާނީ އެންމެ އުތުރާއި މެދު ރާއްޖެ ތެރެއަށް ކަމަށް ވެސް މެޓް އޮފީހުން ވިދާޅުވިއެވެ. މި ސަރަހައްދުގެ ރަށްތަކަށް ޢާއްމު ގޮތެއްގައި ވަޔާއި ކަނޑުތައްވެސް […]

ސަނިއްޔާ އަބޫބަކުރު
ހއ. އަތޮޅު މަދަރުސާގެ ފާއިތުވީ ތިން އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި 📍 ހއ. ހޯރަފުށި

ހއ. އަތޮޅު މަދަރުސާގެ ފާއިތުވީ ތިން އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި

ހއ. ހޯރަފުށީ ގައި ހުންނަ އެއަތޮޅުގެ އަތޮޅު މަދަރުސާގެ ފާއިތުވީ ތިން އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ. ހއ. އަތޮޅު މަދަރުސާގެ ހޯލްގައި ރޭ ބޭއްވުނު މި ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުޖާހިދެވެ. ރޭގެ ޖަލްސާގައި ޖުމްލަ 37 ދަރިވަރުން އިނާމު ޙާޞިލު ކޮށްފައިވާއިރު ބެސްޓް އޯލް ރައުންޑަރސްގެ ގޮތުގައި މަތީ ޘާނަވީން 2019 ވަނަ އަހަރު ފާޠިމަތު ފިރުޝާގެ އިތުރުން ޘާނަވީ ގްރޭޑްތަކުން ޝިހާދާ އިބްރާހީމް […]

ސަނިއްޔާ އަބޫބަކުރު
"އަންނަ މަހު ތެރޭގައި ށ. އަތޮޅުގައި ވެސް ހައި ސްޕީޑު ފެރީ ދަތުރުތައް ފެށޭނެ"

"އަންނަ މަހު ތެރޭގައި ށ. އަތޮޅުގައި ވެސް ހައި ސްޕީޑު ފެރީ ދަތުރުތައް ފެށޭނެ"

އަންނަ މަހު ތެރޭގައި ށ.އަތޮޅުގައި ވެސް ހައި ސްޕީޑު ފެރީ ދަތުރުތައް ފެށޭނެ ކަމަށް އެމްޓީސީސީން ހާމަ ކޮށްފި އެވެ. އެމްޓީސީސީން ހއ.އަތޮޅުގައި ހައި ސްޕީޑު ފެރީ ދަތުރުތައް ފެށުމަށް ބޭނުންވާ ފަސް ލޯންޗް އިއްޔެ ހއ.އަށް ފުރުވާލުމުގެ ރަސްމިއްޔާތުގައި އެ ކުންފުނިން ވަނީ ޒޯން 1 ގައި ފެރީގެ ޚިދުމަތް ނުފެށި އޮތް ހަމައެކަނި އަތޮޅު ކަމަށްވާ ށ.އަތޮޅުގައި ފެރީގެ ޚިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތުގެ އެންމެ ފަހުގެ ތަފްސީލު ތައް ހާމަކޮށްފައެވެ. އެގޮތުން އެމްޓީސީސީ […]

ސަނިއްޔާ އަބޫބަކުރު
ށ.އަތޮޅު ކައުންސިލްގެ ޢީދު ހަދިޔާ: ޢީދު ފާހަގަ ކުރުމަށް ކޮންމެ ރަށަކަށް 5000 ރުފިޔާ

ށ.އަތޮޅު ކައުންސިލްގެ ޢީދު ހަދިޔާ: ޢީދު ފާހަގަ ކުރުމަށް ކޮންމެ ރަށަކަށް 5000 ރުފިޔާ

ޢީދު ފާހަގަ ކުރުމަށް ށ. އަތޮޅުގެ ކޮންމެ ރަށަކަށް ފަސް ހާސް ރުފިޔާ ދިނުމަށް ށ. އަތޮޅު ކައުންސިލުން ނިންމަވައިފިއެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ށ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ޝިޔާމް ވިދާޅުވީ ށ. އަތޮޅުގައި ކުލަގަދަ ގޮތެއްގައި މިއަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރެއްވުމަށް ކައުންސިލުތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް ހިތްވަރު ދިނުމަށް އަތޮޅު ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައި ވާކަމަށެވެ. އެގޮތުން މި އަހަރުގެ އަޟްޙާ އީދުގައި ދިވެހި ޘަޤާފީ ކުޅިވަރުތައް ދިރުވައި […]

ސަނިއްޔާ އަބޫބަކުރު
ނޯތު ލީގު: ކުޅުދުއްފުށި އަތުން ދިއްދޫ މޮޅުވިއިރު، ނެއްލައިދޫއާއި އިހަވަންދޫގެ މެޗަށް ހަމަހަމަ ނިމުމެއް 📍 ހއ. ދިއްދޫ

ނޯތު ލީގު: ކުޅުދުއްފުށި އަތުން ދިއްދޫ މޮޅުވިއިރު، ނެއްލައިދޫއާއި އިހަވަންދޫގެ މެޗަށް ހަމަހަމަ ނިމުމެއް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ދިވެހި ލީގުގެ ކޮލިފައިން ބުރުގައި، އެންމެ އުތުރުގެ ދެ އަތޮޅުގެ މެދުގައި ކުޅޭ، އެމްޓީސީސީ ނޯތު ލީގުގެ ފަސްވަނަ ދުވަހުގެ މެޗުތަކުގައި ދިއްދޫ ބްލެކް ޒީނޯއާއި ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖް ބައްދަލުކުރި މެޗު ދިއްދޫއިން ކާމިޔާބުކުރި އިރު، ޓީމް ނެއްލައިދޫއާއި އިހަވަންދޫ ކުލަބް ޕޯލްސްޓާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. މިއަދު ހަވީރު ދިއްދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު […]

އިބްރާހިމް ޚަލީލް
ހަނިމާދޫ ސްކޫލްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދެ ލައްކައެއްހާ ރުފިޔާގެ ގެއްލުންވެއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫ ސްކޫލްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދެ ލައްކައެއްހާ ރުފިޔާގެ ގެއްލުންވެއްޖެ

ހދ. ހަނިމާދޫ ސްކޫލްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދެ ލައްކައެއްހާ ރުފިޔާގެ ގެއްލުން ވެއްޖެއެވެ. ހަނިމާދޫ ސްކޫލްގައި އަލިފާނުގެ ހާދިސާއެއް ހިނގާ މިއަދު ހަވީރު 17:30 ހާއިރުއެވެ. އެ ހާދިސާއާއި ގުޅިގެން ރަށުގެ ބޮޑު ބަޔަކުން ކަރަންޓް ވެސް ކެނޑުނެވެ. ހަނިމާދޫ ސްކޫލްގެ ޕްރިންސިޕަލް އަބުދުލް މުޙްސިން ލަތީފް “ތިލަދުން” އަށް ވިދާޅުވީ، އެ ސްކޫލްގައި އަލިފާނުގެ ޙާދިސާއެއް ހިނގީ ސްކޫލްގެ އުތުރު ފަރާތު އިންފާރާއި ސްކޫލް ފާރާއި ދެމެދުގައި ހުންނަ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯވެގެންނެވެ. އެ ހާދިސާ […]

ޔުމްނާ ޢަލީ
ޗުއްޓީ އާއި ދިމާކޮށް މޯލްޑިވިއަންގެ އިތުރު ފުލައިޓެއް ކުޅުދުއްފުށި ސިޓީ އަށް 📍 ހދ. ކުޅުދުއްފުށި

ޗުއްޓީ އާއި ދިމާކޮށް މޯލްޑިވިއަންގެ އިތުރު ފުލައިޓެއް ކުޅުދުއްފުށި ސިޓީ އަށް

ބޮޑު ޗުއްޓީއާ ދިމާކޮށް އެކި ރަށްރަށަށް ދާ މީހުން ގިނަ ޤައުމީ އެއާލައިން މޯލްޑިވިއަން އިން ބައެއް މަންޒިލްތަކަށް ދަތުރުތައް އިތުރުކޮށްފިއެވެ. އިއްޔެ އެ އެއާލައިނުން ބުނި ގޮތުގައި 4 މަންޒިލަކަށް ކުރާ ދަތުރުތަކެއް ވަނީ އިތުރުކޮށްފައެވެ. އެގޮތުން ފުނަދުއާއި ހޯރަފުއްޓާއި ތިމަރަފުއްޓާއި ކައްދޫއާ ކުރާ ދަތުރުތައް މިވަނީ އިތުރުކޮށްފައެވެ. މޯލްޑިވިއަން އިން ބުނީ މި ދަތުރުތައް އޮންނާނީ 26 ޖޫންގަައި ކަމަށެވެ. އެ ދުވަހު އިތުރު މަންޒިލްތަކަށްވެސް ޑިމާންޑް އޮތްނަމަ ދަތުރު ކުރާނެ ކަމަށް އެ […]

އަޙްމަދު ވަހީދު
ފުނަދޫ ކައުންސިލުން ތަޖުރިބާ ދަތުރެއްގައި މާލެ އަތޮޅަށް 📍 ށ. ފުނަދޫ

ފުނަދޫ ކައުންސިލުން ތަޖުރިބާ ދަތުރެއްގައި މާލެ އަތޮޅަށް

ށ. ފުނަދޫ ކައުންސިލުން ތަޖުރިބާގެ ދަތުރެއްގައި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތް ކުރުމުގެ ދަތުރެއް މިއަދު ފަށައިފިއެވެ. މި ދަތުރުގައި ފުނަދޫ ކައުންސިލްގެ ދަޢުވަތަކަށް، ޚާއްސަ މެހްމާނެއްގެ ގޮތުން ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް ވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ. މަދަތުރުގައި ފުނަދޫ ކައުންސިލްގެ ޓީމު މިއަދު ވަނީ ކ. ގުރައިދޫއަށް ޒިޔާރަތްކޮށް، އެރަށުގެ ކައުންސިލާއި އ.ތ.މ ކޮމެޓީއާއި ބައްދަލުކޮށް ތަޖުރިބާ ބަދަލުކުރުމުގެ މަޝްވަރާތައް ބާއްވާފައެވެ. އަދި އެރަށުގައި ހުންނަ ޚާއްޞ...

ސަނިއްޔާ އަބޫބަކުރު
ށ. އަތޮޅު ކައުންސިލާއި، އަތޮޅުގެ ސްކޫލްތަކުގެ ޕްރިންސިޕަލުން އެއް މޭޒަކަށް

ށ. އަތޮޅު ކައުންސިލާއި، އަތޮޅުގެ ސްކޫލްތަކުގެ ޕްރިންސިޕަލުން އެއް މޭޒަކަށް

ށ. އަތޮޅު ކައުންސިލުން އަތޮޅުގެ ހުރިހާ ޕްރިންސިޕަލުންނާއި ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. “ށ. އަތޮޅު ޕްރިންސިޕަލުންގެ ފޯރަމް” ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އެ އަތޮޅުގެ 14 ރަށުގެ ސްކޫލުން ބައިވެރި ވެފައި ވެއެވެ. “ތިލަދުން” އަށް މަޢުލޫމާތު ދެއްވަމުން ށ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ޝިޔާމް ވިދާޅުވީ މި ފޯރަމަކީ ވަރަށް މުހިންމު އަދި ކާމިޔާބު ފޯރަމެއް ކަމަށެވެ. މިގޮތަށް ހުރިހާ ޕްރިންސިޕަލުން އެއް ތަނަކުން ބައްދަލުވެ ޚިޔާލު ބަދަލުކޮށް ތަޖުރިބާ ޙިއްސާ […]

ސަނިއްޔާ އަބޫބަކުރު