މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ދިއްދޫގައި އަޟްހާ ޢީދު ކުލަގަދަކޮށް ފާހަގަކުރަނީ، ހަވާ ވެސް އަރުވާނެ! 📍 ހއ. ދިއްދޫ

ދިއްދޫގައި އަޟްހާ ޢީދު ކުލަގަދަކޮށް ފާހަގަކުރަނީ، ހަވާ ވެސް އަރުވާނެ!

ހއ.ދިއްދޫގައި މި އަހަރުގެ އަޟްހާ ޢީދު ވަރަށް ކުލަގަދަކޮށް ފާހަގަ ކުރުމަށް ތައްޔާރުވަމުން އެބަދެއެވެ. ޢީދު ދުވަހުން ފެށިގެން ޖުމްލަ ފަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ތާވަލުކޮށްފައިވާ ހަރަކާތްތަކުގެ ތެރޭގައި ޢީދު ސައިފޮދު، ފެންކުޅިވަރު، ޢީދު އުފާ ހަވީރު ކުޅިވަރު، ހަވާއެރުވުން، ސްޓޭޖް ޝޯ، ހަންޓިންގ ޝޯ، ކެއްކުމުގެ މުބާރާތް، ކުޑަކުދިންގެ ކުޅިވަރު، ފިރިހެނުންގެ ވާދެމުމުގެ އިތުރުން އަންހެނުންގެ ވާދަމެން ހިމެނެއެވެ. ދިއްދޫގައި ޢީދު ނަމާދު މި އަހަރު ކުރުމަށް ހަމަޖެހިފައި ވަނީ ބޮޑު ޖަމާއަތުގައެ...

އިބްރާހިމް ޚަލީލް
ޒުހާންގެ ވީޑިއޯ ތަކުން، ތިލަދުންމަތީގެ ތިލަތަކަށް ޑައިވަރުންގެ ޝައުގުވެރިކަން

ޒުހާންގެ ވީޑިއޯ ތަކުން، ތިލަދުންމަތީގެ ތިލަތަކަށް ޑައިވަރުންގެ ޝައުގުވެރިކަން

ހދ އަތޮޅުގެ ކަނޑުއަޑީގެ ރީތި މަންޒަރުތަކަށް ޑައިވަރުންގެ ޝައުގުވެރިކަން ލިބެން ފަށައިފިއެވެ. އިންސްޓަރގްރާމްގައި މައުއި މޯލްޑިވްސްގެ ނަމުން މަޝްހޫރު ޕަޑީގެ ސަރޓިފައިޑް ޒުވާން ޑައިވް މާސްޓަރ މުޙައްމަދު ޒުހާން ޢާއްމު ކުރި ވީޑިއޯ ތަކާއި ގުޅިގެން އެތައް ބަޔަކު ދަނީ ސުވާލުތައް ކުރަމުންނެވެ. އެ ވީޑިއޯ ތަކަކީ ހަމަ ޙަޤީޤަތުގައި ވެސް އަސްލު ވީޑިއޯތޯ ވެސް އެތައް ބަޔަކު އަހައެވެ. އަދި އެއީ އަސްލުކަން އެނގުމުން އެއީ ކޮން ތަނެއްތޯ ނާހާ އެކަކުވެސް މެސެޖް ނުކުރެއެވެ. ޒުހާން […]

ސަނިއްޔާ އަބޫބަކުރު
އިހަވަންދޫ ކުލަބް ޕޯލްސްޓާއިން އެ ރަށުގައި ޢީދު ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކުލަބް ޕޯލްސްޓާއިން އެ ރަށުގައި ޢީދު ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް

ހއ.އިހަވަންދޫ ކުލަބް ޕޯލްސްޓާއިން އެ ރަށުގައި މި އަހަރުގެ އަޟްހާ ޢީދު ކުލަގަދަކޮށް ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަ ތައްޔާރުވެއްޖެއެވެ. ޢީދު ދުވަހުން ފެށިގެން ޖުމްލަ ފަސް ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދަން ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ގިނަ ކުޅިވަރުތައް ހިމެނެއެވެ. މިގޮތުން 09 ޖުލައި 2022 ވަނަ ދުވަހު ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް ފަހު ކުލަމަޖާ ކުޅުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއަށްފަހު އެ ދުވަހު ޢީދު ސައި ކުރިއަށް […]

އިބްރާހިމް ޚަލީލް
ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ނުނިމި ލަސްވާތީ ނޮޅުވަރަމް ޒުވާނުން ޝުއޫރުފާޅުކޮށްފި 📍 ހދ. ނޮޅިވަރަމް

ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ނުނިމި ލަސްވާތީ ނޮޅުވަރަމް ޒުވާނުން ޝުއޫރުފާޅުކޮށްފި

ހދ. ނޮޅިވަރަމްގައި ފުޓްބޯޅަ ކުޅޭ ބޮޑު ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފަށައި، އެ މަސައްކަތް ނުނިމި ލަސްވާތީ އެރަށު ޒުވާނުންތަކެއް މިއަދު ކައުންސިލް އިދާރާ ކުރިމައްޗަށް އެއްވެ ޝުއޫރު ފާޅުކޮށްފިއެވެ. އެ ޒުވާނުން ޝުއޫރު ކުރަން ކައުންސިލް އިދާރާ ކައިރިއަށް އެއްވީ މިއަދު ހެނދުނު 1130 ހާއިރުއެވެ. އެ ޒުވާނުން ޝުއޫރު ފާޅުކުރަމުން ދިޔައިރު އެ ޒުވާނުން ތިބީ އެމީހުންގެ ޝުއޫރުތައް ލިޔެފައިވާ ކަރުދާސްތަކެއް ހިފަހައްޓައިގެންނެވެ. ނޮޅުވަރަމް ކައުންސިލް މެންބަރު އަދި އެ ކައުންސިލްގެ މީޑިއާ […]

އަލީ އާދިލް
ތިލަދުންމަތީގެ 7 ރަށެއް ހިމެނޭހެން، ފުޓްބޯޅަ ދަނޑު ތަކަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން ހަވާލުކޮށްފި 📍 ހއ. ދިއްދޫ

ތިލަދުންމަތީގެ 7 ރަށެއް ހިމެނޭހެން، ފުޓްބޯޅަ ދަނޑު ތަކަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން ހަވާލުކޮށްފި

ތިލަދުންމަތީގެ 7 ރަށެއް ހިމެނޭހެން، ޖުމްލަ 25 ރަށެއްގެ ފުޓްބޯޅަ ދަނޑު ތަކަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އެ ރަށްތަކާއި ހަވާލުކޮށްފިއެވެ. 25 ޑްރެގް ބްރަޝް މެޝިންތައް ރަށްތަކާއި ހަވާލުކުރުމަށް މިއަދު ވަނީ އެކުވެނި ސިންތެޓިކް ޓްރެކްގައި ރަސްމީޔާތެއް ބާއްވާފައެވެ. މި ރަސްމީޔާތުގައި ޔޫތް މިނިސްޓަރ އަޙުމަދު މަހުލޫފްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ބައިވެރިވެޑައިގެންފައެވެ. ޔޫތް މިނިސްޓްރީން ޑްރެގް ބްރަޝް މެޝ...

އަލީ އާދިލް
ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް އީދު ދުވަހު ފަށަނީ 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް އީދު ދުވަހު ފަށަނީ

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ނެއްލައިދޫ ކައުންސިލް ކަޕް 2022” ފުޓްބޯޅަ މުބާރާތް މި އަހަރުގެ އަޟްހާ އީދު ދުވަހު ފެށުމަށް ތާވަލުކޮށްފިއެވެ. ނެއްލައިދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމާއި ކުޅިވަރުގެ ރޫޙް އާލާކޮށް ޒުވާނުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރު އެޅުމުގެ އިތުރުން އެ ރަށަކީ އެއްބައި ވަންތަ ރައްޔިތަކު ދިރިއުޅޭ ރަ...

އިބްރާހިމް ޚަލީލް
އީދު ފާހަގަ ކުރަން ތިލަދުންމަތީގެ 3 ރަށެއްގައި ހަވާ އަރުވަނީ

އީދު ފާހަގަ ކުރަން ތިލަދުންމަތީގެ 3 ރަށެއްގައި ހަވާ އަރުވަނީ

މި އަހަރު އަޟްހާ އީދު ފާހަގަ ކުރުމުގެ ގޮތުން ތިލަދުންމަތީގެ ތިން ރަށެއް ހިމެނޭހެން ޖުމްލަ 18 ރަށެއްގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ. އީދުގައި ހަވާއެރުވުމަށް ހަމަޖެހިފައިވާ ތިލަދުންމަތީގެ ތިން ރަށަކީ ހއ.ބާރަށް، ހއ.ދިއްދޫގެ އިތުރުން ހއ.ވަށަފަރެވެ. ދެން ހަވާ އެރުވުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ނ. ވެލިދޫ، ނ. ހޮޅުދޫ، ނ. ފޮއްދޫ، ރ. މާކުރަތު، ބ. ފުޅަދޫ، ބ. ދަރަވަންދޫ، ބ. އޭދަފުށި، ކ. […]

އިބްރާހިމް ޚަލީލް
ނެއްލައިދޫ ޑަބްލިއުޑީސީން ކުރިއަށް ގެންދިޔަ ކައްކާ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ޑަބްލިއުޑީސީން ކުރިއަށް ގެންދިޔަ ކައްކާ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފި

ހދ.ނެއްލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިން އެ ރަށުގައި ކުރިއަށް ގެންދިޔަ ކައްކަން ދަސްކޮށްދޭ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި ކޯހަކީ ނެއްލައިދޫ ޑަބްލިއުޑީސީއާއި އަފްގާން ކުކްބުކްއާއި ގުޅިގެން 23 ޖޫން 2022 އިން 29 ޖޫން 2022 ގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ ކޯހެކެވެ. ނެއްލައިދޫ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ރަޝީދު “ތިލަދުން” އަށް ވިދާޅުވީ، ޖުމްލަ 25 ބައިވެރިން މި ކޯސް ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި މި ކޯހަކީ އެ […]

އިބްރާހިމް ޚަލީލް
މަކުނުދޫ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. މަކުނުދޫ

މަކުނުދޫ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލް ޤުރުއާން މުބާރާތް 1443 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މަކުނުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން އެރަށުގެ ހުރިހާ އުމުރެއްގެ ފަރާތްތަކަށް ވެސް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ މަކުނުދޫ ރައްޔިތުންގެ މެދުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް، ޤުރުއާން ކިޔެވުމުގެ ވާދަވެރި ރޫހެއް އުފައްދައި ތަޖުވީދު ހަމަތަކުގެ މަތީން ތަރުތީލުކޮށް ޤުރުއާން ކިޔެވުމ...

އިބްރާހިމް ޚަލީލް
މިލަންދޫގައި 50 ހައުސިން ޔުނިޓް އަޅަން ހަވާލު ކޮށްފި 📍 ށ. މިލަންދޫ

މިލަންދޫގައި 50 ހައުސިން ޔުނިޓް އަޅަން ހަވާލު ކޮށްފި

ށ. މިލަންދޫގައި 50 ހައުސިން ޔުނިޓް އަޅަން ހަވާލު ކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލު ކުރީ 45.9 މިލިއަން ރުފިޔާއަށެވެ. މިއެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އަދި ފްލެކްސިންކުގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ނަޖާހު ޝަރީފެވެ. މި އެއްބަސްވުމުގެ ދަށުން މިލަންދޫގައި އ...

އަޙްމަދު ވަހީދު
އީދަށް ކުމުންދޫގައި "ގާކޮޅު ވޮލީ ޗެލެންޖް" ބާއްވަނީ 📍 ހދ. ކުމުންދޫ

އީދަށް ކުމުންދޫގައި "ގާކޮޅު ވޮލީ ޗެލެންޖް" ބާއްވަނީ

ހދ. ކުމުންދޫގައި މި އަހަރު އީދުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން “ގާކޮޅު ވޮލީ ޗެލެންޖް 1443” ގެ ނަމުގައި ވޮލީ މުބާރާތެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. ދެ ޖިންސުގެ ޓީމްތަކަށް ވެސް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އަންހެން ތިން ޓީމް، އަދި ފިރިހެން ފަސް ޓީމް ވަނީ ބައިވެރިވެފައެވެ. އަންހެން ކެޓަގަރީގައި ބައިވެރިވެފައިވާ ޓީމްތަކަކީ ޓީމް ފްލޯރާ، ޓީމް ރޫބީގެ އިތުރުން ޓީމް ވޮލީ ސްޓާއެވެ. ފިރިހެން ކެޓަގަރީގައި ބައިވެރިވެފައިވާ ފަސް ޓީމަކީ […]

އިބްރާހިމް ޚަލީލް
އާރުޓީއެލްގެ ހިދުމަތް ހއ. އަތޮޅުގައި ރަސްމީކޮށް ފަށައިފި

އާރުޓީއެލްގެ ހިދުމަތް ހއ. އަތޮޅުގައި ރަސްމީކޮށް ފަށައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ހިދުމަތް އަންނަ ހއ. އަތޮޅުގައި ރަސްމީކޮށް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން “އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” ފުރަތަމަ ފިޔަވަހީގެ ދަށުން “ރާއްޖެ ޓްރާންސްޕޯޓް ލިންކް” ގެ ހިދުމަތް ހއ އަތޮޅުގައި ރަސްމީކޮށް މިއަދު ފެށި ނަމަވެސް މިދިޔަ މަހު ވަނީ ދަތުރުތައް ފަށައިފައެވެ. މި ހިދުމަތް އެ އަތޮޅުގައި ދެމުން އައީ ހދ. އަތޮޅުގައި ފުރަތަމަ ދެމުން އައި ގޮތަށް ހިލެއެވެ. […]

އަޙްމަދު ވަހީދު
ކޮރަލްސްއިން ބާއްވާ ވާދެމުމާއި ފައިގަތަޅާ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ކޮރަލްސްއިން ބާއްވާ ވާދެމުމާއި ފައިގަތަޅާ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ހދ. ކުޅުދުއްފުށި ސިޓީ ކުލަބް ކޮރަލްސްއިން އީދު ފާހަގަކުރުމުގެ ގޮތުން އެ ރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ކުލަބް ކޮރަލްސް ވާދެމުން 1443” އާއި “ކުލަބް ކޮރަލްސް ފައިގަތަޅާ 1443” މި ދެ މުބާރާތާއި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ކުލަބް ކޮރަލްސްއިން ހާމަކޮށްފައިވާ ގޮތުގައި އީދުގައި ވާދެމުމުގެ މުބާރާތެއް އެ ރަށުގައި ކުރިއަށް ގެންދިޔުމުގެ މަގުސަދުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށި ސިޓީ ކައުންސިލުން އިސްނަގައިގެން މި އަހަރު އަޟްހާ އީދު “މުއްސަނދި ސަގާފަތާއި” އެކީ ފާހަގަ ކުރުމަށް […...

އިބްރާހިމް ޚަލީލް
ކަނޑުދަތުރުކުރާ ހޯރަފުށީ އުޅަނދުފަހަރުގެ މަޢުލޫމާތު ހިއްސާކޮށްދިނުމަށް ކައުންސިލުން އެދިއްޖެ 📍 ހއ. ހޯރަފުށި

ކަނޑުދަތުރުކުރާ ހޯރަފުށީ އުޅަނދުފަހަރުގެ މަޢުލޫމާތު ހިއްސާކޮށްދިނުމަށް ކައުންސިލުން އެދިއްޖެ

ކަނޑުދަތުރުކުރާ ހއ.ހޯރަފުށީ އުޅަނދުފަހަރުގެ މަޢުލޫމާތު ދަތުރު ފެށުމުގެ ކުރިން ހިއްސާކޮށްދިނުމަށް ހޯރަފުށީ ކައުންސިލުން އެދިއްޖެއެވެ. މިދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ތިންދުވަހު ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާއިބެހޭ އިދާރާއިން ވިދާޅުވެފައިވާތީ، މިއަދު ހޯރަފުށީ ކައުންސިލުން މިކަމަށް ސަމާލުވުމަށް އެދި ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ  ކަނޑުދަތުރު ކުރައްވާއިރު، އޮޑިވެރިންނާއި ކެޕްޓަނުން އަދި ފަޅުވެރިނނާއި ދަތު...

އިބްރާހިމް ޚަލީލް
ތޮޅެންދޫ މައްސަލަ: ހައިކޯޓުގައި ވެސް ކާމިޔާބުވީ ނ. އަތޮޅު ކައުންސިލް

ތޮޅެންދޫ މައްސަލަ: ހައިކޯޓުގައި ވެސް ކާމިޔާބުވީ ނ. އަތޮޅު ކައުންސިލް

ނ. ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސާލަން ނެރެފައިވާ އަމުރު ހައި ކޯޓުން ވެސް ދަމަހައްޓައިފި އެވެ. ތޮޅެންދޫ ސަރުކާރުން އަމިއްލަ ބަޔަކަށް 21 އަހަރަށް ކުއްޔަށް ދޭން އުޅޭތީ އެކަމާ ދެކޮޅަށް ކޯޓަށް ދިޔައީ ނ. އަތޮޅު ކައުންސިލުންނެވެ. އަދި އެ މައްސަލަ ނިމެންދެން، ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސާލަން ސިިވިލް ކޯޓުން މިދިޔަ މާޗް މަހު އަމުރެއް ނެރުނެވެ. އެ އަމުރު ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ […]

ހުސައިން ހަބީބް