މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ނަރުދޫ ކައުންސިލް ކަޕް ފުޓްސަލް މުބާރާތް މިމަހު 22 ގައި ފަށަނީ 📍 ށ. ނަރުދޫ

ނަރުދޫ ކައުންސިލް ކަޕް ފުޓްސަލް މުބާރާތް މިމަހު 22 ގައި ފަށަނީ

ށ.ނަރުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ނަރުދޫ ކައުންސިލް ފުޓްސަލް މުބާރާތް 2022” މި މަހުގެ 22 ވާ ހުކުރު ދުވަހު ފެށުމަށް އެ ކައުންސިލުން ތައްޔާރު ވެއްޖެއެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ނަރުދޫގައި ފުޓްސަލް ކުރިއެރުވުމާއި އެ ރަށުގެ ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރު ތަރައްޤީކޮށް ކުރިއެރުވުމެވެ. މި މުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ފިއުރިއަސް، އަމިގޯސް، ބްލެކް ކޯނާ އެފްސީ، އެފްސީ ސީނިއާ، އެފްސީ […]

އިބްރާހިމް ޚަލީލް
ޖަލާލުއްދީން ސްކޫލްގެ ދަރިވަރެއް ހިމެނޭހެން ރައީސްގެ ޚާއްސަ ސްކޮލާޝިޕް 6 ދަރިވަރަކަށް

ޖަލާލުއްދީން ސްކޫލްގެ ދަރިވަރެއް ހިމެނޭހެން ރައީސްގެ ޚާއްސަ ސްކޮލާޝިޕް 6 ދަރިވަރަކަށް

ކުޅުދުއްފުށީ ސިޓީގެ ޖަލާލުއްދީން ސްކޫލްގެ ދަރިވަރެއް ހިމެނޭހެން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލާޝިޕް 6 ދަރިވަރަކަށް ދެއްވައިފިއެވެ. މި ދަރިވަރުންނަށް ސްކޮލާޝިޕްގެ ލިޔުން ހަވާލުކޮށް ދެއްވީ، މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަޝިޕާއި، ހައި އެޗީވަރސް ސްކޮލަޝިޕްގެ ލިޔުން ޙަވާލުކުރުމަށް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް ހޯލުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. މި 6 ދަރިވަރުންނަ...

ތިލަދުން
ކުޅުދުއްފުއްޓަށް ދަތުރުކުރި ލޯންޗަކަށް ދިޔަވާތީ ސިފައިން އެހީތެރިވެއްޖެ

ކުޅުދުއްފުއްޓަށް ދަތުރުކުރި ލޯންޗަކަށް ދިޔަވާތީ ސިފައިން އެހީތެރިވެއްޖެ

ހދ. ކުޅުދުއްފުށީ ސިޓީގެ ބަނދަރުގައި އޮތް ލޯންޗަކަށް ދިޔަވާތީ ސިފައިން އެހީތެރިކަން ފޯރުކޮށްދީފި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެ އެވެ. އެމްއެންޑީއެފުން ވިދާޅުވީ، ކުޅުދުއްފުށީ ސިޓީގެ ބަނދަރުގައި އޮތް ދިޔަވަމުންދިޔަ ލޯންޗަކަށް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. މި ލޯންޗަކީ “ފްލައިންގ ފިޝް 12” ކިޔާ 24 ފޫޓްގެ ލޯންޗެކެވެ. މި ލޯންޗަށް ދިޔަވާން ފެށީ، 17 މީހުންނާއެކު ށ.ގޮއިދޫން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކު...

ޔުމްނާ ޢަލީ
އިހަވަންދޫގައި ތިބެގެން އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ތިބެގެން އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަނީ

ރަށުގައި ތިބެގެން އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަން ހއ.އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. މިކަމާ ގުޅޭ ގޮތުން އިހަވަންދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ރަށުގައި ތިބެގެން އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަން ބޭނުންވާތީ އެފަދަ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް އެދޭ ކަމަށެވެ. އެހެން ކަމުން މި ކަމަށްޓަކައި ތައްޔާރު ކޮށްފައިވާ ގޫގުލް ފޯމް ހުށަހެޅުމަށް ނުވަތަ ކައުންސިލުން މިކަމަށް ދޫކުރާ ފޯމ...

ސަނިއްޔާ އަބޫބަކުރު
އުލިގަން ކައުންސިލުން ރައްޔިތުންނަށް ޢިމާރާތް ކުރުމުގެ އަސާސީ ފަންނުވެރިކަން ދަސްކޮށްދެނީ 📍 ހއ. އުލިގަން

އުލިގަން ކައުންސިލުން ރައްޔިތުންނަށް ޢިމާރާތް ކުރުމުގެ އަސާސީ ފަންނުވެރިކަން ދަސްކޮށްދެނީ

ހއ. އުލިގަން ކައުންސިލުން އެރަށު ރައްޔިތުންނަށް ޢިމާރާތް ކުރުމުގެ އަސާސީ ފަންނުވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގަން އިޢުލާނު ކޮށްފިއެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން އުލިގަން ކައުންސިލުގެ ނައިބު ރައީސް އަސަދުﷲ މުޙައްމަދު ވިދާޅުވީ މި ޕްރޮގްރާމަކީ އުލިގަމުގެ ކުރިއެރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އެސޯސިއޭޝަން ފޮރ ސޯޝަލް އެވެއަރނެސް ނުވަތަ އަސާ ޖަމިއްޔާގެ އިތުރުން އުލިގަމުގެ ރައްޔިތުންނާ ގާތް ގުޅުމެއް ބާއްވަމުން އަންނަ އަލް އަސްރު ޖަމިއްޔާ އާއި ގުޅިގެން ހިންގުމަށް ހަމަޖެ...

ސަނިއްޔާ އަބޫބަކުރު
ސާއްބަ ވެޓްރަންސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ތާޓީޕްލަސްއަށް

ސާއްބަ ވެޓްރަންސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ތާޓީޕްލަސްއަށް

ހަނިމާދޫގައި ރަޖިސްޓަރީކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމަށްވާ ސާއްބަ އެކުވެރި ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ސާއްބަ ވެޓްރަންސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ތާޓީޕްލަސް ޓީމުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު އިއްޔެ ހަވީރު ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ކުޅެފައިވާއިރު، މި މެޗުގައި ބައްދަލު ކޮށްފައި ވަނީ ރޫހް ޓީމާއި ތާޓީޕްލަސްއެވެ. މި މެޗު 8-4 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ތާޓީޕްލަސްއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް...

އިބްރާހިމް ޚަލީލް
ޅައިމަގު ބަނދަރުގެ އެއްބައި ނިންމާލައިފި 📍 ށ. ޅައިމަގު

ޅައިމަގު ބަނދަރުގެ އެއްބައި ނިންމާލައިފި

ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މު މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް 14 ޖުލައި 2022 ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 31،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ބޭރުތޮށި ލުމާއި، 276 މީޓަރުގެ އެއްގަމުތޮށި […]

އަޙްމަދު ވަހީދު
ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި ނިކަ ސިޓީއާއި އެފްސީ ފްރެންޑްސް 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި ނިކަ ސިޓީއާއި އެފްސީ ފްރެންޑްސް

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ނެއްލައިދޫ ކައުންސިލް ކަޕް 2022” ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ނިކަ ސިޓީ ސްޕޯޓްސް ކުލަބާއި އެފްސީ ފްރެންޑްސް ބައްދަލުކުރަން ޖެހިއްޖެއެވެ. މި މުބާރާތުގައި ޖުމްލަ ފަސް ޓީމެއް ބައިވެރިވެފައި ވާއިރު، މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ތިން ޓީމަށް ސެމީގެ ޖާގަ ލިބޭ ގޮތަށެވެ. މިގޮތުން ލީގު ބުރު ނިމުނު […]

އިބްރާހިމް ޚަލީލް
ހޯރަފުށި މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ސަބްބޭސް މަސައްކަތް ފަށައިފި 📍 ހއ. ހޯރަފުށި

ހޯރަފުށި މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ސަބްބޭސް މަސައްކަތް ފަށައިފި

ހއ. ހޯރަފުށި މަގުހެދުމުގެ މަޝްރޫއުގެ ދަށުން، ސަބްބޭސް މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް ފަށާފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ އޭބީސީއާއި އެސްފޯލްޓު މެޓީރިއަލް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 5.3 ކިލޯމީޓަރު ދިގު މިނުގެ 11 މަގެއް ހަދާނެއެވެ. އަދި، 25،909 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ޤާއިމު ކުރުމާއި، 11،114 […]

އަޙްމަދު ވަހީދު
ފުޓްސެލް ޗެލެންޖުން ވަށަފަރު ޢީދު ކުޅިވަރުތައް ނިންމާލައިފި 📍 ހއ. ވަށަފަރު

ފުޓްސެލް ޗެލެންޖުން ވަށަފަރު ޢީދު ކުޅިވަރުތައް ނިންމާލައިފި

ފުޓްސެލް ޗެލެންޖުން ވަށަފަރު ޢީދު ކުޅިވަރުތައް ނިންމާލައިފިއެވެ. ޢީދުގެ ފަހު ކުޅިވަރެއްގެ ގޮތުގައި ކުރިޔަށް ގެންދިޔަ ވަށަފަރު ފުޓްސެލް ޗެލެންޖު 2022 ކާމިޔާބު ކުރީ ވީލޯން ވުލްވުސްއެވެ. މި މުބާރާތުގެ ރަނަރަޕް ޓީމަކަށް އަކުއާހޮލިކް ހޮވުނު އިރު، ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ ރެބެލްސް އެފްސީއެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަކުއާހޮލިކްގެ އަހުމަދު ސިނާނެވެ. މުބާރާތް ނިމުމާއެކު ޗެންޕިއަން ޓީމަށާއި ރަނަރަޕް ޓީމުގެ އިތުރުން ފެއަރ ޕްލޭ ޓީމަށްވެސް ވަނީ ވަށަފަރު ކައުންސިލުން […]

ސަނިއްޔާ އަބޫބަކުރު
ފިނޭ ކައުންސިލް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޔަންގް ސްޓާއަށް 📍 ހދ. ފިނޭ

ފިނޭ ކައުންސިލް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޔަންގް ސްޓާއަށް

ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލާއި، އެރަށު ވައި ސްޕޯޓްސް އެންޑް ރި ކްރިއޭޝަން ކުލަބް ގުޅިގެން ކުރިއަށް ގެންދިޔަ “ފިނޭ ކައުންސިލް ފުޓްސަލް ޓޯނަމަންޓް 2022” ގެ ޗެމްޕިއަންކަން ޔަންގް ސްޓާއިން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު 16 ޖުލައި 2022 ވީ ހޮނިހިރު ދުވަހުގެ ރޭ ފިނޭ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލުގައި ބައްދަލު ކޮށްފައި ވަނީ ޔަންގް ސްޓާއާއި ވީއެސްއާރުސީއެވެ. މި މެޗު ޔަންގް ސްޓާއިން ކާމިޔާބު ކޮށްފައި ވަނީ 5-1 […]

އިބްރާހިމް ޚަލީލް
ހަނިމާދޫ "ސާއްބަ ވެޓްރަންސް ފުޓްސަލް މުބާރާތް" ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ "ސާއްބަ ވެޓްރަންސް ފުޓްސަލް މުބާރާތް" ފަށައިފި

ހދ.ހަނިމާދޫގައި ރަޖިސްޓަރީކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމަށްވާ ސާއްބަ އެކުވެރި ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ސާއްބަ ވެޓްރަންސް ފުޓްސަލް މުބާރާތް ފަށައިފިއެވެ. މި މުބާރާތް މިއަދު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ފަށާފައިވާއިރު، މިއަދު ވަނީ ދެ މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ އޯލްޑް ސްޓާއާއި ނައިރު ކަންމައްޗެވެ. މި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ނައިރު ކަންމައްޗެވެ. ދެވަނަ މެޗުގައި ބައްދަލު ކޮށްފައި […]

އިބްރާހިމް ޚަލީލް
"ސަމާޒް ކެލާ ސްޕަރ ލީގު 2022" މިއަދު ފަށަނީ، ޗެމްޕިއަން ޓީމަށް 30000 ރުފިޔާ 📍 ހއ. ކެލާ

"ސަމާޒް ކެލާ ސްޕަރ ލީގު 2022" މިއަދު ފަށަނީ، ޗެމްޕިއަން ޓީމަށް 30000 ރުފިޔާ

ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ސަމާޒް ކެލާ ސްޕަރ ލީގު 2022” ފުޓްބޯޅަ މުބާރާތް މިއަދު ފެށުމަށް އެ ކައުންސިލުން ތައްޔާރު ވެއްޖެއެވެ. މި މުބާރާތް މިއަދު ހަވީރު ކެލާ ފުޓްބޯޅަ ދަނޑުގައި ފަށާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ވިސެންޑޯ ޑި ސިންކޫއާއި ޓީއޯ ސްޕޯޓްސް ކުލަބެވެ. މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމް ތަކަކީ ކިހައްޑިހަ އެފްސީ، ވިސެންޑޯ ޑި ސިންކޫ، ކެލާ ވެޓެރަންސް […]

އިބްރާހިމް ޚަލީލް
‏ފަރުމަސްވެރިކަމަށް ޚާއްސަކޮށް ރާއްޖޭގައި އެޅި ފުރަތަމަ މަސް ކަނދު‬⁩ފަތި ގެއްލިއްޖެ

‏ފަރުމަސްވެރިކަމަށް ޚާއްސަކޮށް ރާއްޖޭގައި އެޅި ފުރަތަމަ މަސް ކަނދު‬⁩ފަތި ގެއްލިއްޖެ

‏ފަރުމަސްވެރިކަމަށް ޚާއްސަކޮށް ދިވެހިރާއްޖޭގައި އެޅުނު ފުރަތަމަ ވާދޫ މަސް ކަނދު‬⁩ފަތި ގެއްލިއްޖެއެވެ. މިކަމާމެދު ކަންބޮޑުވުން ފާޅުކޮށް އިހަވަންދޫ މަސްވެރިންގެ ގުރޫޕަކުން ބުނީ‏ ފަރުމަސްވެރިކަމަށް ޚާއްސަކޮށް ދިވެހިރާއްޖޭގައި އެޅުނު ފުރަތަމަ ވަދުމަސްކަނދު‬⁩ފަތި ނަންބަރު ⁦C08V01 ގެއްލިފައި ވާކަމަށާއި މި ކަނދުފައްޗަކީ ހއ.މޮޅަދޫގެ ދެކުނުން 1.5 މޭލު ބޭރުގައި ފިޝަރީޒްގެ ⁧‫ކަނދުފަތި ޓީމު‬⁩ން އަޅައިދީފައިވާ ކަނދުފައްޗެއް ކަމަށެވެ. އެ ސަރަހައްދުގައި މަސްވެރިކަންކުރާ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި އެ ކ...

ސަނިއްޔާ އަބޫބަކުރު
ފިނޭ ކައުންސިލް ފުޓްސަލް މުބާރާތާއި ވޮލީ މުބާރާތް ފަށައިފި 📍 ހދ. ފިނޭ

ފިނޭ ކައުންސިލް ފުޓްސަލް މުބާރާތާއި ވޮލީ މުބާރާތް ފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލާއި ވައި ސްޕޯޓްސް އެންޑް ރި ކްރިއޭޝަން ކުލަބް ގުޅިގެން ކުރިއަށް ގެންދާ “ފިނޭ ކައުންސިލް ފުޓްސަލް ޓޯނަމަންޓް 2022” އާއި “ފިނޭ ކައުންސިލް ވިމެންސް ވޮލީބޯލް ޓޯނަމަންޓް 2022” ފަށައިފިއެވެ. ފުޓްސަލް މުބާރާތް 13 ޖުލައި 2022 ވީ ބުދަ ދުވަހުގެ ރޭ ފިނޭ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު، ފުރަތަމަ ރޭ ވަނީ ދެ މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޔަންގް ސްޓާއާއި ވީއެސްއާރުސީއެވެ. މި މެޗު […]

އިބްރާހިމް ޚަލީލް