މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ފީވަކު ޒުވާނުން: ގަސް އިންދުމުގައި ތަފާތު ދައްކާ ޓީމެއް

ފީވަކު ޒުވާނުން: ގަސް އިންދުމުގައި ތަފާތު ދައްކާ ޓީމެއް

އަޅުގަނޑުމެންގެ އާދައަކީ ގަސް އިންދާ ދުވަހެއް ފާހަގަކޮށް މުލުން ލުހެލައިގެން ރަނގަޅަށް ވަޅުވެސް ނުކޮނެ ގަސް އިންދުމެވެ.  މިޒުވާނުން މިދައްކާ ނަމޫނާ ތަފާތެވެ. އިންދަން ހުރި ގަސްތައް ޕޮޓުތަކުގައި ކުރީބައިގައި އިންދާ ރޯކުރެއެވެ. ގިނަ ދުވަހު ހުންނާނެ ގޮތަށް ކޮށިގަނޑުތައް ތައްޔާރުކުރެއެވެ. ގަސް އިންދުމަށްފަހު އަޅާނެ ކަޅުފަސް ހޯދައެވެ. ދަގަނޑަކުން ވަޅެއް ޖަހައިގެން އިންދުމުގެ ބަދަލުގައި ރަނގަޅަށް ވަޅު ކޮނެ، ގަސް އިންދުމަށް ފަހު ކަޅު ފަސް އަޅައެވެ. އަދި ގަވާއިދުން ފެންދީ ގަސްތައް ބަލަހައްޓައެވެ. މިގޮތު...

ހުބާ ޕްލާންޓްސް
ތިލަދުންމަތި ދަތުރު: ހާއްސަ ފޯރަމް "މަގޭ ދީން" މިރޭ އިހަވަންދޫ އޯޕަން ސްޓޭޖްގައި 📍 ހއ. އިހަވަންދޫ

ތިލަދުންމަތި ދަތުރު: ހާއްސަ ފޯރަމް "މަގޭ ދީން" މިރޭ އިހަވަންދޫ އޯޕަން ސްޓޭޖްގައި

ތިލަދުންމަތި ދަތުރުގެ ނަމުގައި ހއ. އަދި ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދަން ނިންމާފައިވާ ދަރުސް ޕްރޮގްރާމެއްގެ ދަށުން ފުރަތަމަ ޕްރޮގްރާމް މިރޭ ހއ. އިހަވަންދޫގައި ކުރިއަށް ދާނެއެވެ. މި ޕްރޮގްރާމް ތަކަކީ، އިހަވަންދޫގެ ޖަމިއްޔާއެއްކަމުގައިވާ ޔުނިޓީ ޖަމްޢިއްޔާ އިސްވެ އޮވެ ޖަމްޢިއްޔަތުއް ސަލަފް އަދި ތިލަދުންމަތީގެ ބައެއް ޖަމްޢިއްޔާތަކާއި ކައުންސިލްތަކާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އިހަވަންދޫގެ ޖަމިއްޔާއެއްކަމުގައިވާ ޔުނިޓީގެ ނައިބް ރައީސް އަދި މި ޕްރޮގްރާމްގ...

އަލީ އާދިލް
ނަރުދޫ ކައުންސިލް ކަޕް: ފިއުރިއަސް އާއި ބްލެކް ކޯނާ މެޗަށް ހަމަހަމަ ނިމުމެއް، އަމިގޯސް އަށް ބޮޑު މޮޅެއް 📍 ށ. ނަރުދޫ

ނަރުދޫ ކައުންސިލް ކަޕް: ފިއުރިއަސް އާއި ބްލެކް ކޯނާ މެޗަށް ހަމަހަމަ ނިމުމެއް، އަމިގޯސް އަށް ބޮޑު މޮޅެއް

ށ. ނަރުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ނަރުދޫ ކައުންސިލް ފުޓްސަލް މުބާރާތް 2022” އިއްޔެ ފަށައިފިއެވެ. މި މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަކޮށް ކުރިއަށް ގެންގޮސްފައިވާއިރު މުބާރާތުގެ ޝަރަފްވެރި މެޚްމާނަކީ ށ. އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު ޝިޔާމެވެ. މުބާރާތް ހުޅުވުމުގެ ގޮތުން އިއްޔެ ހަވީރު ކުޅެވުނު މި މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ފިއުރިއަސް އާއި ބްލެކް ކޯނާ އެވެ. މި މެޗް ނިމުނީ 2-2 ލަނޑުން އެއްވަރު ވެގެންނެވެ. މި މެޗްގައި […]

ތިލަދުން
ހިރިމަރަދޫ ޑޮމިނޭޓާރސް ފުޓްސަލް މުބާރާތުގެ ފައިނަލުގައި ހަރިކޭންއާއި ޔެޓީ 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ ޑޮމިނޭޓާރސް ފުޓްސަލް މުބާރާތުގެ ފައިނަލުގައި ހަރިކޭންއާއި ޔެޓީ

ހދ.ހިރިމަރަދޫ ކުލަބް ޑޮމިނޭޓާރސް އިން އިންތިޒާމް ކޮށްގެން ބާއްވާ “ޑޮމިނޭޓާރސް ފުޓްސަލް ކަޕް 2022” ގެ ފައިނަލުން ހަރިކޭންއާއި ޓީމް ޔެޓީ ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ފައިނަލުން ހަރިކޭން ޖާގަ ހޯދާފައި ވަނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ލިބުނު 9 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނަ ހޯދައިގެންނެވެ. މުބާރާތުގެ ފައިނަލުން ޓީމް ޔެޓީ ޖާގަ ހޯދާފައި ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ލިބުނު 6 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ […]

އިބްރާހިމް ޚަލީލް
އެންމެ ބޮޑު އިސްކަމެއްދޭނީ އިޤްތިސާދު ކުރިއެރުވުމާއި މަސައްކަތްތެރިން އުފެއްދުމަށް: މޭޔަރ 📍 ހދ. ކުޅުދުއްފުށި

އެންމެ ބޮޑު އިސްކަމެއްދޭނީ އިޤްތިސާދު ކުރިއެރުވުމާއި މަސައްކަތްތެރިން އުފެއްދުމަށް: މޭޔަރ

ކުރިއަށް އޮތް 6 މަސްދުވަހު އަދި އަންނަ އަހަރު އެންމެ ބޮޑަށް ފޯކަސް ކުރާނީ އިގްތިސާދީ ކަންކަން ކުރިއެރުވުމާއި މީހުން ބިނާކޮށް މަސައްކަތްތެރިން އުފެއްދުން ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވެއްޖެއެވެ. މޭޔަރު މިހެން ވިދާޅުވީ، ރޭ ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި ކައުންސިލުން ރައްޔިތުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގަ އެވެ. މޭޔަރު ވިދާޅުވީ، އިޤްތިޞާދީ މިދަތި ހާލަތުގައި މީހުން ބިނާކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން މީހުން ބިނާކުރުމަށ...

ސަނިއްޔާ އަބޫބަކުރު
ކަނޑައިގެންދިޔަ ކަނދުފަތިތައް އަލުން އަޅަނީ

ކަނޑައިގެންދިޔަ ކަނދުފަތިތައް އަލުން އަޅަނީ

ހއ. ފިއްލަދުއާއި ށ ކޮމަންޑޫ ކައިރިން ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް އަލުން އެޅުމުގެ މަސައްކަތް ފަށައިފިއެވެ. ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، ރާއްޖޭގެ އެކި ކައުންސިލް ތަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގެ އެކި ސަރަހައްދު ތަކުން އަށް ކަނދުފަތި ކަނޑައިގެން ގޮސްފައިވާ ކަމުގައެވެ. އެގޮތުން ކަނޑައިގެން ގޮސްފައިވަނީ ހއ. ފިއްލަދޫ، ށ. ކޮމަންޑޫ، ޅ. ފާދޫ، ކ. ކާށިދޫ، ކ. މާފުށި، އއ. އުކުޅަސް، ތ. ހިރިލަންދޫ ހިމެނޭ ސަރަހައްދުތަކުގައި އަޅާފައިވާ ކަނދުފަތިތައް ކަމުގައި ފިޝަރީޒް މިނިސްޓްރީން […]

ސަނިއްޔާ އަބޫބަކުރު
ހދ. އަތޮޅު ޤުރުއާން މުބާރާތް ބާއްވާނެ ރަށެއް ހޯދަނީ

ހދ. އަތޮޅު ޤުރުއާން މުބާރާތް ބާއްވާނެ ރަށެއް ހޯދަނީ

މި އަހަރުގެ ޤުރުއާން މުބާރާތް ބާއްވާނެ ރަށެއް ކަނޑައެޅުމަށްޓަކައި، ޝައުޤުވެރިކަންހުރި ކައުންސިލްތަކަށް އެފުރުޞަތު ހދ. އަތޮޅު ކައުންސިލުން ހުޅުވާލައިފި އެވެ. އެކައުންސިލުން ބުނީ ޤުރުއާން މުބާރާތް، މިއަހަރު ބޭއްވުމަށް ކައުންސިލުން ނިންމާފައިވަނީ އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮތްޕާއި، ނުބަލާ ކިޔެވުމުގެ ގޮފި ހިމެނޭގޮތަށް، މިއަހަރުގެ މުބާރާތް ބަހާލާފައިވަނީ ޖުމްލަ 6 ޢުމުރު ފުރާއަކަށެވެ. އެއީ 6 އަހަރުން ދަށް، 9 […]

އިބްރާހިމް އަސްވާޤް
އަލިދޫގެ އިންޝުއަރެންސަށް 22 މިލިއަން ޑޮލަރު ހޯދުމުގެ މައްސަލަ ސުޕްރީމް ކޯޓަށް

އަލިދޫގެ އިންޝުއަރެންސަށް 22 މިލިއަން ޑޮލަރު ހޯދުމުގެ މައްސަލަ ސުޕްރީމް ކޯޓަށް

ހއ. އަލިދޫ ރިސޯޓްގެ އިންޝުއަރެންސަށް 22 މިލިއަން ޑޮލަރު (330 މިލިއަން ރުފިޔާ) ހޯދުމުގެ މައްސަލަ ޔޮޓް ޓުއާސް ކުންފުނިން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުނިން ދައުވާކުރަނީ 2014 ވަނަ އަހަރު އެ ކުންފުނިން އެ ރިސޯޓް ހިންގިއިރު މޫސުން ގޯސްވެގެން ލިބުނު ގެއްލުންތަކަށް އިންޝުއަރެންސްގެ ގޮތުގައި 22 މިލިއަން ޑޮލަރު ހޯދުމަށެވެ. ސިވިލް ކޯޓުން މައްސަލަ ކާމިޔާބުވެ، 22 މިލިއަން ޑޮލަރު ދޭން […]

ހުސައިން ހަބީބް
ހޯރަފުށި އެޗްއާރުއެފް ސީސީ ކަޕްގެ ޗެމްޕިއަންކަން ބާވީސް ސުޕޯޓްސް ކުލަބުން ހޯދައިފި 📍 ހއ. ހޯރަފުށި

ހޯރަފުށި އެޗްއާރުއެފް ސީސީ ކަޕްގެ ޗެމްޕިއަންކަން ބާވީސް ސުޕޯޓްސް ކުލަބުން ހޯދައިފި

ހއ. ހޯރަފުށީގައި ބޮޑުއީދާއި ދިމާކޮށް އެރަށު ކޮމިއުނިޓީ ސެންޓަރއިން އިންތިޒާމް ކޮށްގެން ބޭއްވި އެޗް.އާރް.އެފް ސީސީ ކަޕްގެ ޗެމްޕިއަންކަން ބާވީސް ސުޕޯޓްސް ކުލަބުން ހޯދައިފިއެވެ. މި މުބާރާތުގައި ހަތް ޓީމުން ވާދަކޮށްފައިވާއިރު ދެގުރޫޕަކަށް ބަހާލައިގެން ކުޅުނު މި މުބާރާތުގައި ގުރޫޕް އޭގައި ހިމެނިފައިވަނީ އެފްސީ ފުރިގޭޓަރސް، ދަންމަރު ޔުނައިޓެޑް، ފުރިގޭޓަރސް އެކްސީޑް އަދި ބާވީސް ސުޕޯރޓްސް ކުލަބް އެވެ. މީގެއިތުރުން ގުރޫޕް ބީ ގައި ހިމެނިފައި ވަނީ ފުރިގޭޓަރސް ޔަންގު، ބަދަހި ބާވީސް އަދި ހޯރަ ބާވީސް […]

ސަނިއްޔާ އަބޫބަކުރު
ޓާފް ދަނޑު ނުނިމި ލަސްވާތީ މުރައިދޫ ޒުވާނުން އިހުތިޖާޖުކޮށްފި 📍 ހއ. މުރައިދޫ

ޓާފް ދަނޑު ނުނިމި ލަސްވާތީ މުރައިދޫ ޒުވާނުން އިހުތިޖާޖުކޮށްފި

ހއ. މުރައިދޫގައި ފުޓްބޯޅަ ކުޅޭ ބޮޑު ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފަށައި، އެ މަސައްކަތް ނުނިމި ލަސްވާތީ އެރަށު ޒުވާނުންތަކެއް މިއަދު އިހުތިޖާޖުކޮށްފިއެވެ. މުރައިދޫގެ ޒުވާނުން އިހުތިޖާޖުކުރަން އެއްވީ ރަށުގެ ކައުންސިލް ކައިރިއަށެވެ. އެ ޒުވާނުން އެ ސަރަހައްދު ދޫކޮށްދިޔައީ ކައުންސިލަރުންނާ ވާހަކަ ދެއްކުމަށްފަހު މިފެށޭ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ކުރިން ޒުވާނުންގެ ކަންބޮޑުވުމަށް އެދެވޭ ޖަވާބެއް ނުލިބިއްޖެނަމަ ބޮޑު އިހުތިޖާޖަކަށް އެއްވާނެކަމަށް ބުނެފައިކަމަށް މުރައިދޫ ކައުންސިލަރަކު “ތިލަދުނ...

ތިލަދުން
ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ފްރެންޑްސް ހޯދައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ފްރެންޑްސް ހޯދައިފި

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ނެއްލައިދޫ ކައުންސިލް ކަޕް 2022” ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެފްސީ ފްރެންޑްސް އިން ކާމިޔާބު ކޮށްފިއެވެ. ދިވެހިރާއްޖޭގެ ހޯމް މިނިސްޓަރ ސެއިޚް އިމްރާން އަބްދުﷲ ޝަރަފްވެރި ކޮށްދެވި ފައިނަލް މެޗު އިއްޔެ ހަވީރު ނެއްލައިދޫ ފުޓްބޯޅަ ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައިވަނީ އެފްސީ ފްރެންޑްސްއާއި ކުލަބް ރެފިއުޖީއެވެ. ފައިނަލް މެޗު އެފްސީ ފްރެންޑްސްއިން...

އިބްރާހިމް ޚަލީލް
މަކުނުދޫ ފެރީ ހަޓްގެ މަސައްކަތް ނިންމާލައިފި 📍 ހދ. މަކުނުދޫ

މަކުނުދޫ ފެރީ ހަޓްގެ މަސައްކަތް ނިންމާލައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ހދ. މަކުނުދޫގައި ހަދާ ފެރީ ހަޓްގެ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް ނިމިފައިވަނީ އިއްޔެއެވެ. މި ފެރީ ހަޓަކީ އާރުޓީއެލްގެ ފެރީ ގެ ޙިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ބޭނުންތެރި ތަނަކަށް ވާނެ ކަމަށް އެމްޓީސީސީން އުއްމީދު ކުރެއެވެ. މި މަޝްރޫއުގެ ދަށުން، ކިއޮސްކަކާއި، ވެއިޓިން އޭރިއާއަކާއި ޔުނިވާސަލް ޓޮއިލެޓްެއް ވަނީ […]

އަޙްމަދު ވަހީދު
ހިރިމަރަދޫ ޑޮމިނޭޓާރސް ފުޓްސަލް މުބާރާތް ފަށައިފި 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ ޑޮމިނޭޓާރސް ފުޓްސަލް މުބާރާތް ފަށައިފި

ހދ.ހިރިމަރަދޫ ކުލަބް ޑޮމިނޭޓާރސް އިން އިންތިޒާމް ކޮށްގެން ބާއްވާ “ޑޮމިނޭޓާރސް ފުޓްސަލް ކަޕް 2022” މިއަދު ފަށައިފިއެވެ. ކުލަބް ޑޮމިނޭޓާރސްއިން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގައި މޮޅެތި ފުޓްސަލް ކުޅުންތެރިންތަކެއް އުފެއްދުމާއި އެ ރަށުގެ ޒުވާނުން ދުޅަހެޔޮކަން އިތުރުކޮށް، ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމެވެ. މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ޓީމް ޔެޓީ، އެފްސީ ހިރި، ޓީމް ރޯޔަލްގެ [...

އިބްރާހިމް ޚަލީލް
މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް 📍 ހއ. މުރައިދޫ

މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައެވެ. އަދި ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 50 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 212 މީޓަރުގެ އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ބޭރުތޮށި […]

އަޙްމަދު ވަހީދު
ނެއްލައިދޫ ކައުންސިލް ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބްރައިޓްސްޓާއަށް 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ކައުންސިލް ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބްރައިޓްސްޓާއަށް

ހއ.ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ” ނެއްލައިދޫ ކައުންސިލް ހޭންޑްބޯޅަ މުބާރާތް 2022″ ގެ ޗެމްޕިއަންކަން ބްރައިޓްސްޓާ ޓީމުން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު 19 ޖުލައި 2022 ވަނަ ދުވަހު ހެނދުނު ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައިވަނީ ބްރައިޓްސްޓާއާއި ޔަންގްސްޓާއެވެ. މި މެޗު 4-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ބްރައިޓްސްޓާއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބްރައިޓްސްޓާގެ ޖޯޒީ ނަމ...

އިބްރާހިމް ޚަލީލް