މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
އިސްލާމިކް ޔުނިވަރސިޓީގެ ކޯސްތައް ހއ އަތޮޅުގައި ފަށަން އިޢުލާނު ކޮށްފި

އިސްލާމިކް ޔުނިވަރސިޓީގެ ކޯސްތައް ހއ އަތޮޅުގައި ފަށަން އިޢުލާނު ކޮށްފި

އިސްލާމިކް ޔުނިވަރސިޓީގެ ކޯސްތައް ހއ އަތޮޅުގައި ފަށަން އިޢުލާނު ކޮށްފިއެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް ޔުނިވާސިޓީގެ ރެޖިސްޓްރަރ އަހުމަދު ރައޫފް ވިދާޅުވީ ތިލަދުންމަތީގެ އެންމެ އުތުރުން ހއ އަތޮޅުގައި އިސްލާމިކް ޔުނިވާސިޓީގެ ކޯސްތައް މި ހުޅުވާލީ މުޅިން އަލަށް ކަމަށެވެ. އެގޮތުން މިވަގުތު ކޯސްތަކުން ފުރުޞަތު ހުޅުވާލާފައިވަނީ ތިލަދުންމަތީ އުތުރުބުރީ އިހަވަންދުއާއި ހޯރަފުށީގައެވެ. އެހެންނަމަވެސް މި ފެށޭ ސެމިސްޓަރގައި ހއ ދިއްދޫގައި ވެސް ޔޫއެމްގެ ކޯސްތައް ފެށުމަށް ވާންޖެހޭ އެންމެފަހުގެ...

ސަނިއްޔާ އަބޫބަކުރު
މޮޅަދޫ ޢީދު ކާނިވަލުގެ ނަސީބުވެރިން ހޮވައިފި 📍 ހއ. މޮޅަދޫ

މޮޅަދޫ ޢީދު ކާނިވަލުގެ ނަސީބުވެރިން ހޮވައިފި

މޮޅަދޫ ޢީދު ކާނިވަލުގެ ނަސީބުވެރިން ހޮވައިފިއެވެ. 1443 ވަނަ އަހަރުގެ މޮޅަދޫ ޢީދު ކާނިވަލަށް ވަނުމުގެ ޓިކެޓް ނެގި ފަރާތްތަކުގެ ތެރެއިން ނަސީބުވެރިންނަށް ހޮވިފައި ވަނީ ފާތުމަތު ނިޔާޒާ އާއި ލޫތު އަބްދު الله ވަހީދު އެވެ. މޮޅަދޫ ކައުންސިލުންވެސް ވަނީ ޢީދު ކާނިވަލުގެ ނަސީބުވެރިންނަށް މަރުހަބާ ކިޔާ ފައެވެ. މީގެއިތުރުން މޮޅަދޫ ޢީދު ކާނިވަލުގެ ނަސީބުވެރިންނަށް ދެވުނު އަގުހުރި އިނާމް ސްޕޮންސަރ ކޮށްދެއްވާފައި ވާތީ ހއ އިހަވަންދޫ ބާބެކިޔު ހަޓުގެ މެނޭޖްމަންޓަށް މޮޅަދޫ ކައުންސިލުން ވަނީ […]

ސަނިއްޔާ އަބޫބަކުރު
ފޯކައިދޫ ބޯޓުން މާލެ ދަތުރުކުރި ޒުވާނަކު ޙާލު ދެރަވެ ނައިފަރު ހޮސްޕިޓަލަށް ގެންގޮސްފި 📍 ށ. ފޯކައިދޫ

ފޯކައިދޫ ބޯޓުން މާލެ ދަތުރުކުރި ޒުވާނަކު ޙާލު ދެރަވެ ނައިފަރު ހޮސްޕިޓަލަށް ގެންގޮސްފި

ށ. ފޯކައިދޫން ފުރައިގެން މާލެ ދަތުރުކުރި ފުރާގު ބޯޓުގައި ހުރި ޒުވާނެއްގެ ޙާލު ދެރަވެގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ. މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފުން ވިދާޅުވީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ، އުމުރުން 24 އަހަރުގެ އަންހެނަކަށް ކަމަށެވެ. ސީ އެމްބިއުލާންސްގައި އެ އަންހެން މީހާ ވަނީ ރޭ 19:45 ހާއިރު ޅ. ނައިފަރު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެމްއެންޑީއެފުން ވިދާޅުވީ މި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުނީ ރޭ 18:10 ގައި ކަމަށާއި، މި ޚަބަރު ލިބުމާއެކު، ދޯނި އޮތ...

ސަނިއްޔާ އަބޫބަކުރު
ހަބޭސް ބޮޑުބެރު ގުރޫޕް މިރޭ ބާރަށުގައި 📍 ހއ. ބާރަށް

ހަބޭސް ބޮޑުބެރު ގުރޫޕް މިރޭ ބާރަށުގައި

ހަބޭސް ބޮޑުބެރު ގުރޫޕްގެ ފޯރިގަދަ ސޯއެއް މިރޭ ހއ. ބާރަށުގައި ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރިތައް ވަމުން އެބަދެއެވެ. މިއީ ބާރަށު އުތުރު ޒުވާނުންނާއި އެރަށު ރެހެންދި މޫވްމެންޓް ގުލިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މިޝޯ ބަލާލުމަށް ހއ. އަތޮޅު ގިނަ ރަށްރަށަކުން މީހުން އެރަށަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. ޝޯ ފެށޭނީ މިރޭ 08:45 ގަ އެވެ. ހަބޭސް ބޮޑުބެރު ގުރޫޕްއަށް އެރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. މިއަހަރު ވެސް ބާރަށުގައި އަންނަނީ ވަރަށް […]

އަލީ އާދިލް
ފެންނަ ފޮޓޯގަނޑަކުން ކުޅުދުއްފުށި މަށިމާލި ޕެރޭޑްގައި ވާނުވާއެއް ނޭނގޭނެ: އާތިފް 📍 ހދ. ކުޅުދުއްފުށި

ފެންނަ ފޮޓޯގަނޑަކުން ކުޅުދުއްފުށި މަށިމާލި ޕެރޭޑްގައި ވާނުވާއެއް ނޭނގޭނެ: އާތިފް

މީސް މިޑިއާއިން ފެންނަ ފޮޓޯގަނޑަކުން ކުޅުދުއްފުށި މަށިމާލި ޕެރޭޑްގައި ވާނުވާއެއްނޭގޭނެ ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާތިފް ވިދާޅުވެއްޖެ އެވެ. އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރު ވެސް ކުޅުދުއްފުށީގައި “ބޮޑު އީދު މުއްސަނދި ސަގާފަތަކާ އެކު” ވަރަށް ކުލަގަދަކޮށް ބޮޑު ޢީދު ދަނީ ފާހަގަ ކުރަމުންނެވެ. ފެށުނީންސުރެއް ކުޅުދުފުއްޓަކީ ވަރަށް ތަފާތު ގޮތަކަށް އީދު ފާހަގަކުރަމުން އަންނަ ރަށެކެވެ. މިފަހަރުގެ ބޮޑު އީދުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން އިސްނަގައިގެން “ބޮޑު އީދު މުއްސަނދ...

ތިލަދުން
ކުޅުދުއްފުށި މަށިމާލި ޕެރޭޑް މިއަދު ކެންސަލް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި މަށިމާލި ޕެރޭޑް މިއަދު ކެންސަލް

މޫސުން ތަންނުދިނުމުގެ ސަބަބުން ކުޅުދުއްފުށި ސިޓީގައި މިއަދު ހަވީރު 16:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މަށިމާލި ޕެރޭޑް ކެންސަލް ކޮށްފި އެވެ. ސިޓީ ކައުންސިލުން ބުނެފައިވަނީ މި ޕެރޭޑް ދެން އޮންނާނީ މާދަމާ ހެނދުނު 10:00 ގައި ކަމަށެވެ. ބައިވެރިވާ މާލިތައް 08:30 އަށް ޖަލާލުއްދީން ކުރިމައްޗަށް ދިއުމަށް އެކައުންސިލުން އެދެއެވެ. މިއަހަރުގެ މަށިމާލި ޕެރޭޑްގައި ސަމާލުކަން ދޭންވީ ކަންކަން ސިޓީ ކައުންސިލުންވަނީ ބައިވެރިވާ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފަ އެވެ. އެގޮތުން ޕެރޭޑުގައި ބައިވެރިކުރެވޭނީ އިސްލާމ...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށި ސިޓީގައި "ބޮޑު އީދު މުއްސަނދި ސަގާފަތަކާ އެކު" ފޯރިއާއި އެކު ކުރިއަށް! 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގައި "ބޮޑު އީދު މުއްސަނދި ސަގާފަތަކާ އެކު" ފޯރިއާއި އެކު ކުރިއަށް!

ކުޅުދުއްފުށި ސިޓީގައި “ބޮޑު އީދު މުއްސަނދި ސަގާފަތަކާ އެކު” ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަމުން އެބަދެއެވެ. ފެށުނީންސުރެއް ކުޅުދުފުއްޓަކީ ވަރަށް ތަފާތު ގޮތަކަށް އީދު ފާހަގަކުރަމުން އަންނަ ރަށެކެވެ. މިފަހަރުގެ ބޮޑު އީދުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން އިސްނަގައިގެން “ބޮޑު އީދު މުއްސަނދި ސަގާފަތަކާ އެކު” ގެ ނަމުގައި މިއަހަރުގެ އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ. އެ މިފަހަރު ކުރިއަށްދާ ހަރަކާތްތަކަށް ދީފައިވަނީ ތަފާތު ނަންތަކެކެވެ. އޭގެ ތެރޭގައި ހިމެނެނީ...

އަލީ އާދިލް
ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް ފަށައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް ފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ނެއްލައިދޫ ކައުންސިލް ކަޕް 2022” ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ. މިއަދު ހަވީރު ނެއްލައިދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ފެށި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ އެފްސީ ދުންމާރިއާއި ކުލަބް ރެފިއުޖީއެވެ. މި މެޗު 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ރެފިއުޖީއެވެ. މި މެޗުގައި ރެފިއުޖީ ޓީމަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ ސާވިން، ނާފިޒް، ފަޔާޒްގެ އިތުރުން މުއާޒެވެ. […]

އިބްރާހިމް ޚަލީލް
ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް އުތުރަށް ހުދު ސަމާލު

ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް އުތުރަށް ހުދު ސަމާލު

ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ހުދު ސަމާލު ނެރެފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މި ސަމާލު ނެރެފައިވަނީ މިއަދު 13:30 އިން ފެށިގެން ހަވީރު 17:30 ހާއި ހަމައަށެވެ. މިވަގުތު ތަކުގައި އެސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުރުތުން، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި،  ވިލާގަނޑުގައި ގަޑިއަކު 45 މޭލާށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ. މިދުވަސް […]

އަލީ އާދިލް
ވައިކަރަދޫ ޔޫތު ފުޓްސަލް ކަޕް ފަށައިފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ޔޫތު ފުޓްސަލް ކަޕް ފަށައިފި

ހދ. ވައިކަރަދޫ ޔޫތު ކުލަބުގެ ފުޓްސަލް މުބާރާތް ފަށައިފި އެވެ. ރޭ ވައިކަރަދޫ ފުޓްސަލް ދަނޑުގައި އެ މުބާރާތް ފައްޓަވައި ދެއްވީ ވައިކަރަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޒާމިރު އެވެ. މިމުބާރާތުގައި 7 ޓީމެއް ބައިވެރިވި އެވެ. އެއީ، މެޓާކާސް ސްޕޯރޓްސް، އެފްޓީ އޯވެސްޓް، އުތުރު ނައިންޓީސް، އުތުރު އޮރިޖިންސް، އީސްޓް ރުއްގަނޑު، ބާމު ބެލީ އަދި ފަސްގަނޑު އެފްސީ އެވެ. ރޭ ފުރަތަމަ ބައްދަލުކުރީ އެފްސީ އޯވެސްޓް އާއި މެޓާކާ އެވެ. 4-0 ލަނޑުން މިމެޗް […]

ތިލަދުން
ބާރަށުގައި ޢީދު ފާހަގަ ކުރުން ވާދަވެރި، އެހާ ފޯރިވެސް ގަދަ! 📍 ހއ. ބާރަށް

ބާރަށުގައި ޢީދު ފާހަގަ ކުރުން ވާދަވެރި، އެހާ ފޯރިވެސް ގަދަ!

ހއ ބާރަށުގައި ޢީދު ފާހަގަ ކުރަން މިރޭ ފަށާއިރު ޢީދު ނިމެންދެން ފަހަރަކު ޙަރަކާތެއް ކުރިޔަށް ގެންދާނެ ކަމަށް އެރަށުން ހާމަކޮށްފިއެވެ. ބާރަށު ޒުވާނުންގެ ފަރާތުން ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ބާރަށު ލަޔަންސް ސްޕޯޓްސް ކުލަބުން އިސްކޮށް ޙަރަކާތްތެރިވާ ޙަސަން މީސާގު ވިދާޅުވީ މިފަހަރު ބާރަށުގައި ޢީދު ފާހަގަ ކުރަނީ ބާރަށު ޒުވާނުންގެ ދިރުމުގެ އިތުރުން އެލަޔަންސް ސުޕޯރޓުސް ކްލަބާއި ބާރަށުގެ ޒުވާނުން ގުޅިގެން ކަމަށެވެ. މި ހުރިހާކަމެއް މިހާ ފުރިހަމައަށް އިންތިޒާމް ކޮށްގެން މި ގެންދެވެނީ […]

ސަނިއްޔާ އަބޫބަކުރު
މޮޅަދޫގައި މިފަހަރު ޢީދު ފޯރި މާ ގަދަވާނެ 📍 ހއ. މޮޅަދޫ

މޮޅަދޫގައި މިފަހަރު ޢީދު ފޯރި މާ ގަދަވާނެ

މޮޅަދޫގައި މިފަހަރު ޢީދު ފޯރި މާ ގަދަވާނެ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން މޮޅަދޫ ކައުންސިލުގެ ރައީސް މުޙައްމަދު ސިނާދު ވިދާޅުވީ އެހެން އަހަރު ތަކާ ޚިލާފަށް މިއަހަރުގެ ޢީދު ފޯރި މޮޅަދޫގައި މާ ގަދަވާނެ ކަމަށެވެ. އެގޮތުން ޢީދުގެ ފޯރި ގަދަ ކުރުމަށް ކުރިޔަށް ގެންދާ ޢީދު ކާނިވަލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެކިއެކި ހަރަކާތްތައް އަމިއްލަގޮތުން ކުރިއަށް ގެންދިއުމަށް އަގު ހުށަހެޅުއްވި ފަރާތްތަކާއިއެކު މިހާރު އެއްބަސްވުމުގައި ސޮއި ކުރެވިފައި ވާކަމަށް...

ސަނިއްޔާ އަބޫބަކުރު
އީދު ދުވަހު އާރުޓީއެލްގެ ތާވަލު އާއްމުކޮށްފި

އީދު ދުވަހު އާރުޓީއެލްގެ ތާވަލު އާއްމުކޮށްފި

މިއަހަރުގެ އަޟްހާ އީދު ދުވަހު ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ހއ. އަދި ހދ. ގެ ތާވަކު އާއްމު ކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނެރުނު ތާވަލުގައިވާ ގޮތުން މިހާރު ދަތުރު ކުރަމުން އަންނަ ހުރިހާ ރޫޓަކަށް އީދު ދުވަހުވެސް ދަތުރު ކުރާނެއެވެ. އެގޮތުން ހއ. އަތޮޅުގެ އަށް ރޫޓަކަށް ދަތުރުތައް އޮންނައިރު ހދ. ގެ ފަސް ރޫޓެއްގައި ދަތުރުތައް އޮންނާނެއެވެ. އެމްޓީސީސީން އާރުޓީއެލްގެ ދަށުން މިހާތަނަށް ފެރީގެ ހިދުމަތް ފަށާފައިވަނީ […]

އަޙްމަދު ވަހީދު
ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފި

ކުޅުދުއްފުށި ސިޓީގައި 400 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް މިއަދު ޙަވާލު ކޮށްފިއެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ޕްލޭނިންގ މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ ޓްވެންޓީ ތާޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގުރޫޕް ކޯ ލިމިޓެޑާއެވެ. ކުޅުދުއްފުށި ސިޓީގައި 400 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ޙަވާލު ކުރުމަށް ސަރުކާރުގެ ފަރާތުން ޕްލޭނިންގ މިނިސްޓްރީން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓާ ޖެނަރަލް އަހްމަދު ވިޝ...

ސަނިއްޔާ އަބޫބަކުރު
ދިވެހިރާއްޖޭގެ ފުރަތަމަ ޖައްވީ ޕްރޮގްރާމް ކުރިޔަށް ގެންދާ ޓީމުގައި އިހަވަންދޫ ޒުވާނެއް 📍 ހއ. އިހަވަންދޫ

ދިވެހިރާއްޖޭގެ ފުރަތަމަ ޖައްވީ ޕްރޮގްރާމް ކުރިޔަށް ގެންދާ ޓީމުގައި އިހަވަންދޫ ޒުވާނެއް

ދިވެހި އަމިއްލަ ޖަމިއްޔާ އެއް ކަމަށްވާ އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށް ގެންދާ ރާއްޖޭ ފުރަތަމަ ޖައްވީ ޕްރޮގްރާމް ކުރިޔަށް ގެންދާ ޓީމުގައި އިހަވަންދޫ ޒުވާނަކު ހިމެނިއްޖެއެވެ. ފުރަތަމަ ޖައްވީ ޓީމުގައި ހއ. އިހަވަންދުއަށް ނިސްބަތްވާ ޒުވާނަކީ އެރަށު، ވާދީ، މުހައްމަދު ޖުނައިދު އެވެ. މިކަން ފާހަގަކޮށް އިހަވަންދޫ މަސްވެރިންގެ ގުޅުން ޖަމިއްޔާއިން ބުނީ ރާއްޖެއިން ޕްރޮޓޮޓައިޕް ސެޓެލައިޓެއް ހަދައި ޓެސްޓު ކުރުމަށްޓަކައި، އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް، އައިޖީއެސް އިން އެކުލ...

ސަނިއްޔާ އަބޫބަކުރު