މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް، ރީންދޫ ސަމާލުގެ ވަގުތު ދަންމާލައިފި

ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް، ރީންދޫ ސަމާލުގެ ވަގުތު ދަންމާލައިފި

މޫސުން ގޯސްވެ 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް، ޅ އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ނެރުނު ޔެލޯ އެލާޓްގެ ވަގުތު ދަންމާލައިފި އެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ދެންމެ ނެރުނު ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން 14:00 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ […]

އިބްރާހިމް އަސްވާޤް
ހޯމަ ދުވަހު ހޯރަފުއްޓާއި މާވަރުލަށް ހާއްސަ ފްލައިޓުތަކެއް 📍 ހއ. ހޯރަފުށި

ހޯމަ ދުވަހު ހޯރަފުއްޓާއި މާވަރުލަށް ހާއްސަ ފްލައިޓުތަކެއް

ހއ. ހޯރަފުއްޓާއި ގދ. މާވަރުލު އެއާޕޯޓަށް އިތުރު ދަތުރުތަކެއް ބާއްވަން ތާވަލު ކޮށްފައިވާ ކަމަށް ޤައުމީ އެއާލައިން މޯލްޑިވިއަނުން ބުނެފިއެވެ. މޯލްޑިވިއަނުން ކުރި ޓްވީޓުގައި ބުނީ މާލެ އިން މާވަރުލަށް އަދި މާވަރުލުން މާލެއަށާއި މާލެއިން ހޯރަފުއްޓަށް އަދި ހޯރަފުށިން މާލެއަށް ހޯމަ ދުވަހު ދަތުރުތައް އޮންނާނެ ކަމަށެވެ. އަދި ޑިމާންޑަށް ބަލައި ކުރިއަށް އޮތްތަނުގައި އެހެން މަންޒިލްތަކަށްވެސް ދަތުރުތައް ބާއްވާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ. މޯލްޑިވިއަނުން އިތުރު ދަތުރުތައް ބާއްވަމުންގެންދަނީ އީދު ބަންދާ...

އަޙްމަދު ވަހީދު
ފުނަދޫ އަންހެނުންގެ ކޮމެޓީން ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގުރާމް ނިންމާލައިފި 📍 ށ. ފުނަދޫ

ފުނަދޫ އަންހެނުންގެ ކޮމެޓީން ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގުރާމް ނިންމާލައިފި

ފުނަދޫ ކައުންސިލާ ގުޅިގެން ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ބޭއްވި ކަސްރަތު ޕްރޮގުރާމް ނިންމާލައިފިއެވެ. މިކަމާ ގުޅޭ ގޮތުން ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވީ މި ޕްރޮގްރާމަކީ ކައުންސިލުން 40 އިންސައްތަ އަދި ކޮމެޓީން 60 އިންސައްތަ ޚަރަދު ކޮށްގެން ކުރިއަށް ގެންދާ ދިގުމުއްދަތުގެ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން މި ޕްރޮގްރާމްގައި ސާޅީހަށްވުރެ ގިނަ ބައިވެރިން ބައިވެރިވި ނަމަވެސް މިހާތަނަށް އާދެވުނު އިރު ދެމިތިބީ 23 ކަނބަލު...

ސަނިއްޔާ އަބޫބަކުރު
ކުޅުދުއްފުށީ ޒުވާނުންނަށް އަމާޒުކޮށް ސެޓްފިކެޓް ލެވެލް 3 ގެ ސަރފް ގައިޑިން ކޯހެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޒުވާނުންނަށް އަމާޒުކޮށް ސެޓްފިކެޓް ލެވެލް 3 ގެ ސަރފް ގައިޑިން ކޯހެއް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ރަށުގެ ޒުވާނުންނަށް ސަރޓިފައިޑް ސަރފް ގައިޑިންގް ކޯހެއް ހިންގަން ނިންމައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ ރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ މި ސަރފް ގައިޑިންގް ކޯހަކީ އެމްކިޔުއޭ ޤަބޫލުކުރާ ލެވެލް ތިނެއްގެ ސެޓްފިކެޓް ލިބޭގޮތަށް ހިންގާ ކޯހެއް ކަމަށެވެ. މި ކޯހަކީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، އެމް.އައި.ޓީއާއި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނާ ގުޅިގެން ހިންގަމުންދާ “ސްކިލްސް ފޮރ އަ ރިޒިލިއަންޓް ވަރކްފޯސް” ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެ...

ސަނިއްޔާ އަބޫބަކުރު
ދޮގު ހަބަރު ފެތުރިކަމަށްބުނެ 10 މިލިއަން ރުފިޔާގެ ބަދަލު ހޯދަން ސައްލެ ކޯޓަށް

ދޮގު ހަބަރު ފެތުރިކަމަށްބުނެ 10 މިލިއަން ރުފިޔާގެ ބަދަލު ހޯދަން ސައްލެ ކޯޓަށް

ރާއްޖޭގެ އޮންލައިން ނޫހަކުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) އާ ގުޅޭ ދޮގު ހަބަރު ފެތުރިކަމަށް ބުނެ އެ ނޫހާއި، އެ ނޫހުގެ މަސްއޫލުވެރިޔާއާއި ދެކޮޅަށް ދައުވާކޮށްދިނުމަށް އެދި ސަލީމް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ. ސައްލެ މައްސަލަ ހުށަހެޅީ “ދިޔަރެސް” ނޫހާއި، އެ ނޫހުގެ މަސްއޫލުވެރިޔާ، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދުއާ ދެކޮޅަށެވެ. މެމްބަރު ސަލީމް މި މައްސަލަ ހުށަހަޅާފައި ވަނީ ދާދި ފަހުން ސޯޝަލް މީޑިއާގައި […]

ޝިއުނާ އާދަމް
ކަނޑުމަތީގައި ނުރައްކާތެރި 8 ހާދިސާއެއް: ލޯންޗަކާއި ދޯންޏެއް ބަންޑުންޖަހާލާ "މަހާޖައްރާފާ" ގެ ނަގިލި ކަހާލި

ކަނޑުމަތީގައި ނުރައްކާތެރި 8 ހާދިސާއެއް: ލޯންޗަކާއި ދޯންޏެއް ބަންޑުންޖަހާލާ "މަހާޖައްރާފާ" ގެ ނަގިލި ކަހާލި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މޫސުން ގޯސްވުމާ ގުޅިގެން މިރޭ ކަނޑުމަތީގެ 8 ހާދިސާއެއްގެ ހިނގައިފި އެވެ. މިހާދިސާތަކުގެ މަޢުލޫމާތު ދެމުން އެމްއެންޑީއެފް އިން ބުނީ މިހާދިސާތަކުގެ ތެރޭގައި ލޯންޗަކާއި ދޯންޏެއް ބަންޑުންޖަހާލާ “މަހާޖައްރާފާ” ގެ ނަގިލި ކަހާލި ކަމަށެވެ. މިގޮތުން މިރޭ 19:59 ހާއިރު، “ކުރޫޒަރ 3” ނަމަކަށް ކިޔާ ދޯންޏެއް ބަންޑުންޖަހާލައި މީހަކު ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބިފައިވާކަމަށެވެ. އެއާއި އެކު، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ވަނީ ޑައިވަރުނ...

އިބްރާހިމް އަސްވާޤް
ހާލުގައި ޖެހުނު ހޯރަފުށީގެ ޑިންގީއަކަށް ސިފައިން އެހީތެރިވެއްޖެ

ހާލުގައި ޖެހުނު ހޯރަފުށީގެ ޑިންގީއަކަށް ސިފައިން އެހީތެރިވެއްޖެ

މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހުނު ހއ. ހޯރަފުށީގެ ޑިންގީއަކަށް ސިފައިން އެހީތެރިވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެ ޑިންގީއަކީ ތިން މީހުންނާއެކު މަހަށް ނުކުމެ އުޅުނު ޑިންގީއެއްކަމަށެވެ. މޫސުން ގޯސްވެ އެ ޑިންގީ ހާލުގައި ޖެހުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ. ސިފައިންނަށް މި ހާދިސާގެ ރިޕޯޓް ކޮށްފައި ވަނީ މިރޭ 19:15 ހާއިރު އެވެ. އެ ރިޕޯޓު ލިބުމާއެކު ކޯސްޓްގާޑު […]

ޔުމްނާ ޢަލީ
އިހަވަންދޫ ގައި ޢީދު ފާހަގަ ކުރަން އިމަގު ޖަމިއްޔާއިން ގިނަ ހަރަކާތްތަކެއް 📍 ހއ. އިހަވަންދޫ

އިހަވަންދޫ ގައި ޢީދު ފާހަގަ ކުރަން އިމަގު ޖަމިއްޔާއިން ގިނަ ހަރަކާތްތަކެއް

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)، ޖަމިއްޔާއިން އިސްނަގައިގެން މި އަހަރުގެ އަޟްހާ ޢީދުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން ހއ. އިހަވަންދޫގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ. ޖުމްލަ ތިން ދުވަހަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ހަރަކާތްތަކަށް ބަލައިލާއިރު، 09 ޖުލައި 2022 (ޢީދު ދުވަސް) ޢީދު ނަމާދަށް ފަހު އަސަރީ ސައިފޮދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ދުވަހުގެ ހަވީރު ކުޑަކުދިންގެ ސަގާފީ ހަވީރު ބޭއްވުމަށް ނިންމާފައިވާއިރު، އެ ރޭ ކުރިއަށް ގެންދިޔުމަށް...

އިބްރާހިމް ޚަލީލް
ހއ. އާރުޓީއެލް ދަތުރުތައް ރަސްމީކޮށް ފަށާނީ އާދީއްތަ ދުވަހު

ހއ. އާރުޓީއެލް ދަތުރުތައް ރަސްމީކޮށް ފަށާނީ އާދީއްތަ ދުވަހު

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ހިދުމަތް އަންނަ އާދީއްތަ ދުވަހު ހއ. އަތޮޅުގައި ރަސްމީކޮށް ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ވަނީ “އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” ފުރަތަމަ ފިޔަވަހީގެ ދަށުން “ރާއްޖެ ޓްރާންސްޕޯޓް ލިންކް” ގެ ހިދުމަތް ހއ އަތޮޅުގައި މިިދިޔަ އާދީއްތަ ދުވަހު ފަށައިފައެވެ. މިހާރު މި ހިދުމަތް އެ އަތޮޅުގައި ދެމުން އަންނަނީ ހދ. އަތޮޅުގައި ފުރަތަމަ ދެމުން […]

އަޙްމަދު ވަހީދު
ސައްލެއާއި ގުޅުވައިގެން ފަތުރަނީ އަސްލެއްނެތް ދޮގު ވާހަކަތަކެއް: ތުރާކުނު ކައުންސިލް 📍 ހއ. ތުރާކުނު

ސައްލެއާއި ގުޅުވައިގެން ފަތުރަނީ އަސްލެއްނެތް ދޮގު ވާހަކަތަކެއް: ތުރާކުނު ކައުންސިލް

ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) އާއި ގުޅުވައިގެން ކޮށްފައިވާ ތުހުމަތު ތަކުގެ ޙަޤީޤަތް ހާމަ ކޮށްދިނުމަށް ތުރާކުނު ކައުންސިލުން ގޮވާލައިފިއެވެ. މިކަމާ ގުޅިގެން ތުރާކުނު ކައުންސިލުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ގުޅޭގޮތުން ފަތުރަމުންދާ ވާހަކަ ތަކަކީ އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި ފަތުރާ ދޮގު އިލްޒާމުތަކެއް ކަމަށް ދެކޭ ކަމަށެވެ. އަދި މެމްބަރު ސަލީމަށް ރައްދުވާ ގޮތަށް އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ އަމަލެއް ކޮށްފައިވާކަމަށ...

ސަނިއްޔާ އަބޫބަކުރު
އުތުރާއި ދެކުނުގެ ހައިކޯޓުގެ ގޮފި އުވާލަން ފާސްކޮށްފި 📍 ހދ. ކުޅުދުއްފުށި

އުތުރާއި ދެކުނުގެ ހައިކޯޓުގެ ގޮފި އުވާލަން ފާސްކޮށްފި

ހދ. ކުޅުދުއްފުށި ސިޓީގައި ހުންނަ ހައިކޯޓުގެ އުތުރު ގޮފި އަދި އައްޑޫ ސިޓީ ހުޅުމީދޫގައި ހުންނަ އެ ކޯޓުގެ ދެކުނު ގޮފި އުވާލަން ކޯޓުތަކުގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށައެޅުއްވީ، އެމްޑީޕީގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހެޅުއްވި ބިލުންނެވެ. އިއްޔެގެ ޖަލްސާގައި 36 މެމްބަރުން ވޯޓު ދީފައި ވެއެވެ. ޖުޑީޝަރީ ކޮމިޓީން ވަނީ ބިލު ދިރާސާކޮށް، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ […]

އަލީ އާދިލް
ށ.އަތޮޅު ހަތް ރަށެއްގެ އަންހެނުންގެ ކޮމެޓީތަކަށް އަތޮޅު ކައުންސިލުން ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާ ކޮށްފި

ށ.އަތޮޅު ހަތް ރަށެއްގެ އަންހެނުންގެ ކޮމެޓީތަކަށް އަތޮޅު ކައުންސިލުން ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާ ކޮށްފި

ށ.އަތޮޅު ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އަތޮޅު ކައުންސިލުން ކޮމްޕިއުޓަރު ހަދިޔާ ކޮށްފިއެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ށ. އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމް ވިދާޅުވީ މި ކޮމްޕިއުޓަރ ސިސްޓަމް ތަކަކީ ށ. އަތޮޅު ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ށ.އަތޮޅު ކައުންސިލުން ރާވައިގެން ކުރިޔަށްގެންދާ ޕްރޮގްރާމުގެ ދަށުން ފުރަތަމަ ބުރުގައި ސްޕޮންސަރުންގެ ފަރާތުން ލިބިފައިވާ ކޮމްޕިއުޓަރ ސިސްޓަމް ތަކެއް...

ސަނިއްޔާ އަބޫބަކުރު
ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ދަނޑުވެރިކަމާބެހޭ ވުޒާރާ ގުޅިގެން ގަސް އިންދުމުގެ ޕްރޮގްރާމެއް

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ދަނޑުވެރިކަމާބެހޭ ވުޒާރާ ގުޅިގެން ގަސް އިންދުމުގެ ޕްރޮގްރާމެއް

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ދަނޑުވެރިކަމާބެހޭ ވުޒާރާ ގުޅިގެން ގަސް އިންދަން ބޭނުންވާ ފަރާތްތަކަށް ހިލޭ ގަސް ދޫކުރަން ނިންމައި، ގަސްއިންދުމުގެ ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، އެ ކައުންސިލާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގަސް އިންދުމުގެ ޕްރޮގުރާމުގެ ދަށުން ގަސް ބޭނުންވާ ފަރާތް ތަކުން އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހުގެ 14:00 ގެ ކުރިން ނަންނޯޓް ކުރެއްވުން އެދޭ ކަމަށެވެ. އެގޮތ...

ސަނިއްޔާ އަބޫބަކުރު
މެންބަރާއި ގުޅުވައިގެން ދޮގު މައުލޫމާތު ފަތުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ހޯރަފުށީ ކައުންސިލުން ގޮވާލައިފި

މެންބަރާއި ގުޅުވައިގެން ދޮގު މައުލޫމާތު ފަތުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ހޯރަފުށީ ކައުންސިލުން ގޮވާލައިފި

ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) އާއި ގުޅުވައިގެން ކޮށްފައިވާ ތުހުމަތު ތަކުގެ ޙަޤީޤަތް ހާމަ ކޮށްދީ، ދޮގު މައުލޫމާތު ފަތުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ހޯރަފުށީ ކައުންސިލުން ގޮވާލައިފިއެވެ. މިކަމާ ގުޅިގެން ހޯރަފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ގުޅޭގޮތުން ފަތުރަމުންދާ ދޮގު އިލްޒާމުތައް ކުށްވެރި ކުރާކަމަށެވެ. އަދި މެމްބަރު ސަލީމަށް ރައްދުވާ ގޮތަށް އިސްލާމް ދީނުގައި ހައްދ...

ސަނިއްޔާ އަބޫބަކުރު
ށ.އަތޮޅު މަދަރުސާގައި ރީޑިން ޕާކެއް ޤާއިމު ކުރުމުގެ މަސައްކަތުގައި ށ.އަތޮޅު ކައުންސިލުން ބައިވެރިވެއްޖެ

ށ.އަތޮޅު މަދަރުސާގައި ރީޑިން ޕާކެއް ޤާއިމު ކުރުމުގެ މަސައްކަތުގައި ށ.އަތޮޅު ކައުންސިލުން ބައިވެރިވެއްޖެ

ށ އަތޮޅު މަދަރުސާގައި ރީޑިންގ ޕާކެއް ޤާއިމު ކުރުމުގެ މަސައްކަތުގައި ށ. އަތޮޅު ކައުންސިލުން ބައިވެރިވެ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ށ. އަތޮޅު ކައުންސިލުން ސޮއިކުރައްވާފައި ވަނީ އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ޝިޔާމް އެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ޝިޔާމް ވިދާޅުވީ ށ އަތޮޅުގެ ތަރައްޤީގެ މައި ނާރެހަކީ އަތޮޅުގެ ތަޢުލީމީ ޖީލު ކަމަށާއި އެހެންކަމުން މި ޖީލު ބިނާ ކުރުމުގެ މަސައްކަތުގައި މުޅި ށ. އަތޮޅު ގުޅިގެން ކުރިއަށް ދިޔުމުގެ ދަތުރު […]

ސަނިއްޔާ އަބޫބަކުރު