މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
އުތުރު ރަށެއްގެ ޓީޗަރަކު އެއްޖިންސުން ގުޅުން ހިންގާތީ ސަސްޕެންޑް ކޮށްފަ ހުންނަތާ މަހެއް

އުތުރު ރަށެއްގެ ޓީޗަރަކު އެއްޖިންސުން ގުޅުން ހިންގާތީ ސަސްޕެންޑް ކޮށްފަ ހުންނަތާ މަހެއް

ރާއްޖޭން އުތުރު ރަށެއްގެ ޓީޗަރަކު އެއްޖިންސުން ގުޅުން ހިންގާ މައްސަލައެއްގައި ސަސްޕެންޑް ކޮށްފައި ހުންނަތާ މަހަކަށްވުރެއް ގިނަދުވަސް ވެފައިވާކަން ހާމަވެއްޖެ އެވެ. ޓީޗަރަކު އެއްޖިންސުން ހިންގާ މައްސަލައެއް ބަލަމުން ދާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ “ތިލަދުން” އަށް ކަށަވަރުކޮށްދެއްވާފަ އެވެ. މިނޫހުން ކުރި ސުވާލަކަށް ޖަވާބު ދެމުން ފުލުހުން ބުނީ އަޕަރ ނޯތު ޕޮލިސް ޑިވިޝަން (ހއ، ހދ، ށ) ހިމެނޭ ރަށެއްގައި ދެފިރިހެނުން އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލައެއް ޖޫން މަހުގެ 25 ވަނަ ދުވަހު...

އަލީ އާދިލް
ގޭތެރޭ ބޭނުންކުރާ ކަރަންޓް ސާމާނަށް، ނޮޅިވަރަންފަރު ކަނބަލުން އަހުލުވެރި ކުރުމަށް ޕްރޮގްރާމެއް ފަށައިފި 📍 ހދ. ނޮޅިވަރަންފަރު

ގޭތެރޭ ބޭނުންކުރާ ކަރަންޓް ސާމާނަށް، ނޮޅިވަރަންފަރު ކަނބަލުން އަހުލުވެރި ކުރުމަށް ޕްރޮގްރާމެއް ފަށައިފި

ގޭތެރޭ ބޭނުންކުރާ ކަރަންޓް ސާމާނަށް ނޮޅިވަރަންފަރުގެ ކަނބަލުން އަހުލުވެރި ކުރުމުގެ ގޮތުން ކުރިއަށް ގެންދާ “ޑޮމެސްޓިކް އެޕްލިއެންސް ސޭފްޓީ ޕްރޮގްރާމް” އެ ރަށުގައި ފަށައިފިއެވެ. މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އާއި ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިޔަށް ގެންދާ  މި ޕްރޮގްރާމް އިއްޔެ ފަށާފައިވާއިރު، މި ޕްރޮގްރާމް ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ...

އިބްރާހިމް ޚަލީލް
ދިއްދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. ދިއްދޫ

ދިއްދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ .ދިއްދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އެ ކައުންސިލްގެ 5 ވަނަ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އެ ރަށުގައި ރަޖިސްޓަރީ ކޮށްފައިވާ ކުލަބް ޖަމިއްޔާތަކަށް ހުޅުވާލައިފިއެވެ. ދިއްދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގައި ރަޖިސްޓްރީކޮށް ހިންގަމުންދާ ކުލަބް ޖަމްޢިއްޔާތަކާއި އެ ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ކުޅިވަރުގެ ރޫޙު...

އިބްރާހިމް ޚަލީލް
ހާ ޓު ސީނު ޓުއަރިޒަމް އެންޑް ޓްރޭޑް ފެސްޓިވަލް އަންނަމަހު ފަށަނީ

ހާ ޓު ސީނު ޓުއަރިޒަމް އެންޑް ޓްރޭޑް ފެސްޓިވަލް އަންނަމަހު ފަށަނީ

ހާ ޓު ސީނު ޓުއަރިޒަމް އެންޑް ޓްރޭޑް ފެސްޓިވަލް އަންނަ ސެޕްޓެމްބަރު މަހުގެ 15 ގައި ފެށުމަށް ތައްޔާރުވަމުން އެބަދެއެވެ. މި ފެސްޓިވަލްގައި ބައިވެރިވުމުގެ ސުންގަޑި އަކީ މިމަހުގެ 10 ވަނަ ދުވަހުގެ 23:59 އެކެވެ. ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މިފެސްޓިވަލް ކުރިއަށްދާނީ އަންނަ މަހުގެ 15 އިން 18 އަށް ކޮންމެ ދުވަހަކު ހަވީރު 16:00 އިން ރޭގަނޑު 23:50 އަށެވެ. ފެސްޓިވަލްގައި މިހާތަނަށް ބައިވެރިވެފައިވާ ރަށްތަކުގެ ތެރޭގައި ކ. މާފުށި، ގއ. ކަނޑުހުޅުދޫ، ގއ. […]

އަލީ އާދިލް
މިލަންދޫ ސްކޫލަށް އެސްޓީއޯގެ އެހީތެރިކަން 📍 ށ. މިލަންދޫ

މިލަންދޫ ސްކޫލަށް އެސްޓީއޯގެ އެހީތެރިކަން

މިލަދުންމަޑުލު އުތުރު ބުރީ (ށ. އަތޮޅު) މިލަންދޫ ސްކޫލަށް، ސްޓޭޓް ޓްރޭޑީން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. މިލަންދޫ ސްކޫލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި އަދި ޓްވީޓާގައި ބުނެފައި ވަނީ އެ ސްކޫލަށް އެސްޓީއޯގެ ފަރާތުން ފަސް ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާކޮށްފަ ވާކަމަށެވެ. އެހެންވެ، އެ ސްކޫލުން ވަނީ އެސްޓީއޯގެ މި އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ. މި އެހީތެރިކަމާ ގުޅިގެން އެސްޓީއޯއިން ބުނީ މި އެހީތެރިކަން ދެވުނީތީ އުފާކުރާ ކަމަށެވެ. އަދި މި އެހީގެ ސަބަބުން ކުރިމަގުގައި މިލަ...

ޔުމްނާ ޢަލީ
ހޯރަފުށީ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ބޮޑުބައެއް ނިމިއްޖެ

ހޯރަފުށީ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ބޮޑުބައެއް ނިމިއްޖެ

ހއ. ހޯރަފުށީ އެއާޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 60 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ބޭރުތޮށި ލުމުގެ މަސައްކަތާއި މިހާރު ހުރި ގްރޮއިން ރީޕްރޮފައިލް ކުރުމުގެ މަސައްކަތްތައް ވަނީ ނިމިފައެވެ. އެމްޓީސީސީން ބުނި ގޮތިގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ […]

އަޙްމަދު ވަހީދު
ކުރިއަށް އޮތް 36 ގަޑިއިރުގެ މޫސުން: ވައިގަދަ، ކަނޑުތައް ވަރަށް ބޮޑަށް ގަދަ، އުދައެރުން އެކަށީގެންވޭ

ކުރިއަށް އޮތް 36 ގަޑިއިރުގެ މޫސުން: ވައިގަދަ، ކަނޑުތައް ވަރަށް ބޮޑަށް ގަދަ، އުދައެރުން އެކަށީގެންވޭ

ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިކަމަށާއި ކުރިއަށް އޮތް 36 ގަޑިއިރުގެ ތެރޭގައި މޫސުން ގޯސް ވާނެކަމަށް މުސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ. މެޓް އޮފީހުން ވިދާޅުވީ، ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި އެކު ކުރިއަށް އޮތް 36 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވެ އުދައެރުން އެކަށީގެންވާކަމަށެވެ. ޚާއްސަކޮށް މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވުމާއެކު […]

އިބްރާހިމް އަސްވާޤް
ނޮޅިވަރަމް 6 ކުލާހަށް ބޭނުންވާ ގޮނޑިޔާއި މޭޒު، މާލޭ ބޯޓަށް އަރުވައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް 6 ކުލާހަށް ބޭނުންވާ ގޮނޑިޔާއި މޭޒު، މާލޭ ބޯޓަށް އަރުވައިފި

ނޮޅިވަރަމް ސުކޫލުގައި އަލަށް އިމާރާތް ކޮށްފައިވާ ހަ ކުލާސް ރޫމަށް ބޭނުންވާ އެންމެހާ ފަރުނީޗަރު އެ ރަށަށް ފޮނުވުމަށްޓަކައި މިހާރު ބޯޓަށް އަރުވާފައިވާ ކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ. ޖާގައިގެ ދަތިކަން އިންތިހާއަށް އޮތް ނޮޅިވަރަމު ސުކޫލަށް އިތުރު ކުރެވުނު 6 ރޫމް އިމާރާތުގެ މަސައްކަތް ނިމި، އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރިތާ ހަމަސް ދުވަހަށްވުރެ ގިނަ ދުވަސް ފާއިތުވެ ފެށޭ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު އެ ކުލާސް ރޫމްތައް ބޭނުންކުރަން ފެށުމަށް ބޭނުންވާ ސާމާނު ހަމަވެފައި ނުވާތީ […]

އިބްރާހިމް ޚަލީލް
ހަނިމާދޫ މަގުތަކުގައި ތާރު އަޅައި ނިމިއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫ މަގުތަކުގައި ތާރު އަޅައި ނިމިއްޖެ

ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، 46,466 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މި މަޝްރޫއުގެ ދަށުން، 16,518 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކޮށް، 38,916 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރާނެއެވެ. އަދި، 19,679.7 އަކަ މީޓަރުގެ […]

އަޙްމަދު ވަހީދު
ރީނދޫ ސަމާލު: ތިލަދުންމަތިން ފެށިގެން އަރިއަތޮޅު ދެކުނަށް ކަނޑުތައް ވަރަށް ގަދަވާނެ

ރީނދޫ ސަމާލު: ތިލަދުންމަތިން ފެށިގެން އަރިއަތޮޅު ދެކުނަށް ކަނޑުތައް ވަރަށް ގަދަވާނެ

މޫސުން ގޯސްވެ، ތިލަދުންމަތިން ފެށިގެން އަރިއަތޮޅު ދެކުނަށް ބާރު ވަޔާއެކު ކަނޑުތައް ވަރަށް ގަދަވާނެ ލަފާކޮށް ރީނދޫ ސަމާލު ނެރެފި އެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު 12:30 އިން ފެށިގެން ހަވީރު 16:30 އާއި ހަމައަށެވެ. މިވަގުތުތަުގައި އެ ސަރަޙައްދުތަކަށް ބާރު ވައިޖެހި، ކަނޑުތައް ވަރަށް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ […]

ޝިއުނާ އާދަމް
ކޭއާރުއެޗުން 3000 އަށް ވުރެ ގިނަ އެމްއާރުއައި ހަދައިފި 📍 ހދ. ކުޅުދުއްފުށި

ކޭއާރުއެޗުން 3000 އަށް ވުރެ ގިނަ އެމްއާރުއައި ހަދައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި މެގްނެޓިކް ރެސޮނެންސް އިމޭޖިން (އެމްއާރުއައި) ގެ ޚިދުމަތް ފެށިފަހުން މިހާތަނަށް 3000 އަށްވުރެ ގިނަ ހަދައިފި އެވެ. އެހޮސްޕިޓަލުގައި އެމްއާރުއައިގެ ޚިދުމަތް ދޭންފެށުނީ 2021 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ. އެއީ 23 މިލިއަން ރުފިޔާއަށް ވުރެ އަގު ބޮޑު ޕްރޮޖެކްޓެކެވެ. ކޭއާރުއެޗުން މިއަދު ވިދާޅުވީ، އެ ހޮސްޕިޓަލުގައި އެމް.އާރު.އައި ހިދުމަތް ދޭން ފެށިފަހުން 3000 އަށް ވުރެ ގިނަ އެމް.އާރު.އައި ސްޓަޑީސް ހެދިފައިވާ […]

ޔުމްނާ ޢަލީ
އުތީމުގައި ހޭންޑް ބޯލް ތަމްރީން ޕްރޮގްރާމެއް 📍 ހއ. އުތީމު

އުތީމުގައި ހޭންޑް ބޯލް ތަމްރީން ޕްރޮގްރާމެއް

ހއ. އުތީމުގައި ހޭންޑް ބޯލް ތަމްރީން ޕްރޮގްރާމެއް ހިންގަން ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ތަމްރީން ޕްރޮގްރާމަކީ، އުތީމު ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި އަދި ހޭންޑް ވޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދަން ނިންމާފައިވާ ޕްރޮގްރާމެކެވެ. މި ތަމްރީން ޕްރޮގްރާމްގައި އެރަށުގެ ދެ ޖިންސުގެ މީހުންނަށް ވެސް ބައިވެރިވެވޭނެ ކަމަށް އުތީމު ކައުންސިލުން ވިދާޅުވެއެވެ. މި އޯގަސްޓް މަހުގެ 11 އިން 20ގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމ...

ޔުމްނާ ޢަލީ
މޭޒާއި ގޮނޑި ނުހޯދިގެން، ނޮޅިވަރަމް ސުކޫލު 6 ކުލާސްރޫމުގައި ކިޔަވައިދޭން ނުފެށި 6 މަސް 📍 ހދ. ނޮޅިވަރަމް

މޭޒާއި ގޮނޑި ނުހޯދިގެން، ނޮޅިވަރަމް ސުކޫލު 6 ކުލާސްރޫމުގައި ކިޔަވައިދޭން ނުފެށި 6 މަސް

ޖާގައިގެ ދަތިކަން އިންތިހާއަށް އޮތް ހދ. ނޮޅިވަރަމު ސުކޫލަށް އިތުރު ކުރެވުނު 6 ރޫމް އިމާރާތުގެ މަސައްކަތް ނިމިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިޢުލާން ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. މިނިސްޓްރީ އާއި ހަވާލުކުރިތާ ގާތްގަނޑަކަށް ހަމަސް ދުވަހަށްވުރެ ގިނަ ދުވަސް މިވަނީ ފާއިތު ވެފަ އެވެ. ފެށޭ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު އެ ކުލާސް ރޫމްތަކުގެ ބޭނުންކުރަން ފެށުމަށް ބޭނުންވާ ސާމާނު ހަމަވެފައި ނުވާތީ އެކަމުގެ ކަންބޮޑުވުން އެރަށުގެ ރައްޔިތުން […]

އިބްރާހިމް ޚަލީލް
ރީނދޫ ސަމާލު: ތިލަދުންމަތިން ފެށިގެން މާޅޮސްމަޑުލު ދެކުނަށް ބޯކޮށް ވާރޭވެހޭނެ

ރީނދޫ ސަމާލު: ތިލަދުންމަތިން ފެށިގެން މާޅޮސްމަޑުލު ދެކުނަށް ބޯކޮށް ވާރޭވެހޭނެ

މޫސުން ގޯސްވެ، ތިލަދުންމަތިން ފެށިގެން މާޅޮސްމަޑުލު ދެކުނުބުރިއަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި އެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ރީނދޫ ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ބ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 06:15 އިން ފެށިގެން 10:00 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށްފައިވެއެވެ. މެޓް އޮފީހުން ވިދާޅުވީ، […]

އިބްރާހިމް އަސްވާޤް
ގިނަ ވައްތަރުގެ މުދާ އެއްތަނަކުން، ބެސްޓް ބަޑީގެ ބޮޑު ފިހާރައެއް ކުޅުދުއްފުށީގައި ހުޅުވައިފި 📍 ހދ. ކުޅުދުއްފުށި

ގިނަ ވައްތަރުގެ މުދާ އެއްތަނަކުން، ބެސްޓް ބަޑީގެ ބޮޑު ފިހާރައެއް ކުޅުދުއްފުށީގައި ހުޅުވައިފި

ތަފާތު ގިނަ ބާވަތުގެ މުދަލާއެކު ބެސްޓްބަޑީގެ ބޮޑު ފިހާރައެއް ކުޅުދުއްފުށި ސިޓީގައި ހުޅުވައިފި އެވެ. ހިޖުރީ އާއަހަރާއި ދިމާކޮށް ބެސްޓް ބަޑީން އަލަށް ހުޅުވި މި ފިހާރައިން ތަފާތު ގިނަ ބާވަތްތަކުގެ މުދާ ހެޔޮއަގުގައި ލިބޭނެކަމަށް އެފަރާތުން ހާމަކުރެއެވެ. މިފިހާރަ ހުޅުވާފައިވަނީ ކުޅުދުއްފުށީ ބޭރުމަގު އެތުމާ ދަގަނޑު ގުދަން ކުރިމަތިން ބަރާބަރު ފިހާރަ ހުންނަ މަގުގަ އެވެ. މިފިހާރައިން ބަދިގޭގައި ގެންގުޅޭ އެކި ވައްތަރުގެއިލެކްޓްރޯނިކް ސާމާނު ލިބެން ހުރެއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ މެދުގައި...

އިބްރާހިމް އަސްވާޤް