📍 ހއ. ދިއްދޫ
ހއ. ދިއްދޫގައި ކުރިއަށް ގެންދިޔަ "ފަތަން ދަސްކުރަމާ 2022" ކާމިޔާބުކަމާއިއެކު ނިންމާލައިފި
ހއ. ދިއްދޫ މިޑްލްސްޕޯޓްސް ކުލަބުން ކުރިއަށްގެންދިޔަ “ފަތަން ދަސްކުރަމާ 2022” ކާމިޔާބުކަމާއިއެކު ނިންމާލައިފި އެވެ. މިއަހަރަގެ ޕްރޮގުރާމަކީ ދިއްދޫގައި މިހާތަނަށް ބޭއްވުނު މިފަދަ އެންމެ ބޮޑު ހަރަކާތެވެ. 244 ކުދިންނަށް މިހަރަކާތުގައި ވަނީ ބައިވެރި ވެފައެވެ. ދިއްދޫ މިޑްލްސްޕޯޓްސް ކުލަބުން މަޢުލޫމާތު ދެއްވިގޮތުގައި މި ހަރަކާތް ކުރިއަށް ގެންދެވުނީ 20 ދުވަހަށެވެ. 244 ކުދިން ބައިވެރިވެފައިވާރު އެކަށީގެންވާ ވަރަށް ހާޒިރުނުވެގެން 31 ކުދިންވަނީ ވަކިވެފަ އެވެ. 176 ކުދިން މިހަރަކާތުން ފާސްވެފައިވާއިރު ފެއިލް...