މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ހަނިމާދޫގައި ވޮލީ ކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ވޮލީ ކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދަނީ

ހދ.ހަނިމާދޫ ޔޫތްސެންޓަރުގެ ގޯތިތެރޭގައި ވޮލީ ކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ހަނިމާދޫ ކައުންސިލުން އިޢުލާން ކޮށްފިއެވެ. ހަނިމާދޫ ކައުންސިލުން މިއަދު ކޮށްފައިވާ އިޢުލާނުގައި ވަނީ މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 17 މެއި 2022 ވަނަ ދުވަހުގެ 11:30 އަށް އެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދިނުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ. މި މަސައްކަތް ކޮށްދިނުމަ...

އިބްރާހިމް ޚަލީލް
ދިއްދޫ ކައުންސިލުން މާދަމާއިން ފެށިގެން އައިޑީކާޑު ހެދުމުގެ ޚިދުމަތް ފަށަނީ 📍 ހއ. ދިއްދޫ

ދިއްދޫ ކައުންސިލުން މާދަމާއިން ފެށިގެން އައިޑީކާޑު ހެދުމުގެ ޚިދުމަތް ފަށަނީ

ހއ. ދިއްދޫ ކައުންސިލުން މާދަމާއިން ފެށިގެން އައިޑީކާޑު ހެދުމުގެ ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. ހއ. އަތޮޅު ކައުންސިލުން ވިދާޅުވި ގޮތުގައި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދިނުމަށް ސަރުކާރުން ގެންގުޅުއްވާ އުސޫލުގެ ތެރެއިން ދިއްދޫ ރައްޔިތުންނަށް ބޭނުންވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމުގެ މަސައްކަތް ވަނީ މާދަމާއިން ފެށިގެން ދިއްދޫ ކައުންސިލަށް ބަދަލުކޮށް، އެކައުންސިލުން ދޭ ޚިދުމަތެއްގެ ގޮތުގައި ހަމަޖަ...

ޔުމްނާ ޢަލީ
ނޭކުރެންދޫ ވޮލީ މުބާރާތް: ''ކަލިޔާ'' ބަލިކޮށް ''ނަމުރު'' ޗެމްޕިއަންކަން ހޯދައިފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ވޮލީ މުބާރާތް: ''ކަލިޔާ'' ބަލިކޮށް ''ނަމުރު'' ޗެމްޕިއަންކަން ހޯދައިފި

ހދ. ނޭކުރެންދޫ ގައި ފިތުރުޢީދާ ދިމާކޮށް އެރަށު ޒުވާނުން އިސްނަގައިގެން ކުރިޔަށްގެންދިޔަ ފިރިހެނުންގެ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ނަމުރު ޓީމުން ހޯދައިފިއެވެ. ހުކުރު ދުވަހު ހަވީރު ކުޅުނު ފައިނަލްމެޗް ނަމުރު ޓީމް ކާމިޔާބުކުރީ 3-1 ސެޓުން ކަލިޔާޓީމްގެ މައްޗަށް ކުރިހޯދައިގެންނެވެ. މެޗުގެ ފުރަތަމަ ސެޓް 25-20 އިން ނަމުރު ޓީމެވެ. ދެވަނަ ސެޓް ނަމުރު ޓީމް ހޯދީ 25-16 އިން ނެވެ. ތިންވަނަ ސެޓް 21-25 އިން ހޯދީ ކަލިޔާ ޓީމް އިންނެވެ. ފަހުސެޓް ނަމުރު ޓީމް […]

އަލީ ރިޔާޟް
ނައިފަރުން ލިބުނީ ފުރިހަމަ އެހީތެރިކަމެއް، ބޯޓު މިރޭ މާލެ ދާން ފުރާނެ: ފޯކައިދޫ ކައުންސިލް 📍 ށ. ފޯކައިދޫ

ނައިފަރުން ލިބުނީ ފުރިހަމަ އެހީތެރިކަމެއް، ބޯޓު މިރޭ މާލެ ދާން ފުރާނެ: ފޯކައިދޫ ކައުންސިލް

ށ. ފޯކައިދޫއިން ފުރައިގެން މާލެ ދަތުރު ކުރަނިކޮށް ފުރާގު 2 ބޯޓު ފަރަށް އެރި ހާދިސާގައި ނައިފަރު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ލިބުނީ ވަރަށް ފުރިހަމަ އެހީތެރިކަމެއް ކަމަށް ފޯކައިދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. އެ ބޯޓު ފުންކޮށް މިރޭ 01:16 ހާއިރު ނައިފަރު ބަނދަރަށް ވައްދާފައިވާއިރު، އެކަން ފާހަގަކުރައްވައި ފޯކައިދޫ ކައުންސިލުން ވިދާޅުވީ، މި އުނދަގޫ ވަގުތުގައި ނައިފަރު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ލިބުނީ ވަރަށް ފުރިހަމަ އެހީތެރިކަމެއް ކަމަށެވެ. އަދި އެކަމުގައި އެއްބާރުލުން ދެއްވި ހުރިހާ...

ޙުސައިން ޝަހުދީ
ފަރަށް އެރި ފުރާގު ބޯޓު ފުންކޮށްފި 📍 ށ. ފޯކައިދޫ

ފަރަށް އެރި ފުރާގު ބޯޓު ފުންކޮށްފި

ށ. ފޯކައިދޫއިން ފުރައިގެން މާލެ ދަތުރު ކުރަނިކޮށް ފަރަށް އެރި ފުރާގު 2 ބޯޓު ފުންކޮށްފިއެވެ. މި ބޯޓު އުރިފައި ވަނީ ޅ. ފެލިވަރު ކައިރީ އޮންނަ ފަރަކަށެވެ. މި ބޯޓު ދަތުރު ކުރަމުން ދިޔައީ 130 މީހުންނާއި އެކުގައެވެ. މިއަދު 2 ޖަހާކަށްހާއިރު ފޯކައިދޫން ފުރި މި ބޯޓު ފަރަށް ފެލިވަރު ފަރަށް އަރާފައި ވަނީ މިރޭ އިރާ ކޮޅު 8:30 ހާއިރު އެވެ. އެމްއެންޑީއެފުން ވިދާޅުވީ، ‏ފަރަށް އެރި، “ފުރާގު 2” ބޯޓް، “ލިލީ” އަދި […]

ޙުސައިން ޝަހުދީ
އުތުރަށް ހުދު ސަމާލު: ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ

އުތުރަށް ހުދު ސަމާލު: ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ

މޫސުން ގޯސްވެ، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ޅ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިރޭ ދަންވަރު 02:00 އިން ފެށިގެން ހެނދުނު 8:00 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް […]

އަލީ އާދިލް
ފާއިތުވި ރަމަޟާން މަހު މަކުނުދޫ ކައުންސިލުން ކުރިއަށް ގެންދިޔައީ ނަމޫނާ އިހްޔާފޯރަމްތަކެއް! 📍 ހދ. މަކުނުދޫ

ފާއިތުވި ރަމަޟާން މަހު މަކުނުދޫ ކައުންސިލުން ކުރިއަށް ގެންދިޔައީ ނަމޫނާ އިހްޔާފޯރަމްތަކެއް!

ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަސް އިހްޔާ ކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން އިހްޔާ ފޯރަމްތަކެއް ކުރިއަށް ގެންދެއެވެ. އެއީ މިނިސްޓްރީގެ މަސައްކަތެއްގެ ގޮތުގައި ދެކެމުން އައި އައުން ބަދަލުކޮށް، އެއީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ ފެންވަރުގައި ވެސް ކުރިއަށް ގެންދެވިދާނެ ޕްރޮގްރާމް ތަކެއްކަން ހދ. މަކުނދޫ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ފާއިތުވި ރަމަޟާންމަހު ސިލްސިލާކޮށް ކުރިއަށް ގެންދިޔަ ފެންވަރު ރަނގަޅު އިހްޔާ ފޯރަމްތަކުން ހާމަވެގެންދެއެވެ. މަކުނުދޫ ކައުނ...

އިބްރާހިމް ޚަލީލް
ކުރިނބީގައި ތަރައްގީ ކުރަމުންދާ ކުޑަކުދިންގެ ޕާކަށް ކިޔާނެ ނަމެއް ހޯދަނީ

ކުރިނބީގައި ތަރައްގީ ކުރަމުންދާ ކުޑަކުދިންގެ ޕާކަށް ކިޔާނެ ނަމެއް ހޯދަނީ

ހދ. ކުރިނބީގައި ތަރައްގީ ކުރަމުންދާ ކުޑަކުދިންގެ ޕާކަށް ކިޔާނެ ނަމެއް ހޯދުމަށް އާންމުން ޚިޔާލު ހުށަހެޅުމުގެ ފުރުޞަޠު އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ. ކުރިނބީ ކައުންސިލުން ވިދާޅުވީ، އެރަށުގައި ތަރައްގީ ކުރަމުންދާ ކުޑަކުދިންގެ ޕާކަށް ކިޔާނެ ރީތި ނަމެއް ހޯދުމަށް އާންމުން ޚިޔާލަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ އާދީއްތަ ދުވަހުގެ ކުރިން އެކަމަށް ޚާއްޞަކޮށްފައިވާ ފޯމް މެދުވެރިކޮށް ނަން ހުށަހެޅުމަށް އެރަށު ކައުންސިލުން އެދެއެވެ. އެ ފޯމް ކައުންސިލްގެ ވެބްސ...

ޝިއުނާ އާދަމް
ނޭކުރެންދޫ ވޮލީ މުބާރާތް: ދެމެޗުން މޮޅުވެ ޓީމް ނަމުރު ފައިނަލަށް 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ވޮލީ މުބާރާތް: ދެމެޗުން މޮޅުވެ ޓީމް ނަމުރު ފައިނަލަށް

ނޭކުރެންދޫގައި މިހާރު ކުރިޔަށް ދާ ”ނަސްރު ބޯޓް ޢީދު ކަޕް” ވޮލީ މުބާރާތުގެ ފައިނަލަށް ޓީމް ނަމުރު ދަތުރު ކޮށްފިއެވެ. ނަމުރު ޓީމް ފައިނަލަށް ދިޔައީ މިޔަދު ކުޅުނު މެޗް ސީދާ ތިންސެޓުން ޓީމް ކަލިޔާ ބަލި ކޮށްގެންނެވެ. މެޗުގެ ސެޓްތަށް ދިޔައީ ފުރަތަމަ ސެޓް 25-12 އިން ދެވަނަ ސެޓް 25-18 އަދި ތިންވަނަ ސެޓް 25-20 އިންނެވެ. މިއަދުގެ މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ނަމުރު ޓީމްގެ ޖާޒީ ނަމްބަރ 4 މުހައްމަދު ނާޝިދު […]

އަލީ ރިޔާޟް
ހަނިމާދޫ ކެތިއަރާ މަސް ރޭހުގެ ޗެމްޕިއަންކަން ދިރުން ފިޝިންގ ޓީމަށާއި، ޓީމް ގާދޮށު މަރިޔައަށް 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކެތިއަރާ މަސް ރޭހުގެ ޗެމްޕިއަންކަން ދިރުން ފިޝިންގ ޓީމަށާއި، ޓީމް ގާދޮށު މަރިޔައަށް

ހދ. ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ކެތިއަރާ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން މި އަހަރުގެ ފިތުރު ޢީދުގެ މުނާސަބަތުގައި ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މަސްރޭހުގެ ފިރިހެން ބައި ގެ އެއްވަނަ ދިރުން ފިޝިންޓީމް، އަދި އަންހެން ބައިގެ އެއްވަނަ ޓީމް ގާދޮށު މަރިޔަ ކާމިޔާބު ކޮށްފިއެވެ. މި މުބާރާތް ދެ ދުވަހަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައިވާއިރު ޢީދު ދުވަހު (02 މެއި 2022) ކުރިއަށް ގެންގޮސްފައި ވަނީ އަންހެން ކެޓަގަރީގެ […]

އިބްރާހިމް ޚަލީލް
ތިލަދުންމަތީގެ އިޤްތިސާދު ހިންގާލެވޭނީ، ހަނިމާދޫ އެއާރޕޯޓް ތަރައްޤީ ކޮށްގެން: އަމީން 📍 ހދ. ހަނިމާދޫ

ތިލަދުންމަތީގެ އިޤްތިސާދު ހިންގާލެވޭނީ، ހަނިމާދޫ އެއާރޕޯޓް ތަރައްޤީ ކޮށްގެން: އަމީން

ތިލަދުންމަތީގެ އިޤްތިސާދު ހިންގާލުމަށް އެންމެ ފަސޭހަ މަގަކީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓް ތަރައްޤީ ކޮށްގެންކަމަށް ހދ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް، އަދި ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެ އެވެ. އަމީން މިހެން ވިދާޅުވީ، “އުތުރުގެ ތަރައްޤީއާ ގުޅިފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓް” މިސުރުހީގެ ދަށުން މީސްމީޑިޔާގައި ހިއްސާ ކުރެއްވި ލިޔުމެއްގަ އެވެ. މިލިޔުމުގައި އަމީން ވިދާޅުވެފައި ވަނީ، އުތުރުގެ ތަރައްޤީ އާއި ހަނިމާދޫ އެއާރޕޯޓް ފުރިހަމަ އިންޓަނޭޝަނަލް އެއާރޕޯޓް...

އަލީ އާދިލް
ނޭކުރެންދޫ ޒުވާނުން އިސްނަގައިގެން ވޮލީ މުބާރާތެއް ފަށައިފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ޒުވާނުން އިސްނަގައިގެން ވޮލީ މުބާރާތެއް ފަށައިފި

ނޭކުރެންދޫ ޒުވާނުން އިސްނަގައިގެން އެރަށުގައި ވޮލީ މުބާރާތެއް ފަށައިފިއެވެ. މި މުބާރަތް ހުޅުވި މެޗްގައި ބައްދަލުކުރީ “ގަމަނަ” އަދި “ނަމުރު” އެވެ. ސީދާ ތިން ސެޓުން މެޗް ކާމިޔާބް ކުރީ ނަމުރު އެވެ. ފުރަތަމަ ސެޓް 25-22 އިން ދެވަނަ ސެޓް 25-20 އަދި ތިންވަނަ ސެޓް 25- 19 އިންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާއަށް އިނާމް ހަވާލް ކޮށްދިނީ މެޗްގެ ޝަރަފް ވެރި މެހެމާން ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލީ ސިރާޖް އެވެ. މެޗްގެ […]

އަލީ ރިޔާޟް
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ފައްޔާޒު ހޮވުން މުހިންމު، ލީޑާޝިޕް އެބަފެނޭ: މޭޔަރު އާތިފް

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ފައްޔާޒު ހޮވުން މުހިންމު، ލީޑާޝިޕް އެބަފެނޭ: މޭޔަރު އާތިފް

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އަށް ކާމިޔާބު ކުރުމަށް، އެ ޕާޓީގެ ޗެއާޕާސަން އިންތިޚާބުގައި އެ މަޤާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) ހޮވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. ފަޔާއަށް ތާއީދުކުރައްވަން ނިންމެވިކަން ހާމަކުރައްވަމުން ދެއްވި ވީޑިއޯ މެސެޖެއްގައި މޭޔަރު އާތިފް ވިދާޅުވީ، އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ މުއައްސަސާ ކަމަށެވެ. އަދި އެންމ...

އަލީ އާދިލް
ޢީދު ފާހަގަކުރުމަށް ފިއްލަދޫގައި މަސް ރޭހެއް ބާއްވައިފި 📍 ހއ. ފިއްލަދޫ

ޢީދު ފާހަގަކުރުމަށް ފިއްލަދޫގައި މަސް ރޭހެއް ބާއްވައިފި

ހއ. ފިއްލަދޫ އިޖުތިމާޢީ މަރުކަޒާއި ފިއްލަދޫ ސްޕޯރޓްސް އެކަޑެމީ ގުޅިގެން ފިތުރު ޢީދު ފާހަގަކުރުމުގެ ގޮތުން ފިއްލަދޫގައި މަސް ރޭހެއް ބާއްވައިފިއެވެ. މި މަސްރޭހުގައި ޖުމްލަ 9 ޓީމެއް ވަނީ ބައިވެރި ވެފައެވެ.އީދު ދުވަހުގެ މެންދުރުފަހު 14:00 އިން ރޭގަނޑު 21:30 އަަށް ކުރިޔަށް ގެންދެވުނު މި މަސްރޭހުގައި 53.8 ކިލޯގެ މަސް ބާނައިގެން ޗެންޕިއަން ޓީމަށް ކަޑައަޅާފައިވާ -/3000 ރުފިޔާ ހޯދާފައިވަނީ މި މުބާރާތުގެ ވާދަކުރި ހަމައެކަނި އަންހެން ޓީމް ކަމަށްވާ މަސްވެރި ކަނބަލުންގެ ޓީމެވެ. […]

އަލީ އާދިލް
ނުކުމެ މިތިބީ ހުއްޓިފައިހުރި ޖަގަހަ ތަކާއި ހަރަކާތްތަށް ހިންގާލަން: ފަޔާ

ނުކުމެ މިތިބީ ހުއްޓިފައިހުރި ޖަގަހަ ތަކާއި ހަރަކާތްތަށް ހިންގާލަން: ފަޔާ

ނުކުމެ ތިއްބެވީ ހުއްޓިފައިހުރި ޖަގަހަ ތަކާއި ހަރަކާތްތަށް ހިންގާލަން ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) ވިދާޅުވެއްޖެއެވެ. (ފަޔާއާއި، އޭނާގެ ހިންގާލަން ޓީމް އިއްޔެ ވަނީ ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ކެމްޕެއިނަށް ވަޑައިގެންފައެވެ. ކުޅުދުއްފުށީ މަގުން ހދ. ގެ ބައެއް ރަށްތަކަށް ފެއްޓެވި މި ދަތުރުގައި މި ޓީމް އިއްޔެ ވަނީ ކުމުންދޫ، ނޭކުރެންދޫ އަދި މަކުނޫއަށް ޒިޔާރަތްކޮށް ޕާޓީގެ މެންބަރުންނާއި ބައްދަލުކޮށްފ...

އަލީ އާދިލް