މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ހޯރަފުށީ އަންހެނުން ކޮމެޓީން ހއ. އަތޮޅު މަދަރުސާއަށް އެހީއެއް 📍 ހއ. ހޯރަފުށި

ހޯރަފުށީ އަންހެނުން ކޮމެޓީން ހއ. އަތޮޅު މަދަރުސާއަށް އެހީއެއް

ހއ. ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެރަށުގައި ހުންނަ ހއ. އަތޮޅު މަދަރުސާއަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ހާމަކުރައްވާފައިވާ ގޮތުގައި އެ ކޮމެޓީން ވަނީ ހއ. އަތޮޅު މަދަރުސާއަށް އެހީތެރިވުމުގެ ގޮތުން އެ ސްކޫލަށް އޭސީ އެއް ހަދިޔާކޮށްފައެވެ. ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އަންނަނީ އެރަށުގެ މުއައްސަސާތަކަށް އެކި ގޮތްގޮތުން މިފަދަ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމު...

ޔުމްނާ ޢަލީ
ނަރުދޫ ބަނދަރު މަރާމާތު ކުރަން އެމްޓީސީސީއާއި ހަވާލުކޮށްފި 📍 ށ. ނަރުދޫ

ނަރުދޫ ބަނދަރު މަރާމާތު ކުރަން އެމްޓީސީސީއާއި ހަވާލުކޮށްފި

ށ. ނަރުދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި މިއަދު ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މި މަޝްރޫޢުގެ ދަށުން އެރަށުގެ މިހާރުގެ ބަނދަރުގެ 36،010.00 ކިއުބިކް މީޓަރު ފުންކޮށް، ބަނދަރަށް އި...

ޔުމްނާ ޢަލީ
އިހަވަންދޫ ބަނދަރުގެ ބޮޑުބައެއް ނިމިއްޖެ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބަނދަރުގެ ބޮޑުބައެއް ނިމިއްޖެ

ހއ. އިހަވަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 85 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި ބޭރުތޮށީގެ ވޭރިއޭޝަން މަސައްކަތްތަކުގެ 90 އިންސައްތަ ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން. މި މަޝްރޫއުގެ ދަށުން 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 284 މީޓަރުގެ ސަރަ...

އަޙްމަދު ވަހީދު
ދިއްދޫ މަގުތަކުގައި ތާރު އަޅަން އާރްޑީސީއާ ހަވާލުކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ މަގުތަކުގައި ތާރު އަޅަން އާރްޑީސީއާ ހަވާލުކޮށްފި

ހއ. ދިއްދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝާން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކެވެ. މި މަޝްރޫއުގެ ދަށުން 5.4 ކިލޯމީޓަރު މަގުގައި ތާރު އަޅާނެއެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު […]

އަޙްމަދު ވަހީދު
ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ޝައުގުވެރިވާ ޒުވާން ހޯދަން ކުޅުދުއްފުށި ސިޓީ އަށް 📍 ހދ. ކުޅުދުއްފުށި

ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ޝައުގުވެރިވާ ޒުވާން ހޯދަން ކުޅުދުއްފުށި ސިޓީ އަށް

ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ޝައުގުވެރިވާ ޒުވާން ހޯދުމަށް މޯލްޑިވްސް ކަރެކްޝަން ސަރވިސްގެ ޓީމެއް ކުޅުދުއްފުށީ ސިޓީއަށް ޒިޔާރަތްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު އާންމުކުރެއްވި ޢިއުލާނެއްގައި ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަން ސާވިސްގައި މަސައްކަތް ކުރުމަށް ގިނަ އަދަދެއްގެ އޮފިސަރުން ހޯދުމަށް އެ ސާވިސްއިން ބޭނުންވާ ކަމަށެވެ. އެހެންކަމުން މިކަމަށް ޝައުގުވެރިވާ ޒުވާނުން ހޯދުމަށް މޯލްޑިވްސް ކަރެކްޝަން ސަރވިސްގެ ޓީމެއް ކުޅުދުއްފުށީ ސިޓީއަށް ޒިޔާރަތް ކުރުމަށް ނިންމާފ...

ޔުމްނާ ޢަލީ
ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ތަނެއް ހެދުމަށް، ވަށަފަރު ދަތުރުހިޔާގެ ހުސްބިން ކުއްޔަށް ދޫކުރަނީ 📍 ހއ. ވަށަފަރު

ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ތަނެއް ހެދުމަށް، ވަށަފަރު ދަތުރުހިޔާގެ ހުސްބިން ކުއްޔަށް ދޫކުރަނީ

ތިލަދުންމަތީ އުތުރުބުރީ ވަށަފަރުގެ ދަތުރުހިޔާގައިވާ ހުސްބިމުގައި ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަން ހެދުމަށް ކުއްޔަށް ދޫކުރުމަށް ވަށަފަރު ކައުންސިލުން ނިންމައި ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 09 މެއި 2022 ވަނަ ދުވަހުގެ 11:00 ގައި ވަށަފަރު ކައުންސިލް އިދާރާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 15 މެއި 2022 ވަނަ […]

އިބްރާހިމް ޚަލީލް
ހަނިމާދޫ މަގު ހެދުމުގެ މަސައްކަތް ނިމުމަކާ ގާތަށް 📍 ހދ. ހަނިމާދޫ

ހަނިމާދޫ މަގު ހެދުމުގެ މަސައްކަތް ނިމުމަކާ ގާތަށް

ހދ. ހަނިމާދޫ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމަކާ ގާތް ވެފައިވާ ކަމަށަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މަގު ހެދުމުގެ މަސައްކަތުގެ 98 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި ޕަމްޕް ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުގައި ދަވާދު ލުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 16,518 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކޮށް، 38,916 އަކަ […]

އަޙްމަދު ވަހީދު
ކުޅުދުއްފުށީ ފެރީ ޓާރމިނަލްގައިވާ ރެސްޓޯރަންޓާއި ޓަކްޝޮޕް ކުއްޔަށް ދޫކުރަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ފެރީ ޓާރމިނަލްގައިވާ ރެސްޓޯރަންޓާއި ޓަކްޝޮޕް ކުއްޔަށް ދޫކުރަނީ

ހދ.ކުޅުދުއްފުށީ ހާބަރ އެކްސްޕެންޝަން ޕްރޮޖެކްޓްގެ ދަށުން އިމާރާތް ކޮށްފައިވާ ފެރީ ޓާރމިނަލް އިމާރާތުގައިވާ ރެސްޓޯރަންޓްބަޔާއި ޓަކްޝޮޕް ކުއްޔަށް ދޫކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައި އެ ފުރުޞަތު ހުޅުވާލައިފިއެވެ. މިގޮތުން އެ އިމާރާތުގައިވާ ރެސްޓޯރަންޓްބައި 15 އަހަރު ދުވަހުގެ މުއްދަތަށް އަދި ޓަކްޝޮޕް 05 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. ރެސްޓޯރެންޓްބައި ކުއްޔަށް ހިފުމަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 19‏ މެ...

އިބްރާހިމް ޚަލީލް
ށ. ފޭދޫ ކައުންސިލުން ބާއްވާ ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި 📍 ށ. ފޭދޫ

ށ. ފޭދޫ ކައުންސިލުން ބާއްވާ ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ށ. ފޭދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ށ. ފޭދޫ ކައުންސިލް ފުޓްސަލް މުބާރާތް 2022” އަދި “އިންޓަރ އޮފީސް ހެންޑް ބޯލް މުބާރާތް 2022” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ. މިދެ މުބާރާތްވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 09 ވަނަ ދުވަހު އެވެ. މި މުބާރާތްތައް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ފޭދޫ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމާއި އިޖުތިމާޢީ އަދި ކުޅިވަރުގެ ރޫޙް އާލާކުރުމެވެ. ފޭދޫގައި […]

އިބްރާހިމް ޚަލީލް
ޢީދުވިލޭރޭ މަގުތަކަށް ތަކެތި ނުނެރުމަށް މަކުނުދޫ ކައުންސިލްގެ އިލްތިމާސެއް 📍 ހދ. މަކުނުދޫ

ޢީދުވިލޭރޭ މަގުތަކަށް ތަކެތި ނުނެރުމަށް މަކުނުދޫ ކައުންސިލްގެ އިލްތިމާސެއް

އަންނަ ފިޠުރު ޢީދު ވިލޭރޭ ހދ. މަކުނުދޫ މަގުތަކަށް ތަކެތި ނެރެފައި ނުބެހެއްޓުމަށް އެރަށު ކައުންސިލުން އިލްތިމާސްކޮށްފިއެވެ. މަކުނުދޫ ކައުންސިލުން މިއަދު އާންމު ކުރި އެންގުމެއްގައި ވިދާޅުވެފައި ވަނީ، ޢީދުވިލޭރޭ މަގުތަކަށް އެކި ބާވަތްބާވަތުގެ ސާމާނު ނެރެ މަގުތަކުގައި ބެހެއްޓުމަކީ ފާއިތުވި އަހަރުތަކުގައި އެރަށުގައި ހިނގަމުންދާ ކަމެއް ކަމަށެވެ މިކަމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓަތައް ހިނގައި، އެކި ވަރުގެ އަނިޔާތައް ފަރުދުންނަށް ލިބިފައިވާކަމަށް އެ ކައުންސިލުން ފާހަގަ ކުރައްވާފައި ވެއެވެ. އެހެނ...

ޔުމްނާ ޢަލީ
މިލަންދޫގެ ގޭގޭގެ ދިޔަދޮވި ހޮޅިތައް ނަރުދަމާގެ ޖަންގްޝަނަށް ނުގުޅުމަށް އިލްތިމާސްކޮށްފި 📍 ށ. މިލަންދޫ

މިލަންދޫގެ ގޭގޭގެ ދިޔަދޮވި ހޮޅިތައް ނަރުދަމާގެ ޖަންގްޝަނަށް ނުގުޅުމަށް އިލްތިމާސްކޮށްފި

ށ. މިލަންދޫގެ ގޭގޭގެ ދިޔަދޮވި ހޮޅިތައް ނަރުދަމާގެ ޖަންގްޝަނަށް ނުގުޅުމަށް އެރަށު ކައުންސިލުން އިލްތިމާސްކޮށްފިއެވެ. މިލަންދޫ ކައުންސިލުން މިއަދު ކުރި ޢިއުލާނެއްގައި ވިދާޅުވީ، މިހާރަކަށް އައިސް ބައެއް ގޭގޭގެ ދިޔަދޮވި ހޮޅިތަކުން ފައިބާ ފެން ނަރުދަމާގެ ޖަންކްޝަނާއި ގުޅާފައި ހުރުމުގެ ސަބަބުން ނަރުދަމާ ނިޒާމުގެ މައި ލައިންތަކާއި ޕަމްޕު ސްޓޭޝަންތަކުގެ ތެރޭގައި ޖަމާވާ ފެން އެތައް ގުނައަކަށް އިތުރުވަމުން އަންނަކަމަށް ފެނަކަ މިލަންދޫ ބްރާންޗުން އެ ކައުންސިލާއި ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި ވަކިން ޚާއް...

ޔުމްނާ ޢަލީ
ޖޭއެސްސީއަށް ފަނޑިޔާރު ނިޔާޒް އިންތިޚާބުކޮށްފި

ޖޭއެސްސީއަށް ފަނޑިޔާރު ނިޔާޒް އިންތިޚާބުކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އިންނަވާނެ ފަނޑިޔާރަކު ހޮވަން ބޭއްވި އިންތިޚާބު އަލްއުސްތާޛު މުޙައްމަދު ނިޔާޒް ކާމިޔާބު ކޮށްފިއެވެ. ހައިކޯޓުން ބުނީ ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ޖޭއެސްސީއަށް، ފަނޑިޔާރު ނިޔާޒް މިރޭ އިންތިޚާބުކޮށްފި ކަމަށެވެ. އެހެން ނަމަވެސް އެ އިންތިޚާބުގައި ނިޔާޒުގެ އިތުރުން ދެން ވާދަކޮށްފައިވަނީ ކޮން ބޭފުޅުންނެއް ކަމެއް އަދި ލިބުނު ވޯޓުގެ ތަފްސީލެއްވެސް އެކޯޓުން ހާމަކޮށްފައެއް ނުވެއެެވެ. ފަނޑިޔާރު ނިޔާޒަކީ...

އަލީ އާދިލް
ހަނިމާދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 200 ގޯއްޗަށް އެދި 505 ފޯމް 📍 ހދ. ހަނިމާދޫ

ހަނިމާދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 200 ގޯއްޗަށް އެދި 505 ފޯމް

ހަނިމާދޫއިން މީހުން ދިރިއުޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 200 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ ދަށުން 505 ފަރާތަކުން ފޯމް ފުރިހަމަ ކުރުމަށް ފަހު ހުށަހަޅާފައިވާ ކަމުގައި ހަނިމާދޫ ކައުންސިލުން ހާމަކޮށްފިއެވެ. ހަނިމާދޫ ކައުންސިލުން މިއަދު ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމު ކޮށްފައިވާއިރު، މި ލިސްޓާއި ގުޅިގެން އެއްވެސް ޝަކުވާއެއްވާނަމަ 12 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކުން ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ. ހަނިމާ...

އިބްރާހިމް ޚަލީލް
ށ. ފޭދޫގައި ސެޓްފިކެޓް ލެވެލް 3 ގެ އިމާމު ކޯހެއް ފަށަނީ 📍 ށ. ފޭދޫ

ށ. ފޭދޫގައި ސެޓްފިކެޓް ލެވެލް 3 ގެ އިމާމު ކޯހެއް ފަށަނީ

ށ. ފޭދޫގައި ސެޓްފިކެޓް ލެވެލް 3 ގެ އިމާމު ކޯހެއް ފެށުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ. މި ކޯހަކީ، ފޭދޫ ކައުންސިލާއި، ދާރުލް ޤުރުޢާން ވައްސުންނާއާއި ގުޅިގެން ހިންގަން ނިންމާފައިވާ ކޯހެކެވެ. ރަމަޟާން މަހަށްފަހު ފެށުމަށް ނިންމާފައިވާ މިކޯހުގައި ބައިވެރިވާ ބައިވެރިންކުރެ 2 ބައިވެރިއަކަށް ކޯސް ފީ ދައްކައިދޭގޮތަށް ނިންމާފައި ވަނީ ފޭދޫ ކައުންސިލުންނެވެ. މި ކޯހުގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަޠު ވެސް މިހާރު ވަނީ ހުޅުވާލައިފައެވެ. މިގޮތުން މިކޯހުގައި ބައިވެރިވުމަށް ނަންނ...

ޔުމްނާ ޢަލީ
ކޭއާރުއެޗްގެ އޯޕީޑީ އިމާރާތުގެ ބޮޑުބައި ނިންމާލައިފި

ކޭއާރުއެޗްގެ އޯޕީޑީ އިމާރާތުގެ ބޮޑުބައި ނިންމާލައިފި

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫޢުގެ ދަށުން، އޯޕީޑީ އިމާރާތް އެޅުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ މަސައްކަތުގެ 53 އިންސައްތަ ވަނީ ނިމިފައެވެ. އޯޕީޑީ އިމާރާތުގެ ކޮންކްރީޓް، ސްޓްރަކްޗަރަލް އަދި ރޫފިން މަސައްކަތްތައް ވެސް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، ވޯރޑް އިމާރާތް އެޅުމާއި، އޯޕީޑީ އިމާރާތް އެޅުމާއި، އައިސީޔޫ ޔުނިޓް އެޅުމާއި، […]

އަޙްމަދު ވަހީދު