އަންނަ ފިޠުރު ޢީދު ވިލޭރޭ ހދ. މަކުނުދޫ މަގުތަކަށް ތަކެތި ނެރެފައި ނުބެހެއްޓުމަށް އެރަށު ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

މަކުނުދޫ ކައުންސިލުން މިއަދު އާންމު ކުރި އެންގުމެއްގައި ވިދާޅުވެފައި ވަނީ، ޢީދުވިލޭރޭ މަގުތަކަށް އެކި ބާވަތްބާވަތުގެ ސާމާނު ނެރެ މަގުތަކުގައި ބެހެއްޓުމަކީ ފާއިތުވި އަހަރުތަކުގައި އެރަށުގައި ހިނގަމުންދާ ކަމެއް ކަމަށެވެ

Ad
rt

މިކަމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓަތައް ހިނގައި، އެކި ވަރުގެ އަނިޔާތައް ފަރުދުންނަށް ލިބިފައިވާކަމަށް އެ ކައުންސިލުން ފާހަގަ ކުރައްވާފައި ވެއެވެ.

އެހެންވެ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޢީދުވިލޭރޭ މަގުތަކަށް ތަކެތި ނުނެރުމަށް އެދި އިލްތިމާސްކުރައްވާ ކަމަށް އެ ކައުންސިލުން ވިދާޅުވެފައެވެ.

ރާއްޖޭގެ ކަލަންޑަރު ބުނާ ގޮތުންނަމަ މިއަހަރުގެ ފިޠުރު ޢީދު ވިލޭރޭއަށް ވާނީ އަންނަ އާދީއްތަ ދުވަހުގެ ރެއެވެ.