މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާފައިވާކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ 📍 ހދ. ކުޅުދުއްފުށި

މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާފައިވާކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުގައި ހދ. ކުޅުދުއްފުށި ސިޓީ މީހަކު ހޯދަން ފުލުހުން އިޢުލާން ކޮށްފި އެވެ. ފުލުހުން އާންމުންގެ އެހީއަށްއެދި ހޯދަން ވަނަ ވަރު އާންމުކޮށްފައިވަނީ، ހދ. ކުޅުދުއްފުށި /  ރޫބީ، މުޙައްމަދު ޢަލީ (38އ) އެވެ. ފުލުހުން ބުނެފައިވަނީ، ބ. ތުޅާދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން […]

އަލީ އާދިލް
ހޯރަފުށީ ކައުންސިލްގެ އެހީތެރިކަމާއެކު ހއ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ސްޓަޑީ ކޭމްޕެއް 📍 ހއ. ހޯރަފުށި

ހޯރަފުށީ ކައުންސިލްގެ އެހީތެރިކަމާއެކު ހއ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ސްޓަޑީ ކޭމްޕެއް

ހއ. ހޯރަފުށީ ކައުންސިލްގެ އެހީތެރިކަމާއެކު އެރަށުގައި ހުންނަ ހއ. އަތޮޅު މަދަރުސާގެ ގްރޭޑް 10ގެ ދަރިވަރުންނަށް ސްޓަޑީ ކޭމްޕެއް ކުރިއަށް ގެންގޮސްފިއެވެ. މިހިނގާ އޭޕްރިލް މަހުގެ 3 އިން 5 އަށް ގެންދެވުނު މި ކޭމްޕް ނިންމާލެވިފައި ވަނީ ކާމިޔާބު ކަމާއެކުގައި ކަމަށް ހޯރަފުށީ ކައުންސިލުން ވަނީ ފާހަގަ ކުރަށްވާފައެވެ. ހޯރަފުށީ ކައުންސިލުން ވިދާޅުވިގޮތުގައި، މި ފަދަ ސްޓަޑީ ކޭމްޕްތައް ކައުންސިލްގެ މި ހިނގާ ދައުރުގެ ތެރޭގައި ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. “މިފަދަ ކޭމްޕް ތަކުގެ […...

ޝިއުނާ އާދަމް
އިމަގުން ބާއްވާ މަރްހޫމް ޙުސައިން ޒުހައިރުގެ ހަނދާނީ 18 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. އިހަވަންދޫ

އިމަގުން ބާއްވާ މަރްހޫމް ޙުސައިން ޒުހައިރުގެ ހަނދާނީ 18 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ. އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އަލްމަރްހޫމް ޙުސައިން ޒުހައިރުގެ ހަނދާނީ 18 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އިމަގުން ވަނީ މި މުބާރާތް މެދުކެނޑުމެއްނެތި ފާއިތުވި 17 އަހަރު ވެސް ބާއްވާފައެވެ. އިމަގުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް “އަލްމަރުޙޫމް ހުސައިން ޒުހައިރުގެ ހަނދާނީ ޤުރުއާން މުބާރާތް” ގެ ނަމުގައި ކުރިއަށް ގެންދެވެނީ  މަރުހޫމް ހުސައިން ޒުހައިރަކީ އެ ޖަމިއްޔާގެ އެއް މުއައްސިސް ކަމަށް […]

އިބްރާހިމް ޚަލީލް
ހަނިމާދޫ އާއި މިލަންދޫ ހިމެނޭހެން، 7 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލު އަޅަން ބީލަމަށް 📍 ށ. މިލަންދޫ

ހަނިމާދޫ އާއި މިލަންދޫ ހިމެނޭހެން، 7 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލު އަޅަން ބީލަމަށް

ހދ. ހަނިމާދޫ އާއި ށ. މިލަންދޫ ހިމެނޭހެން، 7 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލު އަޅަން ބީލަމަށް ހުޅުވާލައިފި އެވެ. މިނިސްޓްރީ އޮފް ފިނޭންސް އިން މިރޭ ކުރީ އިޢުލާނެއްގައި ބުނެފައިވަނީ، ކުވެއިތް ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭ.އެފް.އޭ.އީ.ޑީ)ގެ އެހީގެ ދަށުން ސްޓްރެންތެނިންގ އޮފް ހެލްތް ސެކްޓަރ ޕްރޮޖެކްޓު ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަތޮޅުތެރޭގެ 12 ރަށެއްގެ ސިއްހީ މަރުކަޒުތައް ހޮސްޕިޓަލްތަކަކަށް ބަދަލުކުރަން ސަރުކާރުން ނިންމާ އިޢުލާން ކޮށްފައިވަނީ މިދިޔަ އަހަރުގެ މާރޗް މަހުގެ […...

އަލީ އާދިލް
މަސްކައްކާ ހިއްކުމަށާއި މަހުގެ ވިޔަފާރިކުރުމަށް ދިއްދޫއިން ވަގުތީގޮތުން ބިން ކުއްޔަށް ދޫކުރަނީ 📍 ހއ. ދިއްދޫ

މަސްކައްކާ ހިއްކުމަށާއި މަހުގެ ވިޔަފާރިކުރުމަށް ދިއްދޫއިން ވަގުތީގޮތުން ބިން ކުއްޔަށް ދޫކުރަނީ

ހއ. ދިއްދޫގައި މަސް ކައްކާ ހިއްކުމަށާއި، މަހުގެ ވިޔަފާރި ކުރުމަށް ވަގުތީގޮތުން ބިން ދޫކުރުމަށް ނިންމައި ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ދިއްދޫ ކައުންސިލުން ހުޅުވާލައިފިއެވެ. ދިއްދޫގައި މަސް ކައްކައި ހިއްކައި، މަހުގެ ވިޔަފާރި މިހާރު ވެސް ކުރަމުން އަންނަ، އެ ރަށުގެ ދެކުނު ސަރަހައްދުން 100 އަކަފޫޓުގެ ބިމެއް 2 އަހަރު ދުވަހަށް ކުއްޔަށް ދޫކުރުމަށް ދިއްދޫ ކައުންސިލުން ނިންމާފައި ވަނީ އެ ކައުންސިލްގެ 3 ވަނަ ދައުރުގެ 34 ވަނަ […]

އިބްރާހިމް ޚަލީލް
މެޖިސްޓްރޭޓް އާމިރުގެ މައްޗަށް ކުށް ސާބިތެއް ނުވި

މެޖިސްޓްރޭޓް އާމިރުގެ މައްޗަށް ކުށް ސާބިތެއް ނުވި

ސްކޫލަކަށް ވަދެ، ކުޑަކުއްޖެއްގެ ގައިގައި އަތްލި ކަމަށް ބުނެ މެޖިސްޓްރޭޓެއްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. މ. މުލީ ކޯޓުގެ މެޖިސްޓްރޭޓަކަށް ހުންނެވި ހދ. ނޭކުރެންދޫ ގުލާބީގޭ، ހުސައިން އާމިރުގެ މައްޗަށް ދައުލަތުން ދައުވާކުރީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު މ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް ފަހެއްްގެ ކްލާސް ރޫމަކަށް ވަދެ، އެ ކްލާހުގައި އިން ކުއްޖެއްގެ ގައިގައި އޭނާ އަތްލި ކަމަށް ބުނެ އެވެ. […]

ހުސައިން ހަބީބް
ދިއްދޫ ކައުންސިލްގެ ސިއްކަ ފަރުމާ ކޮއްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ދިއްދޫ

ދިއްދޫ ކައުންސިލްގެ ސިއްކަ ފަރުމާ ކޮއްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ ރަސްމީ ސިއްކަ ފަރުމާކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ. ދިއްދޫ ކައުންސިލްގެ ރަސްމީ ސިއްކަ ފަރުމާކުރުމުގެ ފުރުޞަތު މިއަދު އެ ކައުންސިލުން ހުޅުވާލާފައިވާއިރު، ސިއްކަ ފަރުމާ ކުރުމުގައި، ވިސްނަންވީ ކަންކަމުގެ ތަފްސީލް ވެސް ވަނީ އާންމުކޮށްފައެވެ. މިގޮތުން ހުށަހަޅާ ސިއްކައަކީ މީގެ ކުރިން ޕަބްލިޝްކޮށްފައިނުވާ ސިއްކައަކަށްވުމާއި، ދިއްދޫއަށް ނިސްބަތްވާ ޚާއްޞަ ސިފައެއް ރަމްޒުކޮށްދޭ ސިއްކައަކަށްވުމުގެ އިތުރުން މުޖްތ...

އިބްރާހިމް ޚަލީލް
ބިލެތްފަހީ ޕީޕީއެމް ކައުންސިލަރުންގެ ފަރާތުން ރޯދަ ހަދިޔާއަކަށް ފިނި މައިޒާނެއް 📍 ށ. ބިލެތްފަހި

ބިލެތްފަހީ ޕީޕީއެމް ކައުންސިލަރުންގެ ފަރާތުން ރޯދަ ހަދިޔާއަކަށް ފިނި މައިޒާނެއް

ށ. ބިލެތްފަހި ކައުންސިލްގައި ތިއްބެވި ޕްރޮގްރެއްސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަށް ނިސްބަތްވާ ކައުންސިލަރުންގެ ފަރާތުން އެ ރަށުގައި ފިނިމައިޒާނެއް ތަރައްގީކޮށްފިއެވެ. ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ، ބިލެތްފަހި ކައުންސިލްގެ ރައީސް ޢަބުދުﷲ ޒިޔާދު “ތިލަދުން”އަށް ވިދާޅުވީ، ބިލެތްފަހީ ކައުންސިލްގައި ހިމެނޭ ޕީޕީއެމްއަށް ނިސްބަތްވާ ތިން މެންބަރުންގެ ފަރާތުން ތަރައްގީކުރި މި ފިނިމައިޒާނަކީ ރަށުގެ ދޮށީ އުމުރުގެ މީހުންނަށް ޚާއްޞަކޮށް ހަދާފައިވާ ތަނެއްކަމަށެވެ. އެ ފިނި މައިޒާން ހުރިހާ އުމުރުފު...

ޔުމްނާ ޢަލީ
ދިއްދޫ އެންމެ އަލިގަދަ ތަރި ޤްރުއާން މުބާރާތަށް އިނާމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. ދިއްދޫ

ދިއްދޫ އެންމެ އަލިގަދަ ތަރި ޤްރުއާން މުބާރާތަށް އިނާމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބާއްވަމުން އަންނަ “ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443” ޤުރުއާން މުބާރާތުގެ ވަނަތަކަށް އިނާމް ހުށަހެޅުމުގެ ފުރުޞަތު އެ ކުލަބުން ހުޅުވާލައިފިއެވެ. މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ ފުރަތަމަ ދެ ދުވަހުއެވެ. މުބާރާތުގައި 20 ބައިވެރިން ވާދަކުރި ނަމަވެސް، މުބާރާތް ރާވާލެވިފައި ވަނީ، ފުރަތަމަ ބުރުން އެންމެ […]

އިބްރާހިމް ޚަލީލް
ނޮޅިވަރަމް އަންހެނުން ކޮމެޓީއާއި، ނޮޅިވަރަމް ޕޮލިސް ސްޓޭޝަން ގުޅިގެން ކަސްރަތު ޕްރޮގްރާމެއް 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް އަންހެނުން ކޮމެޓީއާއި، ނޮޅިވަރަމް ޕޮލިސް ސްޓޭޝަން ގުޅިގެން ކަސްރަތު ޕްރޮގްރާމެއް

ހދ. ނޮޅިވަރަމް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ނޮޅިވަރަމް ޕޮލިސް ސްޓޭޝަން ގުޅިގެން ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ ކަނބަލުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. ހުސްވި މާރިޗް މަހުގެ 13 އިން 30 އަށް ހިނގު މި ޕްރޮގްރާމް ގައި 34 މީހަކު ބައިވެރިވެ 32 މީހަކު މިރޮގްރާމް ފުރިހަމަ ކޮއްފައިވެއެވެ. މި ކަސްރަތު ޕްރޮގުރާމްގެ އެއްމެ ބޮޑަށް ބަރުދަން ލުއިކުރެވިގެން މުބާރާތުގެ އެއްވަނަ ފަރާތަކަށް ހޮވިފައިވަނީ ހދ.ނޮޅިވަރަމް / ކަށިމާގެ ސާދ...

ޙުސައިން ޝަހުދީ
ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ދެވަނަ ބުރަށް ބައިވެރިން ހޮވައިފި 📍 ހއ. ދިއްދޫ

ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ދެވަނަ ބުރަށް ބައިވެރިން ހޮވައިފި

ހއ.ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބާއްވަމުން އަންނަ “ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443” ޤުރުއާން މުބާރާތުގެ ދެވަނަ ބުރުން ފުރުޞަތު ލިބުނު ބައިވެރިންގެ ނަންތައް ހާމަކޮށްފިއެވެ މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ ފުރަތަމަ ދެ ދުވަހުއެވެ. މުބާރާތުގައި ޖުމަލް 20 ބައިވެރިން ވާދަކުރި ނަމަވެސް، މުބާރާތް ރާވާލެވިފައި ވަނީ، ފުރަތަމަ ބުރުން އެންމެ […]

އިބްރާހިމް ޚަލީލް
ހޮވައިގެން ކުޅުދުއްފުއްޓަށް ގެންދިޔަ ފްލެއަރ އެއް، މަގުމެދަށް ގޮވައިފި 📍 ހދ. ކުޅުދުއްފުށި

ހޮވައިގެން ކުޅުދުއްފުއްޓަށް ގެންދިޔަ ފްލެއަރ އެއް، މަގުމެދަށް ގޮވައިފި

ހޮވައިގެން ކުޅުދުއްފުއްފުށި ސިޓީއަށް ގެންދިޔަ ފްލެއަރ އެއް، މަގުމެދަށް ގޮވައިފި އެވެ. މިކަމާއި ގުޅިގެން “ތިލަދުން” އަށް މަޢުލޫމާތުދެމުން ފުލުހުން ބުނީ އެފްލެއަށް ކުޅުދުއްފުއްޓަށް ގެންގޮސްފައިވަނީ މަސްވެރިއަކު ކަނޑުމަތިން ހޮވައިގެން ކަމަށެވެ. މަގުމަތިން އެ ފްލެއަރ ހިފައިގެން ދަނިކޮށް މަގުމެދަށް ފަޅައިގެން ގޮސްފައިވާކަމުގެ ރިޕޯޓް މިރޭ ލިބިފައިވާކަމަށް ފުލުހުން ބުންޏެވެ. އެސަރަހައްދުގައި އެވަގުތު ފުލުހުން ހަރަކާތްތެރިވެފައިވެއެވެ. މީސް މީޑިޔާގައި ދައުރުވާ ވީޑީއޯތަކުން ފެންނަ ގޮތުގައި އެއިގެން ވަރަށ...

އިބްރާހިމް އަސްވާޤް
އިހަވަންދޫގައި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތް ފަށައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތް ފަށައިފި

ހއ. އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުގައި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓުގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މި ޚިދުމަތް އިހަވަންދޫގައި ފެށުމަށް ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު އެރަށަށް ވަޑައިގެންފައި ވަނީ ހުސްވި މާރިޗް މަހުގެ 23 ވަނަ ދުވަހުއެވެ. މިއީ އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުގެ ޚިދުމަތާއި ގުޅިވަޑައިގަތް ފުރަތަމަ ސްޕެޝަލިސްޓް ޑޮކްޓަރެވެ. ރޯދަ މަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު، ހުކުރު ދުވަސްފިޔަވާ ހަފުތާގެ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 15:00 […]

ޙުސައިން ޝަހުދީ
މޮޅަދޫގައި ގާއިމުކުރި އައުޓްޑޯ ޖިމް ހުޅުވައި ބޭނުންކުރަންފަށައިފި 📍 ހއ. މޮޅަދޫ

މޮޅަދޫގައި ގާއިމުކުރި އައުޓްޑޯ ޖިމް ހުޅުވައި ބޭނުންކުރަންފަށައިފި

ހއ. މޮޅަދޫގައި ގާއިމުކުރި އައުޓްޑޯ ޖިމް ހުޅުވައި ބޭނުންކުރަންފަށައިފިއެވެ. މި ޖިމް ހުޅުއްވައި ދެއްވީ އެކަމަށްޓަކައި މިދިޔަ ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ފެނަކަ މޮޅަދޫ ބްރާންޗްގެ މެނޭޖަރު މުޙައްމަދު މޫސާއެވެ. މި އައުޓްޑޯ ޖިމަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ އެހީތެރިކަމާއި އެކު މޮޅަދޫ ކައުންސިލުން ތަރައްޤީކުރި ތަނެކެވެ. މޮޅަދޫ ކައުންސިލުން ވިދާޅުވީ، މި ޖިމްގެ މަސައްކަތް ނިމި ހުކުރު ދުވަހު ރަސްމީކޮށް ހުޅުވުމާއެކު، އެ ދުވަހުން ފެށިގެން ޖިމް ބޭނުންކުރަނ...

ޙުސައިން ޝަހުދީ
އިހަވަންދޫ އިމަގުގެ "ރޯދަ މިތުރު" ޕްރޮގްރާމް އިފްތިތާޙްކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ އިމަގުގެ "ރޯދަ މިތުރު" ޕްރޮގްރާމް އިފްތިތާޙްކޮށްފި

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)ގެ “ރޯދަ މިތުރު” ޕްރޮގްރާމް އިފްތިތާޙް ކޮށްފިއެވެ. މި ޕްރޮގްރާމަކީ އެ ޖަމިއްޔާއިން ރަމަޟާން ހާއްސަ ކޮށްގެން ހިންގާ ހަރަކާތެއްގެ ގޮތުން “އިމަގު ސްޕޯޓްސް އެކަޑަމީ” ގައި ތަމްރީން ހަދަމުން އަންނަ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް 31 މާޗް 2022 ވަނަ ދުވަހުގެ ރޭ އިފްތިތާޙް ކޮށްފައިވާއިރު، މި ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ އެ އެކަޑަމީގެ ދަރިވަރުންނަށް ހެޔޮގޮތުގައި ރަމަޟާން މަސް ހޭދަކުރުމަށް ބާރު އެޅުމެވެ. ރަމަޟާން […]

އިބްރާހިމް ޚަލީލް