ހއ. މޮޅަދޫގައި ގާއިމުކުރި އައުޓްޑޯ ޖިމް ހުޅުވައި ބޭނުންކުރަންފަށައިފިއެވެ.

މި ޖިމް ހުޅުއްވައި ދެއްވީ އެކަމަށްޓަކައި މިދިޔަ ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ފެނަކަ މޮޅަދޫ ބްރާންޗްގެ މެނޭޖަރު މުޙައްމަދު މޫސާއެވެ.

Ad
rt

މި އައުޓްޑޯ ޖިމަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ އެހީތެރިކަމާއި އެކު މޮޅަދޫ ކައުންސިލުން ތަރައްޤީކުރި ތަނެކެވެ.

މޮޅަދޫ ފެނަކަ މެނޭޖަރު ޖިމް ހުޅުއްވައި ދެއްވަނީ، ފޮޓޯ: މޮޅަދޫ ކައުންސިލް

މޮޅަދޫ ކައުންސިލުން ވިދާޅުވީ، މި ޖިމްގެ މަސައްކަތް ނިމި ހުކުރު ދުވަހު ރަސްމީކޮށް ހުޅުވުމާއެކު، އެ ދުވަހުން ފެށިގެން ޖިމް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.

މޮޅަދޫ ކައުންސިލުން ވަނީ މި މަސައްކަތަށް ޔޫތު މިނިސްޓްރީން ދެއްވި އެއްބާރުލުމާއި، ރައްޔިތުންގެ މަޖިލީހުގައި މޮޅަދޫ ތަމްސީލް ކުރަށްވާ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ކޮށްދެއްވި މަސައްކަތް ފާހަގަ ކުރަށްވާފައެވެ.

މީގެ އިތުރުން އެ މަސައްކަތް ފުރިހަމަކުރުމަށް އެކި ގޮތްގޮތުން ކައުންސިލަށް އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް އެ ކައުންސިލުން ވަނީ ޝުކުރު އަދާކުރަށްވާފައެވެ.