މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީގައި އެއަރ މޮނިޓަރިންގ ސެންސަރއެއް ގާއިމް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި އެއަރ މޮނިޓަރިންގ ސެންސަރއެއް ގާއިމް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ކުޅުދުއްފުށި ސިޓީގައި އެއާ މޮނިޓަރިންގ ސެންސަރއެއް ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި ދެމެދު އެމް.އޯ.ޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ. ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާތިފް “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މަޝްރޫއުއަކީ އެމިނިސްޓްރީގެ ފަރާތުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަޝްރޫއެއް ކަމަށެވެ. އެގޮތުން މި އެމް.އޯ.ޔޫގައި އެސިޓީގެ ފަރާތުން...

އައިޝަތު ނަސާޔާ
މުރައިދޫގައި މޮބައިލް ލެބޯޓަރީގެ ޚިދުމަތް ފަށައިފި 📍 ހއ. މުރައިދޫ

މުރައިދޫގައި މޮބައިލް ލެބޯޓަރީގެ ޚިދުމަތް ފަށައިފި

ހއ. މުރައިދޫ ސިއްޚީ މަރުކަޒުގައި މޮބައިލް ލެބޯޓަރީގެ ޚިދުމަތް ދޭން ފަށައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެމަރުކަޒުގެ މެނޭޖަރު ހަސަން ރިޔާޒް ވިދާޅުވީ މުރައިދޫ ކައުންސިލާއި ގުޅިގެން މިޚިދުމަތް ރައްޔިތުންނަށް ދޭން ފަށާފައިވަނީ މިއަދު ކަމަށެވެ. އެގޮތުން ދިއްދޫގައި ހުންނަ ހއ އަތޮޅު ހޮސްޕިޓަލުން ހަދާދޭ ހުރިހާ ޓެސްޓްތަކެއްގެ ސޭމްޕަލް ނެގުމުގެ ޚިދުމަތް މިހާރު އެމަރުކަޒުންވެސް ލިބެމުންދާނެ ކަމަށާއި މިޓެސްޓްތަކުގެ ނަތީޖާ 2 ގަޑިއިރު ތެރޭ ލިބިގެންދާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އޭގެތެރޭގައި...

އައިޝަތު ނަސާޔާ
ނަރުދޫގައި އައްމާފޮތް ހިތުދަސްކުރުމުގެ ޕްރޮގްރާމެއް ފަށަނީ 📍 ށ. ނަރުދޫ

ނަރުދޫގައި އައްމާފޮތް ހިތުދަސްކުރުމުގެ ޕްރޮގްރާމެއް ފަށަނީ

ށ. ނަރުދޫގެ އުމުރުން 7 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނަށް ޚާއްސަކޮށް އައްމާފޮތް ހިތުދަސްކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ނިންމައިފިއެވެ. އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމަކީ އެއްމަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެކޮމިޓީގެ މެމްބަރު އައިޝަތު އިކްލީނާ ވިދާޅުވީ މިޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ކުދިންނަށް މާދަމާ (ފެ...

އައިޝަތު ނަސާޔާ
ކެލާ، ގޮނޑުދޮށާއި ހޭޅިފަށް ސާފުކޮށްފި 📍 ހއ. ކެލާ

ކެލާ، ގޮނޑުދޮށާއި ހޭޅިފަށް ސާފުކޮށްފި

ހއ. ކެލާގެ ގޮނޑުދޮށާއި ހޭޅިފަށް ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ވަރަށް ފޯރިއާއިއެކު ކުރިއަށް ދިޔަ މި ހަރާތް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ކެލާ ކައުންސިލުން ވިދާޅުވީ، އެރަށުގެ ގޮނޑުދޮށާއި ހޭޅިފަށް ސާފުކުރުމުގެ މި ހަރަކާތުގެ ތެރެއިން ރަށުގެ ހުޅަނގު ފަރާތު( މަތިފަރާތް)ގެ 0.8 ކިލޯ މީޓަރު ސަރަހައްދެއް ސާފުކޮށްފައިވާ ކަމަށެވެ. އެ ސަރައްދުން 1.5 ޖަމްބޯ ބޭގްގެ ކުނި ނަގާފައިވާކަމަށް ވެސް ކައުންސިލުން ވިދާޅުވިއެވެ. މީގެ އިތުރުން އެރަށުގެ ފުއްޓަރު ފަރާތުގެ […]

ޔުމްނާ ޢަލީ
ށ. އަތޮޅު ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 2 މީހަކު ނިޔާވެއްޖެ

ށ. އަތޮޅު ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 2 މީހަކު ނިޔާވެއްޖެ

ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި ފަރުވާ ދެމުންދިޔަ ކޯވިޑް ބަލީގެ 2 މީހަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވިގޮތުގައި ނިޔާވެފައި ވަނީ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެކާއި، 78 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަންހެން މީހާ ނިޔާވީ މިދިޔަ އަންގާރަ ދުވަހުގެ މެންދުރުފަހު 3:22 ގައެވެ. ފިރިހެން މީހާ ނިޔާވީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު 4:55 ގައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު […]

ޔުމްނާ ޢަލީ
ށ. އަތޮޅުގެ އެންމެ ރަނގަޅު ކައުންސިލްގެ މަގާމު އަނެއްކާ ވެސް ފުނަދޫއަށް 📍 ށ. ފުނަދޫ

ށ. އަތޮޅުގެ އެންމެ ރަނގަޅު ކައުންސިލްގެ މަގާމު އަނެއްކާ ވެސް ފުނަދޫއަށް

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކުރި “ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް ނަތީޖާ 2020” ގެ ލޯކަލް ކައުންސިލްތަކުގެ ރޭންކިން އިން ށ. އަތޮޅުން، އެންމެ ރަނގަޅު ކައުންސިލަކަށް އަނެއްކާވެސް ފުނަދޫ ކައުންސިލް ހޮވިއްޖެއެވެ. 2019 ވަނަ އަހަރު ވެސް އެ އަތޮޅުން އެންމެ ރަނގަޅު ކައުންސިލަކަށް ހޮވިފައި ވަނީ އެ ކައުންސިލެވެ. މިކާމިޔާބާއެކު ފުނަދޫ ކައުންސިލުން ވަނީ އެ ކައުންސިލްގެ ކުރީ ދައުރާއި، މި ދައުރުގެ ކައުންސިލް މެންބަރުންނަށާއި، ކައުންސިލްގެ މުވައްޒަފުންނަށް މަރުޙަބާ ކިޔާފައެވެ. […...

ޙުސައިން ޝަހުދީ
ހދ. އަތޮޅުން އެންމެ ރަނގަޅު ކައުންސިލަކަށް ކުރިނބީ 📍 ހދ. ކުރިނބީ

ހދ. އަތޮޅުން އެންމެ ރަނގަޅު ކައުންސިލަކަށް ކުރިނބީ

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކުރި “ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް ނަތީޖާ 2020” ގެ ލޯކަލް ކައުންސިލްތަކުގެ ރޭންކިން އިން ހދ. އަތޮޅުން، އެންމެ ރަނގަޅު ކައުންސިލަކަށް ކުރިނބީ ކައުންސިލް ހޮވިއްޖެއެވެ. ކުރިނބީ ކައުންސިލުން ވަނީ 2019 ވަނަ އަހަރު މި ރޭންކިންގެ 2 ވަނަ ހޯދާފައެވެ. އެ އަހަރު އެއްވަނަ ހޯދި ނެއްލައިދޫ މިފަހަރު ވަނީ ދެވަނައިގައި ހިމެނިފައެވެ. ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްއަކީ ކައުންސިލްތަކުގެ މަސައްކަތުގެ ފެންވަރު ނުވަތަ ޕާފޯމަންސް މިންކޮށް […]

ޙުސައިން ޝަހުދީ
ހއ. އަތޮޅުން އެންމެ ރަނގަޅު ކައުންސިލަކަށް ތުރާކުނު، މުޅި ރާއްޖޭން 3 ވަނަ 📍 ހއ. ތުރާކުނު

ހއ. އަތޮޅުން އެންމެ ރަނގަޅު ކައުންސިލަކަށް ތުރާކުނު، މުޅި ރާއްޖޭން 3 ވަނަ

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކުރި “ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް ނަތީޖާ” 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ ރޭންކިން އިން ހއ. އަތޮޅުން، އެންމެ ރަނގަޅު ކައުންސިލަކަށް އަދި މުޅި ރާއްޖެއިން އެންމެ ރަނގަޅު 3 ވަނަ ކައުންސިލަކަށް ތުރާކުނު ކައުންސިލް ހޮވިއްޖެއެވެ. ތުރާކުނު ކައުންސިލް ވަނީ 2019 ވަނަ އަހަރު ވެސް މި ރޭންކިންއިން ހއ. އަތޮޅުން އެންމެ ކުރި ހޯދާފައެވެ. 2020 ވަނަ އަހަރު މުޅި ރާއްޖޭން 3 ވަނަ ކައުންސިލެއް […]

ޙުސައިން ޝަހުދީ
ދިރާގުން ތަށި ދިފާއު ކުރުމަށް އުރީދޫއާއި ދެކޮޅަށް

ދިރާގުން ތަށި ދިފާއު ކުރުމަށް އުރީދޫއާއި ދެކޮޅަށް

ހދ. ކުޅުދުއްފުށީގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން އިންތިޒާމް ކޮށްގެން އެ ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ “ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓް” ގެ 8 ވަނަ މުބާރާތުގެ ފައިނަލުން ދިރާގާއި އުރީދޫ ޖާގަ ހޯދައިފިއެވެ. މި މުބާރާތް އެންމެ ފަހުން 2019 ވަނަ އަހަރު ބާއްވާފައިވާއިރު އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ދިރާގުންނެވެ. ވުމާއިއެކު މި މުބާރާތުގެ ފައިނަލަށް […]

އިބްރާހިމް ޚަލީލް
އުލިގަމު ފުޓުބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކޮށް، ޓާރފް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަނީ

އުލިގަމު ފުޓުބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކޮށް، ޓާރފް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. އުލިގަމު ފުޓުބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކޮށް، ޓާރފް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 08 މާޗް 2022 ވާ އަންގާރަ ދުވަހުގެ 12:00 އަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގޭ 3 ވަނަ ފަންގިފިލާއަށް ) ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް އެ މިނިސްޓްރީން ވަނީ އެދިލައްވާފައެވެ. މި މަސައްކަތަށް […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ލޯގޯ ފަރުމާ ކުރުމުގެ ފުރުޞަތު، އެއްވަނައަށް 10000 ރުފިޔާ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ލޯގޯ ފަރުމާ ކުރުމުގެ ފުރުޞަތު، އެއްވަނައަށް 10000 ރުފިޔާ

ހދ.ކުޅުދުއްފުށީގެ ރީޖަނަލް ހޮސްޕިޓަލުގެ ލޯގޯ ފަރުމާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާއި ގުޅިގެން މިއަދު އެ ހޮސްޕިޓަލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ހުށަހެޅޭ ލޯގޯތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ކަނޑައަޅާ ލޯގޯ ހުށަހެޅި ފަރާތަކަށް 10000.00 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން ލޯގޯ ފަރުމާ ކުރުމުގައި ބަލާނޭ މިންގަނޑުތަކުގެ ތަފްސީލް ވެސް ވަނީ ހިމަނާފައެވެ. މިގޮތުން ފަރުމާކުރެވޭ ލޯގޯއަކީ މީގެ ކުރިން...

އިބްރާހިމް ޚަލީލް
ކުރިނބީ ބަނދަރު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ކުރިނބީ

ކުރިނބީ ބަނދަރު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހދ. ކުރިނބީ ބަނދަރު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފި އެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން، ޑިޒައިން އެންޑް ބިލްޑް އުސޫލުންހދ. ކުރިނބީ ބަނދަރު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ. މިމަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލާފައިވާކަމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ކުރި...

އަލީ އާދިލް
ފިޝަރީޒް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް މުޙައްމަދު ނަޡްމީ 📍 ހއ. ފިއްލަދޫ

ފިޝަރީޒް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް މުޙައްމަދު ނަޡްމީ

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް މުޙައްމަދު ނަޡްމީ އައްޔަން ކުރައްވައިފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަގާމަށް މުޙައްމަދު ނަޡްމީ އައްޔަން ކޮށްފައިވަނީ މިއަދު އެވެ. މިމަގާމަށް މުޙައްމަދު ނަޡްމީ އައްޔަން ކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރެއްވުމަށްޓަކައި މަގާމުތަކަށް މީހުން ޢައްޔަންކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑ...

އިބްރާހިމް އަސްވާޤް
އިހަވަންދޫ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފަސްވަނަ ޝިޕްމަންޓެއް ގެންގޮސްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފަސްވަނަ ޝިޕްމަންޓެއް ގެންގޮސްފި

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފަސްވަނަ ޝިޕްމަންޓް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި ޝިޕްމަންޓް ގެންދިޔައީ އިއްޔެ އެވެ. މި މަޝްރޫއުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާނެއެވެ. އަދި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، ޕޭވ...

އަޙްމަދު ވަހީދު
ކުޅުދުއްފުށި ކުނިކޮށީގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ކުނިކޮށީގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ.ކުޅުދުއްފުށި ސިޓީގެ ކުނިކޮށީގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 01‏ މާރޗް‏ 2022‏ (އަންގާރަ‏) ދުވަހުގެ  14:00 ގެ ކުރިން އެ އިދާރާއަށް ވަޑައިގެން ނުވަތަ އެ އިދާރާގެ ނަމްބަރ 6527177 އަށް ގުޅުއްވައިގެން ނުވަތަ ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓަރީގެ ކަންކަން ނިނެމްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ. ލިންކް: https://forms.office.com/r/54SJf...

އިބްރާހިމް ޚަލީލް