ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ "އެންޒެޑް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް" ފުޓްސަލް މުބާރާތުގެ ފައިނަލުން ދިއްދޫ ފެނަކަ ބްރާންޗާއި ހއ.އަތޮޅު ހޮސްޕިޓަލްގެ ޓީމް ޖާގަ ހޯދައިފިއެވެ.

މި މުބާރާތް ރާވާލެވިފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ސީދާ ފައިނަލުގެ ޖާގަ ލިބޭ ގޮތަށެވެ. ޕޮއިންޓް ތާވަލުގެ ދެވަނައަށް ދާ ޓީމާއި ތިންވަނައަށް ދާ ޓީމްގެ މެދުގައި ސެމީ ފައިނަލުގެ އެއްމެޗު ކުޅެ އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނެއެވެ.

Ad
rt

މިގޮތުން ޕޮއިންޓް ތާވަލުގެ އެއްވަނަ ހޯދައިގެން ފައިނަލުގެ ފުރަތަމަޖަ ޖާގަ ކަށަވަރު ކޮށްފައި ވަނީ ފެނަކައިންނެވެ. ޕޮއިންޓް ތާވަލުގެ ދެވަނައަށް ގޮސްފައި ވަނީ ހޮސްޕިޓަލެވެ. އަދި ތިންވަނަ އަށް ގޮސްފައި ވަނީ ޕޮލިހެވެ.

ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ކުރުމަށް ކުޅުނު ސެމީފައިނަލު މެޗުގައި ބައްދަލު ކޮށްފައި ވަނީ ހޮސްޕިޓަލާއި ޕޮލިހެވެ. މި މެޗު 04 މާޗް 2022 ވަނަ ދުވަހުގެ ރޭ ކުޅެފައިވާއިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 3-3 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 7-6 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް ފައިނަލުގެ ދެވަނަ ޖާގަ ހޯދާފައި ވަނީ ހޮސްޕިޓަލެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ހޮސްޕިޓަލް ޓީމްގެ އާދަމް ނަސީރެވެ.

ސެމީ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށް ޝަރަފްވެރި މެޚްމާން ފެނަކަ އެމްޑީ ސައީދު އިނާމް ދެއްވަނީ،

ފެނަކައާއި ހޮސްޕިޓަލް ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ 6 މާޗް 2022 ވާ އާދީއްތަ ދުވަހުގެ ރޭ 21:00 ގައި ދިއްދޫ ފުޓްސަލް ދަނޑުގައެވެ.

އެހެން މެޗުތަކެކޭ އެއްގޮތަށް ފައިނަލް މެޗު ކުރިއަށްދާ ވަގުތުގައި ވެސް ރެޓްރޯ ސޮލިއުސަންގެ ފަރާތުން ކުރިއަށް ގެންދާ ހާއްސަ ލަކީޑްރޯއެއް ކުރިއަށް ދާނެއެވެ. މެޗު ބަލަން އަންނަ ކޮންމެ މީހަކަށް 1 ކޫޕަނެއް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ކޫޕަން ފުރިހަމަ ކުރައްވައި ކޫޕަން ލުމަށް ހާއްސަ ކުރެވިފައިވާ ފޮއްޓަށް ލުމުން ލަކީޑްރޯގައި ބައިވެރިވެވުނީއެވެ. ނަސީބުވެރިޔާ ހޮވުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ ކުޅޭ މުބާރާތުގެ ފައިނަލް މެޗު ނިންމައި، ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައެވެ. ނަސީބުވެރިޔާއަށް ރެޓްރޯ ސޮލިއުސަނުން ވަނީ ވޯޓަރ ޕިއުރިފައިން މެޝިނެއް ހުށަހަޅާފައެވެ.