މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ށ. އަތޮޅުގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޔުނިޓެއް ގާއިމުކޮށްފި

ށ. އަތޮޅުގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޔުނިޓެއް ގާއިމުކޮށްފި

މިލަދުންމަޑުލު އުތުރުބުރި (ށ. އަތޮޅު) ގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލް.އާރް.އޭ)ގެ ޔުނިޓެއް ގާއިމުކޮށް މިއަދު އެ ޔުނިޓް ރަސްމީކޮށް ހުޅުވައިފިއެވެ. އެ ޔުނިޓް ގާއިމުކޮށްފައި ވަނީ ށ. އަތޮޅުގެ ވެރިރަށް ފުނަދޫގައި ހުންނަ އަތޮޅު ކައުންސިލްގެ އިދާރާގައެވެ. އެ ޔުނިޓް ރަސްމީކޮށް ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ޔުނިޓް ހުޅުއްވައިދެއްވީ ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) އެވެ. ށ. އަތޮޅު ކައުންސިލުން ”ތިލަދުން”އަށް މައުލޫމާތު ދެއްވި ގޮތުގައި އެ އަތޮޅުގައި […]

ޙުސައިން ޝަހުދީ
ކުޅުދުއްފުށީ ޕޯޓުގެ ވޯކްޝޮޕާއި ގަރާޖުގެ މަސައްކަތް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޕޯޓުގެ ވޯކްޝޮޕާއި ގަރާޖުގެ މަސައްކަތް ފަށައިފި

ހދ. ކުޅުދުއްފުށީ ރީޖަނަލް ޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، ވޯކްޝޮޕް އިމާރާތް ކުރުމާއި ގަރާޖު އިމާރާތް ކުރުމުގެ މަސައްކަތް އިއްޔެ ވަނީ ފަށައިފައެވެ. މި މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ސައިޓް ކްލިއަރ ކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، އިމާރާތް ކުރެވޭ ވޯކްޝޮޕާއި ވެހިކަލް ގަރާޖުގެ ޕްލޮޓް […]

އަޙްމަދު ވަހީދު
ހޮޅުދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އާރްޑީސީ އާ ހަވާލުކޮށްފި 📍 ނ. ހޮޅުދޫ

ހޮޅުދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އާރްޑީސީ އާ ހަވާލުކޮށްފި

ނ. ހޮޅުދޫ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އާރްޑީސީ) ހަވާލުކުރައްވައިފި އެވެ. ޕްލޭނިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި “ޑިޒައިން އެންޑް ބިލްޑް އޮފް މޭޖަރ ރޯޑްސް އެޓް ނ. ހޮޅުދޫ” ގެ ނަން ދީފައިވާ މި މަޝްރޫއު އާރްޑީސީ އާ ހަވާލުކުރެއްވި 71,089,120.65 (ހަތްދިހަ އެއްމިލިއަން އަށްޑިހަ ނުވަހާސް އެއްސަތޭކަ ވިހި ރުފިޔާ ފަސްދޮޅަސް ފަސް ލާރި) އަށެވެ. މި މަސައްކަތް 450 ދުވަސްތެރޭގައި ނިންމަން ޖެހެ އެވެ. މި މަޝްރޫޢުގެ ދަށުން […]

މުޙައްމަދު އަފްރާޙް
ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް

ހދ. ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ބަޔަކާ ހަވާލުކޮށްފި އެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކުރައްވާފައިވަނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރައްވާފައިވަނީ 47،621,920.40 ރުފިޔާ އަށް 365 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުން 22,323 ކިއުބިކް މީޓަރ (މެދު ދިޔައިން ފެށި...

މުޙައްމަދު އަފްރާޙް
ބާރަށު ކައުންސިލްގެ ޔުނިޓީ ކަޕް ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި 📍 ހއ. ބާރަށް

ބާރަށު ކައުންސިލްގެ ޔުނިޓީ ކަޕް ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށް ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ޔުނިޓީ ކަޕް ފުޓްސަލް މުބާރާތް 2022” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ބާރަށު ކައުންސިލުން އިންތިޒާމް ކޮށްގެން މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. މި އަހަރުގެ މުބާރާތް އަންހެން ކެޓަގަރީއާއި ފިރިހެން ކެޓަގަރީ ހިމެނޭހެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު، މުބާރާތުގައި ކުލަބް ޖަމިއްޔާތަކުގެ ނަމުގައި ވެސް އަދި އަމިއްލަ ފަރުދުންގެ ނަމުގައި ވެސް ޓީމް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހ...

އިބްރާހިމް ޚަލީލް
ދައުރުކުވަމުން ދަނީ އެއްވެސް އަސްލެއް ނެތް ވީޑިއޯއެއް، އެއީ އަބުރު ކަތިލުމުގެ އަމަލެއް: އަޙްމަދު އަބްދުﷲ

ދައުރުކުވަމުން ދަނީ އެއްވެސް އަސްލެއް ނެތް ވީޑިއޯއެއް، އެއީ އަބުރު ކަތިލުމުގެ އަމަލެއް: އަޙްމަދު އަބްދުﷲ

މީސް މީޑިޔާގައި ދައުރުކުރަމުން ދަނީ އެއްވެސް އަސްލެއް ނެތް ވީޑިއޯއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ. މެމްބަރު އަހުމަދު އަބްދުﷲ އާއި ގުޅޭ ގޮތުން ބައެއް ނޫސްތަކުގައި އެފަދަ ވާހަކަ ތަކެއް ރިޕޯޓް ކުރުމާއި ގުޅިގެން “ތިލަދުން” އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ އެއީ، “އަބުރު ކަތިލުމުގެ އަމަލެއް” ކަމަށެވެ. “އިންޝާﷲ އަޅުގަނޑު އެކަމުން ބަރީއަ ވެގެންވަން” އަހުމަދު އަބްދުﷲ ކުރެއްވި ޓުވީޓުގައި އިތުރަށް ވިދާޅުވެފައި ވެއެވެ. Alhugandaa […...

އަލީ އާދިލް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން ފޭދޫއަށް 📍 ށ. ފޭދޫ

މިލައުތުރު ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން ފޭދޫއަށް

ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން ފޭދޫ ހޭންޑްބޯލް ޓީމުން ހޯދައިފިއެވެ. މިއަދު ހަވީރު ޅައިމަގުގައި ކުޅުނު ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ފޭދޫއާއި ކަނޑިތީމެވެ. މި މެޗު 15 ލަނޑު 3 ލަނޑުން ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލާލާފައި ވަނީ ފޭދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ފޭދޫ ޓީމްގެ ޖޯޒީ ނަމްބަރު […]

އިބްރާހިމް ޚަލީލް
ހޯރަފުށީ ހާފްވޭ ހައުސްގެ މަސައްކަތް ފަށައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ހާފްވޭ ހައުސްގެ މަސައްކަތް ފަށައިފި

ހއ. ހޯރަފުށީގައި ހަދާ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް) އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތުގެ ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން މައުލޫމާތު ދޭގޮތުގައި މަސައްކަތުގެ އަމަލީ މަސައްކަތް ފެށީ މިއަދުއެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ. ހާފްވޭ ހައުސްއަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ކުޑަކުދިންގެ […]

އަޙްމަދު ވަހީދު
ދިއްދޫ ވެޓަރަންސްކަޕްގައި މާރާމާރީ ހިންގި ކުޅުންތެރިޔަކު 5 އަހަރަށް ސަސްޕެންޑްކޮށް ޓީމުވެސް ޖޫރިމަނާކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ ވެޓަރަންސްކަޕްގައި މާރާމާރީ ހިންގި ކުޅުންތެރިޔަކު 5 އަހަރަށް ސަސްޕެންޑްކޮށް ޓީމުވެސް ޖޫރިމަނާކޮށްފި

ހއ ދިއްދޫ ކައުންސިލްގެ 1 ވަނަ ވެޓަރަންސްކަޕް ފުޓްބޯޅަ މުބާރާތުގެ 8 ވަނަ މެޗުގައި ހިންގާފައިވާ ކުޅިވަރުގެ ރޫހާ ޚިލާފު ޢަމަލުތައް ހިންގިފަރާތާއި ޓީމަށް ފިޔަވަޅު އަޅައިފި އެވެ. ހަމަނުޖެހުން ހިނގީ މިދިޔަ ހޮނިހިރު ދުވަހު ހެނދުނު ކުޅެވުނު އެމުބާރާތުގެ 8 ވަނަ މެޗުގައެވެ. މި މެޗުގައި ބައްދަލުކުރީ ނާޑް ސްޕޯޓްސް ކުލަބް އަދި ޔޫތު ޗެލެންޖު ޓީމެވެ. އެ މެޗުގައި ކަން ހިނގާދިޔަގޮތާއި ބެހޭ ގޮތުން ދިއްދޫ ކައުންސިލުން އަޅާފައިވާ ފިޔަވަޅުތަކުގެ ރިޕޯޓް އެކައުންސިލުން މިއަދު ވަނީ އާންމު […]

އަލީ އާދިލް
ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ކާރެއް ގަންނަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ކާރެއް ގަންނަނީ

ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ބޭނުމަށް ރަސްމީ ކާރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އެކައުންސިލުން އިޢުލާންކޮށްފި އެވެ. އެކައުންސިލުން ކުރި އިޢުލާނުގައި ބުނީ މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދޭކަމަށެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ ‏13‏ ވަނަ ދުވަހުގެ ދުވަހުގެ 10:15 ގެ ކުރިން އެއިދާރާގެ ނަމްބަރ 6527177 / 6527166 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ފޯމް ހުށަހެޅުން އެދެ އެވެ. އަނ...

އަލީ އާދިލް
ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި އިންޓަ ސްކޫލް ވާހަކަ ދެއްކުމުގެ މުބާރާތެއް 📍 ހދ. ކުޅުދުއްފުށި

ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި އިންޓަ ސްކޫލް ވާހަކަ ދެއްކުމުގެ މުބާރާތެއް

މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ކުޅުދުއްފުށީ ސިޓީގައި އިންޓަ ސްކޫލް ވާހަކަ ދެއްކުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ. މި ހަރަކާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، އެ ސިޓީގެ ޖަލާލުއްދީން ސްކޫލް ގުޅިގެންނެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވިގޮތުގައި އެ މުބާރާތް އޮންނާނީ މިއަދު މެންދުރުފަހު 13:45 ގައި އެ ސިޓީގައި ހުންނަ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައެވެ. ނަސްރުގެ ދުވަސް ކުޅުދުއްފުށީގައި ކުލަގަދަކޮށް ފާހަގަ ކުރުމަށް އެ ސިޓީގައި […]

ޔުމްނާ ޢަލީ
މިލައުތުރު ސްޕޯޓްސް ފިއެސްޓާގެ ހޭންޑްބޯލް މުބާރާތުގެ ފައިނަލުގައި ފޭދޫއާއި ކަނޑިތީމު 📍 ށ. ކަނޑިތީމު

މިލައުތުރު ސްޕޯޓްސް ފިއެސްޓާގެ ހޭންޑްބޯލް މުބާރާތުގެ ފައިނަލުގައި ފޭދޫއާއި ކަނޑިތީމު

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ހޭންޑްބޯލް މުބާރާތުގެ ފައިނަލުން ފޭދޫއާއި ކަނޑިތީމް ޖާގަ ހޯދައިފިއެވެ. ކަނޑިތީމް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި ވަނީ ސެމީ ފައިނަލުގައި މިލަންދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިއަދު ހަވީރު ޅައިމަގުގައި ކުޅުނު މި މެޗުން ކަނޑިތީމުން މިލަންދޫގެ މައްޗަށް ކުރި ހޯދާފައި ވަނީ 9 ލަނޑު 5 ލަނޑުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް […]

އިބްރާހިމް ޚަލީލް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯލް މުބާރާތުގެ ސެމީގައި ފޭދޫއާއި ޅައިމަގު އަދި މިލަންދޫއާއި ކަނޑިތީމް 📍 ށ. ޅައިމަގު

މިލައުތުރު ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯލް މުބާރާތުގެ ސެމީގައި ފޭދޫއާއި ޅައިމަގު އަދި މިލަންދޫއާއި ކަނޑިތީމް

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ހޭންޑްބޯލް މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް މިއަދު ކުޅެ ނިމިފައިވާއިރު، މުބާރާތުގެ ސެމީ ފައިނަލުގައި ފޭދޫއާއި ޅައިމަގު އަދި މިލަންދޫއާއި ކަނޑިތީމް ވާދަކުރަން ޖެހިއްޖެއެވެ. މިއަދު ގްރޫޕް އޭގައި ކުޅުނު މެޗުގައި ބައްދަލު ކޮށްފައި ވަނީ ކަނޑިތީމާއި ފޯކައިދޫއެވެ. މި މެޗު 9 ލަނޑު 5 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ކަނޑިތީމުންނެވެ. މި […]

އިބްރާހިމް ޚަލީލް
މުރައިދޫ ބަނދަރުގެ ބޮޑު ބައެއް ނިންމާލައިފި 📍 ހއ. މުރައިދޫ

މުރައިދޫ ބަނދަރުގެ ބޮޑު ބައެއް ނިންމާލައިފި

ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 60 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އެގޮތުން ހާބަ ޕޭވްމެންޓް މަސައްކަތް އެއްކޮށް ވަނީ ނިންމާލައިފައެވެ. މި މަޝްރޫއުގެ ދަށުން އާ ހާބަ ޕޭވްމެންޓް މަސައްކަތުގެ 95 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަކުރެވިފައެވެ. މި މަޝްރޫއުގެ ދަށުން، 212 މީޓަރުގެ އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ބޭރުތޮށި […]

އަޙްމަދު ވަހީދު
މާއުނގޫދޫ ކައުންސިލްގެ މާލީއެހީގެ ދަށުން އެރަށު ސްކޫލުގެ ލައިބްރަރީ ތަރައްޤީކޮށް އަލުން ހުޅުވައިފި

މާއުނގޫދޫ ކައުންސިލްގެ މާލީއެހީގެ ދަށުން އެރަށު ސްކޫލުގެ ލައިބްރަރީ ތަރައްޤީކޮށް އަލުން ހުޅުވައިފި

މާއުނގޫދޫ ކައުންސިލްގެ މާލީއެހީގެ ދަށުން އެރަށު ސްކޫލުގެ ލައިބްރަރީ ތަރައްޤީކޮށް އިއްޔެ އަލުން ހުޅުވައިފިއެވެ. މި މަސައްކަތް ފުރިހަމަކުރެވި، އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ލައިބްރަރީ އަލުން ހުޅުވިގެން ދިޔުމާއި ގުޅިގެން މާއުނގޫދޫ ކައުންސިލުން ވިދާޅުވީ، އުއްމީދަކީ ދަރިވަރުންނަށް ލުއިފަސޭހަ ޒަމާނީ ޚިދުމަތެއް މިލައިބްރަރީގެ ސަބަބުން ފަހިވެގެން ދިއުން ކަމަށެވެ. މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަމީމް ”ތިލަދުން” އަށް ވިދާޅުވީ، އެރަށު ސްކޫލްގެ ލައިބްރަރީ އިމާރާތް އާބާތުރަ ފިލުވައި، އަލުން ހުޅު...

ޙުސައިން ޝަހުދީ