📍 ހދ. ކުޅުދުއްފުށި
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ކުޅުދުއްފުށި ސިޓީގައި ޕެރޭޑު ބާއްވައި ހަވާއަރުވައިފި
މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހދ. ކުޅުދުއްފުށީގައި ޕެރޭޑް ބާއްވާ ހަވާއަރުވައިފި އެވެ. ނަޞްރުގެ ދުވަހުގެ ބަޠަލު، ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ އުފަން ރަށް، ހދ.ކުޅުދުއްފުށީގައި އެމްއެންޑީއެފުން ބޭއްވި ޕެރޭޑުގެ ހަރަކާތް، ކުރިއަށް ގެންދިޔައީ އިއްޔެ ހަވީރު އެރަށުގެ ބޮޑު މަގުގަ އެވެ. މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަޠީފްގެ [...