މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ފުރަތަމަ ފަހަރަށް ކުޅުދުއްފުށީގައި ނުފަޅާ ކުރާ ސާޖަރީ ކާމިޔާބުކަމާއެކު ނިންމާލައިފި 📍 ހދ. ކުޅުދުއްފުށި

ފުރަތަމަ ފަހަރަށް ކުޅުދުއްފުށީގައި ނުފަޅާ ކުރާ ސާޖަރީ ކާމިޔާބުކަމާއެކު ނިންމާލައިފި

ފުރަތަމަ ފަހަރަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް)ގައި ނުފަޅާ ކުރާ ސާޖަރީ (ލެޕަރޮސްކޯޕިކް ސާރޖަރީ-ކީހޯލް އޮޕަރަޝަން) ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ. މިއަދު ކޭ.އާރު.އެޗްގެ އޮޕަރޭޝަން ތިއޭޓަރގައި ކުރެވުނު ލެޕަރޯސްކޯޕިކް ސާރޖަރީއަކީ އެ ހޮސްޕިޓަލްގައި އަދި ރާއްޖޭން އުތުރުގައި ވެސް ކުރެވެނު މި ފަދަ ފުރަތަމަ އޮޕަރޭޝަނެވެ. ކޭއާރްއެޗުން މައުލޫމާތު ދެއްވި ގޮތުގައި ލެޕަރޮސްކޯޕިކް ސާރޖަރީތަކުގެ ތަޖުރިބާކާރު ޑޮކްޓަރު، ސީނިޔަރ ކޮންސަލްޓަންޓް އިން ޖެނަރަލް ސާރޖަރީ، ޑރ. އަބްދުﷲ އުބައިދު ލީޑް ކ...

މުޙައްމަދު އަފްރާޙް
އިންޓަރ ސްކޫލު، ނޯތް ޒޯން ނެޓްބޯލް މުބާރާތް ކުޅުދުއްފުށި ސިޓީގައި ފަށައިފި 📍 ހދ. ކުޅުދުއްފުށި

އިންޓަރ ސްކޫލު، ނޯތް ޒޯން ނެޓްބޯލް މުބާރާތް ކުޅުދުއްފުށި ސިޓީގައި ފަށައިފި

އިންޓަރ ސްކޫލު، ނޯތް ޒޯން ނެޓްބޯލް މުބާރާތް ކުޅުދުއްފުށި ސިޓީގައި މިއަދު ފަށައިފި އެވެ. މި މުބާރާތުގެ ފުރަތަމަ މެޗު ގައި މިއަދު ހަވީރު 15:45 ގައި ބައްދަލުކުރާނީ 13 އަހަރުން ދަށުގެ ށ. ފުނަދޫ ސްކޫލާއި ހދ. ނެއްލައިދޫ ސްކޫލެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ޖަލާލުއްދީން ސްކޫލާއި އަފީފުއްދީން ސްކޫލެވެ. މިއީވެސް 13 އަހަރުން ދަށުގެ މެޗެކެވެ. މީގެ އިތުރުން މިރޭ ވެސް ދެ މެޗު ކުޅުމަށް ވަނީ ނިންމާފަ އެވެ. 17 އަހަރުން […]

މުޙައްމަދު އަފްރާޙް
މުރައިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް، ދިއްދޫ ކޯޓަށް 📍 ހއ. ދިއްދޫ

މުރައިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް، ދިއްދޫ ކޯޓަށް

ހއ.މުރައިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގައި ހުންނެވި، ހއ.އުތީމު، ސީވިއު، އަލްއުސްތާޛު ޙަސަން ފަޔާޟް، ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކުރައްވަން ނިންމަވައިފިި އެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިކަން އިޢުލާންކުރައްވާފައިވަނީ މިއަދު އެވެ. ޖޭއެސްސީން ވިދާޅުވީ، ޙަސަން ފަޔާޟް، ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތް ކުރައްވަން ފައްޓަވާނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. މީގެ އިތުރުން ޖޭއެސްސީން ވިދާޅުވީ، ދިވެހިރާއްޖޭގެ މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް އ...

އިބްރާހިމް އަސްވާޤް
"އައި އެމް ޕޮސިބަލް" ކެމްޕެއިން ކުޅުދުއްފުށި ސިޓީގައި ފަށައިފި 📍 ހދ. ކުޅުދުއްފުށި

"އައި އެމް ޕޮސިބަލް" ކެމްޕެއިން ކުޅުދުއްފުށި ސިޓީގައި ފަށައިފި

އައިއެމް ޕޮސިބްލް ކެމްޕެއިން ކުޅުދުއްފުށި ސިޓީގައި ފަށައިފި އެވެ. މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީ އިން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ މަގުސަދަކީ ޕެރަލިމްޕިކް ވެލިއުސް އާއި ޕެރާ ސްޕޯޓްސް އާ ބެހޭ ގޮތުން ދަސްކޮށްދިނުމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިން ފިޒިކަލް އެޑިއުކޭޝަނާއި ސްކޫލުގައި އެހެނިހެން ހަރަކާތްތަކުގައި ހިމަނަން ދަސްކޮށްދިނުމެވެ. އިއްޔެ ފެށި މި ޕްރޮގްރާމު މިރޭ ނިމޭއިރު، ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނުގައި ހއ އަދި ހދ އަތޮޅުގެ 12 ސްކޫލަކުން 29 […]

މުޙައްމަދު އަފްރާޙް
ފިރާޟް އަށް މަޖިލީހުން ރުހުން ދީފި 📍 ހއ. އިހަވަންދޫ

ފިރާޟް އަށް މަޖިލީހުން ރުހުން ދީފި

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ނައިބު ރައީސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އައްޔަންކުރައްވާފައިވާ، މުޙައްމަދު ފިރާޟް އަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. އޭނާއަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓްޕްރައިސް (އެސްއޯއީ) ކޮމިޓީން ދިރާސާ ކުރުމަށްފަހު، ކޮމެޓީން ވަނީ އޭނާ އަށް ރުހުންދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ. އެއަށްފަހު އޭނާ އަށް ރުހުން އޮތްތޯ ބަލަން މަޖިލީހުގެ ތަޅުމު...

ޔުމްނާ ޢަލީ
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: ޓާފް ކުއީންއާއި ސީއެސް ވިމެންސް އެއްވަރުވިއިރު ލަޔަންއާއި ޒީރަށް ފަސޭހަ މޮޅެއް 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: ޓާފް ކުއީންއާއި ސީއެސް ވިމެންސް އެއްވަރުވިއިރު ލަޔަންއާއި ޒީރަށް ފަސޭހަ މޮޅެއް

ހދ. ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ގައި އިއްޔެ ކުޅުނު އަންހެން ކެޓަގަރީގެ މެޗުގައި ޓާފް ކުއީންއާއި ސީއެސް ވިމެންސް ބައްދަލުކުރި މެޗު އެއްވަރުވީއިރު، ފިރިހެން ކެޓަގަރީގައި ޒީރު ސްޕޯޓްސް ކުލަބާއި ލެންޓާން އެފްސީ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޒީރު ސްޕޯޓްސް ކުލަބުން ކާމިޔާބުކުރި އިރު، ލަޔަންއާއި އަތިރިކޮޅު ލެޖެންޑްސް ބައްދަލުކުރި މެޗު ލަޔަންއިން ކާމިޔާބު ކޮށްފިއެވެ. ޓާފް ކުއީންއާއި ސީއެސް ވިމެންސް ބައްދަލުކުރި މެޗު ނިމިފައި...

އިބްރާހިމް ޚަލީލް
ވެލިދޫ މަގުހެދުމަށް ބޭނުންވާ ޕޭވިން ބުލޮކްސްގެ ފުރަތަމަ ސިޕްމަންޓް ގެންގޮސްފި 📍 ނ. ވެލިދޫ

ވެލިދޫ މަގުހެދުމަށް ބޭނުންވާ ޕޭވިން ބުލޮކްސްގެ ފުރަތަމަ ސިޕްމަންޓް ގެންގޮސްފި

ނ. ވެލިދޫ މަގުހެދުމަށް ބޭނުންވާ ޕޭވިން ބުލޮކްސްގެ ފުރަތަމަ ސިޕްމަންޓް ގެންދެވިފައި ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ވިދާޅުވެއްޖެ އެވެ. އެ ކުންފުނިން ވިދާޅުވީ މި މަޝްރޫއުގައި މިހާރު ކުރިޔަށް ދަނީ ބޮޑު މަގުގައި ކާބުސްޓޯން ޖެހުން ކަމަށެވެ. މީގެ އިތުރުން އޯޝަން މަގު، ސޯސަން މަގު، ޗާންދަނީ މަގު އަދި ރޯޝަނީ މަގުގައި ކާބުސްޓޯން ޖެހުމުގެ މަސައްކަތުގެ 40 އިންސައްތަ ނިމިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. ވެލިދޫ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫޢު އާރްޑީސީ […]

މުޙައްމަދު އަފްރާޙް
ބިލެތްފަހި އެއާޕޯޓުގެ މަސައްކަތް ލަސްތަކެއް ނުވެ ކުރިއަށްދާނެ: ރައީސް 📍 ށ. ބިލެތްފަހި

ބިލެތްފަހި އެއާޕޯޓުގެ މަސައްކަތް ލަސްތަކެއް ނުވެ ކުރިއަށްދާނެ: ރައީސް

މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހި އެއާޕޯޓުގެ މަސައްކަތް ލަސްތަކެއް ނުވެ ކުރިއަށްދާނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ބިލެތްފަހި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާއި ގުޅޭގޮތުން ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ށ. ބިލެތްފަހި ކައުންސިލުންވަނީ އެ ރަ...

އިބްރާހިމް އަސްވާޤް
ރައީސް ކޮށްދެއްވަން ވިދާޅުވި ކަންކަމުގެ 95% މަސައްކަތް ހިނގަމުންދޭ: ބިލެތްފަހި ކައުންސިލް 📍 ށ. ބިލެތްފަހި

ރައީސް ކޮށްދެއްވަން ވިދާޅުވި ކަންކަމުގެ 95% މަސައްކަތް ހިނގަމުންދޭ: ބިލެތްފަހި ކައުންސިލް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީގެ ތަރައްޤީއަށް ކޮށްދެއްވަން ވިދާޅުވި ކަންކަމުގެ ތެރެއިން 95 އިންސައްތަކަންކަމުގެ މަސައްކަތް ހިނގަމުންދާކަމަށް ބިލެއްފަހި ކައުންސިލުން ވިދާޅުވެއްޖެ އެވެ. އެކައުންސިލުން މިހެން ވިދާޅުވީ އެ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުން އޮތީ މ...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށި ސިޓީގައި ލޮރީ އަކާއި ޓެކްސީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގައި ލޮރީ އަކާއި ޓެކްސީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ހދ. ކުޅުދުއްފުށި ސިޓީގައި ލޮރީ އަކާއި ޓެކްސީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. މިއަދު ހެނދުނު 11:45 ހާއިރު މި އެކްސިޑެންޓު ހިނގާފައިވަނީ އެރަށުގެ އުތުރު ބަނދަރުގެ އެތުމާ ފިހާރަ ކައިރީގައި ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އެއާޕޯޓު ސަރަހައްދުން ވެލި އަޅައިގެން، އަނބުރާ ސައިޓަށް ދަނިކޮށް އެމްޓީސީސީގެ ލޮރީއެއް ގައި ފަހަތުން އައި ކާރު ޖެހުމުގެ ސަބަބުން ހިނގި މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތި މިހައިތަނަށް ލިބިފައެއް ނުވެއެެވެ. […]

މުޙައްމަދު އަފްރާޙް
ފުނަދޫ މެޖިސްޓްރޭޓް ކޯޓަށާއި ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރައްވައިފި 📍 ށ. ފުނަދޫ

ފުނަދޫ މެޖިސްޓްރޭޓް ކޯޓަށާއި ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރައްވައިފި

ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށާއި ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރައްވައިފި އެވެ. އެގޮތުން ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ޢައްޔަންކުރައްވާފައިވަނީ މ. ވޭވަށް، ކޯނަރ، އަލްއުސްތާޛު ޔާސިރު މުޙައްމަދެވެ. ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ ޙާސިލް ކުރައްވާފައިވާ ޔާސިރަކީ ތިން އަހަރު ޝަރުޢީ ދާއިރާގައި ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިހައިތަަނަށް ހުންނެވީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަގާމުގަ އެވެ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ޢައްޔަންކުރައްވާފައިވާ ރ....

މުޙައްމަދު އަފްރާޙް
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: އަތިރިކޮޅު ލެޖެންޑްސްއާއި ލާޒިއޯ އެއްވަރުވިއިރު، ޒީރު ސްޓާރސްއަށް ބޮޑު މޮޅެއް 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: އަތިރިކޮޅު ލެޖެންޑްސްއާއި ލާޒިއޯ އެއްވަރުވިއިރު، ޒީރު ސްޓާރސްއަށް ބޮޑު މޮޅެއް

ހދ. ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ގައި އިއްޔެ ކުޅުނު ފިރިހެން ކެޓަގަރީގެ މެޗުގައި އަތިރިކޮޅު ލެޖެންޑްސްއާއި ލާޒިއޯ ބައްދަލުކުރި މެޗު އެއްވަރުވީއިރު، އަންހެން ކެޓަގަރީގައި ކުޅުނު މެޗު ޒީރު ސްޓާރސްއިން ކާމިޔާބު ކޮށްފިއެވެ. ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ އަތިރިކޮޅު ލެޖެންޑްސްއާއި ލާޒިއޯއެވެ. މި މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންންވެ. މި މެޗުގެ […]

އިބްރާހިމް ޚަލީލް
ކޭއާރްއެޗް ގައި ލެޕަރޮސްކޯޕިކް ސާޖަރީތައް ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ފުރިހަމަކޮށްފި 📍 ހދ. ކުޅުދުއްފުށި

ކޭއާރްއެޗް ގައި ލެޕަރޮސްކޯޕިކް ސާޖަރީތައް ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ފުރިހަމަކޮށްފި

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރްއެޗް) ގައި ލެޕަރޮސްކޯޕިކް ސާރޖަރީތައް ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ފުރިހަމަކޮށްފި އެވެ. އެ ހޮސްޕިޓަލުން މިކަން ހާމަކުރެއްވީ ކުރައްވާފައިވާ ޓްވީޓެއްގަ އެވެ. އެ ޓްވީޓުގައި ވިދާޅުވެފައި ވަނީ ލެޕަރޮސްކޯޕިކް ސާރޖަރީ އަކީ ބަނޑުގައި ކުޑަ ލޯވަޅެއް ނުވަތަ ލޯވަޅުތަކެއް އަޅައިގެން ކެމެރާގެ ޒަރީއާއިން ބަލައިގެން ކުރެވޭ ލުއި އޮޕަރޭޝަނެއް ކަމަށެވެ. މި ހިދުމަތް ފެށުމަށް ތައްޔާރުވެފައިވާއިރު، ކޭއެޗްއާރް ގައި ކަށީގެ އޮޕަރޭޝަންތައް ކުރުމަށް ހޯދަން ޖެހޭ...

މުޙައްމަދު އަފްރާޙް
ނ. މަގޫދޫ އާއި ލ. ކަލައިދޫގެ ބައި-އިލެކްޝަން ޕީޕީއެމް އަށް! 📍 ނ. މަގޫދޫ

ނ. މަގޫދޫ އާއި ލ. ކަލައިދޫގެ ބައި-އިލެކްޝަން ޕީޕީއެމް އަށް!

ނ. މަގޫދޫ އާއި ލ. ކަލައިދޫގެ ބައި-އިލެކްޝަން، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ކާމިޔާބުކޮށްފި އެވެ. މިއަދު ބޭއްވި ބައި-އިލެކްޝަން ގައި އެ ދެރަށުގެ ތެރެއިން ނ. މަގޫދޫ ކައުންސިލުގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި- އިލެކްޝަން ޕީޕީއެމް އިން ކާމިޔާބުކުރީ 9 ވޯޓުގެ ތަފާތަކުން ނެވެ. އެގޮތުން ޕީޕީއެމް އިން ވާދަކުރެއްވި އާމިނަތު ޔުމްނާ އަބްދުލްޣަނީ އަށް 124 ވޯޓު ލިބިވަޑައިގެންނެވިއިރު، އެމްޑީޕީ އިން ވާދަކުރެއްވި ފަރީދާ އަދްނާނަށް  ލިބިވަޑައިގެންނެވީ 115 […]

މުޙައްމަދު އަފްރާޙް
ބޮޑު ތިލަދުންމައްޗަކީ ހިތްވަރުގަދަ ދިވެހި ބަތަލުންތަކެއް އުފައްދާފައިވާ ތަނެއްކަން ދިވެހި ތާރީހުން ހެކިދޭ: މާރިޔާ 📍 ހދ. ކުޅުދުއްފުށި

ބޮޑު ތިލަދުންމައްޗަކީ ހިތްވަރުގަދަ ދިވެހި ބަތަލުންތަކެއް އުފައްދާފައިވާ ތަނެއްކަން ދިވެހި ތާރީހުން ހެކިދޭ: މާރިޔާ

ބޮޑު ތިލަދުންމައްޗަކީ ހިތްވަރުގަދަ ދިވެހި ބަތަލުންތަކެއް އުފައްދާފައިވާ ތަނެއްކަން ދިވެހި ތާރީހުން ހެކިދޭ ކަމަށް ޑިފެންސް މިނިސްޓަރު އަލް އުސްތާޛާ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހދ. ކުޅުދުއްފުށި ސިޓީގައި އޮތް ހަވީރެއްގައި ވާހަކަފުޅުދައްކަވަމުން ނެވެ. އެ ހަވީރުގައި މާރިޔާ ވިދާޅުވީ 1988 ނޮވެމްބަރު 3 ވަނަ ދުވަހުގެ އުދުވާނުން ދިވެހީންނަށް ލިބުނު ނަސްރުގައި ހުސައިން އާދަމް އަދާކުރެއްވީ މުހިންމު ދައުރެއް ކަމަށެވެ. “އެ ދުވަހުގެ ވާހ...

މުޙައްމަދު އަފްރާޙް