މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
އެމްޑީޕީ އަށް ކާމިޔާބުކުރެވޭނީ ރައީސް ނަޝީދާއިއެކު: އަމީން 📍 ހދ. ކުމުންދޫ

އެމްޑީޕީ އަށް ކާމިޔާބުކުރެވޭނީ ރައީސް ނަޝީދާއިއެކު: އަމީން

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ދެން ވެސް ރިޔާސީ އިންތިޚާބު ކާމިޔަބު ކުރެވޭނީ، އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދު އާއިއެކު ކަމަށް ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަދި ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޯމަތިވެފައިވާއިރު ރައީސް ނަޝީދު ވަނީ މިހާރުގެ ރައީސް، އިބްރާޙީމް މުޙައްމަދު ޞާލިޙާއެކު ދެން މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވެފައިއެވެ. އަދި އެ ޕާޓީގެ […]

އަލީ އާދިލް
ނޯތް ޒޯން ނެޓްބޯލް މުބާރާތް: 13 އަހަރުން ދަށާއި 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އަފީފުއްދީން ސްކޫލަށް

ނޯތް ޒޯން ނެޓްބޯލް މުބާރާތް: 13 އަހަރުން ދަށާއި 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އަފީފުއްދީން ސްކޫލަށް

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ހދ. ކުޅުދުއްފުށި ސިޓީގައި މިހާރުކުރިއަށްދާ ނޯތް ޒޯން އިންޓަރ ސްކޫލް ނެޓްބޯލް މުބާރާތުގެ 13 އަހަރުން ދަށާއި 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އަފީފުއްދީން ސްކޫލުން ހޯދައިފި އެވެ. 13 އަހަރުން ދަށުގެ ޗެމްޕިއަންކަން އެ ސްކޫލުން ހޯދީ ޖަލާލުއްދީން ސްކޫލާއި ވާދަކޮށް 20 ޝޫޓު 2 ޝޫޓުން ނެވެ. ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ އަފީފުއްދީން ސްކޫލުގެ މަރިޔަމް ނާޔާ އެވެ. މި މުބާރާތުގެ […]

މުޙައްމަދު އަފްރާޙް
އައިޖީއެމްއެޗް އާއި އެސްޓީއޯ ގުޅިގެން ހަކުރުބަލީގެ ދުވަސް ފާހަގަކުރުމަށް ދިއްދޫގައި ހަރަކާތްތަކެއް ކުރިއަށް 📍 ހއ. ދިއްދޫ

އައިޖީއެމްއެޗް އާއި އެސްޓީއޯ ގުޅިގެން ހަކުރުބަލީގެ ދުވަސް ފާހަގަކުރުމަށް ދިއްދޫގައި ހަރަކާތްތަކެއް ކުރިއަށް

ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) އިން ހއ. އަތޮޅުގައި ހަރަކާތްތަކެއް ހިންގަމުންދާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެ އެވެ. އެ ހޮސްޕިޓަލުން ވިދާޅުވީ މި ދުވަސް ފާހަގަކުރުމަށް މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ހަރަކާތުގައި އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއް އެ އަތޮޅަށް ވަނީ ދަތުރުކޮށްފަ އެވެ. އަދި އެ އަތޮޅު ހޮސްޕިޓަލާއި އެސްޓީއޯ މެޑިކަލް ސާރވިސަސް އަދި އައިޖީއެމްއެޗާއި ގުޅިގެން އެކި […]

މުޙައްމަދު އަފްރާޙް
މިޑްލް ސްޕޯޓްސް ކުލަބުން ދިއްދޫ ޣާޒީ މުޙައްމަދު ޕްރީސްކޫލް ކުރިމަތީ އަވިން ނިވާވާނެ ތަނެއް ހަދައިފި 📍 ހއ. ދިއްދޫ

މިޑްލް ސްޕޯޓްސް ކުލަބުން ދިއްދޫ ޣާޒީ މުޙައްމަދު ޕްރީސްކޫލް ކުރިމަތީ އަވިން ނިވާވާނެ ތަނެއް ހަދައިފި

ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންން މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ކައުންސިލް ގުޅިގެން އެ ރަށު ޢާޒީ މުޙައްމަދު ޕްރީސްކޫލް ދޮރުމަތީގައި އަވިނެޓްދަމައި، އަވިން ނިވާވެ ތިބެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. މިޑްލް ސްޕޯޓްސް ކުލަބުން ބުނެފައިވަނީ “ޢާޒީ މުޙައްމަދު ޕްރީސްކޫލް ޝޭޑް ޕްރޮޖެކްޓް” ކުރިއަށް ގެންދިޔުމުގެ މަޤުޞަދަކީ އެ ސްކޫލަށްދާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ސްކޫލުގެ ބޭރުގައި މަޑުކޮށްލައިގެން ތިބޭ ވަގުތުތަކުގައި އަވިން ރައްކާތެރިވެ ތިބެވޭނޭ...

އިބްރާހިމް ޚަލީލް
ކަނޑިތީމު ހިމެނޭގޮތަށް 15 ރަށަކަށް ސާފް ބޯޑު ހަވާލުކޮށްފި 📍 ށ. ކަނޑިތީމު

ކަނޑިތީމު ހިމެނޭގޮތަށް 15 ރަށަކަށް ސާފް ބޯޑު ހަވާލުކޮށްފި

ށ. ކަނޑިތީމު ހިމެނޭގޮތަށް 15 ރަށަކަށް ސާރފް ބޯޑު ހަވާލުކޮށްފި އެވެ. މި ތަކެތި ހަވާލުކޮށްފައިވަނީ ޔޫތް އެންޑް ސްޕޯޓްސް އާއި މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން ގުޅިގެން ނެވެ. މާލެ ރާޅުގަނޑު ސަރަހައްދުގައި ކުރިޔަށްގެންދިޔަ ރަސްމިއްޔާތެއްގައި މި 15 ރަށަށް ސާރފް ބޯޑު ހަވާލުކޮށްދެއްވީ މިނިސްޓަރ އަހްމަދު މަހްލޫފް އެވެ. މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސާރފްކުރަން ދަސްކުރާނެ ސާރފް ބޯޑު ނުލިބުމަކީ ރަށްރަށުން އަޑުއިވުނު އެންމެ ބޮޑު ޝަކުވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޒ...

މުޙައްމަދު އަފްރާޙް
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: ފިރިހެން ބައިގެ ޗެމްޕިއަންކަން ޒީރު ސްޕޯޓްސް ކުލަބަށް 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: ފިރިހެން ބައިގެ ޗެމްޕިއަންކަން ޒީރު ސްޕޯޓްސް ކުލަބަށް

ހދ.ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ގެ ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ޒީރު ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ. ރޭ ކުމުންދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗު ޒީރު ސްޕޯޓްސް ކުލަބުން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ ނަތީޖާއިން ބީޗް ސިޓީ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ރޭ ކުޅުން ފައިނަލް މެޗުގައި ޒީރު ސްޕޯޓްސް ކުލަބްގައި ތަފާތު ދައްކާފައި ވަނީ ރާއްޖޭގައި މިވަގުތު ހުރި […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި ބާއްވާ ނަމާދު ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ބާއްވާ ނަމާދު ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ކުޅުދުއްފުށީ ހިރަފުސް ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ސަލަފް ޖަމިއްޔާއާއި ގުޅިގެން ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ނަމާދު ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ވޯކްޝޮޕް ހާއްސަ ކޮށްފައި ވަނީ އުމުރުން 8 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށެވެ. މި އުމުރުގެ ދެ ޖިންސްގެ ކުދިންނަށް ވެސް މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕްގައި ކުދިން ބައިވެރިކުރައްވަން ބޭނުންފުޅުވާ ފަރާތ...

އިބްރާހިމް ޚަލީލް
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: އަންހެން ބައިގެ ޗެމްޕިއަންކަން ސީއެސް ވިމެންސްއަށް 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: އަންހެން ބައިގެ ޗެމްޕިއަންކަން ސީއެސް ވިމެންސްއަށް

ހދ. ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ސީއެސް ވިމެންސް އިން ހޯދައިފިއެވެ. އިއްޔެ ހަވީރު ކުމުންދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗު ސީއެސް ވިމެންސްއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިން ޓާފް ކުއީންސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ސީއެސް […]

އިބްރާހިމް ޚަލީލް
މުރައިދޫ ކައުންސިލްގެ ލޯގޯ އާއި ޔުނިފޯމު އަދި ވެބްސައިޓް އިފްތިތާޙްކޮށްފި 📍 ހއ. މުރައިދޫ

މުރައިދޫ ކައުންސިލްގެ ލޯގޯ އާއި ޔުނިފޯމު އަދި ވެބްސައިޓް އިފްތިތާޙްކޮށްފި

ހއ. މުރައިދޫ ކައުންސިލްގެ ލޯގޯ އާއި ޔުނިފޯމު އަދި ވެބްސައިޓް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މުރައިދޫ ސްކޫލްގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މި ރަސްމިއްޔާތުގައި މުރައިދޫ ކައުންސިލްގެ ވެބްސައިޓް އިފްތިތާޙް ކޮށްދެއްވީ ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ. ވެބްސައިޓް އިފްތިތާޙްކޮށް ދެއްވުމަށްފަހު އަތޮޅު ރައީސް ރަސްމިއްޔާތުގެ ބައިވެރިންނާ މުހާތަބުކޮށް ދެއްކެވި ވާހަކާގައި ކައުންސިލްތަކަކީ ލާމަރުކަޒީ ނިޒާމުގެ ދަށުން މިނިވަންކަމާއެކު މަސައްކަތްކުރަމުންދާ ތަނަކަށްވާތީ، މިފަދަ މ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އެކްސްޗޭންޖް ޕްރޮގުރާމެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އެކްސްޗޭންޖް ޕްރޮގުރާމެއް

ކުޅުދުއްފުށީ ސިޓީގައި “އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އެކްސްޗޭންޖް ޕްރޮގުރާމް” ގެ ތިންވަނަ ޕްރޮގުރާމް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. އެ ކައުންސިލުން ވިދާޅުވިގޮތުގައި، މިއީ އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓުޓް އަދި ލޯކަލް ގަވަރމަންޓް އޮޓޯރިޓީ (އެލްޖީއޭ) ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރުންގެ ޤާބިލުކަން އިތުރުކޮށް، ކޮމިޓީތަކުގެ މެދުގައި ގުޅުން ބަދަ...

ޔުމްނާ ޢަލީ
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: ފައިނަލުގައި ޒީރުއާއި ބީޗް ސިޓީ 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: ފައިނަލުގައި ޒީރުއާއި ބީޗް ސިޓީ

ހދ.ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ގެ ފިރިހެން ކެޓަގަރީގެ ފައިނަލުން ޒީރު ސްޕޯޓްސް ކުލަބާއި ބީޗް ސިޓީ ސްޕޯޓްސް ކުލަބް ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ސެމީފައިނަލް ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ބައްދަލު ކޮށްފައި ވަނީ ޒީރު ސްޕޯޓްސް ކުލަބާއި އައްޓޯ އެފްސީއެވެ. މި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ޒީރު ވަނީ ޖާގަ ހޯދާފައެވެ. މި މެޗުގައި ޒީރުން ކާމިޔާބުކުރި ހަމައެކަނި […]

އިބްރާހިމް ޚަލީލް
މޮޅަދޫ ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި 📍 ހއ. މޮޅަދޫ

މޮޅަދޫ ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި

ހއ. މޮޅަދޫ ފެރީ ހަޓްގެ މަސައްކަތްތައް ނިންމާލައިފިއެވެ. މި ފެރީ ހަޓް ހެދުމުގެ މަސައްކަތުގެ ތެރެއިން ކިއޮސްކަކާއި ޔުނިވާސަލް ޓޮއިލެޓަކާއި ވެއިޓިންގް އޭރިއާއެއް ވަނީ ހަދައިފައެވެ. މިއީ ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ “އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” މަޝްރޫއުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1ގެ ދަށުން ގާއިމުކުރި ފެރީ ސްޓޮޕެކެވެ. ޒޯން 1 ގައ...

އަޙްމަދު ވަހީދު
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: ސެމީގައި ލަޔަންއާއި ބީޗް ސިޓީ އަދި އައްޓޯ އެފްސީއާއި ޒީރު 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: ސެމީގައި ލަޔަންއާއި ބީޗް ސިޓީ އަދި އައްޓޯ އެފްސީއާއި ޒީރު

ހދ.ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ގެ ފިރިހެން ކެޓަގަރީގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން ޒީރު ސްޕޯޓްސް ކުލަބާއި އައްޓޯ އެފްސީ ޖާގަ ހޯދައިފިއެވެ. އިއްޔެ ގްރޫޕް އޭގެ ފަހު މެޗުގައި ބައްދަލު ކޮށްފައި ވަނީ އައްޓޯ އެފްސީއާއި އަތިރިކޮޅު ލެޖެންޑްސްއެވެ. މި މެޗު 4-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އައްޓޯއެވެ. މި މެޗުގައި އައްޓޯއަށް ލަނޑުތައް ކާމިޔާބު […]

އިބްރާހިމް ޚަލީލް
ބޯކޮށް ވާރޭވެހުމާއެކު ބާރަށް ގުގުރާނެ: މެޓް

ބޯކޮށް ވާރޭވެހުމާއެކު ބާރަށް ގުގުރާނެ: މެޓް

ބޯކޮށް ވާރޭވެހުމާއެކު ބާރަށް ގުގުރާނެކަމަށް ލަފާކޮށް ހއ. އަތޮޅުން  ފެށިގެން ފެށިގެން ދ. އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ދ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. ސަމާލު ނެރެފައި ވަނީ މިއަދު 18:45 އިން ފެށިގެން މިރޭ 23:45 އާއި ހަމައަށެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށްވެސް އެއިދާރާއިން ވިދާޅުވި […]

އިބްރާހިމް އަސްވާޤް
މާއުނގޫދޫ މާރާމާރީ: ޒަޚަމްވެގެން ކޭއާރުއެޗަށް ގެންދިޔަ މީހާގެ އޮޕަރޭޝަން ކާމިޔާބުކަމާއިއެކު ނިންމާލައިފި

މާއުނގޫދޫ މާރާމާރީ: ޒަޚަމްވެގެން ކޭއާރުއެޗަށް ގެންދިޔަ މީހާގެ އޮޕަރޭޝަން ކާމިޔާބުކަމާއިއެކު ނިންމާލައިފި

ށ. މާއުނގޫދޫ މާރާމާރީގައި ވަޅީގެ ޒަހަމާއިއެކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް ގެންދިޔަ ޒުވާނާގެ އޮޕަރޭޝަން ކާމިޔާބުކަމާއިއެކު ނިންމާލެވިއްޖެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ. ކޭއާރުއެޗުން ވިދާޅުވީ، މާއުނގޫދުއިން މިއަދު ފަތިހު އެ ހޮސްޕިޓަލަށް ވަޅީގެ ޒަހަމާއިއެކު ގެންދިޔަ 31 އަހަރުގެ ޒުވާނާގެ ފުރަތަމަ އޮޕަރޭޝަން ކާމިޔާބުކަމާއިއެކު ނިންމާލާފައިވާ ކަމަށެވެ. ”މިއަދު 05:00 ގައި ހޮސްޕިޓަލުގެ އެމަރޖެންސީ ޑިޕާރޓްމެންޓަށް ށ. މާއުނގޫދޫއަށް ނިސްބަތްވާ ފިރިހެނެއް ގެނެވުނީ ވާތު އަރިކ...

ތިލަދުން