މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ކުރިނބީގެ ތަރައްޤީއަށް އެންމެ ގިނަ މަސައްކަތްތަކެއް ކޮށްދީފައި ވަނީ މިސަރުކާރުން: ކައުންސިލް 📍 ހދ. ކުރިނބީ

ކުރިނބީގެ ތަރައްޤީއަށް އެންމެ ގިނަ މަސައްކަތްތަކެއް ކޮށްދީފައި ވަނީ މިސަރުކާރުން: ކައުންސިލް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ރައީސް އޮފީހުން މައުލޫމާތު ހާމަކުރައްވާފައިވާ ގޮތުގައި، މިބައްދަލުކުރެއްވުމުގައި ކުރިނބީ ކައުންސިލާއި، އ.ތ.މ ކޮމިޓީގެ މެމްބަރުން ވަނީ ކުރިނބީގެ ތަރައްޤީއަށް މިހާރު ހިންގެމުންދާ މަޝްރޫޢުތަކާއި އަދި ރައްޔިތުންނަށް ބޭނުންވެފައި...

ޔުމްނާ ޢަލީ
ހއ. އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެނީ

ހއ. އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެނީ

ރައްޔިތުންނަށް ފައިދާހުރި އިޖްތިމާޢީ ޕްރޮގްރާމްތަކާއި ތަފާތު ޕްރޮޖެކްޓްތައް ހިންގުމަށް ހއ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ރަށްތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ނިންމައިފިއެވެ. މި ޕްރޮގްރާމަށް ޕްރޮޕޯސަލް ފޯމް ހުށަހެޅުމުގެ ފުރުޞަތު ވަނީ އެ އަތޮޅުގެ ރަށްރަށުގެ ކައުންސިލު ތަކަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށާއި ސަރުކާރު މުއައްސަސާތަކުގެ އިތުރުން ރަޖިސްޓަރީ ކޮށްގެން ހިންގާ ކުލަބް ޖަމިއްޔާތަކަށް ހުޅުވާލާފައެވެ. ހއ. އަތޮޅު ކައުންސިލުން ވަނީ އެންމެ ރަނގަޅު ހުށަހެޅުން ހ...

އިބްރާހިމް ޚަލީލް
ފޯކައިދޫ އިންޑޯ ޖިމް ހުޅުވައިފި 📍 ށ. ފޯކައިދޫ

ފޯކައިދޫ އިންޑޯ ޖިމް ހުޅުވައިފި

ށ.ފޯކައިދޫގައި އިންޑޯ ޖިމެއް ހުޅުވައިފިއެވެ. ފޯކައިދޫ ޒުވާނުންގެ މަރުކަޒުގައި ރޭ ހުޅުވި އިންޑޯ ޖިމަށް ބޭނުންވާ އެންމެހާ ސާމާނު ފޯރުކޮށްދީފައި ވަނީ ޔޫތު މިނިސްޓްރީގެ ފަރާތުންނެވެ. ރޭ ޖިމް ރަސްމީކޮށް ހުޅުވުމުގެ އިތުރުން ޖިމަށް މީހުން އަހުލުވެރި ކުރުވުމުގެ ގޮތުން ވެސް ޕްރޮގްރާމެއް ވަނީ ފައްޓަވާފައެވެ. ޖިމް އިންސްޓްރަކްޓަރަކާއި އެކު ޖުމްލަ ޖުމްލަ 15 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ތެރެއިން ޖިމްގައި ގެންގުޅެން ޖެހޭ އުސޫލްތަކާއި ޖިމްގައި ބޭނުންކުރާ އެންމެހާ ސާމާނުތައް ރައްކާތެރިކަމ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި ބޭއްވި ނަމާދު ވޯކްޝޮޕް ކާމިޔާބު ކަމާއިއެކު ނިންމާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ބޭއްވި ނަމާދު ވޯކްޝޮޕް ކާމިޔާބު ކަމާއިއެކު ނިންމާލައިފި

ހދ. ކުޅުދުއްފުށީ ހިރަފުސް ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ޖަމިއްޔަތުއް ސަލަފާއި ގުޅިގެން، އެ ރަށުގައި ކުރިއަށް ގެންދިޔަ ނަމާދު ވޯކްޝޮޕް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން 19 ދުވަހުގެ ނިޔަލަށް، ޖުމްލަ ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕަށް ވަނީ ބޮޑު ތަރުޚީބެއް ލިބިފައެވެ. މިގޮތުން މި ވޯކްޝޮޕްގައި 8 އަހަރާއި 12 އަހަރާއި ދެމެދުގެ ޖުމަލް 227 ކުދިން ވަނީ ބައިވެރިވެފައެވެ. މި ވޯކްޝޮޕްގައި ނަމާދު […]

އިބްރާހިމް ޚަލީލް
ފޭދޫ ސްކޫލަށް އިތުރުކުރާ އިމާރާތްތަކުގެ މަސައްކަތް ނުނިމި ދިގުލާތީ ކައުންސިލްގެ ކަންބޮޑުވުން 📍 ށ. ފޭދޫ

ފޭދޫ ސްކޫލަށް އިތުރުކުރާ އިމާރާތްތަކުގެ މަސައްކަތް ނުނިމި ދިގުލާތީ ކައުންސިލްގެ ކަންބޮޑުވުން

ށ. ފޭދޫ ސްކޫލަށް އިތުރުކުރާ 8 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ނުނިމި ދިގުލާތީ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ފޭދޫ ކައުންސިލްގެ ރައީސް އަހްމަދު ރައިޝަމް ”ތިލަދުން” އަށް ވިދާޅުވީ، އެރަށުގެ ސްކޫލަކީ މިހާރު 7 ކިލާސް ރޫމް އެކުލެވޭ ސްކޫލެއް ކަމަށެވެ. އަދި އެ ސްކޫލްގައި ގްރޭޑް 10 އަކާއި ހަމައަށް، ޖުމްލަ 224 ދަރިވަރުން އުނގެނެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސްކޫލްގެ ޖާގައިގެ ދަތިކަމާހުރެ ދެ ދަންފަޅިއަށް ބަހައިގެން މެނޭޖް ނުކުރެވޭ ކަމަށެވެ. […]

ޔުމްނާ ޢަލީ
މި ވެރިކަން ވައްޓާލުމުގެ މަސައްކަތުގެ ކޮންމެ ބައިވެރިޔަކީ އެމްޑީޕީގެ މެންބަރުންނަށް ޣައްދާރުވާ މީހެއް: ޝިފާޢު

މި ވެރިކަން ވައްޓާލުމުގެ މަސައްކަތުގެ ކޮންމެ ބައިވެރިޔަކީ އެމްޑީޕީގެ މެންބަރުންނަށް ޣައްދާރުވާ މީހެއް: ޝިފާޢު

މިހާރު މިއޮތް ވެރިކަން ވައްޓާލުމުގެ މަސައްކަތުގެ ކޮންމެ ބައިވެރިޔަކީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުންނަށް ޣައްދާރުވާ މީހެއް ކަމަށް އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ޝިފާޢު މިހެން ވިދާޅުވީ، މާލޭގެ ކުރީގެ މޭޔަރު ޝިފާ މުޙައްމަދު، އެމްޑީޕީއަށް ރައްޔިތުންގެ އިތުބާރު ނެތްކަމަށް ވިދާޅުވަމުން، ފާޑުވިދާޅުވެ ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ. އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގުދާއިރާގެ މެންބަރު ހަސަން ލަތީފް ފާޅުކުރެއްވި ޝ...

އަލީ އާދިލް
ލައިފް ސްކިލް ޕްރޮގްރާމުން އެއްބައިވަންތަ ރަށެއް ގޮތުގައި ދެމި ތިބުމަށް އައު ހިތްވަރެއް ލިބުނު: އުތީމު ކައުންސިލް 📍 ހއ. އުތީމު

ލައިފް ސްކިލް ޕްރޮގްރާމުން އެއްބައިވަންތަ ރަށެއް ގޮތުގައި ދެމި ތިބުމަށް އައު ހިތްވަރެއް ލިބުނު: އުތީމު ކައުންސިލް

އުތީމު ކައުންސިލުން އިސްނަގައިގެން އެރަށުގައި ކުރިއަށް ގެންދިޔަ ލައިފް ސްކިލް ޕްރޮގްރާމުން އެރަށުގެ ރަށުވަންތަ ސިފަ ހިފަހައްޓައި، އެއްބައިވަންތަ ރަށެއްގެ ގޮތުގައި ތިބުމަށް އައު ހިތްވަރެއް ލިބިގެން ގޮސްފައިވާކަމަށް އުތީމު ކައުންސިލުން ވިދާޅުވެއްޖެއެވެ. މި ނޮވެމްބަރު މަހުގެ 10 އިން 12 އަށް އުތީމުގައި ކުރިއަށް ގެންދިޔަ މި ލައިފް ސްކިލް ޕްރޮގްރާމްގައި މައުލޫމާތު ފޯރުކޮށްދެއްވީ މި ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ މަސްއޫދު ޢަލީ އެވެ. އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ”ތިލަދުން” އަށް ވިދާޅުވީ، އ...

ޔުމްނާ ޢަލީ
ފޭދޫގައި ދަނޑުވެރިކަމުގެ ޕްރޮގްރާމެއް ފަށައިފި 📍 ށ. ފޭދޫ

ފޭދޫގައި ދަނޑުވެރިކަމުގެ ޕްރޮގްރާމެއް ފަށައިފި

މިނިސްޓްރީ އޮފް ފިޝަރީސް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރގެ، މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގުރާމްގެ ދަށުން ށ. ފޭދޫ ކައުންސިލްއާއި ގުޅިގެން އެ ރަށުގައި ހިންގާ ބޭސިކް ދަނޑުވެރިކަމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ރައްޔިތުން މެދުގައި ދަނޑުވެރިކަމަށް އޮންނަ ލޯބި އިތުރުކޮށް، ދަނޑުވެރިކަން ކުރިއަރުވައި އެކަމާއި ގުޅޭ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމެވެ. މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި ބާއްވާ ހިޔަލަ އެކްސްޕޯ މާދަމާ ފަށަނީ، 5 ރަށަކުން ބައިވެެރިވި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ބާއްވާ ހިޔަލަ އެކްސްޕޯ މާދަމާ ފަށަނީ، 5 ރަށަކުން ބައިވެެރިވި

ކުޅުދުއްފުށި ސިޓީގައި މިއަހަރު ބާއްވާ ހިޔަލަ އެކްސްޕޯ މާދަމާ ފެށުމަށް ތައްޔާރުވެއްޖެ އެވެ. މި އެކްސްޕޯގައި ހދ. އަތޮޅުގެ 5 ރަށަކުން ބައިވެެރިވެފައިވާކަމަށް މަޢުލޫމާތު ލިބެ އެވެ. ކުޅުދުއްފުށި ސިޓީ، ހަނިމާދޫ، ނޮޅިވަރަންފަރު، ކުރިނބީ އަދި ނެއްލައިދޫ ކަނބަލުންގެ ތަފާތު އުފެއްދުންތައް ބައްލަވައިގަތުމަށް ފުރުޞަތު ލިބިގެން ދާނެ އެވެ. މިއީ، ބައިނަލް އަޤްވާމީ ގެވެށި މަސައްކަތްތެރީންގެ ދުވަހާއި ދުނިޔޭގެ އަންހެން ވިޔަފާރިވެރިންގެ ދުވަސް ފާހަގަކުރުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ކުޅުދުއްފުށީ ސިޓީ ކައުންސިލ...

އިބްރާހިމް އަސްވާޤް
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. އުތީމު

ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާއި އުތީމް ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2022” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ ހއ.އަތޮޅުގައި ހުރި ސަރުކާރުގެ އޮފީސްތަކަށާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ކޮންމެ ރަށަކުން ވެސް ބައިވެރި ވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ، އެ ރަށެއްގެ މުވައްސަސާއެއް ނުވަތަ މުވައްސަސާތަކުން ތަމްސީލްކުރާ އެއް ޓީމަށެ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި ބާއްވާ ނަމާދު ވޯކްޝޮޕް، 220 ކުދިންނާއިއެކު ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ބާއްވާ ނަމާދު ވޯކްޝޮޕް، 220 ކުދިންނާއިއެކު ފަށައިފި

ހދ.ކުޅުދުއްފުށީ ހިރަފުސް ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ޖަމިއްޔަތުއް ސަލަފާއި ގުޅިގެން، ކުރިއަށް ގެންދާ ނަމާދު ވޯކްޝޮޕް، 220 ކުދިންނާއިއެކު މިއަދު ފަށައިފިއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ވޯކްޝޮޕް މިއަދު ފަށާފައިވާއިރު، މި ވޯކްޝޮޕްގެ ސެޝަންތައް ކުރިއަށް ގެންދަނީ ކުޅުދުއްފުށީ ކަސްޓަމްސް ބިލްޑިންގެ އިތުރުން އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ޓީއާރުސީ ހޯލުގައެވެ. އުމުރުން 8 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް އަމާޒު ކުރެވިގެން ކުރިއަށް ގެންދާ މި ވޯކްޝޮޕްގައި ނަމާދު އެންމެ ފުރިހަ...

އިބްރާހިމް ޚަލީލް
އިހަވަންދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް 📍 ހއ. އިހަވަންދޫ

އިހަވަންދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ހއ. އިހަވަންދޫ ސްކޫލް މަލްޓި ޕާޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ ރޫފިން އަދި ޕްލާސްޓަރިންގެ މަސައްކަތްތަކެވެ. އެޑިއުކޭޝަން މިނިސްޓްރީން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމައި ހަވާލު ކުރާ ގޮތަށެވެ. މިއީ 7.75 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެމްޓީސީސީން އަންނަނ...

އަޙްމަދު ވަހީދު
ހއ. ހދ. އަތޮޅު އަދި އައްޑޫ ސިޓީގައި ފެނަކައިން ކަރަންޓު މީޓަރު ޓެސްޓު ކުރުމުގެ ހިދުމަތް ފެށުމަށް ތައްޔާރުވަނީ

ހއ. ހދ. އަތޮޅު އަދި އައްޑޫ ސިޓީގައި ފެނަކައިން ކަރަންޓު މީޓަރު ޓެސްޓު ކުރުމުގެ ހިދުމަތް ފެށުމަށް ތައްޔާރުވަނީ

ހއ. އަދި ހދ. އަދި އައްޑޫ ސިޓީގައި ފެނަކައިން ކަރަންޓު މީޓަރު ޓެސްޓު ކުރުމުގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން ގެންދަވާކަމަށް އެ ކުންފުނިން ވިދާޅުވެއްޖެ އެވެ. ކަރަންޓު މީޓަރު ޓެސްޓުކުރުމުގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދު ވިދާޅުވީ މި ހިދުމަތުގެ ސަބަބުން ރައްޔިތުންނަށް ބޮޑު ފަސޭހަ ކަމެއް ލިބޭނެ ކަމަށާއި މި ހިދުމަތް ރާއްޖޭގެ ދެ ސަރަހައްދެއްގައި ފެށުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެންމެ އުތުރުން ހއ. އަދި ހދ […]

މުޙައްމަދު އަފްރާޙް
ވަށަފަރު ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި 📍 ހއ. ވަށަފަރު

ވަށަފަރު ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި

ހއ. ވަށަފަރުގެ ފެރީ ހަޓްގެ މަސައްކަތްތައް ނިންމާލައިފިއެވެ. މި ފެރީ ހަޓް ހެދުމުގެ މަސައްކަތުގެ ތެރެއިން ކިއޮސްކަކާއި ޔުނިވާސަލް ޓޮއިލެޓަކާއި ވެއިޓިންގް އޭރިއާއެއް ވަނީ ހަދައިފައެވެ. މިއީ ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ “އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” މަޝްރޫއުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1ގެ ދަށުން ގާއިމުކުރި ފެރީ ސްޓޮޕެކެވެ. ޒޯން 1...

އަޙްމަދު ވަހީދު
ކެލާ ކަނޑޫފަލުގެ ހާލަތު ރަނގަޅު ކުރުމަށް އައު ގަސް އިންދުމުގެ ޕްރޮގްރާމެއް 📍 ހއ. ކެލާ

ކެލާ ކަނޑޫފަލުގެ ހާލަތު ރަނގަޅު ކުރުމަށް އައު ގަސް އިންދުމުގެ ޕްރޮގްރާމެއް

ތިލަދުންމަތީ އުތުރުބުރީ ކެލާގައި އޮންނަ ކަނޑޫފަލުން ގިނަ އަދަދެއްގެ ކަނޑޫގަސްތައް މަރުވަމުންދާތީ ކަނޑޫފާގެ ހާލަތު ރަނގަޅު ކުރުމަށް އެތަނުގައި އަލުން ގަސް އިންދުމުގެ ޕްރޮގްރާމެއް ކެލާ ކައުންސިލުން ފަށައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން ކެލާ ކައުންސިލުން އިސްނަގައިގެން އެ ރަށުގެ ރައްޔިތުންނާއި ޖަމިއްޔާ ޖަމާޢަތްތަކުގެ އިތުރުން މުއައްސަސާތަކުގެ އެހީތެރިކަމާއިއެކު މިދިޔަ ހުކުރު ދުވަހު ވަނީ އައު ގަސް އިންދުމުގެ ކުރިއަށް އެތަނުގައިހުރި މަރުވެ ހިކިފައިވާ ގަސްތައްނަގައި ސާފު ކޮށްފައެވެ. މި ޕްރޮގްރާމްގެ ދަށ...

އިބްރާހިމް ޚަލީލް