މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް އުތީމުގައި މަސްރޭހެއް ބާއްވަނީ 📍 ހއ. އުތީމު

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް އުތީމުގައި މަސްރޭހެއް ބާއްވަނީ

ތިލަދުންމަތީ އުތުރުބުރީ އުތީމުގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ، އުތީމު ރައްޔިތުންގެ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މަސްރޭހުގައި އުތީމުގައި ހުރި މުއައްސަސާތަކަށާއި ކުލަބް ޖަމިއްޔާތަކަށް ޓީމް ތައް ބައިވެރި ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މީގެއިތުރުން އާންމު ފަރުދުންގެ މެދުގައި ޓީމް އެކުލަވާލައި ބައިވެރި ވުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ. މަސްރޭހުގައި ބައިވެރިވާ ޓީމްތަކުގައި މަދުވެގެން 5 މެމްބަރުން ހިމަނަން ޖެހޭއިރު،...

އިބްރާހިމް ޚަލީލް
މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ނެއްލައިދޫގައި މަސްރޭހެއް 📍 ހދ. ނެއްލައިދޫ

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ނެއްލައިދޫގައި މަސްރޭހެއް

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫގައި މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މަސްރޭހަކީ ނެއްލައިދޫ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި މުއައްސަސާތަކުގެ އިތުރުން ކުލަބު ޖަމިއްޔާތައް ގުޅިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މަސް ރޭހެކެވެ. ދިވެހި ރާއްޖޭގައި ކޮންމެ އަހަރަކު ވެސް މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހެވެ. މި މުބާރާތް ބ...

އިބްރާހިމް ޚަލީލް
ކެލާ ސްކޫލުން ވައްކަންކޮށްފި 📍 ހއ. ކެލާ

ކެލާ ސްކޫލުން ވައްކަންކޮށްފި

ހއ. ކެލާގައި ހުންނަ ސެއިޚް އިބްރާޙިމް ސްކޫލްގެ ސްޓާފް ރޫމުން ވައްކަން ކޮށްފިއެވެ. މިކަމާއިގުޅިގެން މައުލޫމާތު ހޯދުމަށް ”ތިލަދުން” އިން ސުވާލު ކުރުމުން ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ކެލާ ސެއިޚް އިބްރާޙިމް ސްކޫލްގެ ސްޓާފް ރޫމުން ވައްކަންކޮށްފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ އިއްޔެ ހެނދުނު 7:50 ގައެވެ. މި މައްސަލައިގެ ތުހުމަތުގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާއިރު، މައްސަލަ ތަހްގީގު ކުރައްވަމުން ގެންދަވާ ކަމަށް ފު...

ޔުމްނާ ޢަލީ
މިލަންދޫގެ ހިދުމަތްތެރިންގެ އަގުވަޒަން ކުރަން ކައުންސިލުން އެވޯޑެއް

މިލަންދޫގެ ހިދުމަތްތެރިންގެ އަގުވަޒަން ކުރަން ކައުންސިލުން އެވޯޑެއް

ށ. މިލަންދޫއަށް އެކިގޮތްގޮތުން ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަން ކުރުމަށް އެރަށު ކައުންސިލުން ހާއްސަ އެވޯޑެއް ދިނުމަށް ތައްޔާރުވެއްޖެއެވެ. ފާށަނާ އެވޯޑް ނަމުގައި ދިނުމަށް ނިންމާފައިވާ މި އެވޯޑު، މިފަހަރު އެރަށުގެ 59 ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވާކަމަށް މިލަންދޫ ކައުންސިލުން ވިދާޅުވެއެވެ. މިލަންދޫ ކައުންސިލްގެ ރައީސް އަބުދުﷲ އާތިފް ”ތިލަދުން” އަށް ވިދާޅުވީ، މި އެވޯޑު ދިނުމުގެ ރަސްމިއްޔާތު މިފެށޭ ޑިސެމްބަރު މަހުގެ 21 ގައި ބޭއްވުމަށް ނިންމައި ތައްޔާރީތ...

ޙުސައިން ޝަހުދީ
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވެވޭ މުއްދަތު އިތުރުކޮށް ފަށާ ތާރީޚަށް ބަދަލު ގެނެސްފި

ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވެވޭ މުއްދަތު އިތުރުކޮށް ފަށާ ތާރީޚަށް ބަދަލު ގެނެސްފި

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާއި އުތީމް ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2022” ގައި ބައިވެރިވުމަށް ހުޅުވާލާފައިވާ މުއްދަތު އިތުރުކޮށް މުބާރާތް ފަށާ ތާރީޚަށް ބަދަލު ގެނެސްފިއެވެ. މި މުބާރާތުގައި ބައިވެރިވުމަށް ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން މި މަހު 17 ވަނަ ދުވަހު ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް ފުރިހަމަ ކުރުމަށްފަހު، މި މަހުގެ 22  ވާ އަންގާރަ ދުވ...

އިބްރާހިމް ޚަލީލް
ތިލަފުށީ ފަޅުތެރެއިން ގިނަ އަދަދެއްގެ ކުނި އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ

ތިލަފުށީ ފަޅުތެރެއިން ގިނަ އަދަދެއްގެ ކުނި އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ

ތިލަފުށީ ފަޅުތެރެއިން ގިނަ އަދަދެއްގެ ކުނި އޮޔާދާތީ ސަމާލުވުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އެދިއްޖެ އެވެ. ވެމްކޯ އިން ވިދާޅުވީ ވެމްކޯއިން ވިދާޅުވީ އާންމުކޮށް، އޮއެ ހުންނަ ގޮތުން އެކި ދުވަސްވަރު ތިލަފުށީ ފަޅުގެ އެންމެ އެތެރެއަށް ގިނަ އަދަދެއްގެ ކުނި އަބަދު ވެސް ޖަމާވަމުންދާ ކަމަށެވެ. މިދުވަސްވަރު އޮއެ ހުރި މިސްރާބު ބަދަލުވުމާއި ގުޅިގެން ކުނިތައް ފަޅުތެރޭގައި ދައުރުވެ، މިކުނިތައް ކަނޑަށް ބޭރުވަމުންދާ ކަމަށް އެ ކުންފުނިން ވިދާޅުވި އެވެ. އަދި އެ […]

މުޙައްމަދު އަފްރާޙް
އަނެއްކާވެސް އުތީމު ތުނޑިން އާސާރީ ވަޅެއް ފެނިއްޖެ 📍 ހއ. އުތީމު

އަނެއްކާވެސް އުތީމު ތުނޑިން އާސާރީ ވަޅެއް ފެނިއްޖެ

ހއ. އުތީމު ހުޅަނގު ފަރާތު ތުނޑިން އާސާރީ ވަޅެއް ފެނިއްޖެ އެވެ. އެ ތުނޑިން އޮކްޓޯބަރު، 2021 ގައި ވެސް ވަނީ އާސާރީ ވަޅެއް ފެނިފައެވެ. އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު “ތިލަދުން”އަށް ވިދާޅުވީ، އުތީމު ހުޅަނގު ފަރާތު ތުނޑިން ނުވަތަ އުތީމު ދޫނި ތުނޑިން އާސާރީ ވަޅެއް ފެނިގެން އެކަމުގެ މައުލޫމާތު ލިބުނީ އިއްޔެ ކަމަށެވެ. އެ މައުލޫމާތު ލިބުމާއެކު ފަންނާއި، ސަގާފަތާބެހޭ ވުޒާރާއަށް އެކަން މިއަދު ހެނދުނު އެންގި ކަމަށް ރަޝީދު ވިދާޅުވިއެވެ. […]

ޙުސައިން ޝަހުދީ
ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް ފިނޭގައި ބާއްވަނީ 📍 ހދ. ފިނޭ

ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް ފިނޭގައި ބާއްވަނީ

ތިލަދުންމަތީ ދެކުނުބުރީ ފިނޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން އެ ރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ، ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން ޑިސެމްބަރ 1 ވަނަ ދުވަހުގެ ކުރިން ފިނޭ ކައުންސިލަށް ވަޑައިގެން ނުވަތަ އެ ކައުންސިލަށް ގުޅުއްވައި (6520027) ނަން ނޯޓް ކުރެއްވުމަށް އެ ފަރާތުން އެދިލައްވައެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި އީމެއިލް ކުރައް...

އިބްރާހިމް ޚަލީލް
ދިއްދޫގައި މީހުން ނޫޅޭ ފަޅުގޯތިތައް ސާފުކޮށް ބެލެހެއްޓުމަށް އިލްތިމާސްކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫގައި މީހުން ނޫޅޭ ފަޅުގޯތިތައް ސާފުކޮށް ބެލެހެއްޓުމަށް އިލްތިމާސްކޮށްފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫއިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން، މީހުން ދިރިއުޅެމުން ނުދާ ފަޅު ގޯތިތައް ކަނޑައެޅިފައިވާ އުސޫލުގެ މަތީން ސާފުކޮށް ބަލަހައްޓަމުން ނުދާތީ، އެތަންތަން ސާފުކޮށް ބެލެހެއްޓުމަށް ދިއްދޫ ކައުންސިލުން އިލްތިމާސް ކޮށްފި އެވެ. އެ ކައުންސިލުން ވަނީ އެތަންތަން ސާފުކުރުމަށް މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ މުހުލަތެއް ދީފައެވެ. އެ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ ދިއްދޫއިން މީހުން ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯތިތަކަކީ، އެ ގޯތ...

އިބްރާހިމް ޚަލީލް
އިހަވަންދޫ އައިސް ޕްލާންޓުން ގޭސް ލީކްވެ، އެކަކަށް ފަރުވާދެނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ އައިސް ޕްލާންޓުން ގޭސް ލީކްވެ، އެކަކަށް ފަރުވާދެނީ

ހއ. އިހަވަންދޫ އައިސް ޕްލާންޓުން އެމޯނިޔަމް ގޭސް ލީކްވަމުން އެބަދެއެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް ”ތިލަދުން” އަށް ވިދާޅުވީ، އެރަށު އައިސްޕްލާޓުން ގޭސް ލީކުވާ ކަމުގެ މައުލޫމާތު ކައުންސިލަށް ލިބުނީ މިރޭ 8:48 ހާއިރު ކަމަށެވެ. އައިސްޕްލާންޓުން ލީކްވާ ގޭސް އަދި ކޮންޓްރޯލް ކުރެވިފައިނުވާއިރު، ސިފައިން މިހާރު ދަނީ ގޭސް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންނެވެ. ”އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން ދަނީ ގޭސް ލީކްވާ މައްސަލަ ހައްލު ކުރުމަށް ހަރަކާތްތެރިވަމުން”’ ޞަބާޙް ވިދާޅުވިއ...

މުޙައްމަދު އަފްރާޙް
އާބާދީގެ ހުރިހާ މަޢުލޫމާތެއް ޑިޖިޓަލްކުރި ފުރަތަމަ ސިޓީއަކަށް ކުޅުދުއްފުށި 📍 ހދ. ކުޅުދުއްފުށި

އާބާދީގެ ހުރިހާ މަޢުލޫމާތެއް ޑިޖިޓަލްކުރި ފުރަތަމަ ސިޓީއަކަށް ކުޅުދުއްފުށި

އާބާދީގެ ހުރިހާ މަޢުލޫމާތެއް ޑިޖިޓަލްކުރި ފުރަތަމަ ސިޓީއަކަށް ކުޅުދުއްފުށި ސިޓީވެއްޖެ އެވެ. އެސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވީ، ރަށުގެ އާބާދީގެ ހުރިހާ މަޢުލޫމާތެއް ޑިޖިޓަލްކޮށް ގެމެން ޕޯޓަލްއަށް އަޕްލޯޑު ކުރެވުނު އެންމެ ފުރަތަމަ ސިޓީއަށް ކުޅުދުއްފުށި ވެގެންދިޔަކަމީ ލިބުނު ނުހަނު ބޮޑު އުފަލެއްކަމުގަ އެވެ. އެހެން ސިޓީ ކައުންސިލްތަކާއި އަޅާ ބަލާއިރު އެކައުންސިލްގައި ތިބި މުވައްޒަފުންގެ އަދަދު މަދުކަމާއި އެކު މިމަސައްކަތް ނިންމާލެވިފައިވާތީ، މިކަމުގައި ޝާމިލްވި ހުރިހާ މުވައްޒަފުންނަށް ވަރަށް...

ތިލަދުން
ހއ. އަތޮޅު ހޮސްޕިޓަލަށް ޓީވީ ހަވާލުކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި

ހއ. އަތޮޅު ހޮސްޕިޓަލަށް ޓީވީ ހަވާލުކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި

ވިލުން’ ޕްރޮގްރާމްގެ ދަށުން، ހއ. އަތޮޅު ހޮސްޕިޓަލަށް ޓީވީ ހަވާލުކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ. މިއީ އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ހޯދަން، ހޮސްޕިޓަލް/ކްލިނިކްތަކަށް ދާ ރައްޔިތުންނަށް ހާއްސަކޮށްގެން، އާސަންދަ ކުންފުނިން ފެއްޓި، ހޭލުންތެރިކުރުމުގެ ޕްރޮގްރާމެކެވެ. ‘ވިލުން’ ޕްރޮގްރާމުގެ ދަށުން، ހއ. އަތޮޅު ހޮސްޕިޓަލަށް ޓީވީ ހަވާލުކުރުމުގެ އެމްއޯޔޫގައި އާސަންދަ ކުންފުނީގެ ފަރާތުން ސޮއެ ކުރެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، އިބްރާހީމް ރަޝީދެވެ. އެ ހޮސްޕިޓަލު ފަރާތުން ސޮއެކުރެއ...

މުޙައްމަދު އަފްރާޙް
ކުޅުދުއްފުށި ސިޓީ ބަންޑާރަހިޔާގެ ރޯހައުސްތައް ހަވާލުކުރުމަށް ކުލަގަދަ ރަސްމިއްޔާތެއް ބާއްވަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ ބަންޑާރަހިޔާގެ ރޯހައުސްތައް ހަވާލުކުރުމަށް ކުލަގަދަ ރަސްމިއްޔާތެއް ބާއްވަނީ

ހދ. ކުޅުދުއްފުށި ސިޓީގައި ސަރުކާރުން އިމާރާތް ކޮށް ނުނިމި ހުރި ފުލެޓްތައް ނިމުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ފާހަގަ ކުރާނެކަމަށް އެ ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ. “ތިލަދުން” އާ މައުލޫމާތު ހިއްސާ ކުރައްވަމުން އޭނާ ވިދާޅުވީ، އެކި ސަބަބުތަކާހެދި މިހައިތަނަށް އާއްމުންނަށް ދޫނުކުރެވި ހުރި 102 ރޯހައުސްއެއް ހަވާލުކުރުމުގެ ކަންކަން އަންނަމަހުގެ ތެރޭގައި ނިންމާލެވޭކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އާތިފް ވިދާޅުވީ މި މަޝްރޫއުގެ ނިމުން ވަރަށް ކުލަގަދަކޮށް […]

މުޙައްމަދު އަފްރާޙް
ކުމުންދޫ ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ހދ. ކުމުންދޫގައި ހަދާ ފެރީ ހަޓްގެ މަސައްކަތް ނިންމާލައިފިއެވެ. މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހެދި ފެރީ ހަޓެކެވެ. މި ފެރީ ހަޓަކީ އާރުޓީއެލްގެ ފެރީ ގެ ޙިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ބޭނުންތެރި ތަނަކަށް ވާނެ ކަމަށް އެމްޓީސީސީން އުއްމީދު ކުރެއެވެ. މި މަޝްރޫއުގެ ދަށުން، ކިއޮސްކަކާއި، ވެއިޓިން އޭރިއާއަކާއި ޔުނިވާސަލް ޓޮއިލެޓެއް ވަނީ ހަދައިފައެވެ. ހދ. […]

އަޙްމަދު ވަހީދު
ނޮޅިވަރަންފަރު އިސް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމައިފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު އިސް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމައިފި

ހދ. ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އަހުމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް އެޑްމިނިސްޓްރޭޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ. އެ ކޮމިޝަނުން ވިދާޅުވީ ޢަލީ އަޙްމަދު ފަނޑިޔާރެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބެލެވޭ ޝަކުވާއެއް ބަލަމުން އަންނަކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރުމަށް މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ އިން ނިންމާފައިވާ ކަމަށެވެ. އެ މައްސަލަ ބެލުމަށް ނިންމާފައިވަނީ މި ނޮވެމްބަރ މަހުގެ 23 ވަ...

މުޙައްމަދު އަފްރާޙް