މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
"އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022" ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފި 📍 ހދ. ކުޅުދުއްފުށި

"އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022" ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފިއެވެ. މި މުބާރާތުގެ ގުރުއަތުލުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިރޭ ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގައެވެ. މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު، ކުލަބް ކޮރަލްސް، ޒިގެޒެގް ފޯ ޔޫތު ލިންކޭޖް، ކުޅުދުއްފުށީ އެކުވެރިންގެ ދިރުން އަދި މާއްޓޭ ސްޕޯޓްސްއެވެ. މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީ...

އިބްރާހިމް ޚަލީލް
މަތިއުތުރު ޕްރޮވިންސްގެ ރައީސްކަމަށް ވާދަކުރައްވާ އަކްރަމްގެ ކެމްޕެއިން ވައިކަރަދޫން ފަށައިފި 📍 ހދ. ވައިކަރަދޫ

މަތިއުތުރު ޕްރޮވިންސްގެ ރައީސްކަމަށް ވާދަކުރައްވާ އަކްރަމްގެ ކެމްޕެއިން ވައިކަރަދޫން ފަށައިފި

އެމްޑީޕީގެ މަތިއުތުރު ޕްރޮވިންސްގެ ރައީސްކަމަށް ވާދަކުރައްވާ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން، (މއ. އެވަރލާސްޓް / މާލެ ސިޓީ) ގެ ކެމްޕެއިން ހދ. ވައިކަރަދޫން ފަށައިފި އެވެ. އަކްރަމް ކަމާލުއްދީންގެ ކެމްޕެއިން ރަސްމީކޮން ފައްޓަވާފައި ވަނީ އިއްޔެ އެވެ. ވައިކަރަދޫ އަށް ކުރެއްވި ޒިޔާރަތަށްފަހު މީސް މީޑިޔާގައި އަކްރަމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ރަށު ރައްޔިތުންގެ އަޑު އަހައިފި ކަމާއި، އިރާދަ ކުރެއްވިއްޔާ އެ ޕްރޮވިންސްގެ ރައްޔިތުންނަށް ތަސައްލީއެއް ހޯދައިދޭނެކަމަށެވެ....

އަލީ އާދިލް
މަކުނުދޫ ޝަވަން އަަށް ރަނިން ބްލޭޑް ހަމަޖައްސައިދީފި 📍 ހދ. މަކުނުދޫ

މަކުނުދޫ ޝަވަން އަަށް ރަނިން ބްލޭޑް ހަމަޖައްސައިދީފި

ހދ. މަކުނުދޫ އަހުމަދު ޝަވަން މުހައްމަދަށް ރަނިންގ ބްލޭޑް ހަމަޖައްސައިދީފި އެވެ. އެކަން ހާމަކުރައްވާފައިވަނީ ޒުވާނުންނާއި ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް ކުރައްވާފައިވާ ޓްވީޓެއްގަ އެވެ. އެ ޓްވީޓުގައި ވިދާޅުވެފައިވަނީ ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަމީހުންގެ ދުވަސް ފާހަގަކުރެވިގެންދާއިރު، މިއަދު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޝަވަން އަަށް ރަނިންގ ބްލޭޑް ހަމަޖައްސާދެވުން ކަމަށެވެ. އަދި ރާއްޖޭގެ ފުރަތަމަ ރަނިންގ ބްލޭޑް އެތުލީޓަށް އިރާދަކުރެއްވިއްޔާ ދެންއޮތީ އިންޑިއާގައި ފަރިތަކ...

މުޙައްމަދު އަފްރާޙް
ރާއްޖޭގާއި ފުރަތަމަ ފަހަރަށް ފާހާގަ ކުރާ ގައުމީ ޕެރަލިމްޕިކް ދުވަސް ކުޅުދުއްފުށީގައި އިފްތިތާހްކޮށްފި 📍 ހދ. ކުޅުދުއްފުށި

ރާއްޖޭގާއި ފުރަތަމަ ފަހަރަށް ފާހާގަ ކުރާ ގައުމީ ޕެރަލިމްޕިކް ދުވަސް ކުޅުދުއްފުށީގައި އިފްތިތާހްކޮށްފި

ރާއްޖޭގާއި ފުރަތަމަ ފަހަރަށް ފާހާގަ ކުރާ ގައުމީ ޕެރަލިމްޕިކް ދުވަސް ކުޅުދުއްފުށީ ސިޓީގައި މިއަދު އިފްތިތާހްކޮށްފިއެވެ. މި ދުވަސް ފާހަގަ ކުރުމަށް މިއަދު އެ ސިޓީގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފާއިވާއިރު، މިހަރަކާތް އިފްތިތާޙް ކޮށްދެއްވާފައިވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފެވެ. ދުނިޔޭގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދުވަހާ ގުޅުވައިގެން އަފީފުއްދީން ސްކޫލުގައި މިކަމަށް ބޭއްވި ރަސްމިއްޔާތުގައި އިފްތިތާހް ކުރެވުނު މިހަރަކާތުގައި ކުޅުދުއްފުށި ސިޓީގެ ސްކޫލްތަކުގެ ހާއްސަ އެހީއަށް ބޭނ...

ޔުމްނާ ޢަލީ
ގައުމު "ދުއްވަންވީ'' ކާކުކަން، ނިންމުމުގެ ވަގުތު ޖެހިއްޖެ: އަސްލަމް 📍 ހދ. ކުޅުދުއްފުށި

ގައުމު "ދުއްވަންވީ'' ކާކުކަން، ނިންމުމުގެ ވަގުތު ޖެހިއްޖެ: އަސްލަމް

ގައުމު “ދުއްވަންވީ” ކާކުކަން، ނިންމުމުގެ ވަގުތު ޖެހިއްޖެ ކަމަށް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު އަސްލަމް މިފަދައިން ވިދާޅުވީ ސަރުކާރުން އިމާރާތް ކުރި 165 ހައުސިން ޔުނިޓްތައް ލިބުނު ފަރާތްތަކާއި ރަސްމީކޮށް ހަވާލުކުރުމަށް މި ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ޖަލްސާ ގައި ވާހަކަ ދައްކަވަމުން ނެވެ. އަސްލަމް ވިދާޅުވީ މިހާރު މިދާ މިސްރާބުގައި ކަންކަން ކުރިއަށް ގެންދަން ބޭނުންވާނަމަ، ކަން ކުރަންވީ […]

މުޙައްމަދު އަފްރާޙް
ފުނަދޫގަައި ކަށުކަމާކެމީގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި 📍 ށ. ފުނަދޫ

ފުނަދޫގަައި ކަށުކަމާކެމީގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

ށ. ފުނަދޫގަައި ކަށުކަމާކެމީގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ. މި މަސައްކަތު ބައްދަލުވުމަކީ، ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، އެރަށު ކައުންސިލާއި އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލޯކަލް އެންޑް އިންޓަރ ނޭޝަނަލް ރިލޭޝަންސް އާއި ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުމެކެވެ. އިއްޔެ ހެނދުނުން ރޭނގަނޑަށް ދެމިގެން ދިޔަ މި މަސައްކަތު ބައްދަލުވުމުގައި ފުނަދޫގެ 25 މީހަކު ވަނީ ބައިވެރިވެފައެވެ. މި ފަރާތްތަކަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލޯކ...

ޙުސައިން ޝަހުދީ
"އިމަގު މަސްވެރިކަމުގެ އެވޯޑްސް 2022 " އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. އިހަވަންދޫ

"އިމަގު މަސްވެރިކަމުގެ އެވޯޑްސް 2022 " އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާގެ ފަރާތުން އިހަވަންދޫގެ މަސްވެރިންގެ އަގުވަޒަން ކުރުމުގެ ގޮތުންދޭ “އިމަގު މަސްވެރިކަމުގެ އެވޯޑްސް 2022” އަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އިމަގު މަސްވެރިކަމުގެ އެވޯޑްތަކަކީ އިހަވަންދޫއަށް މަސްވެރިކަމުގެ ދާއިރާގައި ޝަރަފުވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި، މަސްވެރިކަމުގެ ދާއިރާއިން އަގުހުރި އެކިއެކި ޚިދުމަތްތައް އިހަވަންދޫއަށް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި، މަސްވެރިކަމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައާއި ޤައުމީ ފެ...

އިބްރާހިމް ޚަލީލް
ހއ. އޭއީސީ އަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްކޮށްފި 📍 ހއ. ދިއްދޫ

ހއ. އޭއީސީ އަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްކޮށްފި

ހއ. އަތޮޅު ތަޢުލީމީ މަރުކަޒަށް ދިމާވެފައިވާ ކަރަންޓް ވިއުގައިގެ މައްސަލަ ޙައްލުކުރުމަށް ބެހެއްޓި ޕެނަލް ބޯޑްގެ މަސައްކަތް ނިންމާލައިފިއެވެ. ހއ. އަތޮޅު ތައުލީމީ މަރުކަޒުން ވިދާޅުވީ، އެ މަރުކަޒަށް ދިމާވެފައިވާ ކަރަންޓް ވިއުގައިގެ މައްސަލަ ޙައްލުކުރުމަށް ބެހެއްޓި ޕެނަލް ބޯޑްގެ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށެވެ. މި މަސައްކަތަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، 1.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ނިންމާލެވުނު މަސައްކަތެއްކަން އެ މަރުކަޒުން ފާހަގަ ކުރައްވާފައިވެއެވެ. މި ޕެނަލްބޯޑް ބެހެއްޓުމުގެ...

ޔުމްނާ ޢަލީ
ބޮޑު ތިލަދުންމަތިން ފެށިގެން ފާދިއްޕޮޅަށް ހުދު ސަމާލު

ބޮޑު ތިލަދުންމަތިން ފެށިގެން ފާދިއްޕޮޅަށް ހުދު ސަމާލު

ބޮޑު ތިލަދުންމަތިން ފެށިގެން ފާދިއްޕޮޅަށް ހުދު ސަމާލު ނެރެފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ މިއަދު މެންދުރުފަހު 2 ޖެހުމާއި ހަމައަށް އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.  އެ އިދާރާއިން އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައިވާއިރު، އިއްޔެއިން ފެށިގެން ރާއްޖޭގެ އެކު ހިސާބުތަކަށް ވަނީ މޫސުން ގޯސްވެފަ އެވެ. އަދި ބައެއް ސަރަހައްދުތަކަށް ވާރޭ ވެސް ވެހެމުން ދެ އެވެ. މިއަދާއި މާދަމާ ވެސް […]

މުޙައްމަދު އަފްރާޙް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ކުޅުދުއްފުށީގައި ކުރިއަށް ގެންދާ ކޭމްޕް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ކުޅުދުއްފުށީގައި ކުރިއަށް ގެންދާ ކޭމްޕް ފަށައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންދާ “އައިޑީޕީޑީ ހެލްތު އެންޑް ވެލްނަސް” ކޭމްޕް ފަށައިފިއެވެ. މި މެޑިކަލް ކޭމްޕަކީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަރސަންސް ވިތް ޑިސޭބިލިޓީސް (އެމްއޭޕީޑީ) އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއެޗްއާރް) ގުޅިގެން، ދިރާގުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ކޭމްޕެކެވެ. މި ކޭމްޕް ފެށުމަށް މިއަދު ކުޅުދުއްފުށީގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި މި ކޭމްޕް އިފްތިތާހުކޮށްދެއްވާފައި ވަނީ...

ޔުމްނާ ޢަލީ
އަލަށް އަޅާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ވެސް ކުރިއަށް ގެދާނީ ރައްޔިތުންގެ އަޑުއަހައިގެން: އާތިފް 📍 ހދ. ކުޅުދުއްފުށި

އަލަށް އަޅާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ވެސް ކުރިއަށް ގެދާނީ ރައްޔިތުންގެ އަޑުއަހައިގެން: އާތިފް

ކުޅުދުއްފުށި ސިޓީގައި އަލަށް އަޅާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ކުރިއަށް ގެންދާނީ ރައްތިޔުންގެ އަޑުއެހުމާއެކުގައި ކަމަށް އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ. އެ ސިޓީގައި ސަރުކާރުން ތަރައްގީކުރި 165 ހައުސިން ޔުނިޓް ހަވާލުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދަައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ ފަހުން ތަރައްގީކުރި ރޯހައުސްތަކަކީ ވެސް ރައްޔިތުންނަށް ފަހި ތަންތަނުގެ ގޮތުގައި ހެދުމަށް ސަރުކާރާއި ވާހަކަދައްކާފައިވާ ކަމަށެވެ. އަދި ގިނަ ބަދަލުތަކެއް އެރޯހައުސްތަކަށް ގެނެސްފައިވ...

މުޙައްމަދު އަފްރާޙް
ކުޅުދުއްފުށީގައި އެޅި 165 ހައުސިން ޔުނިޓް ހަވާލުކޮށްފި، 400 ހައުސިން ޔުނިޓް އަޅަން އަންނަ އަހަރު ފަށަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި އެޅި 165 ހައުސިން ޔުނިޓް ހަވާލުކޮށްފި، 400 ހައުސިން ޔުނިޓް އަޅަން އަންނަ އަހަރު ފަށަނީ

ކުޅުދުއްފުށި ސިޓީގައި ސަރުކާރުން އިމާރާތް ކުރި 165 ހައުސިން ޔުނިޓްތައް ލިބުނު ފަރާތްތަކާއި ރަސްމީކޮށް ހަވާލުކޮށްފިއެވެ. އެ ހައުސިން ޔުނިޓްތައް ރަސްމީކޮށް ހަވާލުކުރީ އެކަމަށްޓަކައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުދުއްފުށީ ސިޓީގެ ބަންޑާރަ ހިޔާ ސަރަހައްދުގައި ކުރިއަށް ދިޔަ ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ހައުސިން ޔުނިޓް ތައް ހަވާލުކޮށް ދެއްވާފައި ވަނީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމް ދެ...

މުޙައްމަދު އަފްރާޙް
ބީސާދަ ސްޕޯރޓްސް ފެސްޓިވަލް 2022 ގެ ގުރުލުން ކުރިޔަށް ގެންގޮސްފި

ބީސާދަ ސްޕޯރޓްސް ފެސްޓިވަލް 2022 ގެ ގުރުލުން ކުރިޔަށް ގެންގޮސްފި

ހދ. ނޭކުރެންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ބީސާދަ ސްޕޯޓްސް ފެސްޓިވަލް 2022 ގެ ގުރުއަތުލުން ކުރިޔަށް ގެންގޮސްފިއެވެ. މި ފެސްޓިވަލުގައި ހިމެނެނީ އަންހެންބޭފުޅުންގެ ހޭންޑްބޯލް އަދި ފިރިހެން ބޭފުޅުންގެ ފުޓްސަލް މުބާރާތެކެވެ. ހޭންޑްބޯލްގައި ޖުމްލަ ހަތަރުޓީމް ވާދަކުރާނެއެވެ. މި ހަތަރު ޓީމަކީ ނޭކުރެންދޫ އަށް ނިސްބަތްވާ 3 ޓީމް ( ކަސަބު، އެން.އެޗް.ސީ، ފެލްކަންސް) އަދި ހދ.މަކުނުދޫ ޓީމެކެވެ. ހޭންޑްބޯލް މުބާރާތް ކުރިއަށްދާނީ ކޮންމެ ޓީމެއް ކޮންމެޓީމަކާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދައި ދެޓީ...

އަލީ ރިޔާޟް
މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް އިހަވަންދޫގައި ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. އިހަވަންދޫ

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް އިހަވަންދޫގައި ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާގެ ފަރާތުން އިސްނަގައިގެން ދިވެހިރާއްޖޭގެ މަސްވަރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ “އިމަގު މަސްރޭސް 2022” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ އިހަވަންދޫގެ މަސްވެރިންނަށާއި މަސްވެރިކަމަށް ލޯބި ކުރާ ޒުވާނުންނާއި ކަނބަލުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އިހަވަންދޫގައި މަސްވެރިކަމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކުގެ މެދުގައ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ފަށާ ތާރީޚަށް ބަދަލުގެނެސްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ފަށާ ތާރީޚަށް ބަދަލުގެނެސްފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތް ފަށަން ތާވަލު ކޮށްފައިވާ ތާރީޚަށް ބަދަލު ގެނެސްފިއެވެ. މި މުބާރާތް ކުރިން ފެށުމަށް ތާވަލުކޮށްފައި ވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ. ނަމަވެސް މިހާރު މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ ހަވަނަ ދުވަހުއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މުބާރާތް ފެށުން ލަސްކޮށްފައި މިވަނީ ކުޅުދުއްފުށީގައި މީގެ އެގާރަ އަހަރު ކުރިން ހަދަން ފަށާފައިވާ ރޯހައުސްތައް ވީރާނާވާން […]

އިބްރާހިމް ޚަލީލް