ހއ. އަތޮޅު ތަޢުލީމީ މަރުކަޒަށް ދިމާވެފައިވާ ކަރަންޓް ވިއުގައިގެ މައްސަލަ ޙައްލުކުރުމަށް ބެހެއްޓި ޕެނަލް ބޯޑްގެ މަސައްކަތް ނިންމާލައިފިއެވެ.

ހއ. އަތޮޅު ތައުލީމީ މަރުކަޒުން ވިދާޅުވީ، އެ މަރުކަޒަށް ދިމާވެފައިވާ ކަރަންޓް ވިއުގައިގެ މައްސަލަ ޙައްލުކުރުމަށް ބެހެއްޓި ޕެނަލް ބޯޑްގެ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށެވެ.

Ad
rt

މި މަސައްކަތަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، 1.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ނިންމާލެވުނު މަސައްކަތެއްކަން އެ މަރުކަޒުން ފާހަގަ ކުރައްވާފައިވެއެވެ.

މި ޕެނަލްބޯޑް ބެހެއްޓުމުގެ މަޝްރޫޢު ކުރިޔަށް ގެންގޮސްފައި ވަނީ، ފެނަކަ ދިއްދޫ ބްރާންޗްގެ މުއައްޒަފުންނެވެ.

''މި ފުރުޞަތުގައި، ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕެނަލްބޯޑް ބެހެއްޓުމުގެ މަޝްރޫޢު ކުރިޔަށް ގެންދިޔުމުގައި، މިނިސްޓްރީ އޮފް އެޑިކޭޝަނާއި، ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ޢަބްދުﷲ ވަހީދު އަދި ފެނަކަ މެނޭޖްމަންޓާއި، ފެނަކަ ދިއްދޫ ބްރާންޗްގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ނިހާޔަތަށް ޝުކުރު ދަންނަވަން'' ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން ވިދާޅުވެފައިވެެއެވެ.

ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އައު ޕެނަލް ބޯޑެއް ބެހެއްޓިގެން ދިޔުމުން އެ މަދަރުސާގެ ކަރަންޓް ވިއުގައަށް ދިމާވެފައިވާ މައްސަލައަށް ހައްލު ލިބިގެން ދާނެއެވެ.