މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ: ސްޕަރ ސްޓާއާއި ޔަންގް ވިނާސް މެޗު އެއްވަރު 📍 ށ. ފޯކައިދޫ

ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ: ސްޕަރ ސްޓާއާއި ޔަންގް ވިނާސް މެޗު އެއްވަރު

ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ފުޓްބޯޅަ މުބާރާތުގެ ހަތަރުވަނަ މެޗުގައި ސްޕަރ ސްޓާއާއި ޔަންގް ވިނާސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އިއްޔެ ހަވީރު ފޯކައިދޫ ފުޓްބޯޅަ ދަނޑުގައި ސްޕަރ ސްޓާއާއި ޔަންގް ވިނާސް ބައްދަލު ކުރި މެޗު އެއްވަރު ވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޔަންގް ވިނާސްގެ ޖޯޒީ ނަމްބަރު 25، ނަޝްފާން ރަޝީދުއެވެ. މުބާރާތުގައި މިހާހިސާބަށް ކޮންމެ ޓީމެއް […]

އިބްރާހިމް ޚަލީލް
އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ކޮރަލްސްއަށް ބޮޑު މޮޅެއް 📍 ހދ. ކުޅުދުއްފުށި

އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ކޮރަލްސްއަށް ބޮޑު މޮޅެއް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ. އަންގާރަ ދުވަހު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ފުޓްބޯޅަ ދަނޑުގައި މި މުބާރާތް ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ މާއްޓޭ ސްޕޯޓްސްއާއި ކްލަބް ކޮރަލްސްއެވެ. މި މެޗު 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ކޮރަލްސްއެވެ. ކޮރަލްސްގެ ފަރާތުން މި މެޗުގައި މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމުން ވަނީ މެޗުގެ […]

އިބްރާހިމް ޚަލީލް
ށ. އަތޮޅު ކައުންސިލުން މާލީ އެހީ ދިން ޖަމިއްޔާތަކުގެ މަސައްކަތާއެކު އުފާވެރިކަން 📍 ށ. މިލަންދޫ

ށ. އަތޮޅު ކައުންސިލުން މާލީ އެހީ ދިން ޖަމިއްޔާތަކުގެ މަސައްކަތާއެކު އުފާވެރިކަން

ށ. އަތޮޅުގެ ރަށްރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމިއްޔާތަކުން ރާވާ ހިންގާ އިޖްތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތައް ހިންގުމަށް، މާލީ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގެ ދަށުން އެ އަތޮޅު ކައުންސިލުން މާލީ އެހީތެރިކަން ފޯރުކޮށްދިން ޖަމިއްޔާތަކުން ހިންގާ ޕްރޮޖެކްޓްތައް ނިމުމަކާއި ގާތައް އައިސްފައިވާކަމުގައި އެ ކައުންސިލުން ހާމަކޮށްފިއެވެ. އެ ކައުންސިލުން މި ޕްރޮގްރާމްގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ތިން ޖަމިއްޔާއަކީ މާއުނގޫދޫ އެސޯސިއޭޝަން ފޯ އައިލެންޑް ޑިވެލ...

އިބްރާހިމް ޚަލީލް
ހއ. އަތޮޅު މަދަރުސާގެ ޕީޓީއޭގެ މަސައްކަތު ދުވަހުން 3 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި 📍 ހއ. ހޯރަފުށި

ހއ. އަތޮޅު މަދަރުސާގެ ޕީޓީއޭގެ މަސައްކަތު ދުވަހުން 3 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ހއ. ހޯރަފުށީ ހުންނަ އެ އަތޮޅު މަދަރުސާގެ ބެލެނިވެރިންނާއި މުދައްރިސުންގެ ގުޅުން (ޕީޓީއޭ) ފަންޑަށް ފައިސާ ހޯދުމަށް ފާހަގަ ކުރެވުނު މަސައްކަތު ދުވަހު، އެ ފަންޑަށް ތިން ލައްކައަށްވުރެ ގިނަ ފައިސާ ހޯދައިފިއެވެ. މިދިޔަ ހޮނިހިރު ދުވަހު އެ ސްކޫލުގެ ޕީޓީއޭ ފަންޑަށް ފައިސާ ހޯދުމަށް އެ ސްކޫލުގެ މުވައްޒަފުންނާއި ބެލެނިވެރިން ގުޅިގެން ބޭއްވި މަސައްކަތު ދުވަހު ވަނީ، 301000.00 (ތިންލައްކަ އެއްހާސް) ރުފިޔާ ހޯދާފައެވެ. ކޮންމެ ގްރޭޑަކަށް ގްރޫޕެއް ހިމެނޭހެން ޖުމްލަ ބާރަ ގްރޫޕަކަށް ބަހާލައިގެން މަސައްކަތް […]

އިބްރާހިމް ޚަލީލް
ބާރަށު ކައުންސިލް ޔުނިޓީ ކަޕް އަންހެން ބައިގެ ޗެމްޕިއަންކަން އޭލިއަންސް ކްއީންސް އަށް 📍 ހއ. ބާރަށް

ބާރަށު ކައުންސިލް ޔުނިޓީ ކަޕް އަންހެން ބައިގެ ޗެމްޕިއަންކަން އޭލިއަންސް ކްއީންސް އަށް

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ޔުނިޓީ ކަޕް ފުޓްސަލް މުބާރާތް 2022” ގެ އަންހެންބައިގެ ޗެމްޕިއަންކަން އޭލިއަންސް ކްއީންސް ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބާރަށު ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ އޭލިއަންސް ކްއީންސްއާއި ވިއޯރާ ސްޕަރ ކްއީންސްއެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ އޭލިއަންސް ކްއީންސްއެވެ. މި މެޗުގެ […]

އިބްރާހިމް ޚަލީލް
ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ: މަޑުފެއްސާއި ބްލަޑް ބްރަދާސް މެޗަށް ހަމަހަމަ ނިމުމެއް 📍 ށ. ފޯކައިދޫ

ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ: މަޑުފެއްސާއި ބްލަޑް ބްރަދާސް މެޗަށް ހަމަހަމަ ނިމުމެއް

ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ފުޓްބޯޅަ މުބާރާތުގެ ތިންވަނަ މެޗުގައި ޓީމް މަޑުފެއްސާއި ބްލަޑް ބްރަދާސް ކުޅުނު މެޗު އެއްވަރު ވެއްޖެއެވެ. މިއަދު ހަވީރު ފޯކައިދޫ ފުޓްބޯޅަ ދަނޑުގައި ޓީމް މަޑުފެއްސާއި ބްލަޑް ބްރަދާސް ބައްދަލު ކުރި މެޗު އެއްވަރު ވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބްލަޑް ބްރަދާސްގެ ޖޯޒީ ނަމްބަރު 12، ޚަލީލް ޖަމާލެވެ. މި މުބާރާތުގައި ޖުމްލަ ހަތަރު […]

އިބްރާހިމް ޚަލީލް
ނޭކުރެންދޫގައި ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅުމަށް ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހެޅުމަށް އިތުރު ފުރުސަތެއް 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫގައި ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅުމަށް ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހެޅުމަށް އިތުރު ފުރުސަތެއް

ހދ. ނޭކުރެންދޫގައި ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅުމަށް ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހެޅުމަށް އިތުރު ފުރުސަތެއް ހުޅުވާލައިފި އެވެ. އެރަށު ކައުންސިލުން ވިދާޅުވީ އެ ހިދުމަތް ބޭނުންވާ ފަރާތްތަކުގެ ތެރެއިން ކުރިން ފޯމް ހުށަހަޅާފައިނުވާ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާފޯމް “ފެނުގެ ހިދުމަތާއި ނުވަތަ ނަރުދަމާގެ ހިދުމަތަށް އެދޭ ފޯމް” ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ. އެގޮތުން ފޯމާއި އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަށް ހަމަކޮށް މިކައުންސިލަށް ހުށަހެޅުއްވުން އެދޭ ކަމަށާއ...

މުޙައްމަދު އަފްރާޙް
އުރީދޫ އިން މާރަންދޫ ސިއްހީ މަރުކަޒަށް ހެލްތު ކިޓް ހަދިޔާ ކޮށްފި 📍 ހއ. މާރަންދޫ

އުރީދޫ އިން މާރަންދޫ ސިއްހީ މަރުކަޒަށް ހެލްތު ކިޓް ހަދިޔާ ކޮށްފި

އުރީދޫ މޯލްޑިވްސް އުރީދޫ އިން ހއ. މާރަންދޫ ސިއްހީ މަރުކަޒަށް ހެލްތު ކިޓް ހަދިޔާ ކޮށްފި އެވެ. މި ކިޓު ހެލްތު އެ މަރުކަޒާ ހަވާލުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ. ދުޅަހެޔޮ ދިރިއުޅުން ޕްރޮމޯޓްކޮށް ސިއްހީ ދާއިރާ ބިނާ ކުރުމުގައި އެއްބާރުލުން ދިނުމުގެ ގޮތުން އުރީދޫއިން ކުރިއަށްގެންދާ މި ހަރަކާތުގެ ދަށުން ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަށް ހެލްތު ކިޓް ހަދިޔާކުރަން އުރީދޫ މޯލްޑިވްސް އިން ވަނީ ނިންމާފަ އެވެ. ރާއްޖޭގެ […]

މުޙައްމަދު އަފްރާޙް
ލަންދޫ އާއި މަރޮށީ ސިއްހީ މަރުކަޒުގައި އެޅި އެކްސްޓެންޝަން އިމާރާތް ރަސްމީކޮށް ހުޅުވައިފި 📍 ށ. މަރޮށި

ލަންދޫ އާއި މަރޮށީ ސިއްހީ މަރުކަޒުގައި އެޅި އެކްސްޓެންޝަން އިމާރާތް ރަސްމީކޮށް ހުޅުވައިފި

ނ. ލަންދޫ އާއި ށ. މަރޮށީ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ރަސްމީކޮށް ހުޅުވައިފި އެވެ. މަރޮށީގެ އެކްސްޓެންޝަން އިމާރާތަކީ ސަރުކާރުގެ ބަޖެޓުން 3.8 މިލިއަން ރުފިޔާ ހަރަދު ކުރައްވައިގެން އިމާރާތް ކުރި ތަނެކެވެ. މި އިމާރާތް ހުޅުވުމާއި ގުޅިގެން ޕަބްލިކް ހެލްތު ޔުނިޓާއި އިދާރީ ހުރިހާ ބައެއް މިހާރުވަނީ މި އިމާރާތަށް ބަދަލުކޮށްފަ އެވެ. މަރޮށީގެ އާބާދީ އަކީ ގާތްގަޑަކަށް 900 މީހުން ނެވެ. އާބާދީއެއް އޮންނަ މި ރަށުގައި އިމާރާތްކުރި އައު އިމާރާތުގެ ސަބަބުން އެރަށުގައި […]

މުޙައްމަދު އަފްރާޙް
ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ: ދެވަނަ މެޗު ކާމިޔާބުކުރީ ޓީމް މަޑުފެހި 📍 ށ. ފޯކައިދޫ

ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ: ދެވަނަ މެޗު ކާމިޔާބުކުރީ ޓީމް މަޑުފެހި

ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗު މަޑުފެހި ޓީމުން ކާމިޔާބު ކޮށްފިއެވެ. މިއަދު ހަވީރު ފޯކައިދޫ ފުޓްބޯޅަ ދަނޑުގައި ޓީމް މަޑުފެއްސާއި ސްޕަރ ސްޓާ ބައްދަލުކުރި މެޗު، މަޑުފެހި ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މަޑުފެހި ޓީމްގެ ޖޯޒީ ނަމްބަރު 19، މުޙައްމަދު އަހުސަމްއެވެ. މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ވަނީ ބައިވެރިވެފައެވެ. […]

އިބްރާހިމް ޚަލީލް
ފުނަދޫ އާއި ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ގާޒީން އައްޔަން ކުރައްވައިފި 📍 ށ. ފުނަދޫ

ފުނަދޫ އާއި ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ގާޒީން އައްޔަން ކުރައްވައިފި

ށ. ފުނަދޫ އާއި ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށްމ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ގާޒީން އައްޔަނުކޮށްފި އެވެ. ކުޑަހުވަދޫ ކޯޓަށް ޢައްޔަންކުރައްވާފައިވަނީ މ. ވޭވަށް، ކޯނަރ، އަލްއުސްތާޛު ޔާސިރު މުޙައްމަދެވެ. ފުނަދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރައްވާފައިވަނީ ރ. މަޑުއްވަރީ، ރުވާގުގެ، އަލްއުސްތާޛު އިބްރާހިމް ނައީމް އެވެ. މީގެތެރެއިން އަލްއުސްތާޛު ޔާސިރު މުޙައްމަދަކީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރިއާ އެންޑް ލޯ ހާސިލް ކުރައްވައި، ޝަރުއީ ދާއިރާ ގައި ތިން އަހަރު ހޭދަކުރައްވާފައިވާ […]

މުޙައްމަދު އަފްރާޙް
ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ ފުޓްބޯޅަ މުބާރާތް ފަށައި، ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ށ. ފޯކައިދޫ

ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ ފުޓްބޯޅަ މުބާރާތް ފަށައި، ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ފުޓްބޯޅަ މުބާރާތުގެ ކުޅުންފަށައި، ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ފުޓްބޯޅަ މުބާރާތުގެ ކުޅުން ރޭ ފޯކައިދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބްލަޑް ބްރަދާސްއާއި ޔަންގް ވިނާސް ރިކްރިއޭޝަން ކްލަބެވެ. މި މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ބްލަޑް ބްރަދާސްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބްލަޑް ބްރަދާސްގެ ޖޯޒީ […]

އިބްރާހިމް ޚަލީލް
ބާރަށު ކައުންސިލް ޔުނިޓީ ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އޭލިއަންސް ސްޕޯޓްސްއަށް 📍 ހއ. ބާރަށް

ބާރަށު ކައުންސިލް ޔުނިޓީ ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އޭލިއަންސް ސްޕޯޓްސްއަށް

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ޔުނިޓީ ކަޕް ފުޓްސަލް މުބާރާތް 2022” ގެ ޗެމްޕިއަންކަން އޭލިއަންސް ސްޕޯޓްސްއިން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު މިދިޔަ ހުކުރު ދުވަހުގެ ރޭ ބާރަށު ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ އޭލިއަންސް ސްޕޯޓްސްއާއި ވިއޯރާ ސިޓީއެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 7-7 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީން 11-10 […]

އިބްރާހިމް ޚަލީލް
އިހަވަންދިއްޕޮޅު ޓްރާންސްޝިޕް ބަނދަރު ހެދުމަށް ބިން ހިއްކަން ފަށާނީ އަންނަ އަހަރު

އިހަވަންދިއްޕޮޅު ޓްރާންސްޝިޕް ބަނދަރު ހެދުމަށް ބިން ހިއްކަން ފަށާނީ އަންނަ އަހަރު

އިހަވަންދިއްޕޮޅު ޓްރާންސްޝިޕް ބަނދަރު ހެދުމަށް ބިން ހިއްކަން ފަށާނީ އަންނަ އަހަރު ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވިދާޅުވެއްޖެ އެެވެ. ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ޗެއާމަން މުހައްމަދު ޝަރީފު (ސެންކޯ ޝަރީފް) މިހެން ވިދާޅުވީ އެ ބަނދަރު ހެދުމަށް އަންނަ އަހަރުގެ ޖެނުއަރީ މަހު ބިން ހިއްކަން ފަށާނެ ކަމަށެވެ. ގާތްގަޑަކަށް ތިން ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެވޭ މި މަސައްކަތް ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމަނައިގެން […]

މުޙައްމަދު އަފްރާޙް
އިމަގު ޖަމިއްޔާގެ ޣާޒީ ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. އިހަވަންދޫ

އިމަގު ޖަމިއްޔާގެ ޣާޒީ ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ. އިހަވަންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ އިހަވަނަދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާގެ “ޣާޒީ ކަޕް ފުޓްބޯޅަ މުބާރާތް 2023” ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ އިމަގު ޖަމިއްޔާއިން އިސްނަގައިގެން އިހަވަންދޫ ޕޮލިސްޓޭޝަނާއި ގުޅިގެން، އެ ރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގުމަށް ރާވާފައިވާ ފުޓްބޯޅަ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އިހަވަންދޫގައި ދިރިއުޅޭ ޒުވާނުން ފުޓްބޯޅައަށް އޮންނަ ޝައުގުވެރިކަން އިތުރު...

އިބްރާހިމް ޚަލީލް