މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީ ކޮރަލްސް ދަނޑުގައި ފެންސް ޖަހަން ހަވާލުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ކޮރަލްސް ދަނޑުގައި ފެންސް ޖަހަން ހަވާލުކޮށްފި

ކުޅުދުއްފުށި ސިޓީ ކޮރަލްސް ދަނޑުގެ ފެންސް ޖެހުމުގެ މަސައްކަތްކުރުމަށް މިއަދު ހަވާލުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕްލަސްބީ ކުންފުންޏާއެވެ. މި މަޝްރޫޢުގެ ދަށުން ކޮރަލްސް ދަނޑުގެ ވަށާފާރު ރާނައި، ފެންސުޖަހައި، ކުލަލަލާނެއެވެ. އަދި އެ ދަނޑުގެ ހުޅަނގު ދެކުނު ކަނުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސުޖަހައި، ކުލަލުން ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނޭކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. ފަސް ދޮޅަސް ނު...

ޔުމްނާ ޢަލީ
ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ހޭންޑްބޯޅަ މުބާރާތް ފަށައިފި 📍 ށ. ފޯކައިދޫ

ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ހޭންޑްބޯޅަ މުބާރާތް ފަށައިފި

ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ހޭންޑްބޯޅަ މުބާރާތް ފަށައިފިއެވެ. މި މުބާރާތް އިއްޔެ ފަށާފައިވާއިރު، އިއްޔެ ހަވީރު ވަނީ ދެ މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފޯކައިދޫ ހެލްތު ސެންޓަރާއި ބްލަޑް ބްރަދާސްއެވެ. މި މެޗު 17 ލަނޑު 10 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ހެލްތު ސެންޓަރުގެ ޓީމެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ފޯކައިދޫ ހެލްތު ސެންޓަރ ޓީމްގެ ޖޯޒީ ނަމްބަރު […]

އިބްރާހިމް ޚަލީލް
ސްކައި އަތުން ޒިގްޒެގަށް މުހިންމު މޮޅެއް 📍 ހދ. ކުޅުދުއްފުށި

ސްކައި އަތުން ޒިގްޒެގަށް މުހިންމު މޮޅެއް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގައި މިއަދު ޒިގްޒެގް ފޯ ޔޫތު ލިންކޭޖާއި ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު (ސްކައި) ބައްދަލުކުރި މެޗު ޒިގްޒެގުން ކާމިޔާބު ކޮށްފިއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗު ޒިގްޒެގުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ސްކައި އިންނެވެ. މި ލަނޑު 14 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި […]

އިބްރާހިމް ޚަލީލް
ނިޝާމާގެ މަރު: ފައިސަލް އަމިއްލައަށް މަރުވާން އުޅުނު މައްސަލައިގާ ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަނީ 📍 ހދ. ނޮޅިވަރަމް

ނިޝާމާގެ މަރު: ފައިސަލް އަމިއްލައަށް މަރުވާން އުޅުނު މައްސަލައިގާ ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަނީ

ހދ. ނޮޅިވަރަމް، ނިޝާމާ މުހައްމަދު މަރާލި ކަމުގެ ތުހުމަތު ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާ، އދ. ފެންފުށީ، ރޯސްވިލާ، އަބޫބަކުރު ފައިސަލް އަމިއްލައަށް މަރުވާން އުޅުނު މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލައިދިނުމަށް ހުށަހަޅައިފި އެވެ. މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ މެދުވެރިކޮށް އެކަން ބަލައިދިނުމަށް ހުށަހަޅާފައިވަނީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. އޭނާ ހުށަހެޅުއެއްވި މައްސަލައިގާ ވަނީ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުން ބެލެހެއްޓު...

މުޙައްމަދު އަފްރާޙް
މާއްޓޭ ސްޕޯޓްސް ބަލިކޮށް ކެޑްގެ ފުރަތަމަ މޮޅު 📍 ހދ. ކުޅުދުއްފުށި

މާއްޓޭ ސްޕޯޓްސް ބަލިކޮށް ކެޑްގެ ފުރަތަމަ މޮޅު

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގައި މިއަދު މާއްޓޭ ސްޕޯޓްސްއާއި ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) ބައްދަލުކުރި މެޗު ކެޑުން ކާމިޔާބު ކޮށްފިއެވެ. މިއީ ކެޑް މި މުބާރާތުގައި މޮޅުވި ފުރަތަމަ މެޗެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ކެޑުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މިއަދުގެ މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހާފައި ވަނީ ކެޑުންނެވެ. ފުރަތަމަ ލަނޑު […]

އިބްރާހިމް ޚަލީލް
މައްސަލަ ހައްލުކޮށް 12 ގަޑިއިރު ފަހުން މަނަދޫއަށް ކަރަންޓު ދީފި 📍 ނ. މަނަދޫ

މައްސަލަ ހައްލުކޮށް 12 ގަޑިއިރު ފަހުން މަނަދޫއަށް ކަރަންޓު ދީފި

މައްސަލަ ހައްލުކޮށް 12 ގަޑިއިރު ފަހުން ނ. މަނަދޫއަށް އަލުން ކަރަންޓު ދީފި އެވެ. އެރަށުން ކަރަންޓު ކެނޑުނީ ރޭ ދަންވަރު 03:30 ޖަހާކަންހާއިރު އެވެ. މުޅި ރަށް އަލުން ކަރަންޓު ދީފައިވަނީ މިއަދު 04:30 ހާއިރު އެވެ. ރެއިން ފެށިގެން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ މައިކޭބަލަކަށް ދިމާވި މައްސަލަ އަކާއި ގުޅުގެން ނެވެ. މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެނަކައިގެ ފަރާތުން ކުރަމުން އަންނަކަމަށް އެ ކުންފުނިން ވިދާޅުވެއްޖެ އެވެ. “ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ މައި ކޭބަލަށް […]

މުޙައްމަދު އަފްރާޙް
ހަނިމާދޫ ބަނދަރުގައި ޒަމާނީ ފެންވަރުގެ ކެމެރާ ސިސްޓަމް ހަރުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ބަނދަރުގައި ޒަމާނީ ފެންވަރުގެ ކެމެރާ ސިސްޓަމް ހަރުކޮށްފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ބަނދަރުގައި ޒަމާނީ ފެންވަރުގެ ކެމެރާ ސިސްޓަމް ހަރުކޮށްފިއެވެ. މިއީ ހަނިމާދޫ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮޖެކްޓެކެވެ. މި ކެމެރާތައް ބަނދަރުގެ ދެކޮޅުގައި ހަރުކޮށްފައިވާއިރު، ކެމެރާތަކުގެ އެހީގައި މުޅި ބަނދަރު ސަރަހައްދު ބަލައިލެވޭނެއެވެ. ކެމެރާތަކުގެ އެހީގައި ބަނދަރުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ނަގަމުން އަންނަނީ ހަނިމާދޫ ޕޮލިސްޓޭޝަނުންނެވެ. ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާޤް މުޙައްމަދު މިކަމާއި ގުޅޭގޮތުން “...

އިބްރާހިމް ޚަލީލް
ފައިސަލް، ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނިގެން ކޭއާރުއެޗް އައިސީޔޫގައި ފަރުވާދެނީ

ފައިސަލް، ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނިގެން ކޭއާރުއެޗް އައިސީޔޫގައި ފަރުވާދެނީ

އަބޫބަކުރު ފައިސަލް، ހައްޔަރުކޮށްފައިވާ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ. ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ، ފައިސަލް ދަންޖެހެން މަސައްކަތް ކުރަނިކޮށް ފެނުނީ މިރޭ 23:15 ހާއިރު ކަމަށެވެ. މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން އެޗްއާރުސީއެމް އަދި ނެޝަނަލް އިންޓަރގުރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅައިގެން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގ...

އަލީ އާދިލް
ޒިގްޒެގް ކޮޅަށް ފަހުވަގުތު ޖެހި ލަނޑުތަކުން މޮޅުވެ ކޮރަލްސް އެއްވަނައަށް 📍 ހދ. ކުޅުދުއްފުށި

ޒިގްޒެގް ކޮޅަށް ފަހުވަގުތު ޖެހި ލަނޑުތަކުން މޮޅުވެ ކޮރަލްސް އެއްވަނައަށް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގައި މިއަދު ޒިގްޒެގް ފޯ ޔޫތު ލިންކޭޖް ކޮޅަށް މަޗުގެ ފަހުވަގުތު ޖެހި ލަނޑުތަކުން މޮޅުވެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމާއި ފިޔަވަޅަކާ ގާތަށް ކްލަބް ކޮރަލްސްއިން ޖެހިލައިފިއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ކޮރަލްސްއިން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ […]

އިބްރާހިމް ޚަލީލް
ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ: ހޭންޑްބޯޅަ މުބާރާތުގެ ގުރުނަގައިފި 📍 ށ. ފޯކައިދޫ

ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ: ހޭންޑްބޯޅަ މުބާރާތުގެ ގުރުނަގައިފި

ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ހޭންޑްބޯޅަ މުބާރާތުގެ ގުރު ނަގައިފިއެވެ. މި މުބާރާތުގައި ޖުމްލަ ފަސް ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ފޯކައިދޫ ހެލްތު ސެންޓަރ، ބްލަޑް ބްރަދާސް، މަޑުފެހި ސްޕޯޓްސް ކުލަބް، ޑަބްލިއުޑީސީގެ އިތުރުން ފެނަކަ ފޯކައިދޫ ހޭންޑްބޯލް ޓީމެވެ. މި މުބާރާތުގެ ކުޅުން މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، މާދަމާ ހަވީރު ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ފޯކައިދޫ ހެލްތު ސެންޓަރާއި ބްލަޑް ބްރަދާސް […]

އިބްރާހިމް ޚަލީލް
ހަނިމާދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް 📍 ހދ. ހަނިމާދޫ

ހަނިމާދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، ހާބަ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 98 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މިހާރު ކުރިއަށް ދަނީ ކޮންކްރީޓް ޖެޓީ ހެދުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތާއި، މިހާރު ހުރި ނެރު ފުންކުރުމުގެ މަސައްކަތާއި، ބޭރުތޮށި […]

އަޙްމަދު ވަހީދު
ނިޝާމާގެ މަރު: ފިރިމީހާ، ފައިސަލްގެ ބަންދަށް 15 ދުވަސް 📍 ހދ. ނޮޅިވަރަމް

ނިޝާމާގެ މަރު: ފިރިމީހާ، ފައިސަލްގެ ބަންދަށް 15 ދުވަސް

ހދ. ނޮޅިވަރަމްގައި މަރާލާފައި އޮތް ކަމަށް ޝައްކުކުރެވޭ އެރަށު ނިޝާމާ މުޙައްމަދުގެ ފިރިމީހާ، އދ. ފެންފުށީ، ރޯސްވިލާ، އަބޫބަކުރު ފައިސަލްގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ނިޝާމާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ފައިސަލްގެ ބަންދަށް، ކޯޓުން 15 ދުވަސް ދީފައިވާކަމަށެވެ. ނިޝާމާ ދިރިއުޅުނު ނޮޅިވަރަމް ހިތައްގިނިވާގޭ ކޮޓަރި ތެރޭގައި ހޭނެތިފައި އޮއްވައި ފެނުނީ މި ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ނޮޅިވަރަމްގައި މީހަކު މަރާލައިގެނ...

ޔުމްނާ ޢަލީ
އިއްބެގެ 13 ލަނޑާއެކު މާއްޓޭ ސްޕޯޓްސް ކޮޅަށް ސްކައި އިން 19 ލަނޑު

އިއްބެގެ 13 ލަނޑާއެކު މާއްޓޭ ސްޕޯޓްސް ކޮޅަށް ސްކައި އިން 19 ލަނޑު

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގައި މިއަދު މާއްޓޭ ސްޕޯޓްސްއާއި ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު (ސްކައި) ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން ސްކައި އިން ކާމިޔާބު ކޮށް މުބާރާތުގެ ފައިނަލަށް ދިއުމަށް އެ ޓީމުން ކުރާ އުންމީދު ދަމަހައްޓައިފިއެވެ. މިއަދު ހަވީރު މާއްޓޭ ސްޕޯޓްސްއާއި ސްކައި ބައްދަލުކުރި މެޗު، ސްކައި އިން ކާމިޔާބު ކޮށްފައި ވަނީ 19-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ މި […]

އިބްރާހިމް ޚަލީލް
ހިރިމަރަދޫގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ ފަށައިފި 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ ފަށައިފި

ހދ. ހިރިމަރަދޫ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. މި މަސައްކަތް ފެށުމުގެ ގޮތުން އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި މިސްކިތުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ އާއި ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދެވެ. އެއް އަހަރުގެ ތެރޭގައި ނިންމުމަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ ވޭވްލެންތް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުންޏާ ހަވާލުކުރީ 8,752,398.95 (އަށް މިލިއަން ހަތްލައްކަ ފަންސާސް ދެހާސް...

މުޙައްމަދު އަފްރާޙް
ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބްލަޑް ބްރަދާސްއަށް 📍 ށ. ފޯކައިދޫ

ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބްލަޑް ބްރަދާސްއަށް

ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މަޑުފެހި ސްޕޯޓްސް ކުލަބް ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ބްލަޑް ބްރަދާސް ހޯދައިފިއެވެ. އިއްޔެ ހަވީރު ފޯކައިދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗު ބްލަޑް ބްރަދާސް ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއާއަށް ހޮވިފައި ވަނީ ބްލަޑް ބްރަދާސްގެ ޖޯޒީ ނަމްބަރު 7، މުޙައްމަދު ރިޝްވާންއެވެ. ފައިނަލް މެޗު ނިމުމުން ވަނީ މުބާރާތުގެ […]

އިބްރާހިމް ޚަލީލް