ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވެފައި ވަނީ ހަ ރަށަކުން
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާއި އުތީމް ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2022” ގައި ހަ ރަށަކުން ބައިވެރިވެއްޖެއެވެ. މި މުބާރާތަކީ ހއ.އަތޮޅުގައި ހުރި ސަރުކާރުގެ އޮފީސްތަކަށާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ކޮންމެ ރަށަކުން ވެސް ބައިވެރި ވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ، އެ ރަށެއްގެ މުވައްސަސާއެއް ނުވަތަ މުވައްސަސާތަކުން ތަމްސީލްކުރާ އެއް ޓީމަށެވެ. މި މުބ...