މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ދިއްދޫ ބަނދަރު ހެދުމުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ 📍 ހއ. ދިއްދޫ

ދިއްދޫ ބަނދަރު ހެދުމުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

ހއ. ދިއްދޫ ބަނދަރު ތަރައްގީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. މި މަސައްކަތް ސަރުކާރުން ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި އެއްގަމު ތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެ ސައިޓުގައި މިހާރު ކުރިއަށްދަަނީ ބޭރު ތޮށީގެ ކޮންކްރީޓް މަސައްކަތާއި، އައު […]

އަޙްމަދު ވަހީދު
މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗުތައް ކާމިޔާބުކުރީ ގޮއިދޫ، ފޭދޫ، ނަރުދޫ އަދި ޅައިމަގު 📍 ށ. ގޮއިދޫ

މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗުތައް ކާމިޔާބުކުރީ ގޮއިދޫ، ފޭދޫ، ނަރުދޫ އަދި ޅައިމަގު

ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ހޭންޑްބޯލް މުބާރާތުގައި މިއަދު ކުޅުނު މެޗުތައް ގޮއިދޫ، ފޭދޫ، ނަރުދޫ އަދި ޅައިމަގުން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގައި މިއަދު ކޮންމެ ގްރޫޕެއްގައި ދެ މެޗު ކުޅެފައިވާއިރު، ގްރޫޕް އޭގައި، ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ގޮއިދޫއާއި ބިލެތްފައްސެވެ. މި މެޗު 3 ލަނޑު 2 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ […]

އިބްރާހިމް ޚަލީލް
އަންނަމަހު 6 ގައި، ކޭއާރުއެޗްގައި ލެޕަރޮސްކޯޕިކް ސާރޖަރީތައް ފަށަނީ

އަންނަމަހު 6 ގައި، ކޭއާރުއެޗްގައި ލެޕަރޮސްކޯޕިކް ސާރޖަރީތައް ފަށަނީ

އަންނަމަހު 6 ވަނަ ދުވަހުން ފެށިގެން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ލެޕަރޮސްކޯޕިކް ސާރޖަރީތައް (އޮޕަރޭޝަން) ފަށަން ނިންމާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ. އެހޮސްޕިޓަލުން ބުނީ، ލެޕަރޮސްކޯޕިކް ސާރޖަރީ ތައް ފެށުމަށް ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށެވެ. މިއީ، މިޚިދުމަތް ގްރޭޓާރ މާލެ ސަރަހައްދުން ބޭރުގައި ފެށޭ ފުރަތަމަ ފަަރުކަން ފާހަގަކުރެއްވި އެވެ. މި ޚިދުމަތަކީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އާއި ދިވެހިރާއްޖޭގެ މައި ހޮސްޕިޓަލް ކަމުގައިވާ އިންދި...

އިބްރާހިމް އަސްވާޤް
ށ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލް އަޅަން ހަވާލުކޮށްފި

ށ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލް އަޅަން ހަވާލުކޮށްފި

ށ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލް އިމާރާތް އަޅަން މިއަދު ކޮންޓެކްޓަރުންނާއި ހަވާލުކޮށްފިއެވެ. އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވާ ގޮތުގައި ށ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަސައްކަތަށް 13,948,530.61 ރުފިޔާ ޚަރަދުވާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި މައްސައްކަތް ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މީގެ އިތުރުން ލ. ކުނަހަންދޫ ސްކޫލުގެ 4 ކުލާސްރޫމް، ލައިބްރަރީ އަދި […]

ޔުމްނާ ޢަލީ
މަރާމާތަށް ބަންދުކުރި ކުޅުދުއްފުށީ މަސްޖިދުލް ހަޟާރާތް، އަންނަ ހުކުރު ދުވަހުން ފެށިގެން ބޭނުންކުރަން ފަށަނީ 📍 ހދ. ކުޅުދުއްފުށި

މަރާމާތަށް ބަންދުކުރި ކުޅުދުއްފުށީ މަސްޖިދުލް ހަޟާރާތް، އަންނަ ހުކުރު ދުވަހުން ފެށިގެން ބޭނުންކުރަން ފަށަނީ

މަރާމާތަށް ބަންދުކުރި ކުޅުދުއްފުށީ މަސްޖިދުލް ހަޟާރާތް، މަރާމާތުގެ މަސައްކަތްނިމި އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފެށިގެން ބޭނުން ކުރަން ފަށަން ނިންމާފައިވާ ކަމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މަރާމާތަށް ބަންދުކުރުމަށް ފަހު މި މަހުގެ 28 ވާ ހުކުރު ދުވަހުގެ، ހުކުރު ނަމާދުން ފެށިގެން އެ މިސްކިތް ބޭނުންކުރަން ފަށަން ނިންމާފައިވާ ކަމަށެވެ. ދެ ފަންގިފިލާ ހިމެނޭ އެ މިސްކިތް ފާއިތުވި ސެޕްޓެމްބަރ […]

އިބްރާހިމް ޚަލީލް
ފީނަން ގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ 📍 ށ. ކަނޑިތީމު

ފީނަން ގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ

ފީނަން ގޮސް އުޅުނު 22 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ އެވެ. ފުލުހުން ވިދާޅުވީ ށ. ގޮނާފަރު ފަޅު ބޭރަށް ޑައިވްކުރަން އުޅުނު މީހަކު ގެއްލިގެން މިއަދު މެންދުރުފަހު ރިޕޯޓް ކުރިކަމަށެވެ. އަދި އޭނާ ހޯދުމުގެ މަަސައްކަތް ކުރަމުންދަނިކޮށް ހަވީރު 4:15 ހާއިރު ފެނިފައިވާ ކަމަށެވެ. އޭނާއަށް ފަރުވާދިނުމަށް ށ. ކަނޑިތީމު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް، ނިޔާވެފައިވާ ކަމަށް އެ މަރުކަޒުން މައުލޫމާތު ދީފައިވާކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ ރ. އުނގޫފާރު […]

މުޙައްމަދު އަފްރާޙް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ މުބާރާތް: ސެމީގެ ޖާގަ ކަށަވަރުކުރި ފުރަތަމަ ޓީމަކަށް ފޭދޫ 📍 ށ. ފޭދޫ

މިލައުތުރު ސްޕޯޓްސް ފިއެސްޓާ މުބާރާތް: ސެމީގެ ޖާގަ ކަށަވަރުކުރި ފުރަތަމަ ޓީމަކަށް ފޭދޫ

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ހޭންޑްބޯލް މުބާރާތުގެ ސެމީ ފައިނަލުން ފޭދޫ ހޭންޑްބޯލް ޓީމުން ޖާގަ ކަށަވަރު ކޮށްފިއެވެ. މި މުބާރާތުގައި މިއަދު ވެސް ކޮންމެ ގްރޫޕެއްގައި ދެ މެޗު ކުޅެފައިވާއިރު، ގްރޫ އޭގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފޭދޫއާއި ބިލެތްފައްސެވެ. މި މެޗު 15 ލަނޑު 6 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ […]

އިބްރާހިމް ޚަލީލް
ޕްރޮގްރެސިވް ކޯލިޝަންގެ ދާއިރާ ރައީސުންގެ އިންތިޚާބު: ކެލާ ދާއިރާއަށް ވާދަކުރާ މަންޗި ގެ ތާއީދު ޣާލިބަށް 📍 ހއ. ކެލާ

ޕްރޮގްރެސިވް ކޯލިޝަންގެ ދާއިރާ ރައީސުންގެ އިންތިޚާބު: ކެލާ ދާއިރާއަށް ވާދަކުރާ މަންޗި ގެ ތާއީދު ޣާލިބަށް

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންގެ ކުރިއަށް އޮތް ދާއިރާ ރައީސުންގެ އިންތިޚާބުގައި، ކެލާ ދާއިރާގެ ރައީސް ކަމަށް ވާދަކުރާ މުޙައްމަދު ވަހީދު (މަންޗި)، އެ ދާއިރާގެ ރައީސް ކަމަށް ވާދަކުރާ އަޙްމަދު ޣާލިބަށް ތާއީދު ކުރަން ނިންމައިފިއެވެ. ފިއްލަދޫ އަށް ނިސްބަތްވާ މަންޗި، ވަށަފަރަށް ނިސްބަތްވާ، އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ސެނެޓް ގައި ހިމެނޭ ޣާލިބަށް ތާއީދުކުރިކަން ހާމަކޮށް ބުނެފައި ވަނީ، ޕްރޮގްރެސިވް ކޮންްގްރެސް ކޯލިޝަން ދާއިރާތަކުގެ އިންތިހާބުގައި ކެލާ ދާއިރާގެ ހާލަތަށް ވިސްނައި، ރައީސް ޔާމީން 2023...

އަލީ އާދިލް
ކުޅުދުއްފުށީގެ އިޖްތިމާއީ އަދި އިގްތިސޯދީ ބޭސްލައިންގެ ދިރާސާއެއް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ އިޖްތިމާއީ އަދި އިގްތިސޯދީ ބޭސްލައިންގެ ދިރާސާއެއް ފަށައިފި

ހދ. ކުޅުދުއްފުށި ސިޓީގައި އިޖްތިމާއީ އަދި އިޤްތިސޯދީ ބޭސްލައިން ދިރާސާއެއްގެ އަމަލީ މަސައްކަތް ފަށައިފި އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ މިއީ އެ ކައުންސިލާއި ސްމޯލްއައިލެންޑް ޖޯގްރަފިކް ސޮސައިޓީއާއި ގުޅިގެން ކުރެވޭ ސަރވޭ އެއް ކަމަށެވެ. އަދި މިސަރވޭ ކުރިއަށްދާނީ މިއަދުން ފެށިގެން މި އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މިސަރވޭގައި ޒިޔާރަތްކުރާނެ ގެތަށް ހޮވިފައިވާނީ ރެންޑަމް އުސޫލުން ކަމަށާއި މައޫލޫމާތު ނެގުމަށް ގެތަކަށް ޒިޔާރަތްކުރާ ޓީމަކީ އެ ކައުންސި؛ލުގެ ޓީމުކަން އަ...

މުޙައްމަދު އަފްރާޙް
ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލައިފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލައިފި

ހދ. ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ. އެރަށު ކައުންސިލުން ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެރަށުގައި ޢިމާރާތްކޮށްފައިވާ މި 100 ހައުސިން ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް ކަމަށެވެ. އެގޮތުން އެ ރަށުގެ ރައްޔިތުންނަށް ހާއްސަ ކުރެވިފައިވާ ކެޓަގަރީގައި 75 ހައުސިންޔުނިޓާއި ނޮޅިވަރަންފަރަށް ދިރިއުޅުން ބަދަލު...

މުޙައްމަދު އަފްރާޙް
އުތީމު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތާއި މަކުނުދޫ ހޭންޑްބޯލް ކޯޓް ޤާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފި 📍 ހއ. އުތީމު

އުތީމު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތާއި މަކުނުދޫ ހޭންޑްބޯލް ކޯޓް ޤާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފި

ހއ. އުތީމު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތާއި އެ އަތޮޅު މަކުނުދޫ ހޭންޑްބޯލް ކޯޓް ޤާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފި އެވެ. މި މަސައްކަތްތައް ހަވާލުކުރުމަށް ފަހުމުނާމައިގާ ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު، މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް އެމްޕަވަރމެންޓު ގަ އެވެ. މި ދެ ރަށުގެ ތެރެއިން އުތީމު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް ހަވާލުކޮށްފައިވަނީ އާރްކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާ އެވެ. 60 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމުމަށް އެ […]

މުޙައްމަދު އަފްރާޙް
މިއަދު އިރުއޮއްސޭ ވަގުތު އިރު ކޭތައެއް ހިފަނީ، ތިލަދުންމަތީގެ ރަށްތަކަށް ފެންނާނެ

މިއަދު އިރުއޮއްސޭ ވަގުތު އިރު ކޭތައެއް ހިފަނީ، ތިލަދުންމަތީގެ ރަށްތަކަށް ފެންނާނެ

މިއަދު އިރުއޮއްސޭ ވަގުތު، ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކަށް އިރު ކޭތައެއް ހިފާނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް (މެޓް) އޮފީހުން ވިދާޅުވެއްޖެ އެވެ. “ތިލަދުން” އަށް މަޢުލޫމާތު ދެމުން މެޓް އޮފީހުން ވިދާޅުވީ މި އިރުކޭތަ ހިފާނީ މިއަދު އިރު އޮއްސެން ވަރަށް ކައިރިވެފައިވަނިކޮށް ކަމަށެވެ. މިއިރުކޭތަ ހއ. އަދި ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ފެންނާނެކަމަށް މެޓް އޮފީހުން ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ އުތުރުގެ ބައެއް ސަރަހައްދުތަކަށް ވަރަށް ކުޑަކޮށް އިރުކޭތަ ފެންނާނެކަމަށް ރިޕޯޓުކޮށްފައިވެ...

މުޙައްމަދު ވަސީމް
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގެ ޤުރުއަތުލައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގެ ޤުރުއަތުލައިފި

ހދ.ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ގެ ޤުރުއަތުލުން ބާއްވައިފިއެވެ. މި މުބާރާތުގައި އަންހެން ކެޓަގަރީއާއި ފިރިހެން ކެޓަގަރީ ހިމެނޭއިރު، މި ދެބައިގެ ޤުރުއަތުލުން ވެސް ބާއްވާފައެވެ. މި ދެ ކެޓަގަރީގެ ކުޅުން ވެސް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުއެވެ. މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ޖުމްލަ 8 ޓީމަކުން ބައިވެރިވެފައި ވާއިރު ގްރޫޕް އޭގައި ހިމެނެނީ ލަޔަން، އައްޓޯ އެފްސީ، […]

އިބްރާހިމް ޚަލީލް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗުތައް ކާމިޔާބުކުރީ ޅައިމަގު، ފޯކައިދޫ، ކަނޑިތީމު އަދި މިލަންދޫ 📍 ށ. ކަނޑިތީމު

މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗުތައް ކާމިޔާބުކުރީ ޅައިމަގު، ފޯކައިދޫ، ކަނޑިތީމު އަދި މިލަންދޫ

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ހޭންޑްބޯލް މުބާރާތުގައި މިއަދު ކުޅުނު މެޗުތައް ޅައިމަގު، ފޯކައިދޫ، ކަނޑިތީމް އަދި މިލަންދޫން ކާމިޔާބު ކޮށްފިއެވެ. ގްރޫޕް އޭގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފޯކައިދޫއާއި ގޮއިދޫއެވެ. މި މެޗު 6 ލަނޑު 4 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ފޯކައިދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި […]

އިބްރާހިމް ޚަލީލް
ހޯރަފުށީގެ މަގު ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށް

ހޯރަފުށީގެ މަގު ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށް

ހއ. ހޯރަފުށީ މަގު ހެދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން 57 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި، އިލެކްޓްރިކަލް ޖަންކްޝަން ފޮށި ވަޅުލުމުގެ މަސައްކަތުގެ 82 އިންސައްތަ ވަނީ ނިމިފައެވެ. މި ޕްރޮޖެކްޓް ސައިޓުގައި މިހާރު ކުރިއަށް ދަނީ ސަބްބޭސް އެޅުމުގެ މަސައްކަތާއި، ތާރު އެޅުމުގެ މަސައްކަތާއި، އަދި މީގެ […]

އަޙްމަދު ވަހީދު