މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ހަނިމާދޫއިން ގެވަޅު ދިނުމަށް ކުރަންޖެހޭ މަސައްކަތް ހުއްޓުމެއްނެތި އަންނަނީ ކުރަމުން: ކައުންސިލް 📍 ހދ. ހަނިމާދޫ

ހަނިމާދޫއިން ގެވަޅު ދިނުމަށް ކުރަންޖެހޭ މަސައްކަތް ހުއްޓުމެއްނެތި އަންނަނީ ކުރަމުން: ކައުންސިލް

ހދ.ހަނިމާދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 200 ގެވަޅު ދޫކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނަ ކަމުގައި އެ ކައުންސިލުން ހާމަކޮށްފިއެވެ. ގެވަޅު ދޫކުރުމުގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބު މި ނޫހަށް ހިއްސާ ކުރައްވަމުން ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާޤް މުޙައްމަދު ވިދާޅުވެފައި ވަނީ ހަނިމާދޫއިން މީހުން ދިރިއުޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 200 ގޯއްޗަށް އެދި ފޯމުލީ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކުރެވި ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައި، އެ...

އިބްރާހިމް ޚަލީލް
ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތް: ފައިނަލްގެ ދެވަނަ ޖާގަ ނޮޅިވަރަމް ސީއާރުސީ އަށް 📍 ހދ. ނޮޅިވަރަމް

ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތް: ފައިނަލްގެ ދެވަނަ ޖާގަ ނޮޅިވަރަމް ސީއާރުސީ އަށް

ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ނޮޅިވަރަންފަރުގައި މިހާރު ކުރިޔަށްދާ ފިރިހެން ޑިވިޜަންގެ ދެވަނަ ސެމީގައި ހަނިމާދޫ ބަލިކޮށް ނޮޅިވަރަމް ސީ.އާރު.ސީ ފައިނަލްގެ ދެވަނަ ޖާގަ ހޯދައިފިއެވެ. ބުރާސްފަތި ދުވަހުގެރޭ ކުޅުނު ސެމީފައިނަލް ނޮޅިވަރަމް ކާމިޔާބު ކުރީ 3-2 ގެ ނަތީޖާއިންނެވެ. ފުރަތަމަ ސެޓް ފަސޭހަކަމާއެކު ނޮޅިވަރަމް ގެންދިޔައީ 25-15އިންނެވެ. ދެވަނަ ސެޓް ވާދަވެރި ކުޅުމަކަށްފަހު ނޮޅިވަރަމް ގެންދިޔައީ 26-24 އިންނެވެ. ކުރީ ދެ ސެޓާ ހިލާފަށް 3 ވަނަ ސެޓް އަދި ހަތަރުވަނަ ސެޓް ގައި […]

އަލީ ރިޔާޟް
ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތް: ފިނޭ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ހަނިމާދޫ ހޯދައިފި 📍 ހދ. ހަނިމާދޫ

ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތް: ފިނޭ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ހަނިމާދޫ ހޯދައިފި

ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ނޮޅިވަރަންފަރުގައި މިހާރު ކުރިޔަށްދާ އަންހެން ޑިވިޜަންގެ ދެވަނަ ސެމީގައި ފިނޭ ބަލިކޮށް ހަނިމާދޫ ފައިނަލްގެ ދެވަނަ ޖާގަ ހޯދައިފިއެވެ. މި މެޗު ހަނިމާދޫ ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގެ ސެޓުތަށް ހަނިމާދޫއިން ގެންދިޔައީ، ފުރަތަމަ ސެޓް 25-23 ދެވަނަ ސެޓް 26-24 އަދި ތިންވަނަ ސެޓް 25-23 ން ނެވެ. މެޗުގެ މޮޅުކުޅުން ތެރިޔާއަށް ހޮވިފައިވަނީ ހަނިމާދޫ ޓީމުގެ ޖާރޒީ ނަމްބަރ 14 އައިޝަތު […]

އަލީ ރިޔާޟް
ހަނިމާދޫ އެއާޕޯޓާއެކު އުތުރުގެ ޓޫރިޒަމަށް ވަރަށްބޮޑު ބަދަލެއް އަންނާނެ: މިޢުވާން 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓާއެކު އުތުރުގެ ޓޫރިޒަމަށް ވަރަށްބޮޑު ބަދަލެއް އަންނާނެ: މިޢުވާން

ހަނިމާދޫ އެއަރޕޯޓާއެކު އުތުރުގެ ޓޫރިޒަމަށް ވަރަށްބޮޑު ބަދަލެއް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ ކަންކަމުގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި “ތިލަދުން” ނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. ރާއްޖޭގެ އުތުރުގެ ސަރަހައްދުގެ ފަތުރުވެރިކަމާއި ޖުމްލަކޮށް މުޅި ސަރަހައްދު ތަރައްގީކުރުމުގެ ސަރުކާރުގެ ޕްލޭންތ...

މުޙައްމަދު އަފްރާޙް
ފަތުރުވެރިކަމުގެ ދާއިރާއިން، ހިތްވަރުދިނުމުގެ ޤައުމީ އިނާމު ވައިކަރަދޫ ޝާޑު އަށް 📍 ހދ. ވައިކަރަދޫ

ފަތުރުވެރިކަމުގެ ދާއިރާއިން، ހިތްވަރުދިނުމުގެ ޤައުމީ އިނާމު ވައިކަރަދޫ ޝާޑު އަށް

ފަތުރުވެރިކަމުގެ ދާއިރާއިން، ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނޭ އެކިއެކި ކަންކަން ހިންގުމާއި ތަޢާރުފު ކުރުމުގެ ރޮނގުން، ހިތްވަރުދިނުމުގެ ޤައުމީ އިނާމު އަލްފާޟިލް އިބްރާހީމް ޝާހިދު، ހުޅުމާލެ. ސާމިޔާގެ (10197) (ވައިކަރަދޫ ޝާޑު) އަށް ލިބިވަޑައިގެންފި އެވެ. މި އިނާމުތައް ދެއްވެވީ، މި އަހަރުގެ ޤައުމީ އިނާމު ދެއްވުމަށް ދަރުބާރުގޭގައި ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށް އަދި، ހިތްވަރު ދިނުމުގެ ޤަ...

އަލީ އާދިލް
ހިލޭސާބަހަށް މަސައްކަތް ކުރުމުގެ ރޮނގުން، ހިތްވަރުދިނުމުގެ ޤައުމީ އިނާމު ފުނަދޫ ޢަބްދުﷲ ޢަލީ އަށް 📍 ށ. ފުނަދޫ

ހިލޭސާބަހަށް މަސައްކަތް ކުރުމުގެ ރޮނގުން، ހިތްވަރުދިނުމުގެ ޤައުމީ އިނާމު ފުނަދޫ ޢަބްދުﷲ ޢަލީ އަށް

އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން، ހިލޭސާބަހަށް މަސައްކަތް (ވޮލަންޓިއަރިޒަމް) ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު ށ. ފުނަދޫ ރަބީޢުގެ، އަލްފާޟިލް ޢަބްދުﷲ ޢަލީ އަށް ލިބިވަޑައިގެންފި އެވެ. މި އިނާމުތައް ދެއްވީ، މި އަހަރުގެ ޤައުމީ އިނާމު ދެއްވުމަށް ދަރުބާރުގޭގައި ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށް އަދި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 19 ބޭފުޅަކަށާއި، 3 ފަރާތަކަށް ލިބިވަޑައިގެންނެވި […]

އަލީ އާދިލް
ހަނިމާދޫ ސްކޫލް ބެލެނިވެރިން ހިޔާ ކެންޓީނާއި ސްކޭޓް ޕާކް ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ސްކޫލް ބެލެނިވެރިން ހިޔާ ކެންޓީނާއި ސްކޭޓް ޕާކް ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ. ހަނިމާދޫ ސްކޫލް ކުރިމަތީގައި ކައުންސިލުން ތަރައްޤީ ކޮށްފައިވާ ބެލެނިވެރިން ހިޔާ ސަރަހައްދުގައި ހެދުމަށް ހަމަޖެހިފައިވާ ކެންޓީނާއި އެ ސަރަހައްދުގައި ތަރައްޤީ ކުރާ ސްކޭޓް ޕާކް ފަރުމާކުރުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ އެ ކައުންސިލުން ވިދާޅުވެފައި ވަނީ ބެލެނިވެރިންގެ ހިޔާ ކެންޓީނާއި ސްކޭޓް ޕާކް ފަރުމާކޮށް ބީއޯކިޔު ހަދައިދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި މަހުގެ 30 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އެ ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެދިލައްވާ ކަމަށެވެ. މ...

އިބްރާހިމް ޚަލީލް
ނަރުދޫ ކައުންސިލް ކުރިމަތީ މުޒާހަރާކުރަނީ 📍 ށ. ނަރުދޫ

ނަރުދޫ ކައުންސިލް ކުރިމަތީ މުޒާހަރާކުރަނީ

ށ. ނަރުދޫ ކައުންސިލް ކުރިމައްޗަށް އެރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު އެއްވެ މުޒާހަރާ ކުރަން ފަށައިފިއެވެ. ނަރުދޫ ކައުންސިލްގެ ރައީސް މުޙައްމަދު މުސްތަރުސިދު ”ތިލަދުން” އަށް ވިދާޅުވީ، ކައުންސިލް އިދާރާ ދޮށަށް އެއްވެ އެރަށުގެ ބަޔަކު މުޒާހަރާ ކުރަމުންދަނީ ”މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022”ގެ ހޭންޑް ބޯލް މުބާރާތުގެ އެއް ވެސް މެޗެއް އެރަށުގައި ނުކުޅެން އަތޮޅު ކައުންސިލުން ނިންމުމުން އެކަމާ ހިތްހަމަނުޖެހިން ކަމަށެވެ. ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކ...

ޙުސައިން ޝަހުދީ
ޓެކްސް ބޮޑު ނުކުރުމަށް އިހަވަންދޫ ކައުންސިލުން ގޮވާލައިފި 📍 ހއ. އިހަވަންދޫ

ޓެކްސް ބޮޑު ނުކުރުމަށް އިހަވަންދޫ ކައުންސިލުން ގޮވާލައިފި

ދިވެހިރާއްޖޭ ރައްޔިތުންގެ އަތުން ނަގަމުން ގެންދާ ޓެކްސް ބޮޑު ނުކުރެއްވުމަށް ހއ. އިހަވަންދޫ ކައުންސިލުން ގޮވާލައިފި އެވެ. އެ ކައުންސިލުން މިފަދައިން ގޮވައިލާފައި މިވަނީ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ސަރުކާރުން ގެންނަން ބޭނުންވާ އިސްލާހްތައް ގެނައުމަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލާ ގުޅޭގޮތުން މިއަދު ނެރުނު ނޫސްބަޔާނުގަ އެވެ. އެ ކައުންސިލުން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން، ރައްޔިތުންގެ އަތުން މިހާރު ނަގަމުންދާ...

މުޙައްމަދު އަފްރާޙް
ތިލަދުންމަތިން ނަމޫނާ ހަރަކާތެއް: މަކުނުދޫގެ ކުދިބޮޑު އެންމެން "ހިތް އެދެނީ" ޕާކިސްތާނަށް އެހީވާން! 📍 ހދ. މަކުނުދޫ

ތިލަދުންމަތިން ނަމޫނާ ހަރަކާތެއް: މަކުނުދޫގެ ކުދިބޮޑު އެންމެން "ހިތް އެދެނީ" ޕާކިސްތާނަށް އެހީވާން!

ހދ.މަކުނުދޫ ޔޫތު މޫވްމެންޓް (މީމް) ޖަމިއްޔާއިން އޯގަނައިޒްކޮށް، އެ ރަށުގެ މުއައްސަސާތަކާއި ކުންފުނިތަކާއި ކުލަބް ޖަމިއްޔާތަށް ގުޅިގެން، ޕާކިސްތާނުގައި ފެންބޮޑުވުމާއި ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ފައިސާ ހޯދުމަށް “ދިލްޗާހްތާހޭ” ގެ ނަމުގައި ފަންޑްރައިޒިން އިވެންޓެއް ފަށައިގެން ކުރިއަށް އެބަގެންދެއެވެ. ޕާކިސްތާނަށް ކުރި މޫސުމީ ވިއްސާރައިގައި ގިނަ ދުވަސްތަކެއް ވަންދެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ ހިނގި ހާދިސާތަކުގައި ވަނީ އެ...

އިބްރާހިމް ޚަލީލް
ބ. ގޮއިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފި 📍 ށ. ގޮއިދޫ

ބ. ގޮއިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފި

ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ނިޝާރު ސަސްޕެންޑް ކޮށްފި އެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްއީ) އިން މިއަދު ވިދާޅުވީ ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިޝާރު އައްޔަނުކުރެވިފައިވާ ކޯޓަށް ޤަވާއިދުން ނުކުތުމުގެ ބަދަލުގައި ނުކުންނަމުން ގޮސްފައި ވަނީ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިޝާރުއާ ހަވާލުކުރެވިފައިވާ ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށްކަން ކަމާބެހޭ ލިޔެކިއުމުންނާއި އިސްމެޖިސްޓްރޭޓްގެ އިއުތިރާފުން ސާބިތުވާ ކަމަށެވެ. ޖޭއެސްސީން ވިދާ...

މުޙައްމަދު އަފްރާޙް
މާފަރަށް ޖެއްސި ޕްރައިވެޓް ޖެޓުގެ އަދަދު އިތުރުވެއްޖެ 📍 ނ. މާފަރު

މާފަރަށް ޖެއްސި ޕްރައިވެޓް ޖެޓުގެ އަދަދު އިތުރުވެއްޖެ

މިއަހަރުގެ ފުރަތަމަަ ތިން ކުއާޓަރުގައި ނ. އަތޮޅުގައި އޮންނަ މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ޕްރައިވެޓް ޖެޓްގެ އަދަދު އިތުރުވެއްޖެއެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައި މާފަރު އެއާޕޯޓަށް 298 ޕްރައިވެޓް ޖެޓު ޖެއްސިއެވެ. އެއީ 596 ފްލައިޓް މޫވްމަންޓެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރެކޯޑް ކޮށްފައިވަނީ 595 މޫވްމަންޓެވެ. މާފަރަށް އެންމެ ގިނައިން ދަތުރު ކޮށްފައިވަނީ ރަޝިއާގެ ފަތުރުވެެރިންނެވެ. އެގޮތުން އެ ގައުމުން މިއަހަރުގެ މިހާތަނަށް 410 ފަތުރުވެެރިން...

އަޙްމަދު ވަހީދު
ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތް: ނައިވާދޫ ބަލިކޮށް ނޮޅިވަރަންފަރު ސްޕޯޓްސް ފައިނަލަށް  📍 ހދ. ނައިވާދޫ

ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތް: ނައިވާދޫ ބަލިކޮށް ނޮޅިވަރަންފަރު ސްޕޯޓްސް ފައިނަލަށް 

ހދ. އަތޮޅު ވޮލީބޯޅަ މުބާރާތް 2022 ގެ ފިރިހެން ޑިވިޜަންގެ ފުރަތަމަ ސެމީ ފައިނަލް ކާމިޔާބު ކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ނޮޅިވަރަންފަރު ސްޕޯރޓްސް ކުލަބުން ކަށަވަރު ކޮށްފިއެވެ. ރޭ ނޮޅިވަރަންފަރު ވޮލީ ކޯޓުގައި ކުޅުނު މެޗު ނައިވާދޫ އާއި ބައްދަލުކޮށް ފަރުން މެޗު ކާމިޔާބުކުރީ ސީދާ 3 ސެޓުން ނެވެ. ބުދަ ދުވަހުގެރޭ ކުޅުނު ފޯރިގަދަ ސެމީގެ ސެޓުތަށް ފަރުން ގެންދިޔައީ ފުރަތަމަ ސެޓު 25-21 ދެވަނަ ސެޓު 25-20 އަދި ތިންވަނަ ސެޓު 25-21 […]

އަލީ ރިޔާޟް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ: ހުރިހާ މެޗަކުން މޮޅުވެ ޗެމްޕިއަންކަން ފުނަދޫއިން ހޯދައިފި

މިލައުތުރު ސްޕޯޓްސް ފިއެސްޓާ: ހުރިހާ މެޗަކުން މޮޅުވެ ޗެމްޕިއަންކަން ފުނަދޫއިން ހޯދައިފި

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދިޔަ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ފުނަދޫއިން ހޯދައިފިއެވެ. ފުނަދޫއާއި ނަރުދޫ ބައްދަލުކުރި، މުބާރާތުގެ ފައިނަލް މެޗު މިއަދު ހަވީރު ނަރުދޫ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފުނަދޫއިން ވަނީ 4-0 ގެ ނަތީޖާއިން ފަސޭހަކަމާއިއެކު ނަރުދޫ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. ފުނަދޫއިން ވަނީ މުބާރާތުގައި އެ ޓީމް ކުޅުން ހުރިހާ މެޗަކުން ވެސް މޮޅުވެ...

އިބްރާހިމް ޚަލީލް
ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތް: ފުރަތަމަ ސެމީ ކާމިޔާބުކޮށް ލައިކަން ފައިނަލަށް 📍 ހދ. ނޮޅިވަރަންފަރު

ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތް: ފުރަތަމަ ސެމީ ކާމިޔާބުކޮށް ލައިކަން ފައިނަލަށް

ހދ. އަތޮޅު ވޮލީބޯޅަ މުބާރާތް 2022 ގެ އަންހެން ޑިވިޜަންގެ ފުރަތަމަ ސެމީ ފައިނަލް ކާމިޔާބު ކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ނޮޅިވަރަންފަރު ލައިކަން ކަށަވަރު ކޮށްފިއެވެ. މިއަދު ހަވީރު ނޮޅިވަރަންފަރު ވޮލީ ކޯޓުގައި ކުޅުނު މެޗު ނައިވާދޫ އާއި ބައްދަލުކޮށް ލައިކަން މެޗު ކާމިޔާބުކުރީ ސީދާ 3 ސެޓުން ނެވެ. މި މެޗުގެ ސެޓުތަށް ލައިކަން ގެންދިޔައީ ފުރަތަމަ ސެޓު 25-8 ދެވަނަ ސެޓު 25-3 އަދި ތިންވަނަ ސެޓު 25-14 އިންނެވެ. މެޗުގެ މޮޅު […]

އަލީ ރިޔާޟް