ހާލަތު ދެނެގަތުމަށް، ޓޫރިޒަމްގެ ވަފުދެއް ތިލަދުންމަތީގެ ބައެއް ރަށްތަކަށް
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ހިމެނި ވަޑައިގަންނަވާހެން އެމިނިސްޓްރީގެ ވަފުދެއް ތިލަދުންމަތީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފި އެވެ. އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އާތިފް އާއި އެ މިނިސްޓްރީގެ އިސްބޭފުޅުން މިއަދު ހއ. އަތޮޅުން ވަޑައިގަންނަވާފައިވަނީ މޮޅަދޫ އާއި ހޯރަފުއްޓަށެވެ. ހދ. އަތޮޅުން ވަޑައިގެންނެވީ ނޮޅިވަރަމް އާއި ކުޅުދުއްފުށި ސިޓީ އަށެވެ. ނޮޅިވަރަމުގައި ބޭއްވި ބައްދަލުވުމުގައި ހދ. އަތޮޅުކައުންސިލްގެ ރައީސް އަދި ނޮޅިވަރަމްދާއިރާގެ މަޖިލިސް މެމްބަރ މުހައްމ...