މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް

ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމުމަކާ ގާތް ވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، މަސައްކަތުގެ 93 އިންސައްތަ ވަނީ މިހާރު ނިމިފައެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، ފަތާ ސަރަހައްދެއް ތަރައްގީ ކުރުމާއި، 870 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. ހދ. […]

އަޙްމަދު ވަހީދު
މާފަރު އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ލަސްނުވެ ފަށާނެ ކަމުގެ ޔަގީންކަން ދީފި 📍 ނ. މާފަރު

މާފަރު އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ލަސްނުވެ ފަށާނެ ކަމުގެ ޔަގީންކަން ދީފި

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ލަސްނުވެ ފަށާނެ ކަމުގެ ޔަގީންކަން އަބޫދާބީ ފަންޑް ފޯ ޑިވެވެލޮޕްމަންޓް (އޭޑީއެފްޑީ) އިން ދީފި އެވެ. ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، މިހާރު ޔުނެއިޓެޑް އެރެބް އެމިރޭޓްސް (ޔުއޭއީ)އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އޭޑީއެފްޑީގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ސާއިފް އަލް ސުވައިދީ އާއި ވަނީ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމަށް ފަހު ޝާހިދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭޑީއެފްޑީގެ އެހީގައި […]

ޔުމްނާ ޢަލީ
އިހަވަންދޫން ފެންނަން ހުރި ތަރައްޤީއަކީ ޔާމީންގެ ދައުރުގައި ކުރައްވާފައި ހުރިކަންކަން: ޞަބާޙް 📍 ހއ. އިހަވަންދޫ

އިހަވަންދޫން ފެންނަން ހުރި ތަރައްޤީއަކީ ޔާމީންގެ ދައުރުގައި ކުރައްވާފައި ހުރިކަންކަން: ޞަބާޙް

އިހަވަންދޫން މިހާތަނަށް ފެންނަން ހުރި ތަރައްޤީއަކީ ކުރީގެ ރައީސް ޔާމީން އަބުދުލް ޤައްޔޫމްގެ ވެރިކަމުގެ ދައުރުގައި ކުރައްވާފައި ހުރިކަންކަން ކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް ވިދާޅުވެއްޖެ އެވެ. ހއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި ޞަބާޙް މިހެން ވިދާޅުވީ، ރޭ އިދިކޮޅު ކޯލިޝަން އިހަވަންދޫގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ޔާމީނާއި، އިދިކޮޅު ލީޑާޝިޕްގެ އިސް ބައެއް ބޭފުޅުން ވެސް ބައިވެރިވި މި ޖަލްސާގައި ވާހަކަ ދައްކަވަމުން...

އަލީ އާދިލް
ބޮޑު ތިލަދުންމަތީގެ ފުރަތަމަ މަންޒިލުން ޔާމީން ލަދުގަންނަވާލަައިފި: ޝިފާއު

ބޮޑު ތިލަދުންމަތީގެ ފުރަތަމަ މަންޒިލުން ޔާމީން ލަދުގަންނަވާލަައިފި: ޝިފާއު

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޢަބްދުﷲ ޔާމީން ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ފުރަތަމަ މަންޒިލުން އެ މަނިކުފާނު ލަދުގަންނަވާލައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ. ހއ އަތޮޅުގެ ބައެއް ރަށްތަކަށް އިއްޔެ ރައީސް ޔާމީން ފެއްޓެވި ދަތުރުގައި އެންމެ ފުރަތަމަ ވަޑައިގަތީ އިހަވަންދޫއަށެވެ. ރޭ ވަނީ އެ ރަށުގައި ޔާމީން ބައިވެރިވެވަޑައިގެން، ހާއްސަ ޖަލްސާއެއް ވެސް ބާއްވާފައެވެ. މެންބަރު ޝިފާއު “ތިލަދުން”އަށް...

ޝިއުނާ އާދަމް
އެމްޑީޕީގެ ވެރިކަން ދަމަހައްޓައިފި ނަމަ ހަނިމާދޫން މީހުން ބާލާނެ: ޔާމީން

އެމްޑީޕީގެ ވެރިކަން ދަމަހައްޓައިފި ނަމަ ހަނިމާދޫން މީހުން ބާލާނެ: ޔާމީން

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ އިތުރު ދައުރަކަށް އިންތިޚާބުވެއްޖެނަމަ، ހދ. ހަނިމާދޫ މީހުން އެ ރަށުން ބާލާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ޢަބްދުުﷲ ޔާމީން ޢަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު ހއ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު އިހަވަންދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ ހަނިމާދޫގެ ކުރިމަގަށް އެންމެ މުހިއްމު ކަމަކީ އެ ރަށަކީ އެ ރަށުގެ ރައްޔިތުންގެ ތަނެއްގެ ގޮތުގައި އޮތުން ކަމަށެވެ. އެގޮތުން...

ޝިއުނާ އާދަމް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ: ޕްލޭއޮފް ދެވަނަ މެޗު ގޮއިދޫ ކާމިޔާބުކޮށްފި 📍 ށ. ގޮއިދޫ

މިލައުތުރު ސްޕޯޓްސް ފިއެސްޓާ: ޕްލޭއޮފް ދެވަނަ މެޗު ގޮއިދޫ ކާމިޔާބުކޮށްފި

ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ފުޓްސަލް މުބާރާތުގެ ޕްލޭއޮފް ދެވަނަ މެޗު ގޮއިދޫއިން ކާމިޔާބު ކޮށްފިއެވެ. ޕްލޭއޮފް ދެވަނަ މެޗުގައި މިއަދު ބައްދަލު ކޮށްފައި ވަނީ ޕްލޭއޮފް ފުރަތަމަ މެޗުން ބަލިވި ކޮމަންޑޫއާއި ގްރޫޕް ބީގެ ދެވަނަ ހޯދި ގޮއިދޫއެވެ. މި މެޗު މިއަދު ހަވީރު ނަރުދޫ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި […]

އިބްރާހިމް ޚަލީލް
ރައީސް ޔާމީން ތިލަދުންމައްޗަށް ވަޑައިގަންނަވައިފި

ރައީސް ޔާމީން ތިލަދުންމައްޗަށް ވަޑައިގަންނަވައިފި

ކުރީގެ ރައީސް އަދި އިދިކޮޅު އެންމެބޮޑު ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ތިލަދުންމައްޗަށް ވަޑައިގަންނަވައިފި އެވެ. ޕީޕީއެމް އިން ބުނީ އެމަނިކުފާނުގެ މި ދަތުރުފުޅުގައި ހއ. ކެލާ، ބާރަށް، ދިއްދޫ، އިހަވަންދޫ އަދި ތުރާކުނަށް ވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން ރައީސް ޔާމީން އެންމެފުރަތަމަ މިއަދުވަޑައިގަންނަވާނީ އިހަވަންދޫއަށް ކަމަށް ވެސް ބުނެފައި ވެއެވެ. މިރޭ އިހަވަންދުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް ކުރިއަށްދ...

މުޙައްމަދު އަފްރާޙް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ: ޕްލޭއޮފް ފުރަތަމަ މެޗު ނަރުދޫ ކާމިޔާބުކޮށްފި 📍 ށ. ނަރުދޫ

މިލައުތުރު ސްޕޯޓްސް ފިއެސްޓާ: ޕްލޭއޮފް ފުރަތަމަ މެޗު ނަރުދޫ ކާމިޔާބުކޮށްފި

ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކުރުމަށް ކޮންމެ ގްރޫޕެއްގެ ދެވަނަ ހޯދި ޓީމްތަކުގެ މެދުގައި ކުޅޭ ޕްލޭއޮފް މެޗުތައް މިއަދު ފަށާފައިވާއިރު، ފުރަތަމަ މެޗު ނަރުދޫ ކާމިޔާބު ކޮށްފިއެވެ. ޕްލޭއޮފް ފުރަތަމަ މެޗުގައި ގްރޫޕް އޭގެ ދެވަނަ ޓީމް ކަމުގައިވާ ނަރުދޫއާއި ގްރޫޕް ސީގެ ދެވަނަ ހޯދި ކޮމަންޑޫ މިއަދު ހަވީރު […]

އިބްރާހިމް ޚަލީލް
ހޯރަފުށީ އާރުވީއެސްއޭ ހޭންޑްބޯލް ޓޯނަމެންޓްގެ ޗެމްޕިއަންކަން ބާވީސް ސްޕޯޓްސް ކްލަބު ހޯދައިފި

ހޯރަފުށީ އާރުވީއެސްއޭ ހޭންޑްބޯލް ޓޯނަމެންޓްގެ ޗެމްޕިއަންކަން ބާވީސް ސްޕޯޓްސް ކްލަބު ހޯދައިފި

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބޭއްވި “އާރުވީއެސްއޭ ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022” ގެ ޗެމްޕިއަންކަން ހޯރަފުށީ ބާވީސް ސްޓްސް ކުލަބުން ހޯދައިފިއެވެ. މިއަދު ހަވީރު ހޯރަފުށީގައި ކުޅުނު ފައިނަލް މެޗު، ފޯރިގަދަ ވާދަވެރި ކުޅުމަކަށް ފަހު ބާވީސް ސްޕޯޓްސް ކުލަބުން ކާމިޔާބު ކޮށްފައި ވަނީ  13-12 އިން ޓީމް މާރަންދޫ ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޓީމް ބާވީސް ސްޕޯޓްސް […]

އިބްރާހިމް ޚަލީލް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިލަންދޫއާއި ކަނޑިތީމު ސެމީއަށް 📍 ށ. ކަނޑިތީމު

މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިލަންދޫއާއި ކަނޑިތީމު ސެމީއަށް

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުން މިލަންދޫއާއި ކަނޑިތީމް ޖާގަ ހޯދައިފިއެވެ. މިއަދު މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ހުރިހައި މެޗެއް ކުޅެ ވަނީ ނިމިފައެވެ. ގްރޫޕް އޭގެ ފަހު މެޗުގައި މިއަދު މިލަންދޫއާއި ނަރުދޫ ބައްދަލުކުރި މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ މިލަންދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ […]

އިބްރާހިމް ޚަލީލް
އާރުވީއެސްއޭ ހޭންޑްބޯޅަ މުބާރާތް: ފައިނަލުގައި މާރަންދޫއާއި ބާވީސް، ދެ ޓީމުގެ ކޯޗުން ވެސް ބުނަނީ ޓީމާއިމެދު އިތުބާރު އެބައޮތްކަމަށް

އާރުވީއެސްއޭ ހޭންޑްބޯޅަ މުބާރާތް: ފައިނަލުގައި މާރަންދޫއާއި ބާވީސް، ދެ ޓީމުގެ ކޯޗުން ވެސް ބުނަނީ ޓީމާއިމެދު އިތުބާރު އެބައޮތްކަމަށް

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “އާރުވީއެސްއޭ ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022” ގެ ފައިނަލުގައި ހޯރަފުށީ ބާވީސް ސޕޯޓްސް ކުލަބާއި ޓީމް މާރަންދޫ މިއަދު ހަވީރު ވާދަކުރާއިރު، ފައިނަލު މެޗު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމުގައި ދެ ޓީމްގެ ކޯޗުން ބުނެފިއެވެ. ފައިނަލު މެޗާއި ގުޅޭގޮތުން މި ނޫހާއި ވާހަކަ ދައްކަމުން ހޯރަފުށީ ބާވީސް ސްޕޯޓްސް ކުލަބުގެ ކޯޗް މައުމޫން […]

އިބްރާހިމް ޚަލީލް
ދިއްދޫ ރައްޔިތުންނަށް އެމްއެންޑީއެފް އިން ހިންގި ކޮމިޔުނިޓީ ވޮލަންޓިޔާ ފަޔާ ފައިޓިން ޕްރޮގްރާމް ނިންމާލައިފި 📍 ހއ. ދިއްދޫ

ދިއްދޫ ރައްޔިތުންނަށް އެމްއެންޑީއެފް އިން ހިންގި ކޮމިޔުނިޓީ ވޮލަންޓިޔާ ފަޔާ ފައިޓިން ޕްރޮގްރާމް ނިންމާލައިފި

ހއ. ދިއްދޫގެ ރައްޔިތުންނަށް އަމާޒުކޮށްގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމް ނިންމާލައިފި އެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ނޮދަން އޭރިއާ ކޮމާންޑުން ހިންގި މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އޮކްޓޫބަރު 12 ވަނަ ދުވަހު ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް...

މުޙައްމަދު އަފްރާޙް
މިއަދުގެ މެޗުތައް މިލަންދޫއާއި ނޫމަރާ އަދި ނަރުދޫއިން ފަސޭހަކަމާއިއެކު ކާމިޔާބު ކުރިއިރު ގޮއިދޫއަށް ހަނި މޮޅެއް 📍 ށ. ނޫމަރާ

މިއަދުގެ މެޗުތައް މިލަންދޫއާއި ނޫމަރާ އަދި ނަރުދޫއިން ފަސޭހަކަމާއިއެކު ކާމިޔާބު ކުރިއިރު ގޮއިދޫއަށް ހަނި މޮޅެއް

ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ފުޓްސަލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުތަކުން މިލަންދޫއާއި ނަރުދޫ އަދި ނޫމަރާއިން ފަސޭހަ ކަމާއިއެކު މޮޅުވިއިރު ގޮއިދޫ ވެސް ފޭދޫއަތުން ހަނި ގޮތަކަށް މޮޅުވެއްޖެއެވެ. މިއަދު ގްރޫޕް އޭގައި ނަރުދޫގައި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ މިލަންދޫއާއި ފީވަކެވެ. މި މެޗު 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައި […]

އިބްރާހިމް ޚަލީލް
ކުރިއަށް އޮތް 4 ދުވަހުވެސް މޫސުން ގޯސް، އުތުރާއި މެދުރާއްޖެތެރެއަށް ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ

ކުރިއަށް އޮތް 4 ދުވަހުވެސް މޫސުން ގޯސް، އުތުރާއި މެދުރާއްޖެތެރެއަށް ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ

ކުރިއަށް އޮތް 4 ދުވަހުވެސް މޫސުން ގޯސްވާނެކަމަށް ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފި އެވެ. އެ އިދާރާއިން ބުނީ، ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެފައިވާކަމަށެވެ. އެގޮތުން، ކުރިއަށް އޮތް 4 ދުވަހު، ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައިބާރުވެ ކަނޑުތައް ވެސް ގަދަވެގެން ދާނެކަމަށް ލަފާކުރެވޭކަމަށެވެ. މީގެ އިތުރުން އެ އިދާރާއިން ބުނީ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެން ވާތީވެ، ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކު...

އިބްރާހިމް އަސްވާޤް
ޕީސީބީގެ ނައިބު ރައީސް އަށް ރުހުން ހޯދުން ދިރާސާކުރަން ކޮމެޓީއަށް ފޮނުވައިފި 📍 ހއ. އިހަވަންދޫ

ޕީސީބީގެ ނައިބު ރައީސް އަށް ރުހުން ހޯދުން ދިރާސާކުރަން ކޮމެޓީއަށް ފޮނުވައިފި

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ނައިބު ރައީސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އައްޔަންކުރައްވާފައިވާ ހއ. އިހަވަންދޫ / އާޒާދީބަހާރުގެ، މުޙައްމަދު ފިރާޟް އަށް ރުހުން ހޯދުމަށް މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފި އެވެ. އޭނާއަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާ ކުރުމަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓްޕްރައިސް (އެސްއޯއީ) ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ...

މުޙައްމަދު އަފްރާޙް