މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ހޯރަފުށީ އާރުވީއެސްއޭ ހޭންޑްބޯލް ޓޯނަމެންޓް: ހޯރަފުށީ އެއާޕޯޓް ފެށުން ރަނގަޅުކުރި އިރު މާރަންދޫއަށް ފުރަތަމަ މޮޅު

ހޯރަފުށީ އާރުވީއެސްއޭ ހޭންޑްބޯލް ޓޯނަމެންޓް: ހޯރަފުށީ އެއާޕޯޓް ފެށުން ރަނގަޅުކުރި އިރު މާރަންދޫއަށް ފުރަތަމަ މޮޅު

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “އާރުވީއެސްއޭ ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022” ގައި އިއްޔެ ކުޅުނު މެޗުތައް ހޯރަފުށީ އެއާޕޯޓާއި ޓީމް މާރަންދޫން ކާމިޔާބު ކޮށްފިއެވެ. އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފްރިގޭޓާއާއި ހޯރަފުށީ އެއާޕޯޓެވެ. މި މެޗު 10-15 އިން ކާމިޔާބު ކޮށްފައި ވަނީ ހޯރަފުށީ އެއާޕޯޓް ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ […]

އިބްރާހިމް ޚަލީލް
ނޭކުރެންދޫ އިންޑަސްޓްރިއަލް ޖަލަކީ ޒުވާނުން ކުށްތަކާ ދުރުކުރުމަށް އެހީވެދޭނެ ތަނެއް: އިމްރާން 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ އިންޑަސްޓްރިއަލް ޖަލަކީ ޒުވާނުން ކުށްތަކާ ދުރުކުރުމަށް އެހީވެދޭނެ ތަނެއް: އިމްރާން

ހދ. ނޭކުރެންދޫ އިންޑަސްޓްރިއަލް ޕްރިޒަން އަކީ ރާއްޖޭގައި މިއަދު މިއޮތް ޒުވާނުން ކުށްތަކަށް އަރައިގަތުން ދުރުކޮށް އަނބުރާ މުޖުތަމައު އަށް ގެނައުމަށްޓަކައި ކުރަންހުރި މަސައްކަތްތަކުގެ ތެރެއިން އެންމެމުހިންމު އެއް މަސައްކަތް ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. މިނިސްޓަރ އިމްރާން މިފަދައިން ވިދާޅުވީ ނޭކުރެންދޫ ގައި ސަރުކާރުން އަޅާ އިންޑަސްޓްރިއަލް ޕްރިޒަންގެ ފޭސް 1 ގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ. ހޯމް މިނިސްޓަރ އިމްރާން...

މުޙައްމަދު އަފްރާޙް
ހދ. އަތޮޅު ޤުރުއާން މުބާރާތުގެ އެއްވަނަ ނޮޅިވަރަމަށް، ދެވަނަ ވައިކަރަދޫއަށް

ހދ. އަތޮޅު ޤުރުއާން މުބާރާތުގެ އެއްވަނަ ނޮޅިވަރަމަށް، ދެވަނަ ވައިކަރަދޫއަށް

ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ “ހދ.އަތޮޅު ޤުރުއާން މުބާރާތް 2022” ގެ އެއްވަނަ ނޮޅިވަރަމުން ހޯދައިފިއެވެ. މި މުބާރާތުގެ އެއްވަނަ ނޮޅިވަރަމުން ދިފާޢު ކުރިއިރު، މި އަހަރުގެ މުބާރާތުން ދެ ވަނަ ހޯދީ ވައިކަރަދޫ އެވެ. އަދި ތިން ވަނަ ހޯދީ މަކުނުދޫ އެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށް ނޮޅިވަރަމުގައެވެ. […]

އިބްރާހިމް ޚަލީލް
ކުލަގަދަ ރަސްމިއްޔާތަކާއެކު މިލައުތުރު ސްޕޯޓްސް ފިއެސްޓާ ފަށައިފި

ކުލަގަދަ ރަސްމިއްޔާތަކާއެކު މިލައުތުރު ސްޕޯޓްސް ފިއެސްޓާ ފަށައިފި

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ގެ ފުޓްސަލް މުބާރާތް މިއަދު ފަށައިފިއެވެ. ކުލަގަދަ ހަރަކާތްތަކަކާއިއެކު މިއަދު ހަވީރު ށ. ނަރުދޫގައި މި މުބާރާތް ފަށާފައިވާއިރު، މުބާރާތް ފެށުމުގެ ރަސްމިއްޔާތަށް ދިވެހިރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ނަރުދޫއަށް ވަޑައިގެން މެޗު ޝަރަފްވެރި ކޮށްދެއްވާފައެވެ. މިނިސްޓަރު ނަރުދޫއަށް ވަޑައިގަތުމުން އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާ...

އިބްރާހިމް ޚަލީލް
ނޭކުރެންދޫ ގައި އަޅާ އިންޑަސްޓްރިއަލް ޕްރިޒަންގެ ފޭސް 1 ގެ އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ގައި އަޅާ އިންޑަސްޓްރިއަލް ޕްރިޒަންގެ ފޭސް 1 ގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހދ. ނޭކުރެންދޫ ގައި ސަރުކާރުން އަޅާ އިންޑަސްޓްރިއަލް ޕްރިޒަންގެ ފޭސް 1 ގެ އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ. ހޯމް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މަސައްކަތް ހަވާލުކުރީ ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަބްދުއްރަޙްމާން ޞަލާޙް ރަޝީދު އެވެ. ޔުނިކް ޗޮއިސް ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ރިޔާޒް އަލީ އެވެ. ނޭކުރެންދޫގެ […]

މުޙައްމަދު އަފްރާޙް
ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީގެ ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް ފަށައިފި

ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީގެ ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް ފަށައިފި

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “އާރުވީއެސްއޭ ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022” ފަށައިފިއެވެ. މި މުބާރާތް އިއްޔެ ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބާވީސް ސްޕޯޓްސް ކުލަބާއި ޓީމް މާރަންދޫއެވެ. މި މެޗު 14-13 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ބާވީސް ސްޕޯޓްސް ކުލަބެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބާވީސް ސްޕޯޓްސް ކުލަބުގެ ޖޯޒީ ނަމްބަރު […]

އިބްރާހިމް ޚަލީލް
ދިއްދޫ ކައުންސިލް ވެޓްރެންސް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. ދިއްދޫ

ދިއްދޫ ކައުންސިލް ވެޓްރެންސް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުގެ އެއްވަނަ ވެޓްރެންސް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގައި ރަޖިސްޓަރީ ކޮށްފައިވާ ދިއްދޫގެ ކުލަބް ޖަމިއްޔާތަކަށެވެ. އެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުލަބް ޖަމިއްޔާތަކާއި ދިއްދޫގެ...

އިބްރާހިމް ޚަލީލް
މިނިސްޓަރާއި ބައްދަލުވުމުން ހުސައިން އެދުނީ، ފަށާ ތަޢުލީމަށް ބޭބީ ނާސަރީއާއި ނާސަރީ ހިމެނުމަށް 📍 ހދ. މަކުނުދޫ

މިނިސްޓަރާއި ބައްދަލުވުމުން ހުސައިން އެދުނީ، ފަށާ ތަޢުލީމަށް ބޭބީ ނާސަރީއާއި ނާސަރީ ހިމެނުމަށް

ހދ. މަކުނުދޫގައި ފަށާ ތަޢުލީމް ކުރިއެރުވުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި، އެ ރަށު ނާރެސް، ހުސައިން ޖަލީލާއި، އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު އަލީ ބައްދަލު ކުރައްވައިފިއެވެ. މި ފުރުޞަތަކީ ހުސައިން ޖަލީލްގެ އެދިލެއްވުމުގެ މަތީން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ހޯއްދަވައި ދެއްވި ފުރުޞަތެކެވެ. ރާއީ ވަނީ ހުސައިން ޖަލީލަށް އެ ފުރުޞަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރެއްވި ސަބަބު، ވެސް ހިއްސާ ކުރައްވާފައެވެ. ރާއީ ވިދާޅުވެފައި ވަނީ ހުސައިންއާއި ފުރަތަމަ ބައްދަލުވ...

އިބްރާހިމް ޚަލީލް
ތުރާކުނުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފި 📍 ހއ. ތުރާކުނު

ތުރާކުނުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފި

ހއ. ތުރާކުނުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ. މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ. 300 މީހުންގެ ޖާގައިގެ މި މިސްކިތް އިމާރާތްކުރުމަށް ޙަވާލުކޮށްފައިވަނީ މައިކްރޯން ޕްރިވެޓް ލިމިޓެޑާ އެވެ. މިއަހަރުގެ މާރޗު މަހު 23 ގައި މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 10.6 މިލިއަން ރުފިޔާއަށެވެ. އެއީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެރަށުގައި ބޭއްވި މި މަސައްކަތް ފައްޓަވައިދެއްވީ […]

މުޙައްމަދު އަފްރާޙް
ހަނިމާދޫ އާއި ނޮޅިވަރަމް ފުޓުބޯޅަދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ނޮޅިވަރަންފަރު

ހަނިމާދޫ އާއި ނޮޅިވަރަމް ފުޓުބޯޅަދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ހަނިމާދޫ އާއި ނޮޅިވަރަމް ފުޓުބޯޅަދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަމުމަށް އިއުލާން ކޮށްފި އެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ ނޮޅިވަރަމް ފުޓުބޯޅަދަނޑުގައި ލައިޓިންގ ސިސްޓަމް ޤާއިމްކޮށްދިނުމަށް އަންދާސީ ހިސާބު ހެށަހެޅުމަށް މި އޮކްޓޯބަރ މަހުގެ 20 ވާ ބްރާސްފަތި ދުވަހުގެ މެންދުރު 11 ޖެހުމާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ހަނިމާދޫ ފުޓުބޯޅަދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމްކޮށްދިނުމަށް އަނ...

މުޙައްމަދު އަފްރާޙް
ކުޅުދުއްފުށި އެއަރޕޯޓް ރޭގަނޑު ބޭނުންކުރެވޭނެ ދުވަސް އޮތީ ވަރަށް ގާތުގައި: ތަރުޖަމާނު 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި އެއަރޕޯޓް ރޭގަނޑު ބޭނުންކުރެވޭނެ ދުވަސް އޮތީ ވަރަށް ގާތުގައި: ތަރުޖަމާނު

ހދ. ކުޅުދުއްފުށި ސިޓީ އެއަރޕޯޓަށް ރޭގަނޑު ފުލައިޓް ޖެއްސޭނެ ދުވަސް އޮތީ ވަރަށް ގާތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. މިއުވާން މިހެން ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކާއި ކުރިއަށް ރޭވިފައިހުރި ކަންކަމާއި އަދި އެކި ދާއިރާތަކުން ކުރައްވަމުން ގެންދަވާ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ތިލަދުން ނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. މިއުވާން ވިދާޅުވީ އެ ސަރަހައްދުގެ ޝޯޕްރޮ...

މުޙައްމަދު އަފްރާޙް
ހދ. އަތޮޅު ޤުރުއާން މުބާރާތް ފަށައިފި

ހދ. އަތޮޅު ޤުރުއާން މުބާރާތް ފަށައިފި

ހދ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ”ހދ. އަތޮޅު ޤުރްއާން މުބާރާތް 2022” އިއްޔެ ފަށައިފިއެވެ. ނޮޅިވަރަމްގައި ކުރިއަށްދާ މި މުބާރާތުގައި ހދ. އަތޮޅުގެ 12 ރަށުން 130 ދަރިވަރުން ވާދަކުރާ ކަމަށް އަތޮޅު ކައުންސިލުން ވިދާޅުވެ އެވެ. މި 130 ބައިވެރިންގެ ތެރޭގައި ހިމެނީ، ބަލައިގެން ކިޔެވުމުގެ ގޮފީގައި ބައިވެރިވި 95 ދަރިވަރުން އަދި ނުބަލާ ކިޔެވުމުގެ ގޮފީގައި ބައިވެރިވި 35 ދަރިވަރުން ނެވެ. މި މުބާރާތް ކުރިއަށް ދާނީ މި އޮކްޓޫބަރު މަހުގެ 6 […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ޓާޝަރީ ހޮސްޕިޓަލް މަޝްރޫއަށް ފައިސާ ހަމަޖެހި، މަސައްކަތް ދަނީ ކުރިއަށް: ތަރުޖަމާނު 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޓާޝަރީ ހޮސްޕިޓަލް މަޝްރޫއަށް ފައިސާ ހަމަޖެހި، މަސައްކަތް ދަނީ ކުރިއަށް: ތަރުޖަމާނު

ކުޅުދުއްފުށި ސިޓީގައި އަޅާ ޓާޝަރީ ހޮސްޕިޓަލްގެ މަޝްރޫއަށް ފައިސާ ހަމަޖެހި، މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިޢްވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. މިއުވާން މިފަދައިން ވިދާޅުވީ ކޮންމެ ހަފުތާއަކު ވެސް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ތިލަދުން ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. ތިލަދުން ނޫހުން ކުރި ސުވާލަކީ ކުޅުދުއްފުށި ސިޓީގައި އެޅުމަށް މި ސަރުކާރުން ވައުދުވެފައިވާ 100 އެނދުގެ އައު ޓާރޝަރީ ހޮސްޕިޓަލުގެ ފެށޭނީ ކިހާތާކުތޯ އާއި އަލަށް ހަދާ […]

މުޙައްމަދު އަފްރާޙް
މިލައުތުރު ސްޕޯޓްސް ފިއެސްޓާގެ ފަހުގެ ތައްޔާރީތައް ބެލުމަށް ދަތުރެއްކޮށްފި

މިލައުތުރު ސްޕޯޓްސް ފިއެސްޓާގެ ފަހުގެ ތައްޔާރީތައް ބެލުމަށް ދަތުރެއްކޮށްފި

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ”މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ބާއްވާ ތިން ރަށުން މުބާރާތަށް ވެފައިވާ ތައްޔާރީތައް ބެލުމަށް އަތޮޅު ކައުންސިލްގެ ފަރާތުން ދަތުރެއްކޮށްފިއެވެ. ށ. އަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން ބާއްވާ މި ފިއެސްޓާގެ މުބާރާތްތަކުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ތިން ގުރޫޕަކަށް ބަހާލައިގެން، ތިން ރަށެއްގަ އެވެ. އެއީ ފޭދޫ، ނަރުދޫ އަދި ޅައިމަގު ގައެވެ. ށ. އަތޮޅު ކައުންސިލުން ވިދާޅުވީ، މި ރަށްތައް ހަމަޖައްސާފައިވަނީ ދަތުރުފަތުރާއި އެހެނިހެން ގޮތްގޮތ...

ޔުމްނާ ޢަލީ
ދިއްދޫ ބަނދަރަށް މަސް ބޭލުމަށް ބަނދަރުގެ ދެކުނު ތޮށި ބޭނުންކުރުމަށް އެދިއްޖެ 📍 ހއ. ދިއްދޫ

ދިއްދޫ ބަނދަރަށް މަސް ބޭލުމަށް ބަނދަރުގެ ދެކުނު ތޮށި ބޭނުންކުރުމަށް އެދިއްޖެ

ހއ. ދިއްދޫ ބަނދަރަށް މަސް ބޭލުމަށް ބަނދަރުގެ ދެކުނު ތޮށި ބޭނުންކުރުމަށް އެރަށު ކައުންސިލު އިދާރާ އިން އެދިއްޖެ އެވެ. އެ އިދާރާ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މަސް އުފުލުމުގެ މަސައްކަތުގައި ބޭނުންކުރާ ވެހިކަލްތަކުން ބަނދަރުގެ މަގުތަކަށް ލޭ ފަދަ ތަކެތި ނުފައިބާ ގޮތަށް އެ މަސައްކަތް ކުރުމަށް އެދޭ ކަމަށެވެ. އަދި ކަނޑުމަހާއި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކުން ވެސް ބަނދަރުގެ ހުރިހައި ދިމާލެއްގައި ވެސް (ކޮންމެ ދިމާލެއްގައި) މަސައްކަތް ކުރުމުގެ ބަދަލުގައި ބަނދަރުގައި […]

މުޙައްމަދު އަފްރާޙް