މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށި ހިމެނޭގޮތަށް އިތުރު ތިން ރަށެއްގައި އަޅާ ސިންތެޓިކް ޓްރެކްތައް އަންނައަހަރު ބޭނުންކުރެވޭނެ: މަހްލޫފް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ހިމެނޭގޮތަށް އިތުރު ތިން ރަށެއްގައި އަޅާ ސިންތެޓިކް ޓްރެކްތައް އަންނައަހަރު ބޭނުންކުރެވޭނެ: މަހްލޫފް

ކުޅުދުއްފުށި ސިޓީ ހިމެނޭގޮތަށް އިތުރު ތިން ރަށެއްގައި އަޅާ ސިންތެޓިކް ޓްރެކްތައް އަންނައަހަރު ބޭނުންކުރެވޭނެ ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މަހްލޫފް މިހެން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި އަޅާ ޓްރެކާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު، މިނިސްޓަރާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. އައްޑޫ ސިޓީ ހިތަދޫގައި ސިންތެޓިކް ޓްރެކެއް އެޅުމުގެ ވާހަކަ ދެއްކިތާ އަހަރުދުވަސް ވީއިރުވ...

މުޙައްމަދު އަފްރާޙް
ނޭކުރެންދޫ ކަރެކްޝަނަލް ސެންޓަރުގެ މައްސަލާގައި ހޯމް މިނިސްޓަރު ދެއްވި ޖަވާބު އިތުރަށް ދިރާސާކުރަނީ 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ކަރެކްޝަނަލް ސެންޓަރުގެ މައްސަލާގައި ހޯމް މިނިސްޓަރު ދެއްވި ޖަވާބު އިތުރަށް ދިރާސާކުރަނީ

ހދ. ނޭކުރެންދޫގައި ގާއިމްކުރާ ކަރެކްޝަނަލް ސެންޓަރުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ފޮނުއްވި ޖަވާބުގެ ތެދުދޮގު ބަލައި، ޖަވާބު އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުވުމަށް ނިންމައިފި އެވެ. އެ މައްސަލާގައި މަކުނުދޫ ދާއިރާގެ މެމްބަރު އަހުމަދު ރާއީ ސުވާލުކުރެއްވި މަޝްރޫއުގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ މައުލޫމާތު ސާފުކުރުމަށާއި މިކަމާއި ގުޅޭގޮތުން މީގެ ކުރިން އެއްވެސް ފަހަރެއްގައި އިތުރުފުޅު ހައްދަވާފާނެތޯ އެވެ. އޭގެ ޖަވާބުގައި ހޯމް މިނިސް...

މުޙައްމަދު އަފްރާޙް
މޮޅަދޫ ސިއްޙީ މަރުކަޒުގައި ފުރަތަމަ ފަހަރަށް މީހަކު ވިއްސައިފި 📍 ހއ. މޮޅަދޫ

މޮޅަދޫ ސިއްޙީ މަރުކަޒުގައި ފުރަތަމަ ފަހަރަށް މީހަކު ވިއްސައިފި

ހއ މޮޅަދޫ ސިއްޙީ މަރުކަޒުގައި ފުރަތަމަ ފަހަރަށް މާބަނޑު މީހަކު ވިއްސައިފި އެވެ. އެރަށު ސިއްހީ މަރުކަޒުގެ ފޭސްބުކްގައި އާންމުކޮށްފައިވާ ލިޔުމެއްގައި ވަނީ ކުއްލިއަކަށް ނަގަންޖެހުނު މިކޭސް މެނޭޖްކުރުމުގައި މަރުކަޒުގެ ޑޮކްޓަރާއި ނަރުހުން އަދި މަރުކަޒުގެ އެންމެ ހާ މުއައްޒަފުންގެ އަގުހުރި މަސައްކަތް ނުހަނު އުފަލާއެކު ފާހަގަ ކުރާ ކަމަށެވެ. މިކަމުގައި އެ އަތޮޅު ހޯރަފުށި ސިއްޙީ މަރުކަޒުގެ ފަރާތުން ވެދެއްވި އަވަސް އެހީތެރިކަން ވެސް ފާހަގަކޮށް، މަރުކަޒުގެ ވެރިންނާއި މުއައްޒަފުންނަށް ވެސް ވަނީ ޝުކުރު ދަންނަ...

މުޙައްމަދު އަފްރާޙް
ދިއްދޫގައި ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމެއް ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމެއް ފަށައިފި

ހއ. ދިއްދޫގެ ރައްޔިތުންނަށް ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމެއް ފަށައިފި އެވެ. މިއީ އެރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ފެށި ޕްރޮގްރާމެކެވެ. އެ ރަށު ކައުންސިލާއި އެރަށު ރައްޔިތުންގެ އެހީތެރިކަމާ އެކު ހިންގާ ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމް ފެށީ މި މަހުގެ 4 ވަނަ ދުވަހު އެވެ. ހަތް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި 20 ފަރާތެއް ވަނީ ބައިވެރިވެފަ އެވެ. ރަށްރަށުގައި ދިމާވެދާނެ އަލިފާނުގެ […]

މުޙައްމަދު އަފްރާޙް
ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ގުރުއަތު ލައިފި

ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ގުރުއަތު ލައިފި

ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ވޮލީ މުބާރާތުގެ ގުތުއަތުލުން ބާއްވައިފިއެވެ. މި މުބާރާތުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ގުރުއަތުލުން މިއަދު ބާއްވާފައިވާއިރު، މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހު ނޮޅިވަރަންފަރުގައެވެ. މި މަހުގެ 10-22 އަށް ނޮޅިވަރަންފަރު ވޮލީކޯޓުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތް ތާވަލު ކޮށްފައި ވަނީ އަންހެން ކެޓަގަރީގެ ހުރިހާމެޗެއް ދުވާލު ކުޅޭ ގޮތަށެވެ. އަދި ފިރިހެން ކެޓަ...

އިބްރާހިމް ޚަލީލް
ހދ. އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިވީ 12 ރަށަކުން

ހދ. އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިވީ 12 ރަށަކުން

ހދ. އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގެ ދަށުން، އެ މުބާރާތުގައި ބައިވެރިވެފައިވާ 12 ރަށުގެ މަޢުލޫމާތު މިއަދު އަތޮޅު ކައުންސިލުން ހާމަކޮށްފިއެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ރަށްތަކަކީ މަކުނުދޫ، ވައިކަރަދޫ، ނޮޅިވަރަމް، ނެއްލައިދޫ، ނޭކުރެންދޫ، ކުމުންދޫ، ނޮޅިވަރަންފަރު، ކުރިނބީ، ހިރިމަރަދޫ، ނައިވާދޫ، ފިނޭގެ އިތުރުން ހަނިމާދޫއެވެ. މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުން 8 ވަނަ ދުވަހުގެ ނިޔަލަށް ނޮޅިވަރަމުގައެވެ. ނޮޅިވަރަމު ކައުންސިލ...

އިބްރާހިމް ޚަލީލް
އެންމެ ބޮޑު ޠަބީޢީ އަތޮޅުގެ ބަހުސް: ޙަޤީޤަތަކީ ކޮބާ؟

އެންމެ ބޮޑު ޠަބީޢީ އަތޮޅުގެ ބަހުސް: ޙަޤީޤަތަކީ ކޮބާ؟

ދިވެހިރާއްޖޭގެ އެންމެ ބޮޑު ޠަބީޢީ އަތޮޅަކާ މެދު ކުރެވޭ ބަހުސަކީ ޝަޢުޤުވެރި، ފޯރިގަދަ ބަހުސެކެވެ. އެއްކޮޅުން ވާދަކުރަނީ މާސިންގާ ބޮޑުތިލަދުންމައްޗެވެ. އަނެއްކޮޅުން ވާދަކުރަނީ ބޮޑުސިންގާ ހުވަދު އަތޮޅެވެ. ރާއްޖޭގެ ދެއަތޮޅެއް ކަމަކު ވާދަކުރަނީ ދުނިޔޭގެ އެންމެ ބޮޑު މުބާރާތުގައެވެ. އެއްވަނައަށް ދާ ބަޔަކަށް މުޅި ދުނިޔެއާއި ރާއްޖޭގެ އެއްވަނަ ލިބޭއިރު ދެވަނައަށް ދާ ބަޔަކަށް ވެސް މުޅި ދުނިޔެއާއި ރާއްޖޭގެ ދެވަނަ ލިބޭނެއެވެ. މި ދެއަތޮޅަށް ވުރެ އަދި މާބޮޑެތި އަތޮޅުތަކެއް ދުނިޔޭގައި އޮތްނަމަވެސް އެއަތޮޅުތަކަކ...

އަޙްމަދު ސާލިމް
ރާއްޖޭގެ ފަތުރުވެރިކަމަށް "ރަން އަހަރު"، ތިލަދުންމައްޗަށް "އަންނަ އަހަރު"!

ރާއްޖޭގެ ފަތުރުވެރިކަމަށް "ރަން އަހަރު"، ތިލަދުންމައްޗަށް "އަންނަ އަހަރު"!

ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފް ކުރިތާ، ނުވަތަ ދިވެހި ފަތުރުވެރިކަން އުފަންކުރިތާ 50 އަހަރު “ދިވެހި ފަތުރުވެރިކަމުގެ ރަން އަހަރު” ފާހަގަކުރުމުގެ ގޮތުން “މެދުރާއްޖެ ތެރޭގައި” އަންނަނީ ގިނަ ހަފްލާތަކާއި ރަސްމިއްޔާތުތައް ބާއްވަމުންނެވެ. ފަތުރުވެރިކަމަށް 25 އަހަރު ފުރުނު އިރު “ހިންދު އެ މާ ކަނޑު ތެރޭ، މަލަ ފެހި ރުއްގަސް ހެދޭ” މި ޖަޒީރާތަކުގައި ޓޫރިޒަމަށް ފައްކާވެފައި އޮތީ މެދު ރާއްޖެ ތެރެއެވެ. އެއިރު ފަތުރުވެރިކަމުގެ ނަފާ ސީދާ ގޮތެއްގައި ލިބެމުން އައީ “ދިޔަދޮއްވެއްގެ ދެކޮޅު ބައްދާލާ، […]

ޙުސައިން ޘަޤީފް
ށ. އަތޮޅުގެ ތިން ޖަމިއްޔާއަކަށް އަތޮޅު ކައުންސިލުން 225،000 ރުފިޔާގެ އެހީ ދީފި

ށ. އަތޮޅުގެ ތިން ޖަމިއްޔާއަކަށް އަތޮޅު ކައުންސިލުން 225،000 ރުފިޔާގެ އެހީ ދީފި

ށ. އަތޮޅުގެ ރަށްރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމިއްޔާތަކުން ރާވާ ހިންގާ އިޖްތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތައް ހިންގުމަށް، މާލީ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް އެ އަތޮޅު ކައުންސިލުން ހުޅުވާލި ފުރުޞަތުގެ ދަށުން، އެންމެ ރަނގަޅު ޕްރޮޕޯސަލް ހެޅި ތިން ޖަމިއްޔާއަށް އެހީ ދީފިއެވެ. މިގޮތުން މިފަހަރުގެ ފުރުސަތުގައި އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅައިގެން ށ. އަތޮޅު ކައުންސިލްގެ އެހީ ލިބުނީ މާއުނގޫދޫގެ، މާއުނގޫދޫ އެސޯސިއޭޝަން ފޯ އައިލެންޑް ޑިވެލޮޕްމަންޓް (އެމްއޭއައިޑީ) އަށާއި، މިލަންދޫގެ...

ޔުމްނާ ޢަލީ
ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުން ޓޫރިޒަމްގެ ރަން ދުވަސްވަރު އަންނާނެ: އެމްޔޫ މަނިކު 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުން ޓޫރިޒަމްގެ ރަން ދުވަސްވަރު އަންނާނެ: އެމްޔޫ މަނިކު

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުން ޓޫރިޒަމްގެ ރަން ދުވަސްވަރު އަންނާނެ ކަމަށް ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިޔާ މުހަންމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވެއްޖެ އެވެ. ފަތުރުވެރިކަމުގެ ރަން ޔޫބީލް ގާލާ އިވްނިންގ ގައި ވާހަކަ ދައްކަމުން އެމްޔޫ މަނިކު ވިދާޅުވީ ހުރިހާ ފަންތިއެއްގެ ރިސޯޓުތައް ރާއްޖޭގައި ހުޅުވިގެން ގޮސް ރާއްޖެއަކީ ޓޫރިޒަމްގެ “ބެންޗް މާކް”އަށް ވެގެން ގޮސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ ރަން ދުވަސްވަރު އެ އަންނަނީ އަދި ކިރިޔާ ކަމަށާއި އެ […]

މުޙައްމަދު އަފްރާޙް
ހދ. އަތޮޅުގެ ސިއްހީ މަރުކަޒުތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް ދިނުމަށް އެދިއްޖެ

ހދ. އަތޮޅުގެ ސިއްހީ މަރުކަޒުތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް ދިނުމަށް އެދިއްޖެ

ހދ. އަތޮޅުގެ ސިއްހީ މަރުކަަޒަށް ދިމާވެފައިވާ ދަތިތައް ބަޔާންކޮށް، އެކަންކަން ހައްލުކޮށް ދިނުމަށް އެދި ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ އަތްޕުޅަށް އިއްޔެ ރިޕޯޓެއް އަރުވައިފިއެވެ. މި ރިޕޯޓަކީ ހދ. އަތޮޅުގެ ސިއްހީ މަރުކަޒުތަކަށް ރައީސް އައްޔަނު ކުރައްވާފައިވާ އިސްވެރިންގެ އިސް ނެންގެވުމުގެ މަތިން އެކުލަވާލައިފާ ރިޕޯޓެކެވެ. މި ރިޕޯޓު ރައީސް އަތްޕުޅަށް އެރުވީ ޞިއްޙީމަރުކަޒުތަކަށް ސަރުކާރުން ޢައްޔަންކުރައްވާފައިވާ އިސްފަރަތްތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވެވި ބ...

ތިލަދުން
މަރާމާތުގެ މަސައްކަތް ކުރަމުންދިޔަ ކުޅުދުއްފުށީގެ މިސްކިތަކަށް ގެއްލުންދީފި

މަރާމާތުގެ މަސައްކަތް ކުރަމުންދިޔަ ކުޅުދުއްފުށީގެ މިސްކިތަކަށް ގެއްލުންދީފި

ހދ. ކުޅުދުއްފުށީ ސިޓީގައި ހުންނަ އެންމެ ބޮޑު މިސްކިތްކަމަށްވާ މަސްޖިދުލް ހަޟާރާތުގެ މަރާމާތުގެ މަސައްކަތްތަކެއް ކުރަމުން ދަނިކޮށް ރޭ ބަޔަކު އެތަނަށް ގެއްލުންދީފިއެވެ. މިކަމާއި ގުޅިގެން މިއަދު ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ހުކުރު މިސްކިތުގެ މަރާމާތު މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، ރޭގެ ވަގުތެއްގައި މިސްކިތުގެ ތަޅުމަށް ބަޔަކު ވަނީ ގެއްލުންދީފައިވާ ކަމަށެވެ. މިސްކިތު ތަޅުންމަތީގައި ސިމެންތި އޮލަ ލައިފައި ނުހިކި ހުއްޓާ ތަޅުންމައ...

އިބްރާހިމް ޚަލީލް
މުރައިދޫ އެއްގަމު ތޮށިލުމުގެ މަސައްކަތް ނިންމާލައިފި 📍 ހއ. މުރައިދޫ

މުރައިދޫ އެއްގަމު ތޮށިލުމުގެ މަސައްކަތް ނިންމާލައިފި

ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށު އެއްގަމުތޮށި ލުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 57 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 212 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 107 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށި މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށް […]

އަޙްމަދު ވަހީދު
ފާރޮށި އިންޓައޮފީސް ކޮރަލްސް ފުޓްބޯލް ޓޯނަމަންޓްގެ ޗެމްޕިއަންކަން ކޭސީޕީއަށް 📍 ހދ. ކުޅުދުއްފުށި

ފާރޮށި އިންޓައޮފީސް ކޮރަލްސް ފުޓްބޯލް ޓޯނަމަންޓްގެ ޗެމްޕިއަންކަން ކޭސީޕީއަށް

ކުޅުދުއްފުށީ ކުލަބް ކޮރަލްސްގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ” ފާރޮށި އިންޓައޮފީސް ކޮރަލްސް ފުޓްބޯލް ޓޯނަމަންޓް 2022″ ގެ ޗެމްޕިއަންކަން ކުޅުދުއްފުށި ސިޓީ ޕޮލިސް (ކޭސީޕީ) އިން ކާމިޔާބު ކޮށްފިއެވެ. އިއްޔެ ހަވީރު ކޮރަލްސް ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ކުލަބް ކޭސީޕީއާއި ކުލަބް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އެވެ. މި މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ ކޭސީޕީއެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާފައި […]

އިބްރާހިމް ޚަލީލް
ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން ހއ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ހޭންޑްބޯޅަ މުބާރާތުގެ ޤުރުއަތުލައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން ހއ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ހޭންޑްބޯޅަ މުބާރާތުގެ ޤުރުއަތުލައިފި

ހއ. ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “އާރުވީއެސްއޭ ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022”  ގެ ގުރުއަތު ލައިފިއެވެ. ކަނބަލުންނަށް ހާއްސަކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޓީމްތައް ބައިވެރި ކުރުމުގެ ފުރުޞަތު ދީފައި ވަނީ ސަރުކާރު މުއައްސަސާތަކުގެ އިތުރުން ކުލަބް ޖަމިއްޔާތަކަށެވެ. މި މުބާރާތުގައި ޖުމްލަ ފަސް ޓީމެއް ބައިވެރިވެފައިވެއެވެ. އެ ޓީމްތަކަކީ ބާވީސް ސްޕޯޓްސް ކުލަބް، އެފްސީ ފްރިގޭޓާ، އެޗްއާރުއެފް އެއާޕޯޓް، އިހަވ...

އިބްރާހިމް ޚަލީލް