ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ވޮލީ މުބާރާތުގެ ގުތުއަތުލުން ބާއްވައިފިއެވެ.
މި މުބާރާތުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ގުރުއަތުލުން މިއަދު ބާއްވާފައިވާއިރު، މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހު ނޮޅިވަރަންފަރުގައެވެ.
މި މަހުގެ 10-22 އަށް ނޮޅިވަރަންފަރު ވޮލީކޯޓުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތް ތާވަލު ކޮށްފައި ވަނީ އަންހެން ކެޓަގަރީގެ ހުރިހާމެޗެއް ދުވާލު ކުޅޭ ގޮތަށެވެ. އަދި ފިރިހެން ކެޓަގަރީގެ ހުރިހާ މެޗެއް ރޭގަނޑު ކުޅޭ ގޮތަށެވެ.
މުބާރާތުގެ އަންހެން ކެޓަގަރީގައި ޖުމްލަ ހަތް ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދަނީ ބައިވެރިވި ޓީމްތައް ދެ ގްރޫޕަކަށް ބަހާލުމަށް ފަހު، އެ ގްރޫޕެއްގެ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ.
ގްރޫޕް އޭގައި ހިމެނޭ ޓީމްތަކަކީ ނޮޅިވަރަންފަރު ލައިކަން، ޓީމް ހަނިމާދޫ، ޓީމް ނޭކުރެންދޫގެ އިތުރުން ނޮޅިވަރަމް ސީއާރުސީއެވެ. ގްރޫޕް ބީގައި ހިމެނެނީ ޓީމް ހިރިމަރަދޫ، ޓީމް ނައިވާދޫގެ އިތުރުން ޓީމް ފިނޭއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ހަވީރު 16:00 ގައި ބައްދަލު ކުރާނީ ނޮޅިވަރަންފަރު ލައިކަންއާއި ޓީމް ހަނިމާދޫއެވެ.
މުބާރާތުގެ ފިރިހެން ކެޓަގަރީގައި ވެސް ޖުމްލަ ހަތް ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދަނީ ބައިވެރިވި ޓީމްތައް ދެ ގްރޫޕަކަށް ބަހާލުމަށް ފަހު، އެ ގްރޫޕެއްގެ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ.
ގްރޫޕް އޭގައި ހިމެނޭ ޓީމްތަކަކީ ނޯޅިވަރަންފަރު ސްޕޯޓްސް ކުލަބް، ޓީމް ފިނޭ، ޓީމް ހަނިމާދޫގެ އިތުރުން ވައިކަރަދޫ ވޮލީ ޓީމެވެ. ގްރޫޕް ބީގައި ހިމެނެނީ ނޮޅިވަރަމް ސީއެސްއާރު، ޓީމް ނައިވާދޫގެ އިތުރުން ޓީމް ހިރިމަރަދޫއެވެ.
މުބާރާތުގެ ފިރިހެން ކެޓަގަރީގެ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ރޭ 2030 ގައި ބައްދަލު ކުރާނީ ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބާއި ޓީމް ފިނޭއެވެ.
މި މުބާރާތަކީ ހދ. އަތޮޅުގެ ރަށު ކައުންސިލް އިދާރާތަކަށާއި ހދ. އަތޮޅުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ޖަމިއްޔާތަކަށް ބައިވެރި ވެވޭގޮތަށް ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!