މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ހަނިމާދޫ ފުޓުބޯޅަދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ ފުޓުބޯޅަދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ހަނިމާދޫގައި ޓާފް އަޅައިގެން ތަރައްޤީ ކޮށްފައިވާ ފުޓްބޯޅަ ދަނޑުގައި ލައިޓް ސިސްޓަމް ޤާއިމް ކޮށްދޭނެ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ. މި ޕްރޮޖެކްޓްގެ ދަށުން ހަނިމާދޫ ފުޓްބޯޅަ ދަނޑުގެ ދެ ފަޅީގައި، ކޮންމެ ފަޅިއަކަށް ހަތަރު ލައިޓް ޕޯސްޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކޮންމެ ޕޯސްޓެއްގައި ހަތަރު ލައިޓް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 01 ނޮވެމްބަރ […]

އިބްރާހިމް ޚަލީލް
ނޮޅިވަރަމް ވޮލީ ޓީމަށް ލިބުނު ފައިސާ އެރަށު ސްކޫލަށް ހަދިޔާކޮށްފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ވޮލީ ޓީމަށް ލިބުނު ފައިސާ އެރަށު ސްކޫލަށް ހަދިޔާކޮށްފި

ހދ. އަތޮޅުކައުންސިލް ވޮލީމުބާރާތް 2022 ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ނޮޅިވަރަމް ކައުންސިލް ރިކްރިއޭޝަން ކްލަބް (ނޮޅިވަރަމް ސީއާރުސީ) އަށް ލިބުނު ފައިސާގެ އިނާމު ސްކޫލުގެ ޑިޖިޓަލައިޒް ޕްރޮގްރާމަށް ޓީވީގަތުމަށް ހަދިޔާކޮށްފިއެވެ. މި މިބާރާތުގެ ޗެޕްޕިއަންކަން ހޯދި ނޮޅިވަރަމް ސީއާރުސީއަށް ފައިސާގެ އިނާމުގެ ގޮތުގައި 20،000 ރުފިޔާ ވަނީ ލިބިފައެވެ. ނޮޅިވަރަމް ކައުންސިލުން ވިދާޅުވި ގޮތުގައި ނޮޅިވަރަމް ސްކޫލުގެ ޑިޖިޓަލައިޒް ޕްރޮގްރާމަށް ޓީވީގަތުމަށް އެފައިސާ ސްކޫލަށް ހަދިޔާ ކުރަން އެ ކްލަބުން...

ޙުސައިން ޝަހުދީ
ފަސް އަހަރުގެ މުއްދަތަށް ހަނިމާދޫއިން ދަނޑުބިން ދޫކުރުރަނީ 📍 ހދ. ހަނިމާދޫ

ފަސް އަހަރުގެ މުއްދަތަށް ހަނިމާދޫއިން ދަނޑުބިން ދޫކުރުރަނީ

ދަނޑުވެރިކަން ކުރުމަށް ހދ. ހަނިމާދޫއިން ފަސް އަހަރުގެ މުއްދަތަށް ދަނޑުބިން ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައި، ދަނޑުބިމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން މިއަދު ކޮށްފައިވާ އިޢުލާނުގައި ވަނީ ހަނިމާދޫގެ ލޭންޑްޔޫސް ޕްލޭންގައި ދަނޑުވެރިކަން ކުރުމަށް ޚާއްޞަކުރެވި ފާހަގަކޮށްފައިވާ ސަރަޙައްދުތަކުން ދަނޑުވެރިކަން ކުރުމަށް 5000 (ފަސްހާސް) އަކަފޫޓުގެ 50 (ފަންސާސް) ބިން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެ އިޢުލާނާއިއ...

އިބްރާހިމް ޚަލީލް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯލް މުބާރާތް: މިއަދުގެ މެޗުތައް ކާމިޔާބުކުރީ ފޭދޫ، ނަރުދޫ، ފުނަދޫ އަދި ބިލެތްފަހި 📍 ށ. ފޭދޫ

މިލައުތުރު ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯލް މުބާރާތް: މިއަދުގެ މެޗުތައް ކާމިޔާބުކުރީ ފޭދޫ، ނަރުދޫ، ފުނަދޫ އަދި ބިލެތްފަހި

ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ހޭންޑްބޯލް މުބާރާތުގައި މިއަދު ކުޅުނު މެޗުތައް ފޭދޫ، ނަރުދޫ، ފުނަދޫ އަދި ބިލެތްފަހިން ކާމިޔާބު ކޮށްފިއެވެ. ގްރޫޕް އޭގައި މިއަދު ހަވީރު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބިލެތްފައްސާއި ފޯކައިދޫއެވެ. މި މެޗު 10 ލަނޑު 4 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ބިލެތްފައްސެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބިލެތްފަހީ […]

އިބްރާހިމް ޚަލީލް
ޒުވާނުންގެ އިނާމް: ވައިކަރަދޫ އަބޯ އަދި ހަނިމާދޫ ފިރާޝާ އަށް! 📍 ހދ. ވައިކަރަދޫ

ޒުވާނުންގެ އިނާމް: ވައިކަރަދޫ އަބޯ އަދި ހަނިމާދޫ ފިރާޝާ އަށް!

މި އަހަރުގެ ޒުވާނުންގެ އެވޯޑް 10 މީހަކަށް ސަރުކާރުން މިރޭ ދީފި އެވެ. ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ޒުވާނުންގެ އެވޯޑް ހާސިލުކުރި މީހުންނަށް އެވޯޑް ހަވާލުކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މިއަހަރުގެ ޒުވާނުންގެ އެވޯޑު 10 ފަރާތަކަށް ދީފައިވާއިރު، ފަންނުވެރިކަމުގެ ދާއިރާއިން އެވޯޑު ލިބިލެއްވީ ހދ. ވައިކަރަދޫ، ހިސާން، އަބުދުﷲ ޝަފީއު (އަބޯ) އަށެވެ. އަދަދު ނޫހުގެ ވިޝުއަލް އެޑިޓަރެއްގެ މަގާމު އަދާކުރައްވާ ޝަފީއު އަކީ ބޮޑު އަކުރު […]

މުޙައްމަދު އަފްރާޙް
އެމްޓީސީސީއިން ބޮޑު ތިލަދުންމަތީގައި، އިންޖީނު މަރާމާތުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ތަމްރީނު ޕްރޮގްރާމެއް ހިންގަނީ

އެމްޓީސީސީއިން ބޮޑު ތިލަދުންމަތީގައި، އިންޖީނު މަރާމާތުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ތަމްރީނު ޕްރޮގްރާމެއް ހިންގަނީ

އުތުރުގެ ތިން އަތޮޅު ކަމުގައިވާ، ހއ، ހދ އަދި ށ ގައި ތިބި ޔަންމާ އަދި ސުޒުކީ އިންޖީނު ބޭނުންކުރާ ފަރާތްތަކަށް ތަމްރީނު ޕްރޮގްރާމެއް ހިންގަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ) އިން ނިންމައިފި އެވެ. އުތުރުގެ ބައެއް ކައުންސިލްތަކުން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައިވަނީ މިއީ އެމްޓީސީސީ ގެ ފަރާތުން ބާއްވާ މި ތަމްރީނު ޕްރޮގްރާމު ފެށުމަށް ނިންމާފައިވަނީ އަންނަ ނޮވެމްބަރ މަހު ކަމަށެވެ. އެ ތިން އަތޮޅުގައި ތިބި ޔަންމާ އަދި […]

މުޙައްމަދު އަފްރާޙް
ކުޅުދުއްފުށީ ކަނބަލުންގެ ފުޓްސަލް ޗެލްންޖްގެ ޗެމްޕިއަންކަން ކޭއާރުއެޗަށް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ކަނބަލުންގެ ފުޓްސަލް ޗެލްންޖްގެ ޗެމްޕިއަންކަން ކޭއާރުއެޗަށް

ކުޅުދުއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި) ގުޅިގެން ކުރިއަށް ގެންދިޔަ ކަނބަލުންގެ ފުޓްސަލް ޗެލެންޖް 2022 ގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅެފައިވާއިރު، ފައިނަލު މެޗުގައި ބައްދަލު ކޮށްފައި ވަނީ ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) އާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އެވެ. ކޭއާރުއެޗުން ފ...

އިބްރާހިމް ޚަލީލް
އިހަވަންދޫ ކައުންސިލުން އިހަވަންދިއްޕޮޅަށް ހުޅުވާލައިގެން ޤުރްއާން މުބާރާތެއް 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކައުންސިލުން އިހަވަންދިއްޕޮޅަށް ހުޅުވާލައިގެން ޤުރްއާން މުބާރާތެއް

އިހަވަންދިއްޕޮޅުގެ ފަސް ރަށަށް ހުޅުވާލައިގެން އިހަވަންދޫ ކައުންސިލުން ބާއްވަން ނިންމާފައިވާ ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ. ”އިހަވަންދިއްޕޮޅު ރަސްތަރި” ނަމުގައި ބާއްވާ މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައި ވަނީ މިއަހަރުގެ ޑިސެންބަރު މަހުގެ 17 އިން 20 އަށެވެ. އިހަވަންދޫ ކައުންސިލް މެމްބަރު މުހައްމަދު ޒާހިރު ހަސަން ”ތިލަދުން” އަށް ވިދާޅުވީ، މި މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ، އިހަވަންދިއްޕޮޅުގައި ހިމެނޭ އިހަވަންދޫ، ހޯރަފުށި، މޮޅަދޫ، އުލިގަން އަދި ތުރާކުނު ރަށްވެހީނ...

މުޙައްމަދު އަފްރާޙް
ހދ. އަތޮޅު ވޮލީ މުބާރާތުގެ ފިރެހެން ޑިވިޜަންގެ ޗެމްޕިއަން ޓީމަކަށް ނޮޅިވަރަމް ސީއާރުސީ 📍 ހދ. ނޮޅިވަރަމް

ހދ. އަތޮޅު ވޮލީ މުބާރާތުގެ ފިރެހެން ޑިވިޜަންގެ ޗެމްޕިއަން ޓީމަކަށް ނޮޅިވަރަމް ސީއާރުސީ

ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ނޮޅިވަރަންފަރުގައި ކުރިޔަށްގެންދިޔަ ފިރިހެން ޑިވެޜަންގެ ވޮލީ މުބާރާތުގެ ޗެމްޕިންކަން ނޮޅިވަރަމް ސީއާރުސީ ހޯދައިފިއެވެ. ނޮޅިވަރަމް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ނޮޅިވަންފަރު ސްޕޯރޓްސް ކުލަބާއި ބައްދަލުކޮށް ސީދާ 3 ސެޓުން މޮޅުވެ މެޗު ކާމިޔާބު ކޮށްގެންނެވެ. ވާދަވެރި ކުޅުމަކަށްފަހު ފުރަތަމަ ސެޓް ނޮޅިވަރަމުން ގެންދިޔައީ 27-25 ން ނެވެ. ދެވަނަ ސެޓު 25-22 ން ދިޔައިރު ތިންވަނަ ސެޓު ގެންދިޔައީ 25-18 ން ނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާ […]

އަލީ ރިޔާޟް
ކަނޑުމަގުން ޗައިނާއިން މުދާ ގެންނަން ހިޔާރު ކުރަންވީ ބެސްޓް ބަޑީ!

ކަނޑުމަގުން ޗައިނާއިން މުދާ ގެންނަން ހިޔާރު ކުރަންވީ ބެސްޓް ބަޑީ!

ފުރައިޓް ފޯވާޑިންގެ ޚިދުމަތްދޭ ގިނަ ކުންފުނިތަކެއް ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ އިރު ވަކި ވަކި ފަރުދުންގެ އަމިއްލަ ބޭނުމާއި ވިޔަަފާރި ބޭނުމަށް ކަނޑުމަގުން ޗައިނާއިން މުދާ ގެނައުމަށް ޚިޔާރު ކުރަންވީ ބެސްޓް ބަޑީއެވެ. މީގެ ސަބަބުތައް ބައިވަރެއެވެ. މިގޮތުން ކިތައްމެ ކުޑަ ޕެކޭޖެއްވެސް ބެސްޓް ބަޑީ މެދުވެރިކޮށް ޗައިނާއިން ގެނެސްދިނުމުގެ ޚިދުމަތް ބެސްޓްބަޑީން ފޯރުކޮށްދެއެވެ. މި ގޮތަށް މުދާ ގެނެސްދޭ ގިނަ ފަރާތްތަކުން މަދުވެގެން 1 ސީ.ބީ އެމް ގެ މުދާ ގެންނަން ޝަރުތުކުރެއެވެ. އެއަށްވުރެ މަދުން […]

އަޙްމަދު ވަހީދު
"ލޭ ހަދިޔާ ކުރާ މީހުންގެ ދަފްތަރެއް" ކުޅުދުއްފުށި ކައުންސިލުން އެކުލަވާލަނީ 📍 ހދ. ކުޅުދުއްފުށި

"ލޭ ހަދިޔާ ކުރާ މީހުންގެ ދަފްތަރެއް" ކުޅުދުއްފުށި ކައުންސިލުން އެކުލަވާލަނީ

“ލޭ ހަދިޔާ ކުރާ މީހުންގެ ދަފްތަރެއް” ކުޅުދުއްފުށި ސިޓީ ކައުންސިލް އިދާރާއިން އެކުލަވާލަން ނިންމައި، އެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި އެވެ. އެ ކައުންސިލުން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފައިވާ ގޮތުގައި މިއީ އެކިއެކި ބަލިތަކާއި ގުޅިގެން ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއި އެކު، ލޭ ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދިނުމުގެ ގޮތުން އެކުލަވާލާ ދަފްތަރެކެވެ. އެ ކައުންސިލުން ވިދާޅުވެފައިވަނީ ލޭ ހަދިޔާ ކުރުމުގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް ބޭނުންވެލައްވާ ފަރާތްތަކުން މި އޮކްޓޯ...

މުޙައްމަދު އަފްރާޙް
ޓޫރިޒަމް މިނިސްޓްރީގެ ވަފުދަށް ނައިވާދޫއިން މަރުޙަބާކީ "ޓޫރިޒަމް ނެތް ހދ"ގެ ޝުއޫރުތަކުން 📍 ހދ. ނައިވާދޫ

ޓޫރިޒަމް މިނިސްޓްރީގެ ވަފުދަށް ނައިވާދޫއިން މަރުޙަބާކީ "ޓޫރިޒަމް ނެތް ހދ"ގެ ޝުއޫރުތަކުން

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ހިމެނި ވަޑައިގަންނަވާހެން އެމިނިސްޓްރީގެ ވަފުދެއް ތިލަދުންމަތީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހދ. ނައިވާދޫ އަށް ވަޑައިގަތުމުން ހދ. އަތޮޅަށް ފަތުރުވެރިކަމުގެ ފޮނިމީރުކަން ނުލިބި، ދިގު އިންތިޒާރެއް ކުރަންޖެހިފައިވާތީ އެރަށުގެ ރައްޔިތުން ޝުއޫރުފާޅު ކޮށްފިއެވެ. މިގޮތުން މިނިސްޓަރު ޑރ. މައުސޫމާއި ވަފްދު މިއަދު އެރަށަށް ވަޑައިގަތްއިރު އެރަށުގެ ގިނަ ޢަދަދެއްގެ ޒުވާނުން ހިމެނޭހެން ރައްޔިތުން ވަނީ މިނިސްޓަރާއި، ވަފުދަށް މަރުޙަބާ ކިޔުމަށް “...

ޔުމްނާ ޢަލީ
ދިއްދޫގައި ''ޗައިލްޑް ރައިޓްސް ކޮމިއުނިޓީ އޮޑިޓެއް'' ކުރިއަށް ގެންގޮސްފި 📍 ހއ. ދިއްދޫ

ދިއްދޫގައި ''ޗައިލްޑް ރައިޓްސް ކޮމިއުނިޓީ އޮޑިޓެއް'' ކުރިއަށް ގެންގޮސްފި

ޗިލްޑްރަންސް އޮމްބަޑްސް ޕާސަންގެ އޮފީހުން ހއ. ދިއްދޫގައި “ޗައިލްޑް ރައިޓްސް ކޮމިއުނިޓީ އޮޑިޓް” އެއް ކުރިއަށް ގެންގޮސްފިއެވެ. އެ އޮފީހުންވިދާޅުވި ގޮތުގައި، މި ކޮމިއުނިޓީ އޮޑިޓްގެ ތެރެއިން އެ ރަށުގެ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެކިގޮތްގޮތުން މަސައްކަތްކުރާ ޢިދާރާތަކަށް ޒިޔާރަތްކޮށް އިންޓަވިއުތައް ނަގައި، ބައެއްތަންތަން އިންސްޕެކްޓްކޮށްފަ ވެއެވެ. މި އޮޑިޓް ކުރެވުނު މުއައްސަސާތަކާއެކު ސްޓޭކްހޯލްޑަރ ވޯކްޝޮޕް ބާއްވާ، ކުޑަކުދިންގެ ޙައްގުތައް ރައިކާތެރިކުރުމުގެ ޤާނޫނަށް އަހުލުވެރި ކުރުމުގ...

ޔުމްނާ ޢަލީ
މިލައުތުރު ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯޅަ މުބާރާތް މާދަމާ ފަށަނީ

މިލައުތުރު ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯޅަ މުބާރާތް މާދަމާ ފަށަނީ

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ”މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ހޭންޑްބޯޅަ މުބާރާތް މާދަމާ ފަށާނެއެވެ. ށ.އަތޮޅުގެ 10 ރަށަކުން 10 ޓީމް ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ. މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ފޭދޫގައެވެ. ގްރޫޕް އޭގައި ހިމެނޭ ޓީމްތަކަކީ ކަނޑިތީމް، ފޭދޫ، ބިލެއްފަހި، ފޯކައިދޫގެ އިތުރުން ގޮއިދޫއެވެ. ގް...

އިބްރާހިމް ޚަލީލް
ނެއްލައިދޫއިން ޓޫރިޒަމް މިނިސްޓްރީގެ ވަފުދަށް، "ޓޫރިޒަމް ނެތް ހދ" ގެ ހާލަތު ދައްކާލައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫއިން ޓޫރިޒަމް މިނިސްޓްރީގެ ވަފުދަށް، "ޓޫރިޒަމް ނެތް ހދ" ގެ ހާލަތު ދައްކާލައިފި

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ހިމެނި ވަޑައިގަންނަވާހެން އެމިނިސްޓްރީގެ ވަފުދެއް ތިލަދުންމަތީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި “ޓޫރިޒަމް ނެތް ހދ” ގެ ހާލަތު ތަފާތު ގޮތަކަށް ހދ. ނެއްލައިދޫއިން ދައްކާލައިފި އެވެ. އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އާތިފް އާއި އެ މިނިސްޓްރީގެ އިސްބޭފުޅުން އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު، މިއަދު އެރަށަށް ވަޑައިގެންނެވީ އިރާކޮޅުގެ ވަގުތެއްގަ އެވެ. މިނިސްޓްރީގެ ވަފުދަށް މަރުހަބާ ދެނެވެވުމަށް އެރަށު ބަނދަރުމަތި ވަނީ ވ...

އަލީ އާދިލް