މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,621 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9621 ޚަބަރުގެ ތެރެއިން
ބިލެތްފަހީ ސްކޫލް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތަށް ކައުންސިލްގެ ބޮޑު އެހީތެރިކަމެއް 📍 ށ. ބިލެތްފަހި

ބިލެތްފަހީ ސްކޫލް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތަށް ކައުންސިލްގެ ބޮޑު އެހީތެރިކަމެއް

ބިލެތްފަހީ ސްކޫލުން ކުރިއަށް ގެންދާ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން، އެ ރަށު ކައުންސިލްގެ ފަރާތުން އެ ސްކޫލަށް ޓީވީއެއް ހަދިޔާކޮށްފިއެވެ. ކައުންސިލުން ސްކޫލަށް ހަދިޔާކޮށްފައި ވަނީ 55 އިންޗީގެ 4K UHD ގޫގުލް ސުމާޓް ވައިފައި ޓީވީއެކެވެ. މި އެހީތެރިކަމަކީ ސްކޫލުގެ ކިޔަވައިދިނުން ޒަމާނީ ފެންވަރަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިން އެހީއެކެވެ. މިކަމާ ގުޅޭގޮތުން ބިލެތްފަހީ ކައުންސިލްގެ ރައީސް ޙުސައިން ފުއާދު “ތިލަދުން” އަށް މަޢުލޫމާތު ދެއްވަމ...

ފާތިމަތު ސަޙާ
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް އުލިގަމުގައި ހުޅުވައިފި

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް އުލިގަމުގައި ހުޅުވައިފި

ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ ޚާއްޞަ މަޝްރޫޢުގެ ދަށުން، ހއ. އުލިގަމުގައި އެ މަރުކަޒުގެ ގޮފި މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މިކަމަށްޓަކައި އުލިގަމުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެ ރަށު ގޮފި ހުޅުއްވައިދެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްގެ ޑެޕިއުޓީ މިނިސްޓަރު އަލްއުސްތާޛު ޢަބްދުލްޣަފޫރު އަޙްމަދާއި، ހއ. އުލިގަމު ކައުންސިލުގެ ރައީސް އަލްފާޟިލް އަސަދުﷲ މުޙައްމަދެވެ. މި ރަސ...

އަލީ އާދިލް
އަލީ ރަމީޒާއި ޢިލްމުވެރިންނާއެކު "މަންފާ ދަތުރު" މިލަންދޫއަށް، ބައިވެރިންގެ ތެރެއިން މީހަކަށް ޢުމްރާ ދަތުރެއް 📍 ށ. މިލަންދޫ

އަލީ ރަމީޒާއި ޢިލްމުވެރިންނާއެކު "މަންފާ ދަތުރު" މިލަންދޫއަށް، ބައިވެރިންގެ ތެރެއިން މީހަކަށް ޢުމްރާ ދަތުރެއް

ރާއްްޖޭގައި ދީނީ ޢިލްމު ފެތުރުމުގައި ބޮޑު ދައުރެއް އަދާކުރަމުން އަންނަ މަންފާ ޖަމުއިއްޔާއިން ކުރިއަށް ގެންދާ “މަންފާ ދަތުރު” ށ. މިލަންދޫއަށް ކުރުމަށް ހަމަޖެހިއްޖެއެވެ. މިއީ މިލަންދޫ ކައުންސިލާއި އެ ރަށު ޝީލްޑް ޖަމްޢިއްޔާއާއި ގުޅިގެން ކުރިއަށް ގެންދާ ދީނީ ފޯރަމެކެވެ. މި ދަތުރުގެ ހަރަކާތްތައް ކުރިއަށް ގެންދަވާނީ، މަންފާ އެކަޑަމީގެ ޗެއާމަން އަލް އަޚް ޢަލީ ރަމީޒާއި، އައްޝައިޙް އަޙްމަދު މިޞްބާޙްގެ އިތުރުން އައްޝައިޙް ޙަސަން ޒިޔާނެވެ. މި ހިނގާ އޮކްޓޯބަރ މަހުގެ 8 އަދި […]

ފާތިމަތު ސަޙާ
ކެލާގައި ގަހުގެ ނާސަރީއެއް ޤާއިމުކުރާނެ ފަރާތެއް ހޯދަނީ 📍 ހއ. ކެލާ

ކެލާގައި ގަހުގެ ނާސަރީއެއް ޤާއިމުކުރާނެ ފަރާތެއް ހޯދަނީ

ހއ. ކެލާގައި ގަހުގެ ނާސަރީއެއް ޤާއިމުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ކެލާ ކައުންސިލުން މަޢުލޫމާތު ދެއްވާ ގޮތުގައި މި މަސައްކަތް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މަސައްކަތް ކޮންޓްރެކްޓް އުޞޫލުން އެ ޕްރޮޖެކްޓް ނަގާ ފަރާތުގެ އަމިއްލަ ތަކެތީގައެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު 05 އޮކްޓޫބަރު 2026 އިން ފެށިގެން 11 އޮކްޓޫބަރު 2026 ގެ ނިޔަލަށ...

ފާތިމަތު ސަޙާ
ނައިވާދޫގައި ކުނި އުފުލުމުގައި ސަމާލުވޭ: މަގުމައްޗަށް އެޅޭ ކުނި ސާފުނުކޮށްފިނަމަ ޚަރަދު އަތުލާނެކަން ހަނދާންކޮށްދީފި 📍 ހދ. ނައިވާދޫ

ނައިވާދޫގައި ކުނި އުފުލުމުގައި ސަމާލުވޭ: މަގުމައްޗަށް އެޅޭ ކުނި ސާފުނުކޮށްފިނަމަ ޚަރަދު އަތުލާނެކަން ހަނދާންކޮށްދީފި

ކުނި އުފުލުމުގެ ތެރޭގައި މަގުމައްޗަށް އެޅޭ ކުނި ސާފުނުކޮށްފި ނަމަ، ކައުންސިލުން އެ ތަނެއް ސާފުކުރުމަށް ދިޔަ ޚަރަދު، އެކަމަށް ޒިންމާވާ މީހެއް ނުވަތަ ބައެއްގެ އަތުން އަތުލެވޭނެ ކަމަށް ހދ. ނައިވާދޫ ކައުންސިލުން ހަނދާންކޮށްދީފިއެވެ. ނައިވާދޫ ކައުންސިލުން ރައްޔިތުންނަށް މިކަން ހަނދާންކޮށްދީފައި ވަނީ “ކުނި އުކާލުމާއި ނައްތާލުމުގެ އާއްމު ޤަވާޢިދުތައް” ހަނދާންކޮށްދިނުމުގެ ގޮތުން ރަސްމީ ފޭސްބުކް ޕޭޖުގައި ޝާއިއުކުރި ޕޯސްޓެއް މެދުވެރިކޮށެވެ. އެ ޕޯސްޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުނިއުކާލުމާއި ކުނި ނައް...

ފާތިމަތު ސަޙާ
ބާރަށު ކައުންސިލްގެ ޔުނިޓީ ކަޕް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހއ. ބާރަށް

ބާރަށު ކައުންސިލްގެ ޔުނިޓީ ކަޕް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހއ. ބާރަށު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ “ޔުނިޓީ ކަޕް 5 ވަނަ ފުޓްސަލް މުބާރާތް 2026” ގައި ބައިވެރިވުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފިއެވެ. މިކަމާ ގުޅިގެން، ބާރަށު ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ، މިއީ ދެ ޖިންސަށް ވަކިން ޚާއްސަކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތެއް ކަމަށެވެ. އަދި މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދެވިފައިވަނީ ބާރަށުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކްލަބު ޖަމްޢިއްޔާތަކާއި، ޖަމާޢަތްތަކުގެ އިތުރުން އެ ރަށުގެ އަމިއްލަ ފަރާތްތަކަށް...

ފާތިމަތު ސަޙާ
ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް މަރޮށީގައި ކާބޯތަކެތީގެ މައުރަޒެއް ބާއްވަނީ 📍 ށ. މަރޮށި

ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް މަރޮށީގައި ކާބޯތަކެތީގެ މައުރަޒެއް ބާއްވަނީ

ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ށ. މަރޮށީގައި ބާއްވާ ކާބޯތަކެތީގެ މައުރަޒުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މި މައުރަޒަކީ މަރޮށީ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) ގުޅިގެން އިންތިޒާމުކުރާ ހަރަކާތެކެވެ. މި މައުރަޒު ބޭއްވުމުގެ މައިގަނޑު ބޭނުމަކީ، މަރޮށީ އަންހެނުން އުފައްދާ ކާބޯތަކެއްޗަށް މާކެޓް ހޯދައިދީ،  ފެންވަރު ރަނގަޅު އުފެއްދުންތަކެއް ދެމެހެއްޓެނިވި ގޮތެއްގައި އުފައްދައި، ބާޒާރަށް ނެރުމަށް މަގުފަހިކޮށްދިނުން ކަމަށް މަރޮށ...

ފާތިމަތު ސަޙާ
ނައިވާދޫއިން ހަނިމާދޫކޮޅަށް 6 ލަނޑު ޖަހައިފި 📍 ހދ. ނައިވާދޫ

ނައިވާދޫއިން ހަނިމާދޫކޮޅަށް 6 ލަނޑު ޖަހައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026” ގެ ނޯތު ޒޯން 1 ގެ ފަހު މެޗުގައި ނައިވާދޫން ހަނިމާދޫ ކޮޅަށް 6 ލަނޑު ޖަހައި އަތޮޅު ފައިނަލުން ބަލިވުމުގެ ބަދަލު ހިފައިފިއެވެ. ރޭ ފަހު މެޗަށް ނުކުތް އިރުވެސް ނައިވާދޫ އޮތީ މެޗަކުން ބަލިނުވެ ތާވަލުގެ އެއްވަނާގައި ފައިނަލް ކަށަވަރުކޮށްގެންނެވެ. މި މުބާރާތުގެ ހދ. އަތޮޅު ބުރުގައި ނައިވާދޫ ބަލިކޮށް ޗެމްޕިއަންކަން ހޯދި ހަނިމާދޫ ފަހު މެޗަށް ނުކުތީ […]

ޝިއުނާ އާދަމް
އީދެއްހާ ފޯރިގަދަ ކުޅުދުއްފުށީ ބޮޑުބާޒާރު ނިމުމަކަށް، 25،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރި 📍 ހދ. ކުޅުދުއްފުށި

އީދެއްހާ ފޯރިގަދަ ކުޅުދުއްފުށީ ބޮޑުބާޒާރު ނިމުމަކަށް، 25،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރި

ބޮޑުތިލަދުންމައްޗަށް އަމާޒުކޮށްގެން ބޭއްވި “ބޮޑުތިލަދުންމަތީ ބޮޑުބާޒާރު” އަދި އައިލެންޑް ކާނިވަލް ކާމިޔާބުކަމާއެކު ރޭ ނިންމާލައިފިއެވެ. މިއީ ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން 30 ސެޕްޓެމްބަރ 2026 އިން އޮކްޓޯބަރު 4 ވަނަ ދުވަހުގެ ނިޔަލަށް ކުޅުދުއްފުށި ސިޓީގެ ބީޗް ހޭންޑްބޯލް އެރީނާ ސަރަހައްދުގައި ބޭއްވުނު ހަރަކާތެކެވެ. ކުޅުދުއްފުށީގެ އިޤްތިޞާދު ކުރިއެރުވުމަށާއި، އެ ސިޓީގައި ހިންގަމުން އަންނަ ވިޔަފާރިތަކަށް އަމާޒުކޮށްގެން، އެ ވިޔަފާރިތައް އެއްފަހަރާ ބޮޑު މާކެޓަކަށް އިޝްތިހާރުކުރުމ...

ފާތިމަތު ސަޙާ
ކަނޑިތީމާއި އެއްވަރުވެ އިހަވަންދޫ ފައިނަލަށް 📍 ހއ. އިހަވަންދޫ

ކަނޑިތީމާއި އެއްވަރުވެ އިހަވަންދޫ ފައިނަލަށް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026” ގެ ނޯތު ޒޯން 1 ގެ ފައިނަލްގެ ދެވަަނަ ޖާގަ ހއ. އަތޮޅު ޗެމްޕިއަން އިހަވަންދޫއަށް ކަށަވަރުވެއްޖެއެވެ. މިއަދު ހަވީރު ނައިވާދޫގައި ކުޅުނުމެޗަށް ކަނޑިތީމާއި އިހަވަންދޫ ނުކުތްއިރު ދެ ޓީމަށް ވެސް ފައިނަލްގެ ދޮރު ހުރީ ހުޅުވިފައެވެ. އިހަވަންދޫ އަށް މެޗު އެއްވަރުކޮށްލައިގެން ވެސް ފައިނަލަށް ދެވެން އޮތްއިރު ކަނޑިތީމަށް އޮތީ މޮޅުވާން މަޖުބޫރުވެފައެވެ. އެއީ މެޗަށް ނުކުތްއިރު އިހަވަންދޫ ހަ […]

ޔުމްނާ ޢަލީ
ތަކަންދޫގެ އަންހެން ވޮލީ ކުރިއަރުވަން ޚާއްޞަ ވޮލީ ކޭމްޕެއް، ކައުންސިލްގެ ކުޅިވަރު ފެސްޓިވަލް ޑިސެމްބަރުގައި 📍 ހއ. ތަކަންދޫ

ތަކަންދޫގެ އަންހެން ވޮލީ ކުރިއަރުވަން ޚާއްޞަ ވޮލީ ކޭމްޕެއް، ކައުންސިލްގެ ކުޅިވަރު ފެސްޓިވަލް ޑިސެމްބަރުގައި

ހއ. ތަކަންދޫގައި އަންހެނުންނަށް ޚާއްޞަ ވޮލީ ކޯޗިން ކޭމްޕެއް ފަށައިފިއެވެ. މިއީ  ތަކަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމ) އިން އިސްނަގައިގެން، ތަކަންދޫ ކައުންސިލް އާ ތަކަންދޫ ޕޮލިސް އާ ގުޅިގެން ކުރިއަށް ގެންދާ މި ކޭމްޕް ފަށާފައިވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ. ޖުމްލަ 12 ބައިވެރިން ހިމެނޭ މި ކޭމްޕް ކުރިއަށް ގެންގޮސްދެއްވަނީ ޕޮލިހުންކަމުގައި އެ ކައުންސިލުން މައުލޫމާތު ދެއްވައެވެ. ތަކަންދޫ ކައުންސިލްގެ ރައީސް ޢަބްދުއްރައްޒާޤް މި ނޫހަށް މައުލޫމާތު ދެއްވަމުން […]

ފާތިމަތު ސަޙާ
ހޯރަފުށީގައި ކޭމްބްރިޖް އިންޓަރނޭޝަނަލް ސްކޫލެއް ހިންގާނެ ފަރާތެއް ހޯދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ކޭމްބްރިޖް އިންޓަރނޭޝަނަލް ސްކޫލެއް ހިންގާނެ ފަރާތެއް ހޯދަނީ

ހއ. ހޯރަފުށީގައި ކޭމްބްރިޖް އިންޓަރނޭޝަނަލް ސްކޫލެއް ހިންގާނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާނުކޮށްފިއެވެ. ހޯރަފުށީ ކައުންސިލުން ކުރި ޢިއުލާނެއްގައި ބުނީ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަމުގައި ރަޖިސްޓަރީވުމުގެ ފުރުޞަތު މިހާރު ހުޅުވާލައިފައިވާކަމަށެވެ. ބީލަމުގައި ރަޖިސްޓަރީވުމުގެ އެންމެ ފަހު ތާރީޚަކީ 11 އޮކްޓޫބަރު 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ސުންގަޑި ހަމަވުމުގެ ކުރިން އެ ކައުންސިލްގެ އިޢުލާނުގައިވާ އޮންލައިން ފޯމު މެދުވެރ...

ފާތިމަތު ސަޙާ
އެއް އުނގަކުން ތަޢުލީމީ ދާއިރާއަށް ތިން މުދައްރިސުން, މިއީ އެ ނަމޫނާ މަންމައެއްގެ ފަޚުރުވެރި ވާހަކަ 📍 ހދ. ނޭކުރެންދޫ

އެއް އުނގަކުން ތަޢުލީމީ ދާއިރާއަށް ތިން މުދައްރިސުން, މިއީ އެ ނަމޫނާ މަންމައެއްގެ ފަޚުރުވެރި ވާހަކަ

ކޮންމެ މުދައްރިސެއްގެ ފަހަތުގައި އެ މީހަކަށް ހެޔޮ ތަރުބިއްޔަތު ދިން މައިވަންތަކަމުގެ ލޯތްބާއި ހިތްވަރު ވާނެކަން ޔަޤީނެވެ. މިއަދު ފާހަގަކުރާ މުދައްރިސުންގެ ދުވަހު މި ގެނެސްދެނީ، މުޖުތަމައު ބިނާކުރާ އެންމެ މުހިންމު އެއް ޚިދުމަތަށް، އެއް ފުރާޅެއްގެ ދަށުން، ތިން ދަރިން ހަދިޔާކުރި ނަމޫނާ މަންމައެއްގެ ފަޚުރުވެރި ވާހަކައެވެ. މުޅި ޤައުމުގެ މުސްތަޤުބަލު އުޖާލާކުރަން މަސައްކަތްކުރާ ތިން މުދައްރިސުންގެ ހިޔާވަހިކަމަކީ އެ މަންމަގެ އުނގެވެ. ހދ. ނޭކުރެންދޫ މަހުމާގޭ ފާޠިމަތު ޚާލިދާއަކީ ތިން މުދައްރިސުންގެ މަންމ...

ސަލާމާ ޢަބްދުލް ޢަލީމް
ފުނަދޫ އަންހެނުންގެ ކޮމެޓީގެ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޔުނައިޓެޑް ބީއެމްއެލްއިން ހޯދައިފި 📍 ށ. ފުނަދޫ

ފުނަދޫ އަންހެނުންގެ ކޮމެޓީގެ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޔުނައިޓެޑް ބީއެމްއެލްއިން ހޯދައިފި

ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޔުނައިޓެޑް ބީއެމްއެލްއިން ހޯދައިފިއެވެ. ޔުނައިޓެޑް ބީއެމްއެލް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، ޕޮލިސް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 11-14 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ބީއެމްއެލްގެ އާމިނަތު ނަޖުމާ 10 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ. މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ ޔުނައިޓެޑް ބީއެމްއެލްގެ އާމިނަތު ނަޖުމާ، އަމާލް ހާމިދު، އަދި ޕޮލިސް ޔުނައ...

ފާތިމަތު ސަޙާ
ހަންދަ ތޮށި އުކުމަށް، މަކުނުދޫއިން ވަކި ސަރަޙައްދެއް ޚާއްސަކޮށްފި 📍 ހދ. މަކުނުދޫ

ހަންދަ ތޮށި އުކުމަށް، މަކުނުދޫއިން ވަކި ސަރަޙައްދެއް ޚާއްސަކޮށްފި

ހަންދަ ތޮށިތައް އުކުމަށް، މަކުނުދޫގެ ވަކި ސަރަހައްދެއް ޚާއްސަކޮށް، ހދ. މަކުނުދޫ ކައުންސިލުން އެކަން އާންމުކޮށް އަންގައިފިއެވެ. އެ ރަށު ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި، މި ފަހަކަށް އައިސް، ރަށުގެ އެކި ސަރަހައްދުތަކަށް ހަންދަ ތޮއްޓާއި، މިޒާތުގެ ސާމާނު އުކާލާކަން އެ އިދާރާއަށް ފާހަގަ ކުރެވިފައިވެއެވެ. އެހެންކަމުން، މި ގޮތަށް ނިންމަން ޖެހުނީ އާންމުންނަށް އެކި ކަހަލަ އުނދަގޫތައް ކުރިމަތިވަމުންދާތީ ކަމަށް ވެސް އެ އިދާރާއިން ހާމަކުރައްވާފައިވެއެވެ. އެ ގޮތުން ، އެ ފަދަ ތަކެތި […]

ފާތިމަތު ސަޙާ