ހަންދަ ތޮށިތައް އުކުމަށް، މަކުނުދޫގެ ވަކި ސަރަހައްދެއް ޚާއްސަކޮށް، ހދ. މަކުނުދޫ ކައުންސިލުން އެކަން އާންމުކޮށް އަންގައިފިއެވެ.
އެ ރަށު ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި، މި ފަހަކަށް އައިސް، ރަށުގެ އެކި ސަރަހައްދުތަކަށް ހަންދަ ތޮއްޓާއި، މިޒާތުގެ ސާމާނު އުކާލާކަން އެ އިދާރާއަށް ފާހަގަ ކުރެވިފައިވެއެވެ. އެހެންކަމުން، މި ގޮތަށް ނިންމަން ޖެހުނީ އާންމުންނަށް އެކި ކަހަލަ އުނދަގޫތައް ކުރިމަތިވަމުންދާތީ ކަމަށް ވެސް އެ އިދާރާއިން ހާމަކުރައްވާފައިވެއެވެ.
އެ ގޮތުން ، އެ ފަދަ ތަކެތި އުކާލުމަށް ކަނޑައަޅާފައިވާސަރަޙައްދު ފާހަގަކޮށް، އެ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި މިހާރު ވަނީ ޢާންމުކޮށްފައެވެ.
މި ދުވަސްވަރަކީ ފަރު ހިކޭ، ދުވަސްވަރަށް ވާތީ، ހަންދަ ނުވަތަ ސަނދަރަ ނެގުމަށްޓަކައި މަކުނުދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުން ހަރަކާތްތެރިވަމުން ދެއެވެ. އެ ގޮތުން ރޭގަނޑު ބައްތި ހިފައިގެން ތޮށިމައްޗަށް ގޮސް ހާހުން ހަންދަ ނަގައިގެން އަންނަ މީހުން މަދެއް ނޫނެވެ. ދެ ޖިންސުގެ މީހުން ޑިންގީތަކުގައި ގޮސް ހަންދަ އާއި ރާކަނީގެ އިތުރުން ބޯވާ ވެސް މަކުނުދޫ ތޮށިމަތިން ނަގާކަން ފާހަގަ ކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!