📍 ހއ. ހޯރަފުށި
ހޯރަފުށީ ''ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖު'' ފަށައިފި
ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ “ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2024” ފަށައިފިއެވެ. މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ރޭ ހޯރަފުށީ ފުޓްބޯޅަ ދަނޑުގައި ބާއްވާފައިވާއިރު، ރަސްމިއްޔާތުގައި މުބާރާތުގެ ޓްރޮފީ ތައާރަފް ކޮށްފައި ވަނީ ހޯރަފުއްޓަށް ނިސްބަތްވާ، ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ވެސް ކުޅެމުން އަންނަ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ އަބްދުالله ޔާމީން (ޔާނު) އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ ބައްދަލު ކޮށްފައި ވަނީ އިހަވަންދޫ އެންވީކޭއާއި މޮޅަދޫ ޔަންގް ބްލަޑް އެވެ...