މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,624 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9624 ޚަބަރުގެ ތެރެއިން
އެޓޯލް ޗެމްޕިއަންޝިޕް: ހދ.ގެ ފައިނަލް މާދަމާ، ހއ.ގެ ފުރަތަމަ މެޗުން ދިއްދޫ މޮޅުވެއްޖެ 📍 ހއ. ދިއްދޫ

އެޓޯލް ޗެމްޕިއަންޝިޕް: ހދ.ގެ ފައިނަލް މާދަމާ، ހއ.ގެ ފުރަތަމަ މެޗުން ދިއްދޫ މޮޅުވެއްޖެ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް ފަށައިގެން ކުރިއަށްގެންދާ އެޓޯލް ޗެމްޕިއަންޝިޕް 2025/26 ގެ އުތުރު ރީޖަން ގެ ފައިނަލް މެޗުގައި ކުޅުދުއްފުށި ޓީމާއި ހަނިމާދޫ ޓީމު މާދަމާ ކުޅޭނެއެވެ. މާދަމާ ހަވީރު ކުޅުދުއްފުށި ސިޓީ ޒޯން ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލުން ކުޅުދުއްފުށި ޓީމާއި ހަނިމާދޫ ޓީމުން ޖާގަ ކަށަވަރުކޮށްފައިވަނީ  އެންމެ ގިނަ ޕޮއިންޓު ހޯދައިގެންނެވެ. މިގޮތުން މި ދެ ޓީމުންވެސް ވަނީ ކުޅުނު 3 މެޗުގެ ތެރެއިން 1 […]

ޔުމްނާ ޢަލީ
ޕެނަލްޓީގައި ފަހުގެ ޗެމްޕިއަން އިހަވަންދޫ ބަލިކޮށް މުރައިދޫ ފައިނަލަށް 📍 ހއ. އިހަވަންދޫ

ޕެނަލްޓީގައި ފަހުގެ ޗެމްޕިއަން އިހަވަންދޫ ބަލިކޮށް މުރައިދޫ ފައިނަލަށް

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025″ގެ ފައިނަލުގެ ފުރަތަމަ ޖާގަ މުރައިދޫ އިން ކަށަވަރުކޮށްފިއެވެ. މި މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ މުރައިދޫން ކަށަވަރުކުރީ އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫ އާއި އެކު މިއަދު ހަވީރު ކުޅުނު ސެމީފައިނަލްގައި ޕެނަލްޓީގައި 2-3 އިން ކުރި ހޯދައިގެންނެވެ. އުތީމު ރަސްމީ ފުޓްބޯޅަ ދަނޑުގައި މި މުބާރާތަށް ޚާއްޞަކޮށް ހަދާފައިވާ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުގެ ނަތީޖާ […]

ޔުމްނާ ޢަލީ
ބޮޑުތިލަދުންމަތީގައި އިންވެސްޓް ކުރުމަށް ރާއްޖެއާއި ބޭރުގެ ވިޔަފާރިތަކަށް ރައީސްގެ ދައުވަތު 📍 ހދ. ހަނިމާދޫ

ބޮޑުތިލަދުންމަތީގައި އިންވެސްޓް ކުރުމަށް ރާއްޖެއާއި ބޭރުގެ ވިޔަފާރިތަކަށް ރައީސްގެ ދައުވަތު

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީކޮށް ހުޅުވިގެންދިޔުމަކީ ހުޅުވިގެންދާ “ރަނުގެ ފުރުސަތެއް” ކަމަށް ފާހަގަކުރައްވައި، އެ ފުރުސަތުގެ ބޭނުން އެންމެ ފުޅާމިނަށް ހިފައި އެ ސަރަހައްދުގައި އިންވެސްޓް ކުރުމަށް ރާއްޖެ އާއި ބޭރުގެ ވިޔަފާރިތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ދައުވަތު ދެއްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ، ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ނިންމައި ރޭ އެއަތޮޅު ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނ...

ޔުމްނާ ޢަލީ
ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ހއ.އޭއީސީގެ ޕީޓީއޭއިން މުދައްރިސުންނަށް ޚާއްސަ ވަރކް ސްޓޭޝަންތަކެއް

ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ހއ.އޭއީސީގެ ޕީޓީއޭއިން މުދައްރިސުންނަށް ޚާއްސަ ވަރކް ސްޓޭޝަންތަކެއް

ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭގެ ފަރާތުން އެ ސްކޫލުގެ މުދައްރިސުންނަށް ޚާއްސަ ވަރކް ސްޓޭޝަންތަކެއް ޤާއިމްކޮށްދީފިއެވެ. މުދައްރިސުންނަށް ކިޔަވައިދިނުމުގެ މަސައްކަތްތައް ފަސޭހަކުރުމަށް ފަހި މާހައުލެއް ބިނާކޮށްދިނުމަށް ކުރިއަށް ގެންދިޔަ މި މަސައްކަތް ނިމި، ވަރކް ސްޓޭޝަންތަކުގެ ބޭނުން މިހާރު ކުރަމުންދާ ކަމަށް ހއ އަތޮޅު ތައުލީމީ މަރުކަޒުން ހާމަކޮށްފައިވެއެވެ. މިގޮތުން، ހއ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ މި މަސައްކަތުގައި ޕީޓީއޭގެ މެންބަރުން ކުރެއްވި ބުރަ...

އައިޝަތު އައިނީ އާމިރު
ހަނިމާދޫ އެއާޕޯޓަކީ ބޮޑުތިލަދުންމަތީގެ ތަރައްޤީގެ ދޮރޯށި: ރައީސް 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓަކީ ބޮޑުތިލަދުންމަތީގެ ތަރައްޤީގެ ދޮރޯށި: ރައީސް

ހަނިމާދޫ އެއާޕޯޓަކީ ހަމައެކަނި ބިންގަނޑެއްގެ މައްޗަށް ބިނާކުރެވުނު އިންފްރާސްޓްރަކްޗަރެއް ނޫން ކަމަށާއި، މިއީ ބޮޑުތިލަދުންމަތީގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރައްޔިތުންގެ ތަރައްޤީގެ ދޮރޯށި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިމޭރުމުން ވިދާޅުވީ، ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ނިންމައި ރޭ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ތެރޭގައި އެ މަނިކުފާނު ހަނިމާދުއަށ...

ޔުމްނާ ޢަލީ
ހަނިމާދޫ އެއާޕޯޓުގައި ޑޮލަރު އޭޓިއެމްއަކާއި ޑޮލަރު ދޫކުރާ ކައުންޓަރެއް ގާއިމުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓުގައި ޑޮލަރު އޭޓިއެމްއަކާއި ޑޮލަރު ދޫކުރާ ކައުންޓަރެއް ގާއިމުކޮށްފި

ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޑޮލަރު އޭޓިއެމްއަކާއި ޑޮލަރު ދޫކުރާ ކައުންޓަރެއް ގާއިމުކޮށް، އެއާޕޯޓުން ދަތުރުކުރާ ފަރާތްތަކަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިރޭ ހަމަޖައްސައިފިއެވެ. މި ޚިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ...

އިބްރާހިމް އަސްވާޤް
''ހަނިމާދޫ ވައިގެބަނދަރަކީ ފަތުރުވެރިކަމަށް އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭ ކޮންފިޑެންސެއް'' 📍 ހދ. ހަނިމާދޫ

''ހަނިމާދޫ ވައިގެބަނދަރަކީ ފަތުރުވެރިކަމަށް އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭ ކޮންފިޑެންސެއް''

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރަކީ އުތުރުގައި ފަތުރުވެރިކަމަށް އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭ ކޮންފިޑެންސެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ނިންމައި ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ބޮޑުތިލަދުންމަތީގައި ޓޫރިޒަމް ތަރައްގީކޮށް ފުޅާކުރުމަކީ އެމަނިކުފާނުގެ ރިޔާސީވައުދުފުޅެއްކަން ފާހަގަކުރަށްވަމުން ރައީސް ވަނީ ކުރަށްވަމުން ގެ...

ޔުމްނާ ޢަލީ
ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ހުޅުވައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ހުޅުވައިފި

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ނިންމައި މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ. ހަނިމާދޫ އެއާޕޯޓް ސަރަހައްދުގައި މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމަށްފަހު ހުޅުވައިދެއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަތެވެ. އަދި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، މަޖިލީހުގެ ރައީސް ޢަބުދުއްރަޙީމް ޢަބުދުﷲ އާއި ސަރުކާރުގެ ވެރިން ބައިވެރިވެވަޑައިގަތެވެ. ހ...

ޔުމްނާ ޢަލީ
ހަނިމާދޫ އެއާޕޯޓު ހުޅުމުގެ ރަސްމިޔާތަށް މޯދީގެ ހާއްސަ މަންދޫބެއް 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓު ހުޅުމުގެ ރަސްމިޔާތަށް މޯދީގެ ހާއްސަ މަންދޫބެއް

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު، އިންޑިއާގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން ކިންޖަރާޕޫ ރާމް މޯހަން ނައިޑޫ ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް މިއަދު ވަޑައިގަންނަވައިފިއެވެ. މިނިސްޓަރު ކިންޖަރާޕޫ ރާމް މޯހަން ނައިޑޫ ރާއްޖެއަށް ވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރްޚަބާ ދެންނެވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލްއެވެ. ފޮރިން މިނިސްޓްރީީން ބުނިގޮތުގައި މިނިސްޓަރު ކިންޖަރާޕޫ ރާމް މޯހަން ނައިޑޫގެ މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ، ހަނިމާދ...

ޔުމްނާ ޢަލީ
އެއާޕޯޓު ހުޅުވުމަށް ހަނިމާދޫގައި މިރޭ ހަވާއަރުވަނީ 📍 ހދ. ހަނިމާދޫ

އެއާޕޯޓު ހުޅުވުމަށް ހަނިމާދޫގައި މިރޭ ހަވާއަރުވަނީ

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ނިންމައި މިރޭ ހުޅުވުމާއި ގުޅުވައި ހަވާ އެރުވުން ވެސް އޮންނާނެކަމަށް މައުލޫމާތު ލިބިއްޖެއެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ. އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. ‏ހަނިމދޫގައު ހަވާ އިރުވާނީ މި ރޭ 20:30 ހާއިރު ގާތްގަނޑަކަށް 3 މިނެޓެއް ހާއިރަށެވެ. މި ރަސްމިއްޔާތު ފަށާނީ މިރޭ 19:30 ގައެވެ. ހަނިމާދޫ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ނިންމައި ހުޅުވުން މިރޭ...

ޔުމްނާ ޢަލީ
ހަނިމާދޫ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ނިންމައި ހުޅުވުން މިރޭ 📍 ހދ. ހަނިމާދޫ

ހަނިމާދޫ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ނިންމައި ހުޅުވުން މިރޭ

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ނިންމައި މިރޭ ހުޅުވަން ނިންމާފައިވާއިރު، އެކަމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވުމަށް ހަނިމާދޫ ކައުންސިލުން އެދިއްޖެއެވެ. މި ރަސްމިއްޔާތު ފަށަން ނިންމާފައި ވަނީ މިރޭ 19:30 ގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ. އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ 18 ޖެނުއަރީ 2...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ރޯޒޭ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ރޯޒޭ

ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް އެ ސިޓީގެ ހުޅަނގު އުތުރު ދާއިރާގެ ކައުންސިލް މެންބަރ އަޙްމަދު ޢަބްދުالله (ރޯޒޭ) އިންތިހާބުކޮށްފިއެވެ. އެ މަގާމަށް ރޯޒޭ އިންތިހާބުކޮށްފައިވަނީ އެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރ އަލީ އަޙުމަދު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން، މިއަދު ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 230 ވަނަ އާންމު ބައްދަލުވުމުގައެވެ. މިގޮތުން ކައުންސިލަރުންގެ މެދުގައި އައު ޑެޕިއުޓީ މޭޔަރ އެއް އައްޔަނުކުރުމަށް ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލައިފައިވަނީ ރޯޒޭ އެކަން...

އައިޝަތު އައިނީ އާމިރު
މެޗަކުން ބަލިނުވެ އުތީމު ސެމީއަށް، ވަށަފަރަށް ހިތްދަތި ވަކިވުމެއް 📍 ހއ. ފިއްލަދޫ

މެޗަކުން ބަލިނުވެ އުތީމު ސެމީއަށް، ވަށަފަރަށް ހިތްދަތި ވަކިވުމެއް

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025″ގެ ސެމީ ފައިނަލްގެ ފަހު ޖާގަ މުބާރާތް ބާއްވާ ރަށް، އުތީމުން ކަށަވަރުކޮށްފިއެވެ. އުތީމު ސެމީ އަށް ދަތުރުކުރީ ހޮނހިރު ދުވަހު ރޭ 20:30 ގައި އުތީމު ރަސްމީ ބޯޅަދަނޑުގައި ފިއްލަދޫގެ މައްޗަށް 3-2 ލަނޑުން ކުރި ހޯދައިގެންނެވެ. އެއްވެސް މެޗަކުން ބަލިނުވެ އުތީމު ސެމީގެ ޖާގައެއް ކަށަވަރުކުރި މެޗުގައި ދެ ޓީމަށް ވެސް ސެމީގެ ޖާގައެއް ކަށަވަރުވާން އޮތީ މެޗުން […]

ޔުމްނާ ޢަލީ
ގިނަ ލަނޑުތަކެއް ފެނުނު ހޯރަފުށި-ވަށަފަރު މެޗުން ވަށަފަރު މޮޅުވެއްޖެ 📍 ހއ. ހޯރަފުށި

ގިނަ ލަނޑުތަކެއް ފެނުނު ހޯރަފުށި-ވަށަފަރު މެޗުން ވަށަފަރު މޮޅުވެއްޖެ

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025″ގައި ވަށަފަރާއި ހޯރަފުށީގެ ކުރިމަތިލުމުގައި ވަށަފަރު މޮޅުވެ ސެމީގެ އުންމީދު ބޮޑުކޮށްފިއެވެ. ހޮނހިރު ދުވަހު ހަވީރު 16:30 ގައި އުތީމު ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގައި ވަށަފަރު ވަނީ ހޯރަފުށީގެ މައްޗަށް 7-5 ލަނޑުން ކުރި ހޯދާފައެވެ. މި މެޗުގެ ފުރަތަމަ މިނިޓްގައި ހޯރަފުށީގެ  ޖާޒީ ނަމްބަރު 11 އަލީ ޒިޔާދު ވަނީ ލަނޑެއް ޖަހައި ހޯރަފުއްޓަށް މެޗުގެ ލީޑު […]

ޔުމްނާ ޢަލީ
ނާއިޝްގެ ހިތްގައިމު ލަނޑުތަކާއެކު ފިއްލަދޫ ބަލިކޮށް އިހަވަންދޫ ސެމީ އަށް 📍 ހއ. ފިއްލަދޫ

ނާއިޝްގެ ހިތްގައިމު ލަނޑުތަކާއެކު ފިއްލަދޫ ބަލިކޮށް އިހަވަންދޫ ސެމީ އަށް

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025″ގެ ސެމީގެ ޖާގައެއް ފަހުގެ ޗެމްޕިއަން އިހަވަންދޫ އިން ކަށަވަރުކޮށްފިއެވެ. އިހަވަންދޫ ސެމީގެ ޖާގައެއް ކަށަވަރުކުރީ ރޭ 20:30 ގައި އުތީމު ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގައި ފިއްލަދޫ 5-0 އިން ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އިހަވަންދޫ އަށް ލީޑު ނަގައިދިނީ މެޗުގައި ހިތްގައިމު ލަނޑުތަކެއް ޖަހައިދިން އިހަވަންދޫ ޓީމުގެ ޖާޒީ ނަންބަރު 7 ޢަލީ ނާއިޝްއެވެ. […]

ޔުމްނާ ޢަލީ