މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,624 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9624 ޚަބަރުގެ ތެރެއިން
އައިހަމް އެފްއޭއެމާއި ގައުމީ ޓީމާއި ސަޕޯޓަރުންގެ ކިބައިން މަޢާފަށް އެދިއްޖެ

އައިހަމް އެފްއޭއެމާއި ގައުމީ ޓީމާއި ސަޕޯޓަރުންގެ ކިބައިން މަޢާފަށް އެދިއްޖެ

ހއ. އުތީމުން އުފެދުނު ކުޅަދާނަ ފުޓްބޯޅަ ކުޅުންތެރިޔާ، މިޑްފީލްޑަރު، އަހުމަދު އައިހަމް (ފަތޯ) ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ސަޕޯޓަރުންގެ ކިބައިން މަޢާފަށް އެދިއްޖެއެވެ. އެފްއޭއެމް އިން ވަނީ 10 އޮކްޓޯބަރު 2025 ގައި އައިހަމް ގައުމީ ސްކޮޑުން ބާކީކޮށްފައެވެ. އެކަން ހާމަކޮށް އެދުވަހު ނެރުނު ބަޔާނެއްގައި އެ އިދާރާއިން ބުނީ އައިހަމް ހުއްދަ ހޯދުމެއްނެތި ފުޓްސަލް މުބާރާތެއްގައި ކުޅެފައިވާކަމަށެވެ. އަދި އެ ދުވަހު އޮތް ގައުމީ ޓީމުގެ ޕްރެކްޓިސް ސެޝަނުގައި ވެސް ބައިވެރިވެފައިނުވާކަމަ...

ޔުމްނާ ޢަލީ
އިހަވަންދޫ ކޮޅަށް 6 ގޯލުޖަހައި ހއ.އަތޮޅުގެ ޗެމްޕިއަންކަން ދިއްދޫ ހޯދައިފި 📍 ހއ. ދިއްދޫ

އިހަވަންދޫ ކޮޅަށް 6 ގޯލުޖަހައި ހއ.އަތޮޅުގެ ޗެމްޕިއަންކަން ދިއްދޫ ހޯދައިފި

އަތޮޅުތެރޭގެ ޓީމުތައް ދިވެހި ޕްރިމިއާ ލީގުން ޖާގަ ދިނުމުގެ ފުރަތަމަ މަރުހަލާގައި ކުޅޭ ބީއޭއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ހއ. އަތޮޅުގެ މުބާރާތުގެ ޗެމްޕިއަންކަން ދިއްދޫ ހޯދައިފިއެވެ. މި މުބާރާތުގެ ހއ. އަތޮޅުން ބައިވެރިވީ އެ އަތޮޅުގެ ވެރިރަށް ދިއްދޫ އާއި އިހަވަންދޫ އެވެ. އެހެންވެ މި މުބާރާތުގެ ޗެމްޕިއަންޓީމު ކަނޑައެޅީ ދެ މެޗު ކުޅެގެންނެވެ. މިގޮތުން ފުރަތަމަ މެޗު ކުޅެފައި ވަނީ 9 އޮކްޓޯބަރު 2025 ގައި އިހަވަންދޫގައެވެ. އެ މެޗު ދިއްދޫ ކާމިޔާބުކުރީ 1-3 އިންނެވެ. […]

ޔުމްނާ ޢަލީ
ހަމައެކަނި ރަށަށް ނިސްބަތްވާ ކުޅުންތެރިން ހިމަނައިގެން ހަނިމާދޫ ހޯދީ ބޮޑު ކާމިޔާބީއެއް: ފިރާގް 📍 ހދ. ހަނިމާދޫ

ހަމައެކަނި ރަށަށް ނިސްބަތްވާ ކުޅުންތެރިން ހިމަނައިގެން ހަނިމާދޫ ހޯދީ ބޮޑު ކާމިޔާބީއެއް: ފިރާގް

އަތޮޅުތެރޭގެ ޓީމުތައް ދިވެހި ޕްރިމިއާ ލީގުން ޖާގަ ދިނުމުގެ ފުރަތަމަ މަރުހަލާގައި ކުޅޭ ބީއޭއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ހދ. އަތޮޅުގެ މުބާރާތުގައި ހަމައެކަނި ހަނިމާދޫ ކުޅުންތެރިން ހިމަނައިގެން ކުޅުނު ހަނިމާދޫ ޓީމުން ހޯދި ނަތީޖާއަކީ ބޮޑު ކާމިޔާބެއްކަމަށް ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުޙައްމަދު ވިދާޅުވެއްޖެއެވެ. 11 ނޮވެމްބަރު 2025 ގައި ކުޅުނު މި މުބާރާތުގެ ފައިނަލްގައި 3-1 ކުޅުދުއްފުށީ އަތުން ބަލިވުމުން ހަނިމާދޫ އަށް ވަނީ ޗެމްޕިއަންކަން ގެއްލިފައެވެ. ޗެމްޕިއަންކަން ގެއްލުނު ނަމަވެސ...

ޔުމްނާ ޢަލީ
ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އުތީމު ހޯދައިފި 📍 ހއ. މުރައިދޫ

ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އުތީމު ހޯދައިފި

ހއ. އަތޮޅު ކައުންސިލުން ބޭއްވި “ތިލައުތުރު ފުޓްސަލް މުބާރާތް 2025″ގެ ޗެމްޕިއަންކަން އުތީމު ހޯދައިފިއެވެ. މި މުބާރާތުގެ ޗެމްޕިއަންކަން އުތީމުން ހޯދީ މިރޭ ކުޅުނު ފައިނަލްގައި މުރައިދޫގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ މުރައިދޫ އެވެ. ލިބުނު ކޯނަރަކުން ޖެހި މި ލަނޑު އެޓީމަށް ޖަހައިދިނީ އަޝްރާގެވެ. މުރައިދޫގެ ލަނޑަށްފަހު އުތީމުން ވަނީ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ޖަހައިދިނީ އައިހަމް […]

ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ޤާނޫނީ އިޖުރާއަތްތަކުގެ ދަށުން ނައްތާލައިފި އެވެ. ނައްތާލި ތަކެތީގެ ތަފްޞީލަށް ބަލާއިރު، ޖުމްލަ 53 ފުޅި ބަނގުރަލާއި 2 ދަޅު ބަނގުރާ ހިމެނެއެވެ. މި ހުރިހާ ތަކެއްޗެއް ނައްތާލާފައިވަނީ ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ބެލުމުގެ ދަށުގައި ހުރި ތަކެތީގެ ގޮތުގައެވެ. މި ކަން ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން، ތަކެތި ނައްތާލުމުގެ ކަންކަން ބެލެހެއްޓުމަށް އެކުލަ...

އަލީ އާދިލް
ކުޅުދުއްފުށީގެ ރައްޔިތުންގެ ފަރާތުން ޓީމަށް ދޭ ހިތްވަރަށް މޭޔަރުގެ ޝުކުރު 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ ރައްޔިތުންގެ ފަރާތުން ޓީމަށް ދޭ ހިތްވަރަށް މޭޔަރުގެ ޝުކުރު

އަތޮޅުތެރޭގެ ޓީމުތައް ދިވެހި ޕްރިމިއާ ލީގުން ޖާގަ ދިނުމުގެ ފުރަތަމަ މަރުހަލާގައި ކުޅޭ ބީއޭއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ހދ. އަތޮޅުގެ ޗެމްޕިއަންކަން ކުޅުދުއްފުށި ސިޓީގެ ޓީމުން ހޯދާފައިވާއިރު، އެ ސިޓީގެ ރައްޔިތުންގެ ފަރާތުން އަބަދުވެސް ޓީމަށް ދޭ ހިތްވަރާ ސަޕޯޓަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ޝުކުރު އަދާކުރަށްވައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު އިއްޔެ ކުޅުނުއިރު، ކުޅުދުއްފުށި ޗެމްޕިއަންކަން ހޯދީ ހަނިމާދޫ ޓީމާ ދެކޮޅަށް 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި ކާމިޔާބީއާ ގުޅިގެން...

ޔުމްނާ ޢަލީ
އައިހަމް އާއި ގުޅޭ އެފްއޭއެމްގެ ނިންމުން އަނބުރާގެންދަން އުތީމު ރައީސް ގޮވާލައިފި 📍 ހއ. އުތީމު

އައިހަމް އާއި ގުޅޭ އެފްއޭއެމްގެ ނިންމުން އަނބުރާގެންދަން އުތީމު ރައީސް ގޮވާލައިފި

ހއ. އުތީމުން އުފެދުނު ކުޅަދާނަ ފުޓްބޯޅަ ކުޅުންތެރިޔާ، މިޑްފީލްޑަރު، އަހުމަދު އައިހަމް (ފަތޯ) ޤައުމީ ޓީމުގެ ސްކޮޑުން ބާކީ ކުރުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމު ނިންމު އަނބުރާ ގެންގޮސް އައިހަމް އަށް ޤައުމީ ޓީމުން ޖާގަ ދިނުމަށް އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ގޮވައިލައްވައިފިއެވެ. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އަށްކުޅޭ އައިހަމް ވަނީ ހއ.އަތޮޅު ކައުންސިލުން އެ އަތޮޅު ރަށްތަކަށް ބާއްވާ ”ތިލައުތުރު ފުޓްސަލް މުބާރާތް 2025” ގައި […]

ޔުމްނާ ޢަލީ
މިލަންދޫ އޭޓީއެމް ކައިރިން ހޮވައިގެން ކޯޓަށް ގެންދިޔަ ކޭސްކާޑަކާއި ފައިސާތަކެއްގެ ވެރިފަރާތް ހޯދަނީ 📍 ށ. މިލަންދޫ

މިލަންދޫ އޭޓީއެމް ކައިރިން ހޮވައިގެން ކޯޓަށް ގެންދިޔަ ކޭސްކާޑަކާއި ފައިސާތަކެއްގެ ވެރިފަރާތް ހޯދަނީ

ށ. މިލަންދޫ ބީ.އެމް.އެލް އޭޓީއެމް ކައިރިން ހޮވައިގެން ޢާއްމު ފަރާތަކުން ކޯޓަށް ޙަވާލުކޮށްފައިވާ ކޭސްކާޑަކާއި ފައިސާގެ ވެރިފަރާތް ހޯދުމަށް އިޢުލާންކޮށްފި އެވެ. ކޯޓުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މިތަކެތި ކޯޓާ ޙަވާލުކޮށްފައިވަނީ 10 ނޮވެމްބަރ 2025 ވަނަ ދުވަހުއެވެ. ކޯޓުން ނެރެފައިވާ އިޢުލާނެއްގައިވާ ގޮތުން، ގެއްލިފައިވާ ފައިސާގެ ވެރިފަރާތެއްވާނަމަ، އެ ފައިސާތަކުގެ ސިފަތައް (ނޫޓުގެ ޢަދަދާއި، ފައިސާގެ ޖުމްލަ) އެނގޭގޮތަށް ކޯޓަށް ލިޔުމަކުން ހުށަހެޅުމަށް ވަނީ ދަންނަވާފައެވެ. މިގޮތުން، ގެއްލު...

އިބްރާހިމް އަސްވާޤް
އުތީމާއި މުރައިދޫގެ ބޮޑު ފައިނަލް މިރޭ، ޝަރަފްވެރިކޮށްދެއްވާނީ ނައިބު ރައީސް ހުސެން 📍 ހއ. މުރައިދޫ

އުތީމާއި މުރައިދޫގެ ބޮޑު ފައިނަލް މިރޭ، ޝަރަފްވެރިކޮށްދެއްވާނީ ނައިބު ރައީސް ހުސެން

ހއ. އަތޮޅު ކައުންސިލުން ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025″ގެ ފައިނަލަން މެޗު މިރޭ ކުޅޭނެއެވެ. އުތީމުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ އުތީމާއި މުރައިދޫއެވެ. މިރޭ 20:30 ގައި ފަށާ މި މެޗު ޝަރަފްވެރިކޮށްދެއްވާނީ ދިވެހިރާއްޖޭގެ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފެވެ. މީގެ އިތުރުން ކުޅިވަރާބެހޭ ވަޒީރު ޢަބުދުﷲ ރާފިޢު ވެސް މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. ހއ.ގެ ނުވަ ރަށް ވާދަކުރި މި މުބާރާތު ފައިނަލަށް މުރައިދޫ ދަތުރުކުރީ [...

ޔުމްނާ ޢަލީ
ށ.އަތޮޅު ކައުންސިލްގެ އެޑްވާންސް އޯޕަން ވޯޓަރ ޑައިވިންގ ކޯސް ނިންމާލައިފި

ށ.އަތޮޅު ކައުންސިލްގެ އެޑްވާންސް އޯޕަން ވޯޓަރ ޑައިވިންގ ކޯސް ނިންމާލައިފި

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ޕަޑީ އެޑްވާންސް އޯޕަން ވޯޓަރ ޑައިވިންގ ކޯސް، އިމަރޖެންސީ ފަސްޓް ރެސްޕޯންސް އަދި ރެސްކިއު ޑައިވިންގ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ ށ. އަތޮޅު ކައުންސިލުން 2025 ވަނަ އަހަރުގެ މަސައްކަތުގެ ތާވަލުގައި ހިމަނައިގެން، އެ އަތޮޅުގެ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަދި އެ ދާއިރާތަކުން ވަޒީފާއަށް ޝައުގުވެރިވާ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގި ކޯހެކެވެ. ޑައިވް ޑެސްކާއި ގުޅިގެން ކުރިއަށް ގެންދިޔަ މި ކޯސްތަކުގައ...

އައިޝަތު އައިނީ އާމިރު
އެޓޯލް ޗެމްޕިއަންޝިޕް: ކުޅުދުއްފުށި ޗެމްޕިއަންކަން ހޯދައިފި 📍 ހދ. ކުޅުދުއްފުށި

އެޓޯލް ޗެމްޕިއަންޝިޕް: ކުޅުދުއްފުށި ޗެމްޕިއަންކަން ހޯދައިފި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެޓޯލް ޗެމްޕިއަންޝިޕް 2025/26 އުތުރު ރީޖަންގެ ހދ.އަތޮޅު ޗެމްޕިއަންކަން ޓީމު ކުޅުދުއްފުށި ހޯދައިފިއެވެ. ވާދަވެރި ކުޅުމަކަށް ފަހު، ކުޅުދުއްފުށި ޓީމުން މިއަދުގެ މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައި ވަނީ ހަނިމާދޫ ޓީމާއި ވާދަކޮށް 3-1 ގެ ތަފާތަކުން މޮޅުވެގެންނެވެ. މިގޮތުން މި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 22:30 ވަނަ މިނެޓުގައި ކުޅުދުއްފުށި ޓީމުގެ މުޙައްމަދު މުންސިފް އެވެ. އަދި ދެންވެސް މެޗުގެ 58:32 ވަނަ މިނެޓުގައި ލަނޑެއް […...

އައިޝަތު އައިނީ އާމިރު
ބޮޑުތިލަދުންމަތީގެ ހަ ރަށެއް، 32 ރަށެއްގައި ޕާކް އަޅަން އެޗްޑީސީއަށް 📍 ހއ. ފިއްލަދޫ

ބޮޑުތިލަދުންމަތީގެ ހަ ރަށެއް، 32 ރަށެއްގައި ޕާކް އަޅަން އެޗްޑީސީއަށް

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން، 32 ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމުކުރުމުގެ މަސައްކަތް ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ އިއްޔެ ހަވާލުކޮށްފިއެވެ. އިއްޔެ ބޭއްވި ޕާކުތައް ހެދުމުގެ މަސައްކަތް ރަސްމީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފައިނޭންޝަލް އެގްޒެކެޓިވް މުޙައްމަދު ސަރާޙެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ...

ޔުމްނާ ޢަލީ
"ރަށު ޓީމަށް ކުޅެގެން ޤައުމީ ޓީމުން ބާކީ، އެފްއޭއެމްގެ އުޒުރުން ރަށު ފުޓްބޯޅައަށް ނިކަމެތިކަން"

"ރަށު ޓީމަށް ކުޅެގެން ޤައުމީ ޓީމުން ބާކީ، އެފްއޭއެމްގެ އުޒުރުން ރަށު ފުޓްބޯޅައަށް ނިކަމެތިކަން"

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މުހިންމު މިޑްފީލްޑަރު އަދި ހއ. އުތީމަށް އުފަން އަހުމަދު އައިހަމް (ފަތޯ)، އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ފުޓްބޯޅަ ޓީމުން ކުޅެން އޮތް މެޗުގެ ސްކޮޑުން ބާކީކޮށްފި އެވެ. މި ނިންމުމާ ގުޅިގެން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އެގޮތުން، ރަށު ފުޓްބޯޅައަށް މިކަމުގެ ސަބަބުން ނިކަމެތިކަން ލިބޭ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އައިހަމް ގައުމީ ސްކޮޑުން ބާކީކުރަން […]

އިބްރާހިމް އަސްވާޤް
މެޗަކުން ބަލިނުވުމުގެ ރެކޯޑު ދަމަހައްޓައި އުތީމު ފައިނަލަށް 📍 ހއ. ދިއްދޫ

މެޗަކުން ބަލިނުވުމުގެ ރެކޯޑު ދަމަހައްޓައި އުތީމު ފައިނަލަށް

ހއ. އަތޮޅު ކައުންސިލުން ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025″ގެ ފައިނަލަށް މުބާރާތް ބާއްވާ ރަށް އުތީމު ދަތުރުކޮށްފިއެވެ. ހއ.އަތޮޅުގެ ނުވަ ރަށެއް ބައިވެރިވެފައިވާ މި މުބާރާތުގައި އުތީމު ފައިނަލަށް ދަތުރުކުރީ މި މުބާރާތުގެ މެޗަކުން ބަލިނުވެ އެ ޓީމު ދަމަހައްޓަމުން އަންނަ ރެކޯޑާއެކު، ރޭ ކުޅުނު ސެމީގެ މެޗުގައި ޕެނަލްޓީގައި 6-5 އިން ދިއްދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗާއިއެކު ދިއްދޫ ވެސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ވަނީ ނިމުން އައިސްފައެވެ. ފޯރިގަދަ ފެނުމެއް […]

ޔުމްނާ ޢަލީ
ދެބެންގެ ދެ ވީޑިއޯއަށް ދެލައްކަ! "ވައިކަރަދޫ މުރަކަ ބަގީޗާ" ބަލާލަން ބަހީ 📍 ހދ. ވައިކަރަދޫ

ދެބެންގެ ދެ ވީޑިއޯއަށް ދެލައްކަ! "ވައިކަރަދޫ މުރަކަ ބަގީޗާ" ބަލާލަން ބަހީ

ރާއްޖޭގެ އުތުރުގެ ހިމޭން ކަނޑުތަކުގައި، ރިސޯޓުތަކާ ދުރުގައި، ހުވަފެނެއް ފަދަ ރީތި ސިއްރެއް ފޮރުވިފައިވެއެވެ. މިއީ ހދ. އަތޮޅުގައިވާ ވައިކަރަދޫގެ ފަޅުތެރޭގައިވާ މުއްސަނދި މުރަކައިގެ ބަގީޗާއެވެ. މިއީ ރާއްޖެ އަށް ދަތުރުކުރާ ފަތުރުވެރިންނާއި ފޮޓޯގުރާފަރުންގެ ލޯމަތިން ގެއްލިފައިވާ ބަގީޗާއެކެވެ. މިފަހުން، މި މުއްސަނދި ޤުދުރަތީ ބަގީޗާ ދިވެހިންގެ ލޯތަކަށް ގެނެސްދިނީ ވައިކަރަދޫގެ ޒުވާނުންތަކެކެވެ. މީސްމީީޑިއާގައި ވައިރަލްވި ވައިކަރަދޫ ފަޅުތެރޭގެ ވީޑިއޯތަކަށް ގިނަބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ. ގިނަބ...

އިބްރާހިމް އަސްވާޤް