މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,624 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9624 ޚަބަރުގެ ތެރެއިން
ކުޅުދުއްފުއްޓާއި ނޮޅިވަރަމު އިޤްތިސާދީ-އިޖްތިމާއީ ގޮތުން އިތުރަށް ގުޅުވުމަށް މަޝްވަރާކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުއްޓާއި ނޮޅިވަރަމު އިޤްތިސާދީ-އިޖްތިމާއީ ގޮތުން އިތުރަށް ގުޅުވުމަށް މަޝްވަރާކޮށްފި

ހދ. ކުޅުދުއްފުށީ ސިޓީ އާއި އެ އަތޮޅު ނޮޅިވަރަމު އިޤްތިސާދީގޮތުންނާއި އިޖްތިމާއީގޮތުން އިތުރަށް ގުޅުވުމަށް ކުރެވިދާނެ ކަންކަމާ މެދު މިއަދު މަޝްވަރާކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ބުނީ ނޮޅިވަރަމު ކައުންސިލްގެ ރައީސް ޔޫސުފް މޫސާ އާއި، ނައިބު ރައީސް މުޙައްމަދު ހުސައިން، ކައުންސިލަރުން އަދި ކައުންސިލް އިދާރާގެ މުވައްޒަފުން ކުޅުދުއްފުއްޓަށް ކުރެއްވި ރަސްމީ ދަތުރުގައި، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބައްދަލުކޮށްފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި އިދާރީ ހިންގުން ހަރުދަނާކޮށް، ރައްޔިތ...

ޔުމްނާ ޢަލީ
މާއުނގޫދޫގައި މުޖުތަމަޢަށް ފައިދާހުރި ގިނަ ހަރަކާތްތަކެއް

މާއުނގޫދޫގައި މުޖުތަމަޢަށް ފައިދާހުރި ގިނަ ހަރަކާތްތަކެއް

ށ. މާއުނގޫދޫ ކައުންސިލާއި ރިއަލްޓީ ކޮންސަލްޓެންސީ މޯލްޑިވްސް ގުޅިގެން، ރަށުގެ މުޖުތަމަޢުގެ އެކި ފަރާތްތަކަށް އަމާޒުކޮށްގެން މައުލޫމާތާއި ފަންނުވެރިކަން އިތުރުކުރުމުގެ ގިނަ ހަރަކާތްތަކެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތްތަކުގެ ތެރޭގައި ވިޔަފާރިތަކަށް ޚާއްސަ ތަމްރީން ޕްރޮގްރާމްތަކާއި، ދަރިވަރުންނަށް ކެރިއަރ ގައިޑަންސާއި، ބެލެނިވެރިންނަށް މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް ހިމެނެއެވެ. ވިޔަފާރިތަކަށް ޚާއްސަ ތަމްރީން ޕްރޮގްރާމް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަ...

ޔުމްނާ ޢަލީ
ބާރަށު ޓޫރިސްޓް ހޮޓާ ތަރައްޤީކޮށް ހިންގަން އަނެއްކާވެސް ބީލަމަށް، ޝުޖާޢު އެދިވަޑައިގަތީ ފުރުސަތުގެ ބޭނުން ހިފަން 📍 ހއ. ބާރަށް

ބާރަށު ޓޫރިސްޓް ހޮޓާ ތަރައްޤީކޮށް ހިންގަން އަނެއްކާވެސް ބީލަމަށް، ޝުޖާޢު އެދިވަޑައިގަތީ ފުރުސަތުގެ ބޭނުން ހިފަން

ހއ. ބާރަށު ޓޫރިޒަމް ޒޯނުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން އިއްޔެ ޢިއުލާންކޮށްފިއެވެ. މި ޢިއުލާނާއި ގުޅިގެން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާ އެއްގޮތަށް ހއ.ބާރަށު ޓޫރިސްޓް ޒޯން އިންޓަރނޭޝަނަލް ބިޑަށް ހުޅުވާލާފައިވާކަމަށެވެ. އަދި މިއީ ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލި ތިންވަނަ ފަހަރުކަން ވެސް ޝުޖާއު ވަނީ ފާހަގަކުރަ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މިއަހަރުގެ 3 ވަނަ "ރައްޔިތުންގެ ބައްދަލުވުމަށް" ގޮވާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މިއަހަރުގެ 3 ވަނަ "ރައްޔިތުންގެ ބައްދަލުވުމަށް" ގޮވާލައިފި

ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ އިން މިއަހަރު ބާއްވާ ތިންވަނަ ރައްޔިތުންގެ ބައްދަލުވުމަށް ރައްޔިތުންނަށް ދައުވަތު އަރުވައިފިއެވެ. ލާމަރުކަޒީ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ކޮންމެ ހަތަރު މަހުން އެއް މަހު ބާއްވަން ލާޒިމުކުރާ މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ނޮވެންބަރު 25 ވާ އަންގާރަ ދުވަހުގެ ރޭ 20:15 ގައެވެ. މި ބައްދަލުވުން ކުރިއަށް ގެންދާނީ ލަގޮނޑި މާލިމީ މާލަން (އެން.އޯ.ސީ ދެވަނަ ފަންގިފިލާ) ގައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ […]

އަލީ އާދިލް
ދިއްދޫ އަށް ވަރަށް ގިނަ ކަންކަން ބަޖެޓްގައި އެބަހުރި: ލަތީފް 📍 ހއ. ދިއްދޫ

ދިއްދޫ އަށް ވަރަށް ގިނަ ކަންކަން ބަޖެޓްގައި އެބަހުރި: ލަތީފް

ހއ. ދިއްދޫ އަށް ބޭނުންވެފައިވާ ވަރަށް ގިނަ ކަންކަން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމެނިފައިވާކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި މިއަދު ދެއްކެވި ވާހަކާގައެވެ. ލަތީފްގެ ވާހަކާގައި ވިދާޅުވީ، މި ބަޖެޓަކީ ރާއްޖޭގެ ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދޭނެ ބަޖެޓެއްކަމަށެވެ. އަދި ދިއްދޫ ދާއިރާ އަށް ވަރަށް ގިނަ ކަންކަން ބަޖެޓްގައި އެބަހުރިކަމަށާއި އެހެންވެ...

ޔުމްނާ ޢަލީ
ވައިކަރަދޫއިން އަލަށް ދޫކޮށްފައިވާ 105 ގޯތީގެ ވަގުތީ ރަޖިސްޓްރީ ހަވާލުކުރަނީ 📍 ހދ. ވައިކަރަދޫ

ވައިކަރަދޫއިން އަލަށް ދޫކޮށްފައިވާ 105 ގޯތީގެ ވަގުތީ ރަޖިސްޓްރީ ހަވާލުކުރަނީ

ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާއިން އެރަށުން ދިރިއުޅުމަށް އަލަށް ދޫކޮށްފައިވާ 105 ބަންޑާރަ ގޯތީގެ ވަގުތީ ރަޖިސްޓްރީއާއި ގޯތި ލިބުނު ކަމުގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖައްސައި އިޢުލާނުކޮށްފިއެވެ. ގޯތި ލިބިފައިވާ ފަރާތްތަކަށް ލިޔުންތައް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 21 ނޮވެންބަރު 2025 ވާ ހުކުރު ދުވަހުގެ ރޭ 20:30 ގައި ސުލައިމާނިއްޔާ ހޯލުގައެވެ. މި ބައްދަލުވުމުގައި، ގޯތި ލިބިފައިވާ ކަމުގެ ލިޔުމާއި ވަގުތީ ރަޖިސްޓްރީއާ ހަވާލުވުމަށް،...

އަލީ އާދިލް
ފޯކައިދޫ އުސްފަސްގަނޑު މަޝްރޫޢުގައި ހިމެނޭ އިމާރާތުގެ ބިންގާ އަޅައިފި 📍 ށ. ފޯކައިދޫ

ފޯކައިދޫ އުސްފަސްގަނޑު މަޝްރޫޢުގައި ހިމެނޭ އިމާރާތުގެ ބިންގާ އަޅައިފި

ށ. ފޯކައިދޫ އުސްފަސްގަނޑު ތަރައްޤީކުރުމަށް އެރަށު ކައުންސިލުން ފަށާފައިވާ މަސައްކަތުގެ ތެރެއިން އެތަނުގައި އަޅާ އިމާރާތުގެ ބިންގާ އަޅައިފިއެވެ. ފޯކައިދޫ ކައުންސިލުން ބުނިގޮތުގައި އެރަށު އުސްފަސްގަނޑު ތަރައްގީކުރުމުގެ މަޝްރޫޢުގައި ހިމެނޭ އިމާރާތުގެ ބިންގާ ވަނީ އަޅާފައެވެ. ] މި އިމާރާތުގެ ބިންގާ ރަސްމީކޮށް އަޅުއްވައިދެއްވީ ފޯކައިދޫ ކައުންސިލަރުންނާއި، ކައުންސިލްގެ އިދާރީ މުވައްޒަފުންނެވެ. ފޯކައިދޫ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕްރިސްޓީޖު ބިލްޑާރސް ކުންފުންޏާއެވެ. މި މަސައްކަތަށް 2...

ޔުމްނާ ޢަލީ
ފިއްލަދޫ ކައުންސިލް ކަޕްގައި ބައިވެރިވުމަށް އިތުރު ފުރުސަތެއް 📍 ހއ. ފިއްލަދޫ

ފިއްލަދޫ ކައުންސިލް ކަޕްގައި ބައިވެރިވުމަށް އިތުރު ފުރުސަތެއް

ހއ. ފިއްލަދޫ ކައުންސިލުން ބާއްވާ “ފިއްލަދޫ ކައުންސިލް ކަޕް 2025″ގައި ބައިވެރިވުމަށް އިތުރު ފުރުސަތެއް ދީފިއެވެ. މި މުބާރާތަކީ، ފިއްލަދޫ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވުމަށް ފިއްލަދޫ ކައުންސިލުން ފުރަތަމަ ދިން ފުރުސަތަށްފަހު، އަދި އެއް ފުރުސަތު ދީފައިވާކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. އަދި މި މުބާރާތުގައި ބައިވެރިވުމަށް ކުރިން ރަޖިސްޓްރީ ކޮއްފައިވާ ޓ...

ޔުމްނާ ޢަލީ
ދިއްދޫ އިސްލާމީ މަރުކަޒުގެ ނަމަކީ ''ޝަހީދު ޢުމަރު އަޙްމަދު''، މިމަހު 28 ގައި ހުޅުވާނެ 📍 ހއ. ދިއްދޫ

ދިއްދޫ އިސްލާމީ މަރުކަޒުގެ ނަމަކީ ''ޝަހީދު ޢުމަރު އަޙްމަދު''، މިމަހު 28 ގައި ހުޅުވާނެ

ހއ. ދިއްދޫގައި ޤާއިމްކުރި އިސްލާމީ މަރުކަޒު މި މަހު 28 ވަނަ ދުވަހު ހުކުރު ނަމާދަށް ހުޅުވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ. މިކަން ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައެވެ. ވަޒީރު ވިދާޅުވިގޮތުގައި ދިއްދޫ އިސްލާމީ މަރުކަޒު މި މަހު 28 ވަނަ ދުވަހު ހުކުރު ނަމާދަށް ހުޅުވާނެއެވެ، އަދި މިސްކިތް ނިސްބަތްކުރެވޭނީ، މާލެ އިސްލާމީ މަރުމަޒުގެ މުވައްޒަފެއްގެ ގޮތުގައި […]

ޔުމްނާ ޢަލީ
ނައިވާދޫގައި ވޮލީ ތަމްރީން ޕްރޮގްރާމެއް 📍 ހދ. ނައިވާދޫ

ނައިވާދޫގައި ވޮލީ ތަމްރީން ޕްރޮގްރާމެއް

ހދ. ނައިވާދޫގައި 96 ބައިވެރިންނާއެކު ވޮލީ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ ނައިވާދޫ ކައުންސިލް އަދި ނައިވާދޫ ޕޮލިސް ޕޯސްޓް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ހދ. ޕޮލިހުން ބުނިގޮތުގައި އެ ރަށުގެ ދެޖިންސްގެ ކުދިބޮޑު އެންމެނަށް ކުރިއަށް ގެންދެވުނު ވޮލީ ޓްރެއިނިންގ ޕްރޮގްރާމްގައި ޖުމްލަ 96 ފަރާތުން ވަނީ ބައިވެރިވެ ތަމްރީން ފުރިހަމަކޮށްފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވި 96 ބައިވެރިންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އެއީ އަންހެން 40 ބައިވެރިންނެވެ. އަދި ކުޑަކު...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ޑަބްލިޔުޑީސީން ބާއްވާ ''ޑަބްލިޔުޑީސީ އެކްސްޕޯ''ގައި ބައިވެރިވުމުގެ ފުރުސަތު 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޑަބްލިޔުޑީސީން ބާއްވާ ''ޑަބްލިޔުޑީސީ އެކްސްޕޯ''ގައި ބައިވެރިވުމުގެ ފުރުސަތު

ހދ. ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާބ ކޮމެޓީ (ޑަބްލިޔުޑީސީ) އިން ބާއްވާ ”ޑަބްލިޔުޑީސީ އެކްސްޕޯ 2025”ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެކަން ހާމަކޮށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކޮށްފައިވާ ޢިއުލާނުގައި ބުނެފައިވާގޮތުން މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ 6 ޑިސެމްބަރު 2025 ވާ ހޮނިހިރު ދުވަހު ހެނދުނު 8:30 އިން ރޭގަނޑު 22:00 އަށެވެ. ނަމަވެސް ތާރީޚަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެއްކަމުގައި ސިޓީ ކައުންސިލުން ބުންޏެވެ. ކުޅުދުއްފުށީގެ ބީޗު ހޭންޑް ބޯލ...

ޔުމްނާ ޢަލީ
ރަމަޟާން މަހަށް ކަރާ ހެއްދުމަށް ނަރުދޫން ދަނޑުދޫކުރަން ހުޅުވާލައިފި 📍 ށ. ނަރުދޫ

ރަމަޟާން މަހަށް ކަރާ ހެއްދުމަށް ނަރުދޫން ދަނޑުދޫކުރަން ހުޅުވާލައިފި

1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ކަރާ އަދި ކިޔުކަންބާ ފަދަ ބާވަތްތައް ހެއްދުމަށް ނަރުދޫން ދަނޑު ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ އިން ހުޅުވާލައިފިއެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ ރޯދަ މަހަށް ބޭނުންވާ ތަކެތި ހައްދައި، ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ. ނަރުދޫ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި އަހަރުވެސް ދަނޑު ދިނުމަށް ހަމަޖެހިފައިވަނީ “ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ އުޞޫލު...

އިބްރާހިމް އަސްވާޤް
ގޮއިދޫގައި ދީނީ މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ހަރަކާތްތަކެއް 📍 ށ. ގޮއިދޫ

ގޮއިދޫގައި ދީނީ މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ހަރަކާތްތަކެއް

ށ.ގޮއިދޫގައި ދީނީ މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތްތަކަކީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހިންގާ ”ރިސާލަތު ޕްރޮގްރާމް”ގެ ދަށުން އެ ވުޒާރާއާއި ގޮއިދޫ ކައުންސިލުން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކެކެވެ. މިގޮތުން މި ހަރަކާތްތަކުގެ ތެރެއިން ގޮއިދޫ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިސްލާމްދީނުގެ ސައްޙަ މަޢުލޫމާތުތައް ފޯރުކޮށްދިނުމުގެ މަތިވެރި މަޤްސަދުގައި “މާޔޫސް ނުވާށެވެ!” މަޢުޟޫއުގެ ދަށުން ޚާއްޞަ ފޯރަމެއް ވަނީ ކުރި...

ޔުމްނާ ޢަލީ
ދަނޑުވެރިކަމާއި، ކޮމާޝިއަލް ބޭނުންތަކަށް ނައިވާދޫއިން 18 ބިމެއް ކުއްޔަށް ދޫކުރަނީ 📍 ހދ. ނައިވާދޫ

ދަނޑުވެރިކަމާއި، ކޮމާޝިއަލް ބޭނުންތަކަށް ނައިވާދޫއިން 18 ބިމެއް ކުއްޔަށް ދޫކުރަނީ

ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ އިން އެރަށުން އެކި އެކި ބޭނުންތަކަށް ޖުމްލަ 18 ބިމެއް ކުއްޔަށް ދޫކުރުމަށް ނިންމައި، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ބިންތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ދަނޑުވެރިކަމާއި، ކޮމާޝިއަލް ބޭނުންތަކަށް ޚާއްސަކޮށްގެންނެވެ. ބިންތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލަށް ބަލާއިރު، ދަނޑުވެރިކަމަށް 4 ބިން، ކެފޭ/ރެސްޓޯރަންޓަށް ޚާއްސަ 1 ބިން، ރެސްޓޯރަންޓަށް ޚާއްސަ 1 ބިން، ސްވޮނިއަރ...

އިބްރާހިމް އަސްވާޤް
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޚާއްސަ މުޝީރުކަމަށް، އުތީމު އާދަމްބެ 📍 ހއ. އުތީމު

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޚާއްސަ މުޝީރުކަމަށް، އުތީމު އާދަމްބެ

ސާޅީސް ދެ އަހަރު ދައުލަތަށް ޚިދުމަތްކޮށްދެއްވި، ހއ. އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ އަދި މަޝްހޫރު އަދީބު އާދަމް އަބްދުއްރަހްމާން (އުތީމު އާދަމްބެ) އަށް ދިވެހިބަހާއި، ސަގާފަތާއި، ތަރިކައާ ބެހޭ ވުޒާރާގެ ޚާއްސަ މުޝީރުކަމުގެ މަގާމު އިއްޔެ އައްޔަނުކުރައްވައިފިއެވެ. މި މަގާމު އޭނާއަށް ދެއްވީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައެވެ. އާދަމްބެ ވަނީ އިއްޔެއިން ފެށިގެން އެ މަގާމުގެ މަސައްކަތްތައް ފައްޓަވާފައިކަމަށްވެސް މައުލޫމާތު ލިބެއެވެ. އުތީމު އާދަމްބެއަކީ ދިވެހި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައ...

އިބްރާހިމް އަސްވާޤް