މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,624 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9624 ޚަބަރުގެ ތެރެއިން
ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވާ ރަސްމިއްޔާތުގައި ބާއްވާ ޖާފަތަށް ކޭން ހަދިޔާ ކުރުމުގެ ފުރުސަތު 📍 ހއ. ދިއްދޫ

ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވާ ރަސްމިއްޔާތުގައި ބާއްވާ ޖާފަތަށް ކޭން ހަދިޔާ ކުރުމުގެ ފުރުސަތު

ހއ. ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވުމަށް ބާއްވާ ރަސްމިއްޔާތުގައި ބާއްވާ ޖާފަތަށް ކޭން ހަދިޔާ ކުރުމުގެ ފުރުސަތު ދިއްދޫ ކައުންސިލުން ހުޅުވާލައިފިއެވެ. ދިއްދޫގައި ޤާއިމްކުރި އިސްލާމީ މަރުކަޒު މި މަހު 28ވާ ދުވަހު ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު ހުޅުވަން ވަނީ ނިންމާފައެވެ. އެކަމަށް ބާއްވާ ރަސްމިއްޔާތާއި ގުޅުވައި ޖާފަތެއް ބޭއްވުމަށް ދިއްދޫ ކައުންސިލުން ނިންމާފައިވާއިރު، އެ ޖާފަތުގައި ބައިވެރިވުމަށް ރައްޔިތުން އެދެމުން އަންނަކަމަށް ދިއްދޫ ކައުންސިލުން ބުންޏެވެ. އެހެންވެ، ރައްޔިތުންނަށް އެ ފުރުސަތު ދިނ...

ޔުމްނާ ޢަލީ
ކެލާ ސްޕޯޓްސް ފިއެސްޓާ: ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯރަފުއްޓަށް 📍 ހއ. ހޯރަފުށި

ކެލާ ސްޕޯޓްސް ފިއެސްޓާ: ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯރަފުއްޓަށް

ހއ. ކެލާ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށްގެންދާ ”ކެލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2025”ގެ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯރަފުށީގެ ހޯރަ ޔުނައިޓެޑް ހޯދައިފިއެވެ. އިއްޔެ ހަވީރު ކުޅެވުނު މި މުބާރާތުގެ ފައިނަލްގައި ހޯރަ ޔުނައިޓެޑް ޗެމްޕިއަންކަން ސީދާ ތިން ސެޓުން ހދ. ހަނިމާދޫ ސާއްބަ އެކުވެރި ކްލަބް އަތުން މޮޅުވެގެންނެވެ. ފައިނަލް މެޗުގައި ސީދާ ތިން ސެޓުން ހޯރަ ޔުނައިޓެޑް މޮޅުވިނަމަވެސް ސާއްބައިން ވެސް ވަނީ ވާދަވެރި ކުޅުމެއް ދައްކާފައެވެ. ފޯރިގަދަ ކުޅުމެއް ފެނުނު ފައިނަލް […]

ޔުމްނާ ޢަލީ
ނޮޅިވަރަންފަރު ލާމިގަސް ޕާކް ތަރައްޤީކުރަން ހަވާލުކޮށްފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ލާމިގަސް ޕާކް ތަރައްޤީކުރަން ހަވާލުކޮށްފި

ހދ. ނޮޅިވަރަންފަރު ލާމިގަސް ޕާކްގެ މަސައްކަތް، މިއަދު ރަސްމީކޮށް ކޮންޓްރެކްޓަރަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ މައިބަދަ ޕްރައިވެޓް ލިމިޓެޑްއާއެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަސް، ބުރާސްފަތި ދުވަހުއެވެ. ނޮޅިވަރަންފަރު ކައުންސިލުން ދެއްވި މައުލޫމާތުތަކަށް ބަލާއިރު، މި މަޝްރޫޢުގެ ޖުމްލަ އަގަކީ 2,184,717.75ރ (ދެމިލިއަން އެއްލައްކަ އަށްޑިހަހަތަރުހާސް ހަތްސަތޭކަ ސަތާރަ ރުފިޔާ ހަތްދިހަ ފަސް ލާރި) އެވެ. މި އަގަކީ ޕާކް ތ...

ޔުމްނާ ޢަލީ
މިލަންދޫ ފަރަށް އެރި ޓަގު ބޯޓުގެ ވެރިފަރާތް 12 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި 📍 ށ. މިލަންދޫ

މިލަންދޫ ފަރަށް އެރި ޓަގު ބޯޓުގެ ވެރިފަރާތް 12 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ށ. މިލަންދޫ ފަރަށް އެރި ޓަގު ބޯޓުގެ ވެރިފަރާތް ކަމަށްވާ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ގްލޯހާ މެރިޓައިމް ޕްރައިވެޓް ލިމިޓެޑް، 12,006,200.00 (ބާރަމިލިއަން ހަހާސް ދުއިސައްތަ) ދިވެހި ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ. އީއާރުއޭ އިން ބުނީ، އެޓޯލް ނެވިގޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ އޭޖެންޓް ކަމުގެ ދަށުން ދިވެހިރާއްޖެ އައިސްފައިވާ، ރިޕަބްލިކް އޮފް ނިޔޫގައި ރަޖިސްޓަރކޮށްފައިވާ “ޝްވޭ...

ޔުމްނާ ޢަލީ
އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ބޭނުންވާ ސާމާނު ހިފައިގެން 15 ވަރަކަށް ދުވަހުގެ ތެރޭގައި ބޯޓު ބަނދަރުކުރާނެ: ލަތީފް 📍 ހއ. ދިއްދޫ

އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ބޭނުންވާ ސާމާނު ހިފައިގެން 15 ވަރަކަށް ދުވަހުގެ ތެރޭގައި ބޯޓު ބަނދަރުކުރާނެ: ލަތީފް

ހއ. ދިއްދޫގައި އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކަން ބޭނުންވާ ސާމާނު ހިފައިގެން އަންނަ ބޯޓު 15 ވަރަކަށް ދުވަހުގެ ތެރޭގައި ދިއްދޫގައި ބަނދަރުކުރާނެކަމަށް  ދިއްދޫ ދާއިރާގެ މެމްބަރު ޢަބުދުއްލަތީފް މުހައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ. ލަތީފް މިފަދައިން ވިދާޅުވީ، ހއ. އަތޮޅު ހޮސްޕިޓަލްގެ ފަސް ބުރީގެ އައު އިމާރާތުގެ ބިންގާ އެޅުމަށް އިއްޔެ ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ލަތީފްގެ ވާހާގައި ވަނީ ދިއްދޫ ރައީސްގެ ތިން ވަޢުދުފުޅެއް އޮތްކަމަށް ވިދާޅުވެފައެވެ. އެއީ ހއ. އ...

ޔުމްނާ ޢަލީ
ކެލާ ސްޕޯޓްސް ފިއެސްޓާ: ފުޓްސަލް ޗެމްޕިއަންކަން އުސްގަނޑު ސްޕޯޓްސް އަށް 📍 ހއ. ކެލާ

ކެލާ ސްޕޯޓްސް ފިއެސްޓާ: ފުޓްސަލް ޗެމްޕިއަންކަން އުސްގަނޑު ސްޕޯޓްސް އަށް

ހއ. ކެލާ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށްގެންދާ ”ކެލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2025”ގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އުސްގަނޑު ސްޕޯޓްސް ހޯދައިފިއެވެ. ރޭ ކުޅެވުނު މި މުބާރާތުގެ ފައިނަލްގައި އުސްގަނޑު ޗެމްޕިއަންކަން ހޯދީ 6-1 އިން ކްލަބް ރޭވަންގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗުގެ މޭންއޮފްދަ މެޗުގެ މަގާމަށް ހޮވިފައި ވަނީ އުސްގަނޑު ސްޕޯޓްސްގެ އަހްމަދު ރާހިލް ރަޝީދެވެ. މުބާރާތުގެ އެންމެ މޮޅު ފަސްކުޅުން ތެރެއިން ހުސައިން އަހްސަން، ޖޒ ނަންބަރު 19، ކްލަބް […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ބޯޒިޔާރަތް ބީޗް ތަރައްޤީކުރުމުގެ %90 މަސައްކަތް ނިންމާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ބޯޒިޔާރަތް ބީޗް ތަރައްޤީކުރުމުގެ %90 މަސައްކަތް ނިންމާލައިފި

ކުޅުދުއްފުށި ސިޓީ ބޯޒިޔާރާތް ބީޗް ތަރައްޤީކުރުމުގެ %90 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. ސިޓީ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާ މި މަޝްރޫޢު އަކީ، އަމިއްލަ ކުންފުންޏެއް ކަމަށްވާ ޕްލަސް ބީ ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި މަސައްކަތުގެ ތެރެއިން ބޯޒިޔާރާތް ބީޗް ސަރަހައްދުގައި، އެންޓްރެންސް ވީލްޗެއަރ އެކްސެސްއާއިއެކު ތަރައްޤީކޮށް، ބައުންޑަރީ ވަކިކޮށް، ފާހަނަބަރި، ބީޗް ހަޓް، ބާބަކިއު އޭރިއާ، ޝަވަރާއި، ވޯކްވޭއެއްގެ އިތުރުން ސަރަހައްދުގެ ލޭންޑްސްކ...

އައިޝަތު އައިނީ އާމިރު
ހއ.އަތޮޅު ހޮސްޕިޓަލްގެ ފަސް ބުރީގެ އައު އިމާރާތުގެ ބިންގާ އަޅައިފި 📍 ހއ. ދިއްދޫ

ހއ.އަތޮޅު ހޮސްޕިޓަލްގެ ފަސް ބުރީގެ އައު އިމާރާތުގެ ބިންގާ އަޅައިފި

ހއ. އަތޮޅު ހޮސްޕިޓަލްގެ ފަސް ބުރީގެ އައު އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ. ހއ. އަތޮޅުގެ ވެރިރަށް ދިއްދޫގައި ހުންނަ މި ހޮސްޕިޓަލްގެ ބިންގާ އެޅުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިއްހަތާ ބެހޭ ވަޒީރު ޢަބުދުﷲ ނާޒިމް އިބްރާހީމާއި، ދިއްދޫ ދާއިރާގެ މެމްބަރު ޢަބުދުއްލަތީފް މުހައްމަދު (ލަތީބެ) އާއި އެމްޓީސީސީގެ ސީއީއޯ އަހްމަދު ސައޫދީ އަދި ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދެވެ. ހއ. އަތޮޅު ހޮސްޕިޓަލްގެ ފަސް ބުރީގެ […]

ޔުމްނާ ޢަލީ
ނޮޅިވަރަންފަރުން ފަތުރުވެރިކަމަށް 12 ބިމެއް ބީލަމަށް 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުން ފަތުރުވެރިކަމަށް 12 ބިމެއް ބީލަމަށް

ހދ. ނޮޅިވަރަންފަރުން ފަތުރުވެރިކަމަށް 12 ބިމެއް ދޫކުރުމަށް އެރަށު ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ. މި ބިންތައް ދޫކުރުމަށް ނޮޅިވަރަންފަރު ކައުންސިލުންކޮށްފައިވާ ޢިއުލާންގައި ބުނެފައި ވަނީ އެ ބިންތަކަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 27 ނޮވެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ވަރޗުއަލްކޮށް (ޓީމްސް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 25 ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އެ ކައުންސިލަށް ނުވަތަ މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އ...

ޔުމްނާ ޢަލީ
ހަލާލް ޓޫރިޒަމް މޮޑެލްއަށް ޓޫރިސްޓް ރިސޯޓް ހަދަން ބޮޑު ތިލަދުންމަތީގެ 4 ތަނެއް ބީލަމަށް

ހަލާލް ޓޫރިޒަމް މޮޑެލްއަށް ޓޫރިސްޓް ރިސޯޓް ހަދަން ބޮޑު ތިލަދުންމަތީގެ 4 ތަނެއް ބީލަމަށް

ފަތުރުވެރިކަމުގެ ދާއިރާގައި ހަލާލު ޓޫރިޒަމްގެ މޮޑެލް ތައާރަފުކުރުމުގެ ގޮތުން، ބޮޑު ތިލަދުންމަތީގެ ހަތަރު ތަނެއް ހިމެނޭހެން ޖުމްލަ ފަސް ތަނެއްގައި ޓޫރިސްޓް ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބީލަމަށް ހުޅުވާލައިފިއެވެ. މި ރަށްތަކުގައި ރިސޯޓު ތަރައްގީކުރާނީ އިސްލާމީ ޝަރީޢަތާ އެއްގޮތްވާ ގޮތުގެ މަތިން ހަލާލު ޓޫރިޒަމްގެ ކޮންސެޕްޓަށެވެ. މި ބީލަމަށް ހުޅުވާލާފައިވާ ފަސް ތަނުގެ ތެރޭގައި ހިމެނެނީ ހއ. ބީނާފުށި (2.21 ހެކްޓަރުގެ ބިން، 100 އެނދު)، ހއ. ކަނޑާލިފިނޮޅު (5...

ޔުމްނާ ޢަލީ
އިންޑިއާގެ ޓުޓިކޮރިން އިން ކުޅުދުއްފުއްޓަށް މުދާ އުފުލުމުގެ ސީދާ ދަތުރުތައް ފަށައިފި 📍 ހދ. ކުޅުދުއްފުށި

އިންޑިއާގެ ޓުޓިކޮރިން އިން ކުޅުދުއްފުއްޓަށް މުދާ އުފުލުމުގެ ސީދާ ދަތުރުތައް ފަށައިފި

އިންޑިއާގެ ޓުޓިކޮރިން އިން ކުޅުދުއްފުށީ ސިޓީ އަށް މުދާ އުފުލުމުގެ ދަތުރުތައް ފަށައި، ފުރަތަމ މުދާ އުފުލާ ބޯޓު މިއަދު ކުޅުދުއްފުށި ސިޓީގައި ބަނދަރުކޮށްފިއެވެ. އެމްޕީއެލުން ބުނިގޮތުގައި މިއީ ކުޅުދުއްފުއްޓާއި ޓުޓިކޮރިންނާ ދެމެދު މަހަކު އެއްފަހަރު ދަތުރުކުރުމަށް ހަމަޖައްސާފައިވާ ސީދާ މުދާ އުފުލުމުގެ ޚިދުމަތް ފެށުންކަމަށެވެ. ”އިންޑިއާގެ ޓުޓިކޮރިން އިން ފުރައިގެން އައި ވީ.ބީ. ޕްރޮގްރެސް ނަމަކަށް ކިޔާ އާންމު މުދާ އުފުލާ ބޯޓު، 127 ޓަނުގެ މުދާއާއެކު ކުޅުދުއްފުށީ ބަނދަރަށް ލަފައިފި، މި މުދާގެ ތެރޭގައި […]

ޔުމްނާ ޢަލީ
ބޮޑު ތިލަދުންމަތީގެ 13 ތަނެއްގައި ރިސޯޓު ތަރައްގީކުރުމަށް ހުޅުވާލައިފި 📍 ހއ. ކެލާ

ބޮޑު ތިލަދުންމަތީގެ 13 ތަނެއްގައި ރިސޯޓު ތަރައްގީކުރުމަށް ހުޅުވާލައިފި

ބޮޑު ތިލަދުންމަތީގެ 13 ތަނެއްގައި ފަތުރުވެރިކަމުގެ ރިސޯޓު ތަރައްގީކޮށް ހިންގަން ބީލަމަށް މިއަދު ހުޅުވާލައިފިއެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން މި ބީލަމުގެ ފުރުސަތު ހުޅުވާލައި ކޮށްފައިވާ ޢިއުލާންގައިވާގޮތުން ހދ. އަތޮޅުގެ ފަސް ތަނަކާއި، ހއ. އަތޮޅުގެ ފަސްތަނަކާއި އަދި ށ.އަތޮޅުގެ ތިން ތަނެއްގައި ރިސޯޓު ހަދައި ހިންގަން ވަނީ ހުޅުވާލާފައެވެ. އެއީ، ހއ. ކެލާގެ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރުމަށާއި، ހއ. މާދުނީގެ ފަރުގައި ތިން ރިސޯޓު ތަރައްގީ ކުރުމަށާއި، ހދ. މަކުނުދޫގެ ފަރުގައި ދެ […]

ޔުމްނާ ޢަލީ
ފިއްލަދޫ ކައުންސިލް އޮޑިޓް: 80 ބިން ދޫކުރުމުގައި ބޮޑެތި މައްސަލަތަކެއް، 100 މިލިއަން ގެއްލުން 📍 ހއ. ފިއްލަދޫ

ފިއްލަދޫ ކައުންސިލް އޮޑިޓް: 80 ބިން ދޫކުރުމުގައި ބޮޑެތި މައްސަލަތަކެއް، 100 މިލިއަން ގެއްލުން

ހއ. ފިއްލަދޫ ކައުންސިލްގެ އިދާރާގެ މާލީ އަދި އިދާރީ ކަންކަމުގައި ގިނަ މައްސަލަތަކެއް ހުރިކަން އޮޑިޓް އޮފީހުން އިއްޔެ އާންމުކުރި އޮޑިޓް ރިޕޯޓަކުން ފާހަގަވެއްޖެއެވެ. މި ރިޕޯޓުގައި ވަނީ ވެހިކަލް ހޯދުމާއި، ބިން ދޫކުރުމާއި، އަދި ފަތުރުވެރިކަމުގެ ބިންތަކުގެ ކުލި މާފުކުރުމާ ގުޅޭ ގޮތުން ކައުންސިލްގެ ނިންމުންތަކުގައި ހަރުދަނާ އުސޫލުތަކެއް ނެތްކަމާއި، ވަކި ފަރާތްތަކަށް މަންފާވާ ގޮތަށް އަމަލުކޮށްފައިވާކަމަށެވެ. ޑަމްޕް ލޮރީ ހޯދުމުގައި އުސޫލާ ޚިލާފުވުން: ކައުންސިލްގެ އިދާރާއަށް ޑަމްޕް ލޮރީއެއް ހޯދުމަށް ކުރި...

އަލީ އާދިލް
މަރޮށި ފަޅުން މުށިމަސްތައް މަރުވަނީ 📍 ށ. މަރޮށި

މަރޮށި ފަޅުން މުށިމަސްތައް މަރުވަނީ

ށ. މަރޮށީ ފަޅުން ގިނަ އަދަދެއްގެ މުށިމަސް މަރުވާން ފަށައިފިއެވެ. ށ.އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް (ޝިޔާންޓޭ) ވިދާޅުވީ، އެރަށު ފަޅަށް މުށިމަސް ވަދެފައި އޮންނަތާ ދުވަސްތަކެއްވެފައިވާ ކަމަށެވެ. އަދި އިއްޔެ މުށިމަސް މަރުވާން ފަށާފައިވާކަމަށެވެ. އެރަށުން ލިބުނު މައުލޫމާތުގެ އަލީގައި ޝިޔާންޓޭ ވިދާޅުވީ، މުށިމަސްތައް މަރުވާން ފެށީ ބަޔަކު ވަކި ކަމެއްކޮށްގެން ނޫންކަމަށް ބެލެވޭކަމަށް އެރަށު މީހުން ބުނެފައިވާކަމަށެވެ. ”މަސްތައް މަރުވާން ފެށީ ހުއިފިލަނޑާ ފެން ކަހަލަ އެއްޗެއް ވެސް އަޅައިގެންނޫން...

ޔުމްނާ ޢަލީ
ނާގޯށީގެ މަސައްކަތް ފަށަން 13 މަގާމަކަށް 20 ދިވެހިން ހޯދަން އިއުލާންކޮށްފި

ނާގޯށީގެ މަސައްކަތް ފަށަން 13 މަގާމަކަށް 20 ދިވެހިން ހޯދަން އިއުލާންކޮށްފި

ޓޫރިޒަމަށް މީގެ 17 އަހަރު ކުރިން ދޫކުރި ހދ. ނާގޯށީގައި ރިސޯޓް އެޅުމުގެ ކޮންސްޓްރަކްޝަން މަސައްކަތް އަލުން ފެށުމަށްޓަކައި، އެކި މަގާމުތަކަށް ދިވެހިން ހޯދަން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން އިއުލާނުކޮށްފި އެވެ. މި އިއުލާނުގައި 13 މަގާމަކަށް ޖުމްލަ 20 މީހަކު ހޯދަން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ. މި މަސައްކަތަކީ ދިގު މުއްދަތެއްގައި ހުއްޓިފައި އޮތް މަޝްރޫއެކެވެ. އެމްޓީޑީސީން ހޯދަން ބޭނުންވާ މަގާމުތަކުގެ ތެރޭގައި ޕްރޮޖެކްޓް މެނޭޖަރާއި، ކޮންސްޓްރަކްޝަން މެނޭޖަރާއި، ޕްލ...

އަލީ އާދިލް