ހއ. އަތޮޅު ހޮސްޕިޓަލްގެ ފަސް ބުރީގެ އައު އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.

ހއ. އަތޮޅުގެ ވެރިރަށް ދިއްދޫގައި ހުންނަ މި ހޮސްޕިޓަލްގެ ބިންގާ އެޅުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިއްހަތާ ބެހޭ ވަޒީރު ޢަބުދުﷲ ނާޒިމް އިބްރާހީމާއި، ދިއްދޫ ދާއިރާގެ މެމްބަރު ޢަބުދުއްލަތީފް މުހައްމަދު (ލަތީބެ) އާއި އެމްޓީސީސީގެ ސީއީއޯ އަހްމަދު ސައޫދީ އަދި ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދެވެ.

Ad
rt

ހއ. އަތޮޅު ހޮސްޕިޓަލްގެ ފަސް ބުރީގެ އައު އިމާރާތަކީ ފަންސާސް އެނދުގެ ޖާގައިގެ އިމާރަތެކެވެ.

މި އިމާރާތް ނިމޭއިރު ގިނަ ޚިދުމަތްތަކެއް ހުންނާނެކަމަށް ހއ.އަތޮޅު ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި،

  • އައިސޮލޭޝަން ފެސިލިޓީ
  • ރޭޑިއޮލޮޖީ ޑިޕާޓްމެންޓު
  • އެކްސްރޭގެ ޚިދުމަތް
  • ސީޓީ ސްކޭންގެ ޚިދުމަތް
  • އެމްއާރުއައިގެ ޚިދުމަތް
  • މެމޮގްރަފީގެ ޚިދުމަތް
  • އަލްޓްރާ ސައުންޑު ސްކޭންގެ ހިދުމަތް

މީގެ އިތުރުން މި އިމާރާތުގެ މަޝްރޫއުގެ ތެރޭގައި ވޭސްޓް މެނޭޖްމެންޓު ސެންޓަރަކާއި އިންޑަސްޓްރިއަލް ލޯންޑްރީ އަދި އޮކްސިޖަން ޕްލާންޓް ގާއިމް ކުރެވޭނެކަމަށް ހއ.އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.