ހއ. އަތޮޅު ކައުންސިލުން ބާއްވާ "ތިލައުތުރު ފުޓްސަލް މުބާރާތް 2025"ގެ ފައިނަލަން މެޗު މިރޭ ކުޅޭނެއެވެ.
އުތީމުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ އުތީމާއި މުރައިދޫއެވެ.
މިރޭ 20:30 ގައި ފަށާ މި މެޗު ޝަރަފްވެރިކޮށްދެއްވާނީ ދިވެހިރާއްޖޭގެ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފެވެ. މީގެ އިތުރުން ކުޅިވަރާބެހޭ ވަޒީރު ޢަބުދުﷲ ރާފިޢު ވެސް މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
ހއ.ގެ ނުވަ ރަށް ވާދަކުރި މި މުބާރާތު ފައިނަލަށް މުރައިދޫ ދަތުރުކުރީ އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫ އާއި އެކު ކުޅުނު ސެމީގައި ފުރިހަމަ ވަގުތު ހަމަވިއިރު ލަނޑެއްނުޖެހި ދެ ޓީމު އެއްވަރުވުމުން ޕެނަލްޓީގައި 2-3 އިން މޮޅުވެގެންނެވެ.
އުތީމު ފައިނަލަށް ދަތުރުކުރީ ސެމީގައި ދިއްދޫއާއި ވާދަކުރި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު 2-2 އިން ނަތީޖާ އެއްވަރުވުމުން ޕެނަލްޓީގައި 6-5 އިން ދިއްދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ މި މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނޭ ޓީމު ތަކަކީ އިހަވަންދޫ، އުތީމު، ވަށަފަރު، ފިއްލަދޫ އަދި ހޯރަފުއްޓެވެ. ގްރޫޕް ގައި ހިމެނެނީ ދިއްދޫ، މުރައިދޫ، ބާރަށް އަދި ކެލައެވެ.
މި މުބާރާތުގައި ހއ.އަތޮޅުން މި އަހަރު ބައިވެރި ނުވަނީ މޮޅަދޫ، ތުރާކުނު، އުލިގަމު، ތަކަންދޫ އަދި މާރަންދޫ އެވެ.
މި މުބާރާތުގެ ޗެންޕިއަން ޓީމަށް 35000.00 ރުފިޔާގެ ފައިސާގެ އިނާމާއ،ި ވާދާއިގެ ތަށްޓާއ،ި ރަން މެޑެއްޔާއ،ި ހަނދާނީ ލިޔުން ދިނުމަށް ނިންމާފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 15000.00 ރުފިޔާގެ ފައިސާގެ އިނާމާއ،ި ރިހި މެޑެއްޔާއ،ި ހަނދާނީ ލިޔުން ދޭނެއެވެ.
މީގެ އިތުރުން މުބާރާތުގެ ފެއަރޕްލޭ ޓީމަށް 5000.00 ރުފިޔާގެ ފައިސާގެ އިނާމާއ،ި ޓްރޮފީ އާއި ހަނދާނީ ލިޔުން ދޭނެއެވެ. އަދި އިތުރު ވަނަތަކާއެކު މި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ދިނުމަށް ހަމަޖެހިފައިވަނީ ޓްރޮފީއާއި ހަނދާނީ ލިޔުމެވެ.
މި މުބާރާތުގެ ފައިނަލް މެޗު ''ޔެސް ޓީވީ'' އިން ލައިވްކުރާނެއެވެ. އަދި ''ތިލަދުން''ގެ ފޭސްބުކް ޕޭޖުން ވެސް މި މެޗު ލައިވްކުރެވޭތޯ އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!